އިސްލާމީ މަރުކަޒުގައި ކުރި ހުކުރު ނަމާދެއްގައި ބައިވެރި މީހުން ހުތުބާ އަޑުއަހަނީ: ހުކުރު ހުތުބާ އިނގިރޭސި ބަހުން ޝައިއުކުރަން މިހާރު ވަނީ ފަށައިފައި -- ފޮޓޯ: ނިޝާން އަލީ | މިހާރު
16 ޖެނުއަރީ 2023 - 11:36
ހުކުރު ހުތުބާގެ އިނގިރޭސި ތަރުޖަމާ އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓުގައި ޝާއިއުކުރަން ފަށައިފި އެވެ.
އިސްލާމިކް މިނިސްޓްރީގެ ބަޔާނެއްގައި މިއަދު ބުނީ މިއީ އިސްލާމްދީނަށް ލޯބިޖައްސައި ދީނީ މައުލޫމާތު ފެތުރުމުގެ ގޮތުން އެ މިނިސްޓްރީން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ކުރިއަށް ގެންދާ ކަމެއް ކަމަށެވެ.
މި އަހަރުގެ ފުރަތަމަ ދެ ހުކުރުގެ ހުތުބާގެ އިނގިރޭސި ތަރުޖަމާ މިނިސްޓްރީގެ ވެބްސައިޓުން މިހާރު ޑައުންލޯޑްކުރެވެ އެވެ.
"ހުކުރު ހުތުބާގެ އިނގިރޭސި ތަރުޖަމާ ވެބްސައިޓުގައި ޝާއިއުކުރަން ފެށީ ރާއްޖެއަކީ ގިނަ އަދަދެއްގެ ބިދޭސީން މަސައްކަތްކުރާ ގައުމަކަށްވެފައި، އިސްލާމްދީނުގެ މައުލޫމާތު އެ ފަރާތްތަކަށް ވީހާ ވެސް ބޮޑަށް ފޯރުކޮށްދިނުމުގެ ބޭނުމުގަ އެވެ،" މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ ކޮންމެ ހުކުރު ދުވަހެއްގެ ހުކުރު ނަމާދުގެ ފަހުން ހުތުބާގެ އިނގިރޭސި ތަރުޖަމާ މިނިސްޓްރީގެ ވެބްސައިޓުގައި ޝައިކުރާނެ ކަމަށެވެ.
ހުކުރު ހުތުބާގެ އިނގިރޭސި ތަރުޖަމާ ޝައިއުކުރަން ފެށިޔަސް، މިސްކިތްތަކުގައި ހުތުބާ ކިޔާނީ ދިވެހި ބަހުން އެކަންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދީންވެރިކަން އެއްމެ ބޮޑީ ފަގީރު ގައުމުތަކުގަ
17 January 2023
ތަރުޖަމާ ކުރުމަކީ ނުރައްލަލެއް. އެއްކޮޅުން ދީނައް ލޯބި ޖެހުން، އަނެއްކޮޅުން ދީނާ ދުރުވުން. ތަރުޖަމާ ގަ ލިޔެވޭ ބަހުން މާނަ އޮޅި ކުދިންގެ ހިޔާލު ވިއްސިވިހާލި ވީމަ މާތާހިރެނުވާނެ! ދުނިޔޭގައި ކަންކަން ވަމުންދާގޮތައް ވިސްނަންޖެހޭނެ.
ވިސްނާލަމާ
17 January 2023
ގުރުއާންގެ އިނގިރޭސި ތަރުޖަމާ ދުނިޔެއަށް އުފަންވިތާ ކިތައް ގަރުނުވެއްޖެ. އިނގިރޭސި ތަރުޖަމާ ކިޔައިގެން ކިތައް މިލިއަން މީހުން އިސްލާމްވެފަ ތިބޭނެބާ؟ މާނަ އޮޅެންވެއްޖެނަމަ ކޮންމެ ބަހަކުން އޮތް އެއްޗެއް ކިޔައިގެންވެސް މާނަ އޮޅިދާނެ. އަރަބިބަހުން ވާހަކަ ދައްކާ އެތައް ބަޔަކު ގުރުއާނުގެ މާނަ އޮޅިގެންބާ ހިތުހުރި ގޮތަކަށް އެއުޅެނީ. އެމީހަކު ތެދުމަގުގައި ހުންނަން ބޭނުންނަމަ ކޮންމެ ބަހަކުންވެސް ދުއާ ކުރެވިދާނެ. ވެއްޓޭނެ އެހާ ދެރަ ހާލަތެއް ނޯންނާނެ އޭރުން
ވިސްނާލަމާ
17 January 2023
އެކި އެކި ބަސްތައް އުފެއްދެވުމުން ހުރިހާ އެންމެންނާ ހަމައަށް ފޯރުވާންވީ ބަސްތައް ފޯރުވާނެ ގޮތުގެ މަގު އެއޮތީ ހުޅުވިފައި. މުސްލިމުން ނޫން ބަޔަކާ ހަމައަށްވެސް މާތްﷲގެ ބަސްފުޅުތައް ކޮންމެ ބަހަކުން ދާނެ ގޮތް އެއޮތީ މާ އިހުއްސުރެ ގާއިމުވެފައި. ދިވެހިބަހުން އިސްލާމް މާއްދާ ކިޔަވަދޭއިރު މިހާރު އެއިން ކުރާ އަސަރު ކުޑަ. ފޭލްވާ ކުދިން ގިނަ. އަދި ފާސްވިއަސް ކިޔެވި އެއްޗެއްގެ މާނައިގަ އެބުނަނީ ކީކޭކަން ބުނަން ނޭނގި ދީނަށް އުޅެން ނޭނގޭ ކުދިން އެހާ ގިނަ
ސުހާނާހޭ
16 January 2023
ކީއްވެތަ ބަންގާޅީ ބަހުން ލިޔެފައި ނުބަހަންވީ. ހާދަމީހެކޭ އެއުޅެނީ. އެމީހުންނަކަށް އިނގިރޭސި ބަހެއް ނޭނގޭއިރު ބަންގާޅީންނަކަށްވުރެ އިނގިރޭސިންނެއް މިރާއްޖެއަކު ގިނައެއްނުވާނެ. އަދި ހިންދޫ ބަހުން ލިޔެގެން ނެރެރެ ބެހީމާ މޯދީ ރަށު ކުދިންނަށްވެސް އެނގިގެންދާނެ.
ލުނބޯ
16 January 2023
ޖޯޖްގެ ގަމާރު ކަމާއެ އެހެން ނޫންނަމަ އަރަބިބަސް އުނގެނެން އުމަރުގެފާނު ވިދާޅެއް ނުވާނެ
ކެނެޑީ
16 January 2023
ދިވެހިރާއްޖޭގަ އުޅޭ ބިދޭސީން އިސްލާމްދީނުގެ މާގިނަރަނގަޅުވާހަކަތައް އެހެން ވެބްސައިޓުތަކުންވެސް ހޯދޭނެ :ޕ
ހަނދާން ނައްތާލާ! ކޮބާ ޑޮޓު؟
16 January 2023
ކޮއްގެން ނުވާނެ. މުޑުދާރު ބަހައް މާތްވެގެންވާ އަރަބި ބަހުގެ އެއްވެސް އަކުރެއްވެސް ތަރުޖަމާ ކޮއްގެން ނުވާނެ!
ޖޯޖް
16 January 2023
ބުރޯ އަރަބި އެކޭ ދިވެހި ބަހެކޭ އިގިރޭސި ބަހެކޭ ހަމަ ވާނީ އެއްވަރު ކަލޭ ބުނެބަލަ އަރަބި ބަސް މާތްވީ ގޮތެއް ގުރުއާން އަރަބިން ލިޔެފަ އިނުމަކީ ވާހަކަ ދައްކާ ބަހުރުވައެއް މާތް ވާންވީ ސަބަބެއް ނޫން
ލިޔުނު
16 January 2023
ދުވާކުރަންވެސް އަންގަވާފަ އޮތީ ދިވެހިބަހުން. އަރަބި ބަހައްވުރެއްވެސް މައިބަހެ. ޖޯޖް ގައުމީ ސަލާންވެސް އަޑު ނާހާކާ މިއިގުނީ.
އެކީއްވެ
16 January 2023
މިގައުމުގެ ގިނަ ކުދިން މިހާރު ދަންނަނީ ދިވެއްސަށްވުރެ ބޮޑަށް އިނގިރޭސި. ހުތުބާގެ އިނގިރޭސި ތަރުޖަމާ ކިޔާލަން ލިބުނީމަ ވާނީ ފައިދާ. އަރަބި ބަހުގެވެސް ތަރުޖަމާ ކުރެވޭ ބަހެއް ތަރުޖަމާކޮށްގެން މީހަކު/ކުއްޖަކު ދީނަށް ލޯބިޖެހިއްޖެނަމަ އެއީ ވާ ފައިދާއެއް. ދީނަށް ލޯބިޖެހުމުން އަރަބި ބަސް ދަސްކުރަން ޝައުގުވެރިކަން އުފެދުމަކީވެސް ހަމަ ވެދާނެ ގޮތެއް. ގުރުއާންގެ ތަރުޖަމާވެސް އެކި ބަސްބަހުން ކޮށްފަ އެއޮންނަނީ.
ގުވާމްބެ
16 January 2023
ވަރަށް މުހިންމު، ކުޑަ ކުދިންނަކަށް ދިވެސްއެއް ނޭންގޭ.
އަލިބެހޮއްކޮދޮހޮއްކޮ
16 January 2023
ތަރުޖަމާ ކުރަން ކީހާފައިސާ އެއް ކޮން ބޭފުޅަކަށް ދެއްވަން ނިންމެވީތޯ؟
ހަރީރާ
16 January 2023
މިނިސްޓްރީގެ މުވައްޒަފުން އިނގޭތޯ
ޡަރީ
16 January 2023
ދިވެހި ބަހުން ހުކުރު ހުތުބާ ނެރެން ގާނޫނުން ލާޒިމް ކުރޭ. ޢެހެންވީމަ ޚުތުބާ އޮންނަން ވާނީ ދިވެހި ބަހުން. ޢިނގިރޭސި ބަހުން ޚުތުބާގެ ތަރުޖަމާއެއް ވެބް ސައިޓަށް ލުމަކީ އެދެވިގެންވާ ކަމެއް.
ޤައުމީ މަސްލަޙަތު
16 January 2023
މީގެ ކުރިން އަޑުއިވޭ ބޭރުގެ ބަޔަކު ރާއްޖޭގެ ހުތުބާ ތަރުޖަމާކޮށް އޭގައި ހިމެނޭ އެއްޗަކަށް ބަލާފަ ޕްރެޝަރ ކުރާ ވާހަކަ. އޭގެ ފަހުން ދުނިޔޭގެ ކަންކޮޅު ތަކުގައި ޙައްޤު ގޮތުގަ ޖިހާދުކުރާ މުޖާހިދުންނަށް ނަސްރު ދެއްވުން އެދި ދުޢާ ކުރުން ހުއްޓާލީ. މިހާރު ތިހެދި ގޮތުން ދެން ނުޖެހޭނެ އެބުނާ ބަޔަކު ދިވެހި ތަރުޖަމާނަކު ގެންގުޅޭކަށް ދެއްތޮ؟!
އައްޔަ ބޮޑޭ
16 January 2023
އިނގިރޭސިބަހުން ހުތުބާ ޝާޢިއު ނުކޮއްގެން ޝަކުވާ ގޮސްގެންތޯ ތިކަންކުރަންފެށީ! މިސްކިތް ތަކައް މިހާރު ގިނައިން އަރަނީ ބަންގާޅީން އެމީހުންގެ ބަހުން ތިކަންކުރިއްޔާ ......!