ފިހާރައެއްގައި ވިއްކަން ބަހައްޓާފައި ހުރި ކާބޯތަކެތި: އިތުރު ލޭބަލް ހަރުކޮށްގެން އެތެރެކުރާ ކާބޯތަކެއްޗަށް ހުއްދަ ނުދޭން ވަނީ ނިންމާފައި --- ފޮޓޯ/މިހާރު
12 ޖެނުއަރީ 2023 - 20:14
ކާބޯތަކެތި ބަންދުކުރާއިރު ހަރުކުރާ ލޭބަލްގެ އިތުރުން އިތުރު ލޭބަލް ހަރުކޮށްގެން ރާއްޖެ އެތެރެކުރާ މުދަލަށް އަންނަ މަހުން ފެށިގެން ހުއްދަ ނުދޭނެ ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު ބުނެފި އެވެ.
އެމްއެފްޑީއޭއިން މިއަދު ނެރުނު އިއުލާނެއްގައި ވަނީ ބައެއް ކާބޯތަކެތި މިހާރު ރާއްޖެ އެތެރެ ކުރާއިރު އެހެން އުފެއްދުންތައް ބަންދުކުރަން ހާއްސަކޮށްފައިވާ އެއްޗެހީގައި ބަންދުކޮށްގެން އެތެރެކުރާ ކަމަށެވެ. އަދި މިގޮތަށް އެތެރެ ކުރާއިރު އަސްލު ލޭބަލްގެ އިތުރުން އެހެން ލޭބަލެއް ހަރުކޮށްފައި ހުންނަ ކަމަށް އިއުލާނުގައިވެ އެވެ.
އެ އިއުލާނުގައިވާ ގޮތުން އަސްލު ލޭބަލްގެ އިތުރަށް ކާބޯތަކެތީގައި އިތުރު ލޭބަލެއް ހަރުކުރުމަކީ އޭގެ އަސްލު އޮޅި އަދި މައްސަލައެއް ދިމާވާ ހާލަތުގައި އެ އުފެއްދުމެއް ޓްރޭސްކުރަން ދަތިތަކެއް ކުރިމަތިވާނެ ކަމެކެވެ. އަދި އެއީ ކާބޯތަކެތި ލޭބަލް ކުރުމުގެ މިންގަނޑާ ޚިލާފް ކަމެއް ކަމަށް އެ އިއުލާނުގައިވެ އެވެ.
އެހެންވެ، އެ އިއުލާނުގައިވަނީ އަސްލު ކޮންޓެއިނަރު ނޫން އެއްޗެއްގައި ބަންދުކޮށް ނުވަތަ އިތުރު ލޭބަލެއް ހަރުކޮށްގެން އެތެރެކުރާ ކާބޯތަކެއްޗަށް އަންނަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން ހެލްތް ކްލިއަރެންސް ނުދޭނެ ކަމަށެވެ.
ކާބޯތަކެތި އެތެރެ ކުރުމުގެ މިންގަނޑުތަކާ ޚިލާފްވެގެން ބައެއް ބާވަތުގެ ތަކެތި ބޭނުން ކުރުމާއި އެތެރެކުރުން މީގެކުރިން ވެސް މަނާކުރެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙުސް ވާހަކަ
13 January 2023
ބިސް ކޭހުގެ މުއްދަތު ހަމަވާ ޑޭޓް ބަދަލު ކޮށްގެން ރާއްޖޭގެ ވަރަށް ގިނަ ހޯލްސޭލް ފިހާރަތަކުން ވިއްކާ،،، ބިސްކޯދު ، ކުކީސް ކަހަލަ ފެކެޓް ތަކުގައި ފިހާރަތަކުން އަމިއްލަޔަށް މެޝިނުން މުއްދަތު ހަމަވާ ތާރީޙް ޖަހާ ހަދާ...
އެމްސް
13 January 2023
ލަންކާ ފަދަ ޤައުމުތަކުގަ ބިސްވިއްކޭނީ އެކްސްޕަޔަރީ ބިސްޓްރޭގަ ޖަހައިގެން، ސިންގަޕޫރު ފަދަ ތަންތާ ބިސްވިއްކޭނީ އެކްސްޕަޔަރީ ކޮންމެ ބިހެއްގަވެސް ޖަހައިގެން! ރާއްޖެއަކީ ކޮންސިއުމާ ޕްރޮޓެކްޝަނެއް ނެތް ހަމަ އެކަނި ޤައުމީ ބާ؟ އުފަންވެލިން ގަންނަ ބިސް، ހަމަ އެދުވަހު ކެއްކުމުގަ ބޭނުން ކުރަން ބިސްތައް ތަޅާލާއިރު ޓްރޭއެއް އެއްކޮށް ކުނިވެފަވެސް އެބަހުރި! ބަންގްލަދޭޝް މީހުން ލައިގެން ދިވެހީން ފިހާރަ ހިންގަނީ މިފަދަ ކަންކަންވެސް އެމީހުން ލައްވާ ކުރެވޭތީބާ؟
އެމްސް
12 January 2023
ކާބޯތަކެތި ވިއްކާ މިންގަނޑު ރަގަނޅުކުރުން އޮތީ ކޮންބަޔަކަަށްބާ؟ ބަންގްލަދޭޝް މީހުން އުޅޭ ހުރިހާ ތަނަކުންވެސް، ކުނި ބިހާއި އެކްސްޕަޔަރީ އެނގެން ނުހުންނަ ގޮތަށް ބިސް ވިއްކުން ޢާއްމު! އުފަންވެލި ފަދަ ފިހާރަތަކުގަ ހުންނަ މޭވާތައް ހުންނާނީ އެއް ފޮށިގަނޑުން އަނެއް ފޮށިގަނޑަށް ކާށި އުކާހެން އުކާ، ޗަސްވެ ހަލާކުވެސް ވެފަ! ޢާއްމުކޮށް ހުރިހާ ފިހާރައެއްގަވެސް ހުންނަނީ ކެމިކަލް ޖަހައިގެން ދޮންކޮށްފަ، ރަހަވެސް ބަދަލުވެފަ ހުންނަ، ކެންސަރަށް މަގުފަހިވާ ކެޔޮ!
އަލަށް ލިބުނު ބާ ސްޓޮކް
12 January 2023
ރާއްޖޭގެ ފިހާރަތަކުގައި ހުންނަ މުދަލުގެ %80 މުދަލަކީ އެކްސްޕަޔަރީގެ 75 ، 80 % ފާއިތުވެފައި ހުންނަ މުދާ، މިހެން ބުނީތިވެސް ނިކަން ބަލާ! 12 - 18 މަންތްސް ދީފަހުރި ބާވަތްތައް މަދުންނޫނީ މާރޗް - އެޕްތީލް 2023 އަށް ހަމަވާ ކާނާ ގިނަވާނީ! ހީވަނީ ގިނައިން މި އިމްޕޯރޓް ކުރަނީ ސްޓޮކް ހުސްކުރާ ބާކީކޮޅުހެން. ނޫނީ ސްޕެޝަލް ކޯނަރއިން. އެއްވެސް މަނުފެކްޗަރަރ އެއް މުދާ އުފައްދާފައި ފައިސާއަށް ނުހަދާ އިތުރު 24ގަޑިއިރުވެސް ސްޓޮކްގަ ބަހައްޓަން ބޭނުންނުވާނެ.
އެމްސް
13 January 2023
ފުޑްއެންޑްޑްރަގް އޮތޯރިޓީއާއި ކަސްޓަމުން ތިޔަކަހަލަ ކަންކަމެއް ނުބަލާނެ! ތިޔައީ ކަސްޓަމަރުން، ފިހާރަވެރިންނާއި ތަޅާފޮޅައިގެން ހަމަޖައްސަންޖެހޭ ކަންކަން!
އެމްސް ކަޓެއް ލިބޭތަ އެ2 ތަނުން
15 January 2023
އެފްޑީއޭ އެއީ ނަމެއްގަ އޮންނަ ތަނެއް، ފުޑްކޯރޓްތަކާ ހޮޓާތަކުގެ ޗެކެއް ކޮށްލާނަމަ އެނގޭނީ، ކުނިވެފަ ހުންނަ އެއްޗެހި ވިއްކާ. އަނެއް ތަނަށް ރުފިޔާ ވަންނަނިކޮށް އޯކޭ ކޮންމެ ގޮތަކަށް ވިޔަސް.
އަސްލުހާލަތު23
12 January 2023
ބޮޑެތި ހޯލްސޭލް ފިހާރަތަކުގަ ވަކި ޑިޕާޓްމަންޓެއް ހުންނަކަމަށް ވަނީ ޖޫސް ޕެކެޓް ފަދަ ތަކެތީގެ ލޭބަލް އަދި އެކްސްޕަޔަރީ ޑޭޓް ފޮހެލުމަށް ފަހު އަލުން އާ ތާރީޚްޖެހުމަށް ހާއްސަ.. ގިނަ ޕެކެޓް ޖޫސް އަދި ޔޯގަޓް ޕެކެޓްތައް ނުވިކިި މުއްދަތު ހަަމަވުމުން އަސްލު ތާރޯހު ފޮހެލާފަ އާތާރީހެއް ޖަހައިގެން ވިއްކަނީ.. ކެންސަރާ އެހެން ބަލިތައް ގިނަވުމުގެ އަސްލު އެއީ. ސީދާ އަލިފާން އެކަނީ.އެފަދަ ވިޔަފާރިތައް ބަނގުރޫޓްކުރައްވާ ނެތި ކުރައްވާށި! އާމީން!!
ކީކޭބުނާނޫ
15 January 2023
އާމީން. މީހުންގެ ފުރާނަޔަށް ވުރެ ވިޔަފާރި މުހިންމު.
48343
12 January 2023
ބޭރުގެ ޑިސްޓްރިބިއުޓަރު ފޮރުވާފާ ރާއްޖެއިން އެޑިސްޓްރިބިއުޓް ކުރާ ފަރާތް ދައްކާ ލޭބަލްވެސް ޖަހާފާހުރީ. މިހެންއެދީމާ އަސްލު އުފައްދާފަރާތް ގެއްލިގެންދޭ. މީވެސް މަނާކުރަންޖެހޭކަމެއްކަމަށް ފެނޭ.