އައިޖީއެމްއެޗުގެ، ފުއްޕާމޭގެ ޑިޕާޓްމަންޓުގެ ހެޑް އަދި ރާއްޖެ އިން ކޮވިޑް-19 ޖެހޭ މީހުންނަށް ފަރުވާދޭ ޓީމުގެ ޑރ. މޫސާ ހުސައިން "މިހާރު" އާ ވާހަކަ ދައްކަވަނީ.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު
09 އެޕްރީލް 2020 - 15:20
ކޮވިޑް-19ގެ ފަރުވާގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ އާއްމުންގެ ތެރޭގައި ބަލި ފެތުރި، ހޮސްޕިޓަލްތަކަށް ނުތަކާ ވަރަށް އެއްފަހަރާ ފަރުވާދޭން ޖެހިދާނެތީ ކަަމަށާއި އެކަމަށް ތައްޔާރުވުމުގެ ގޮތުން ކްރިޓިކަލް ކެއާ އަށް މިހާތަނަށް 400 އަށް ވުރެން ގިނަ މީހުން ތަމްރީންކޮށްފައިވާ ކަމަށް އައިޖީއެމްއެޗުގެ ސީނިއާ ޑޮކްޓަރު މޫސާ ހުސެއިން ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވީ 19 މީހުންނެވެ. އޭގެތެރެއިން އެންމެ ހާލުބޮޑުވީ އިޓަލީގެ ދެމަފިރިންނާ އެކު ޖުމްލަ 13 މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ.
މި ފަރުވާގައި އިސްކޮށް އުޅުއްވާ ޓީމުގައި ހިމެނިވަޑައިގަންނަވާ މޫސަ "މިހާރު" އަށް ދެއްވި ޚާއްސަ އިންޓަވިއެއްގައި ވިދާޅުވީ ހެލްތު ސިސްޓަމަށް ނުތަކާ ވަރަށް މީހުންނަށް ފަރުވާދޭން ޖެހިއްޖެ ނަމަ ހަދާނެ ގޮތަކާ ދޭތެރޭ މެޑިކަލް ޓީމުގެ ވެސް ކަންބޮޑުވުން އެބައޮތް ކަމަށެވެ. މިއީ، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އާއި ކޮވިޑް ޓާސްކް ފޯހުގައި ހިމެނިވަޑައިގަންނަވާ ސިއްހީ ޚިދުމަތްތެރިންގެ ވެސް އޮތް ނުތަނަވަސްކަމެކެވެ.
އައިޖީއެމްއެޗުގެ މުވައްޒަފުންތަކަކަށް ކްރިޓިކަލް ކެއާގެ ތަމްރީނުތައް ދެނީ.
މިކަމުން އަރައިގަނެވޭނެ ހަަމައެކަނި ފަރުވާއަކީ ގޭގައި ތިބުމާއި ރަނގަޅު އާދަކާދަތައް ކުރިއެރުވުން ކަމަށް އެ ބޭފުޅުން ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. މި ހާލަތު، ބައެއް މީހުންނަށް ނުވިސްނޭތީ މިހާރު އަންނަނީ އާއްމުންގެ ތެރެއަށް ފެތުރި، އެންމެ ގޯސްވެގެން ހިނގައިދާނެ ހާލަތަކަށް ވެސް ތައްޔާރުވަމުންނެވެ.
މޫސަ ވިދާޅުވީ އާއްމުންގެ ތެރެއަށް ބަލި ފެތުރިއްޖެ ހާލަތެއްގައި އެއްފަހަރާ އެތައް ބަޔަކަށް ފަރުވާދެވޭނެ ވަސީލަތްތަކެއް ރާއްޖޭގައި ނެތް ކަމަށެވެ.
"އެފަދަ ހާލަތެއްގައި މިހާރު ހުރި ބެޑެއް، އޮކްސިޖަންއެއް، ވެންޓިލޭޓަރަކުން ނުފުދޭނެ، އެވަރަށް އެޓެންޑްވާކަށް ޑޮކްޓަރުންނާއި ނަރުހުން ނުތިބޭނެ. އެއީ އެންމެ އުނދަގޫވާނެ ހާލަތަކަށް ވެއްޓޭނެ ވަގުތު،" މޫސަ ވިދާޅުވި އެވެ.
"އެއްވެސް ކަމެއް ނުކުރެވޭނެއޭ ބުނެ މަރުވާން ދޫކޮށްލުން އެއީ އުނދަގޫވާނެ ހާލަތެއް."
ކޮވިޑް-19ގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ ބޭފުޅުން: އާއްމުންގެ ތެރޭގައި ބަލި ފެތުރުނަ ނުދޭން ގިނަ ވިސްނުތަކެއް ކުރިއަށް ނެރުއްވައި ފިޔަވަޅުތައް އަޅަން ޓެގުން އަންނަނީ ލަފާ ދެމުން. --ފޮޓޯ: އަހްމަދު އައުޝަން/މިހާރު
އޭނާ ވިދާޅުވި ގޮތުގައި ކްރިޓިކަލް ކެއާގެ މީހުން ރާއްޖޭގައި މަދުވުމާއި އެހެން ގައުމުތަކުން މިވަގުތަށް މީހުން ހޯދަން އުނދަގޫތަކެއް ކުރިމަތިވާނެތީ، ވަރަށް ގިނަ އަަދަދެއްގެ ބަޔަކު ވަނީ އައިޖީއެމްއެޗުގައި ތަމްރީންކޮށްފަ އެވެ. އޭގެތެރޭގައި، އެކި ބަލިތަކަށް ޚާއްސަ ޑޮކްޓަރުންނާއި ނަރުހުން ވެސް ހިމެނެ އެވެ.
ކްރިޓިކަލް ކެއާ އަށް ތަމްރީންކުރާ ޓީމުގައި ސައުތު އެފްރިކާގެ އިތުރުން އެމެރިކާ އާއި އިނގިރޭސި ވިލާތުގެ ދެ ޑޮކްޓަރުންނާއި ދެ ނަރުހުންގެ އިތުރުން މެޑިކަލް ޓެކްނީޝަނެއް ހިމެނެ އެވެ.
މޫސަ ވިދާޅުވީ ކްރިޓިކަލް ކެއާ އަށް މޮޑިއުލެއް ހެދީ ވަރަށް ގިނަ ޑޮކްޓަރުންގެ މަޝްވަރާއަށް ފަހު ކަމަށެވެ. ތަމްރީން ދީފި ނަމަ، ރާއްޖޭގައި އެކަން ނުކުރެވޭނެ ޑޮކްޓަރަކު ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
"ކަށީގެ ޑޮކްޓަރުންނާއި އަންހެނުންގެ ޑޮކްޓަރުންނާއި ހަމުގެ ޑޮކްޓަރުންނާއި އެހެން ވެސް ޚާއްސަ ބަލިތަކުގެ ޑޮކްޓަރުންނަށް މި ދަސްކޮށްދެނީ ކަރަށް ހޮޅިލައްވާށާއި ވެންޓިލޭޓަ މެނޭޖްކުރާށާއި އަމިއްލަ ޕްރޮޓެކްޝަން. އެކަމަށް މި ދެ ދުވަހުގެ ޓްރޭނިންތައް މި ބާއްވަނީ،" މޫސަ ވިދާޅުވި އެވެ.
"ސާމާނުތައް ހުއްޓަސް މީހުން ނެތިއްޔާ ފަރުވާއެއް ކުރިއަކަށް ނުގެންދެވޭނެތީ މި ތަމްރީން މުހިއްމުވަނީ،"
އައިޖީއެމްއެޗުގައި މި ތަމްރީންތައް ކުރިއަށް ގެންދާތާ މިހާރު މަހަކަށް ވުރެން ގިނަ ދުވަސްވެއްޖެ އެވެ.
ޑރ. މޫސަ، އައިޖީއެމްއެޗުގެ މުވައްޒަފުންތަކަކަށް ކްރިޓިކަލް ކެއާގެ ތަމްރީނުތައް ދެއްވަނީ.
މޫސަ ވިދާޅުވި ގޮތުގައި ކްރިޓިކަލް ކެއާ އަށް 400 މީހުން ތަމްރީންކުރެވުމަކީ މިދާއިރާ އަށް ހިތްހަމަޖެހުމެކެވެ. ކުއްލި މި ހާލަތުގައި ތަމްރީންތައް ދިނަސް، ކްރިޓިކަލް ކެއާ އަށް ދެ ދުވަހުން މީހަކު ތަމްރީނެއް ނުކުރެވޭނެ ކަން ވެސް މޫސަ ފާހަގަކުރެއްވި އެވެ. އެކަމަކު މި ތަމްރީންތައް އަތޮޅުތެރޭގައި ވެސް ފުޅާކުރަން ވަނީ ނިންމައިފަ އެވެ.
ރާއްޖެ އިން ޕޮޒިޓިވްވީ މީހުންގެ ތެރެއިން ގިނަ މީހުން ރަނގަޅުވުމަކީ، ފަރުވާގައި ވެސް ރާއްޖެ އިން ހޯދި ވަރަށް ބޮޑު ކާމިޔާބީއެކެވެ. މިއާއެކު، މި ބަލި އާއްމުންގެ ތެރެއަަށް މިހާތަށް ނުފެތުރި އޮތީ، ކޮވިޑް-19 ޓާސްކްފޯހާއި ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން އަޅަމުން އަންނަ ހަރުދަނާ ފިޔަވަޅުތަކާ ހެދި އެވެ.
ޓާސްކްފޯހުގެ އެންމެ ބޮޑު އަމާޒަކީ، އާއްމުންގެ ތެރޭގައި ވައިރަސް ފެތުރުނަ ނުދިނުމެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝަހހހގ
10 April 2020
ނުކަތާވަރައް މީހުން މަރުވެދާނެތީ ކަންބޮޑު ނުވޭތޯ.. މާލޭގަ ކޮމިއުނިޓީ ސުޕުރެޑް ފެށިއްޖެނަމަ 10 ދުވަސްތެރޭ 11000 މީހުން މަރުވުން އެކަށީގެންވޭ.. އަދި 30 ދުވަސް ތެރޭ މާލޭގެ އާބާދީގެ 40% މަރުވެދިޔުން އެކަށީގެންވޭ. މިއީ ތޯތޯ ވާހަކައެއްނޫން. ބޭރުގަ މީހުން މަރުވާ އަދަދުތަކުން ދައްކާ ޕުރޮޖެކްޝަން.
އައްދު
10 April 2020
ޑޮކްޓަރެއްގެ ވިސްނުން. މަގޭ ވިސްނުމެއް ނޫން.
މުދައްރިސް
10 April 2020
ލިޔުންތެރިޔާ ފަޒީނާއަށް.. ލިޔުމުގެ ސުރުހީގައިވެސް އަދި ލިޔުން ގަނޑުގެތެރޭގައިވެސް "ނުތަކާ" ލިޔެފައި އޮތުމުން އެކަން އިސްލާހު ކޮށްލުމަށް ދަންނަވަން.. ރަނގަޅު ގޮތަކީ "ނުކަތާ" މިފަދައިން ލިޔުން..
މުދައްރިސްގެ ދަރިވަރު
10 April 2020
މުދައްރިސަށް ތިއޮތީ މާބޮޑަށް އެނގިފަ. ނުކަތާ އަކީ ކުށް ގޮތް. ކުށް ގޮތް އާއްމު ވީވީނުން ރަނގަޅު ގޮތްވެސް ތި އޮތީ އޮޅިފައެއް ނުން؟
ސްމޭޝް
10 April 2020
ތި ސުވާލު އުފެދިގެން މިއުޅެނީ! އެހެންވީޯމާ ރަނގަޅި "ނުކަތާ" ދޯ؟
ގޮހޮޑާ
10 April 2020
އަސްލު ބިރެއް ނެއް..އޮތް ނަމަ ކިޔާލަ ދީބަލަ ސަބަބު ކީއްވެތަ ދުރު ދުރުން ތި ޖަހަނީ...
އަމެއްލެ ޝަނި ބަޑުހައު
10 April 2020
ޑރ. މޫސާ އަށް ޝުކުރިއްޔާ، ގޭގައި ހުންނައިރު ދަރުމަވަންތައަށް ބަލާލަން ވަރަށް ގިނައިން. އެއީ ޑީއެޗް11 އިން މޫސަ ބަލަން ހުންނާނެ ކަމަށް ހީކޮށްފައި. ބައެއް ފަހަރު ހަނާ ވެސް އަޅާލަން.
ޚިޔާލު
10 April 2020
އެންމެ ބޮޑު ބިރަކީ ދިވެހިންނާއި ބިދޭސީން އެކުގައި މާލޭގައި ތޮއްޖެހިގެން ދިރިއުޅޭ ހާލަތު. މުމްބާއީގެ އެންމެ ބޮޑު ސްލަމްގައި ކޮވިޑް19 ފެތުރިދާނެތީ އެމީހުން ބިރުހީވެގެން އުޅޭއިރު މާލެއަކީ ހަމައެކަހަލަ ތަނެއް. ވީމާ މާލެ ލުއިކުރުމަށްޓަކާ މާލެއިން ރަށްރަށަށް ދާން ބޭނުންވާ އާއިލާތަކަށް ސަރުކާރުން ފައިސާގެ އެހީދެެއްވާ. އަދި މާލޭގައި ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން އެސްޓީއޯގެ ޝިޕިން ކުންފުނީގެ އާބޯޓުގައި ބަންގާޅަށް ގެންގޮސްދެއްވާ. ލަސްނުކުރެއްވުން އެދެން
ސައްތާރު
09 April 2020
ނުކަތާ
ސަންޕަދަރި
09 April 2020
ރަނގަޅު ގޮތަކީ ނުކަތާވަރަށް. ޑޮކްޓަރުން ސިއްހީއެހީތެރިން ތިޔަކުރައްވާ މަސައްކަތައް ސުކުރިއްޔާ.
ގޯސް
09 April 2020
ބޯޑަރ ހުވާލައިފިއްޔާ އަދި ދުނިޔެއޮތް ހާލަތަށްބަލާއިރު ރަނގަޅެއްނޫން
ަލައިޔާމު
09 April 2020
މިކަމެއް ދިމާވެއްޖެއްޔާ މިތަނުގަތިބޭ 50 ޑަކުޓރުންނަ ކިހިނެރެއާދުވާލު މަސައްކަކުރަނީ