ހުކުރު ނަމާދަށް ބަޔަކު އިސްލާމީ މަރުކަޒަށް ޖަމާވެ: ހުކުރު ހުތުބާ ލިޔާނެ މައުޟޫއުއަށް އާންމުންގެ ހިޔާލު ހޯދަން ވަނީ ހުޅުވާލާފައި - ފޮޓޯ: ނިޝާން އަލީ / މިހާރު
02 ޖެނުއަރީ 2026 - 13:09
ހުކުރު ހުތުބާ ލިޔާނެ މައުޟޫއުތައް ހޯދަން އާންމުންގެ ހިޔާލަށް އިސްލާމިކް މިނިސްޓްރީން ހުޅުވާލައިފި އެވެ.
އިސްލާމިކް މިނިސްޓްރީން ކުރި ޕޯސްޓެއްގައި ބުނީ ކުރު ހުތުބާ ލިޔާ މައުޟޫއުތަކާ މެދު ރައްޔިތުންގެ ހިޔާލު ބޭނުންވާ ކަމަށެވެ.
އެހެންވެ، މި ފެށުނު އާ އަހަރުގައި ހުތުބާ ލިޔުމަށް އާންމުން މައުޟޫއު ހުށަހަޅަން އެ މިނިސްޓްރީން ވަނީ ހުޅުވާލައިފަ އެވެ. ފޭސްބުކްގެ ޕޯސްޓަށް ކޮމެންޓްކޮށްގެން ހިޔާލުތައް ހުށަހެޅޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ކުރި އެ ޕޯސްޓަށް ގިނަ އަދަދެއްގެ މީހުން ވަނީ ކޮމެންޓް ކޮށްފަ އެވެ. އެގޮތުން މިހާތަނަށް 500 އަށްވުރެ ގިނަ މީހުން އެކިއެކި މައުޟޫއުތަކުގެ ހިޔާލުތައް ވަނީ ހުށަހަޅައިފަ އެވެ.
ކޮމެންޓް ކުރުމާ އެކު، ކޮމެންޓްތަކުގައިވާ ރަނގަޅު މައުޟޫއުއަށް ލައިކް ދިނުމަށް ވެސް މިނިސްޓްރީން އެދިފައިވާއިރު ބައެއް މައުޟޫއުތަކަށް ގިނަ އަދަދެއްގެ ލައިކްސް ވެސް ލިބިފައިވެ އެވެ.
Copyright © 2026 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކުރާނެނުކުރާނެ
02 January 2026
ހަރާމް ޙަލާލު ކަނޑައެޅުމަށް އާއްމުންގެ ޚިޔާލު ހޯދަންވީނު؟؟؟؟
ޖެނެރޭޝަން
02 January 2026
ބަލަ ދުނިޔޭގެ އާބާދީ ނިސްބަތުން އެންމެ އިލްމުވެރިންނޭ ތިކިޔާ މީހުން ގިނަތަން މިއީ ހުތުބާ ލިޔަންވީމަ އާންމުންގެ ހިޔާލު ބައެއްގެ ހިޔާލަށް ލިަޔަން ޖެހޭ އެއްޗެއްތަ ހުތުބާއަކީ ހަމަ ގައިމުވެސް މަގޭ ހިޔާލު ލިޔާކަށް ނުކެރޭނެ އެއަކު
ދޮޅި ހުސޭނު
02 January 2026
އެއް ކަމަކަށް ރޯނު އެދުރުންނާ ބެހޭ ގޮތުން ހުތުބާއެއް ލިޔެވިދާނެ ކަމަށް ފެނޭ. ދީނީ ގޮތުން އެއީ ކޮންކަހަލަ ބައެއްބާ އަނެއްކާ؟؟
މަބުނީ
02 January 2026
މިސްކިތުގެ އާދަތައް. ބގނގ ނުތާހިރުކަމާއި ނޮހޮރުއްޕާން ކުރުން.
އަބްޑޫޅް +
02 January 2026
އިޒުރޭލު ކުށްވެރިކުރުން ވާނެކަން ކަށަވަރު، އެނެމެ މަގުބޫލު މައުލޫއަށް.
ބޮކިއަލިބެ
02 January 2026
ފުރަތަމަ ކަމަކަށް ހުތުބާއިން ލިބެންޖެހޭ މެސަޖަކީ އިސްލާދީނުގެ ރުކުންތައް. ދުނިޔެއާއި އާހިރަތް. ހުއްދަކަންތަކާއި ނޫންކަންތައް. މީގެ އިތުރުން އެޒަމާނަކަށް އެތަނަކަށް އެވަގުތަކަށްފެތޭ ވައުލާއި ސަނޭހަތް. ރިވެތި އަހުލާގުން މުޖުތަމައު ޒީނަތްތެރިކުރާނެގޮތް. އެގޮތުން މިވަގުތަކަށް ވައްކަމާއި ފޭރުން ހާއްސަކޮށް ސަރުކާރުގެ އިދާރަތަކުގެ ތެރޭގައި ހިންގާ ހިޔާނާތާއި ފަސާދައިގެ ވާހަކަތަކަށް ހޭލުންތެރިކޮށް ހަބަރުދާރު ކުރުވުމުގެ ވާހަކަ އަންނަންޖެހޭ.
ލައިޓް
02 January 2026
ވ. ރަނގަޅު ނިންމުމެއް! ޝޭހުން ޒަމާނީ ނުވެ ….. ކިހިނެއް އާރގިއުމެންޓެއް އަޑުއަހާނީ!
ޝގ12
02 January 2026
ރިބާ ރިބާ ރިބާ ރިބާ ރިބާ ރިބާ ރިބާ ރިބާ ރިބާ
ރާއްޖެ
02 January 2026
1. ރާބުއިން. 2. ވައްކަން ކުރުން. 3. ޒިނޭ ކުރުން. 4. ނަރަކަވެރިން، އަޒާބު. 5. ސުވަރުގެ، 6. ކައްވަޅު.
ދަގަތްފާނު
02 January 2026
ހުކުރުހުތުބާ ލިޔަން ވަޒީރުންނާ ސްޓޭޓް މިނިސްޓަރުންނާ މުވައްޒަފުންލާފަ މާސިންގާ މިނިސްޓްރީއެއް އެބަހުރޭނޫންތޯ. ހުކުރުހުތުބާ މައުލޫ ކިޔާދޭންވީވެސް އާންމުން. ވަގަށް ދުންފަތްވިއްކާމީހުން ހޯދަންވީ އާންމުން، ގަވައިދާ ހިލާފު ބިދޭސީން ހޯދުންވެސް އާންމުންނަށް، ނުތާހިރުކޮށް ކައްކާ ތަންތަން ހޯދުންވެސް އާންމުންނަށް، ދެން ކަލޭމެން ކުރާނެ މަސައްކަތެއް އެބައޮތްތޯ.