ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އައްޑު އަށް ވަޑައިގަތުމުން މަރުހަބާ ދަންނަވަނީ.
13 ޖެނުއަރީ 2023 - 23:06
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ތިން އަހަރުގެ ވެރިކަމުގައި ތަންފީޒުކުރި ދަތުރުފަތުރުގެ ސިޔާސަތަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ފާޑުވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް އައްޑު އަށް ފެއްޓެވި ދަތުރުފުޅުގައި ފޭދޫގައި ދެއްކެވި ވާހަކަފުޅުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، ދަތުރުފަތުރުގެ ނިޒާމު މުޅި ރާއްޖެ އަށް ފެށުމުގެ ނަމުގައި "ސަތަރި ދޯންޏެއް އޮތް ކޮންމެ މީހަކަށް ފަޅު ރަށެއް ލިބޭ" ކަމަށެވެ.
"[ފަޅު ރަށްރަށް] ބަހަމުން ދިޔައީ. ބޮޑު ސަކަރާތްގަނޑެއް. އެއިން ސަލާމަތް ނުވެވިގެން އަޅުގަނޑުމެން މި އުޅެނީ،" ދަތުރުފަތުރުގެ ނިޒާމު ތައާރަފު ކުރުމަށްޓަކައި ނަޝީދުގެ ސަރުކާރުގައި އުފެއްދި ކޮންމެ ކުންފުންޏެއްގެ އިންވެސްޓް ކަވަރު ކުރުމަށް ފަޅު ރަށްރަށް ދޫކުރި މައްސަލަ އަށް އިޝާރާތް ކުރައްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ، އެ ކުންފުނިތަކުން ފައިސާ އަށް ބޮޑެތި ޑިމާންޑްތައް ކުރަމުން އަންނަ ކަމަށެވެ.
"އެއްބަޔަކު 250 މިލިއަން ރުފިޔާ. އަނެއް ބަޔަކު އަދި އެ އަށް ވުރެ ބޮޑަށް. ކިހިނެއްތޯ މިކަން ކުރާނީ؟ އެގްރީމަންޓްތަކާ އެއްޗެހި ހެދިފައި ހުރި ގޮތުން އެ ކަމުން އަރައިގަނެވޭކަށް ނެތް،" ރައީސް ވިދާޅުވި އެވެ.
އެހެންވެ، އެ މަނިކުފާނު ވިދާޅުވިގޮތުގައި މި ސަރުކާރުން ކަންކަން ކުރަނީ ދުރާލައި ރާވައިގެން ވިސްނުންތެރިކަމާއެކު އެވެ. ސަބަބަކީ ނަޝީދުގެ ސަރުކާރުގައި ކުރިމަތިވި އެ ފަދަ ކަމެއް ދެން އަންނަ ސަރުކާރަކަށް ކުރިމަތި ނުވާނެ ގޮތަށް ކަންކަން ރާވައިގެން ކަމަށް ރައީސް ވިދާޅުވި އެވެ.
ދަތުރުފަތުރުގެ ނިޒާމު ގާއިމުކުރުމަށްޓަކައި ނަޝީދުގެ ސަރުކާރުގައި މަސައްކަތް ހަވާލުކުރި ބައެއް ކުންފުނިތަކުގެ މައްސަލަތައް މިހާރު އުޅެނީ ކޯޓުގަ އެވެ. ވަކި ހިސާބަކުން އެއްބަސްވުން އުވައިލުމުން ދައުލަތުގެ ގިނަ އަދަދެއްގެ ފައިސާ ދޭންޖެހޭ މައްސަލަ ވަނީ ބޮޑުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޖަމީލަތު
15 January 2023
ނަޝީދަކީ ކުޅަދާނަ ސިޔާސީ މީހެއް. ކެމްޕޭން ކުރަން މޮޅު. ހެޑްލައިން ހަދަން މޮޅު. ތިމާވެއްޓޭ ކިޔަިއގެން ދުނިޔޭގެ މަގުބޫލުކަން ހޯދި. ސެލްބަރިޓީ ލޯޔަރުން ބޭނުންކުރި. އޯކޭ. ސެލްޕް ޕްރޮމޯޝަން އަށް މޮޅު. ބަލާޣާތެތެރިއެއް. އެކަމަކު، ގައުމެއް ހިންގަން ކަމަކު ނުދޭ ބްރިޖްވެސް ނޭޅޭނެޔޯ ބުނީ. އަސާސީ ހިދުމަތްތައް ކުރީ ޕްރައިވެޓައިޒް. ވެއިލްޑް ކަރަޕްޝަން ހިންގި. މުޖުތަމައުގެ މޯރަލް ފައިބާރ ހަލާކުކޮށްލި. ގައުމެއް ހިންގުމުގަ ޔާމީނާވެސް އަޅާކިޔާނުލެވޭ. ނާސިސިސްޓެއް
އަސްލާއިވަސްލު
15 January 2023
އެމްޑީޕީގެ ވެރިކަމުގައި ރައީސް ނަޝީދު ތިކަން ކުރި ގޮތުގެ އަސްލު ހަގީގަތް އެމްޑީޕީ އުފެއްދުމުގައި އިސްވެ ތިއްބެވި ބޭފުޅުންގެ ދޫފުޅުން ވިދާޅުވާން ފެށުމުން ރައީސް ނަޝީދުގެ ވެރިކަމުގައި ހާމާނު ބުނިގޮތަށް އެއްވެސް ކަމަކަށް ނުބައިކޮށް ނަން ނުކިޔާށޭ ކިޔައިގެން ކުރި ވިޔާނުދާ ކަންކަމާއި ގާތް މީހުންނަށް ބައިއަޅާލި ގޮތް ރައްޔިތުންނަށް އެބަހާމަވޭ.
ބޮޑުމީހާ
15 January 2023
މަނިކްފާނަށް ތި މަގާމަށް އާދެވުމުގެ ހިއްސާ އެންމެ ބޮޑުއެކަކަށް ނަޝީދުވާނެ، ވެރިކަމަކީ މަސްތެއް، މަނިކްފާނު ތިދަނީ އެ މަސްތުގެ އަވާގައިޖެހި ގެއްލި ހަލާކުވަމުން
ޞައިގު
15 January 2023
މިހާރު ތިޔަ ފެލަނީ ރައްޔިތުންގެ އަތުން، ތިޔަބޮވެނީ ނިކަމެތ ރައްޔިތުންގެ ލޭ ނޫންތޯ ؟ އާރޓީއެލް އޭ ކިޔާފަ ކޮންމެ އަހަރަކު 800 މިމިއަން ތިޔަ ހިންގާލަނީ.. ނަސީދުގެ ސިޔާސަތުގަ ރައްޔިތުން ދައުލަތުން އެންމެ ލާރިއެއްވެސް ނުދޭ. ތިޔަރަށްތަކަށް ބިޑުކުރާނެ ފަރާތެއްވެސް މިހާރުނުވޭ، މިގައުމުގަ ދޫކޮށްފަ ހުރި ރިސޯޓު ތަކުން ކޮންކަމެއްތޯ ކޮައްދެނީ.، ހީވަނީ މީ ހަމަ ރަގަޅު ފައްކާ ގޮތެއްހެން.، ކޮންމެ ރިސޯޓަކުންވެސް ރައްޔިތުންނަށް ދޭންޖެހޭ ކޮށްދޭންޖެހޭ ކަންތައް
ޗޫ ޗޫ ޗޫ
15 January 2023
ތިޔައް ކިޔަނީ ބަހުގެ އަޑިއައް ކޮއްޕާލުމޭ! އެއީ މޮޔަ އޮޑިއެއް. ބޭނުން ނިމުނީމަ، އެއްލާލަންވީ! ބައިބައި އަންނި! ސަލާމް ބުނެފަ ގެއައް ދޭ ރނ!
އަލީވަޙީދު ނިލަންދޫ
14 January 2023
މިއަތޮޅުގަ ތިކަން ވަރަށް ރަގަޅަށް ބަޔަކުމީހުން ކުރި މިއޮތްހާދުވަހު. ބަހާފަ އޮތްހާރިސޯޓު ތަކުން ރައްޔިތުންނަށް ކަމެއް ކޮއްދެނީ ކޮން ރިސޯޓަކުންތޯ؟ ރިސޯޓެއް ދީފަ 4އަތޮޅުގެ ދަތުރުކުރުވަން މަޖުބޫރު ކުރީމާ ބަރާބަރު. އެހެންރިސޯޓުތައް އެއްކަމެވެސް ނުކޮއްދޭ؟ ފެލާނީ ރައޔިތުންއަތުން ޓެކްސް، ކުރަނީ ހަރަދު 800 މިލިއަން، އިސްރާފު ވައްކަން. މިރާއްޖޭގަ 180 ރިސޯޓް ކޮންކަމެއްތޯ ރައޔިތުންނަށް ކޮށްދެނީ… ބަނޑޮސް ކުރުނބާ ވިލާ ޗަންޕާ ރިސޯޓު ދީގެން ނުވޭ އެއްކަމެއްވެސ
ނަށީދު
14 January 2023
ނަޝީދުގެ ސިޔާސަތަށް މިހާރު އެވީ. އެ މެނިފެސްޓޯ އެއީ ރައީސް ސޯލިހުވެސް އެމް.ޑީ.ޕީ ގައުމީ މަޖިލީހުގަ އިނދެގެން ފާސްކުރި މެނިފެސްޓޯއެއް ނޫންތޯ؟ އަނެއްކާ ރައީސް ވަހީދު އާ ރައީސް ޔާމީނުވެސް ނުދައްކާ ވާހަކައެއްތީ، އެ ދެ ރައީސުންނަށް ހިންގުނު، އަދި އެކަން ކުރީވެސް އިތުރަށް ފުޅާ. ކީއްވެތޯޯ ރައީސް ސޯލިހުއަށް އެކަނި އެކަން ތުރާއަކަށް މިވީ؟ ޒާތީ ވަނީތޯ ސުވާލު އުފެދޭ މިވަރަށް ދެކޮޅު ދިމާނުވީމަ ...
LaamuonlineDOTcom
14 January 2023
ކެންޕޭނުގައި ތިޔަވާހަކަދެއްކީމާ ވަރަށްޖޯކު، 5 އަހަރުގެ ދައުރެއް ނިމިގެންދާއިރު އަދިކިރިޔާ ތިޔަހެންބުނެވުނީ އެވެސް ކަންޕޭނުގައި ނަޝީދު ދަށްކޮށްލުމަށް، މާނައަކީ ތިޔަވާހަކައިގާ ތެދުވެރި ކަމެއް އިހުލާސްތެރިކަމެއްނެތޭ!!
ރިއެކްޓޭ
14 January 2023
ޢެއީ އަންނި ރިއެކްޓް ކުރީމަވާ ގޮތް. ޢެއްވެސް ޕްލޭނެއްނެތި މަގުމަތީގައި ރިއެކްޓްް ކުރަމުން ދިޔައީ ވެރިކަމަށް އައުމުގެ ކޔރީގަެިވެސް، ވެރިކަމުފައުވެސް، އަދި ރިއެކްޓުކުރަމުން، ވެރިކަމުން އިސްތިއުފާ ދީފަވެސް .ިހާރުވެސް މަގުމަތީގައި ރިއެކްޓު ކުރަނީ..
ގުދޯގުދޯ ނުގޮވާ
14 January 2023
ކައިރީގައިތިހުރި ރީކޯމޫސާ ކައިރީ އަހާބަލަ ތިލަފަޅު ހިއްކަން ކިހާވަރެއް ނެގިންތޯ ހެވީލޯޑަށް..
ޖުހާނާ
15 January 2023
ތިލަފަޅު ހިއްކަން ލާރި ނަގާފައި އެ މަސައްކަތް ނުވެސް ނިންމާ. އެކަމަކު މަސައްކަތަށް އެއްކޮށް އަގު ނަގާފައި އޮތީ. މިހާރުވެސް ދައުލަތަށް ދައްކަންޖެހޭ އެތައް މިލިއަން ރުފިޔާއެއް ނުދައްކާ އޮތީ. އެކަމަކު އަނގަ ފުޅާކޮށްފައި ތަންތަނަށް އަރައި އެހެން މީހުނޭ ކިޔައިގެން އެބަ ވާހަކަދައްކައެއްނު. ލަދުހަޔާތުގެ ކަންފުޅެއް ވެސް ނެތް މީހެއް އެއީ. އެވަރުގެ މީހަކު ކައިރިކޮށްގެން އިބޫ އެ އުޅެނީ.