ޚަބަރު / އިމްރާން އަބްދުﷲ، ހޯމް މިނިސްޓަރު

އާންމުންގެ ހިޔާލާއި ދިރާސާގެ އަލީގައި ފުލުހުންގެ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރަން ކޮންފަރެންސެއް

"ޕޮލިސް ރިސާޗް އެންޑް އިނޮވޭޝަން ކޮންފަރެންސް"ގެ ނަމުގައި ކޮންމެ އަހަރަކު ބާއްވަން ހަމަޖެހިފައިވާ ކޮންފަރެންސްއާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް މިއަދު އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސީޕީ ހަމީދު، ހޯމް މިނިސްޓަރު އިމްރާން އަދި ޕޮލިސް ބޯޑުގެ ފަރާތުން ފަސީހު -- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ދިރާސީ ހޯދުންތަކާއި އާންމު ރައްޔިތުންގެ ހިޔާލާ އެކު ފުލުހުންގެ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރެވޭނެ ގޮތްތައް ހޯދަން ކޮންމެ އަހަރަކު ހާއްސަ ކޮންފަރެންސެއް ބާއްވަން ޕޮލިސް ބޯޑުން ނިންމައިފި އެވެ.

"ޕޮލިސް ރިސާޗް އެންޑް އިނޮވޭޝަން ކޮންފަރެންސް"ގެ ނަމުގައި ކޮންމެ އަހަރަކު ބާއްވަން ހަމަޖެހިފައިވާ ކޮންފަރެންސާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް މިއަދު އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ، މިދިޔަ އަހަރުގެ ފަހު ކުއާޓާއިން ފެށިގެން ޕޮލިސް ބޯޑުން ދިޔައީ ފުލުހުންގެ މަސައްކަތް އިތުރަށް ހަރުދަނާކޮށް ކުރިއެރުވުމަށް ރައްޔިތުންގެ ހިޔާލާއި ބައިވެރިވުމާ އެކު ފުލުހުންގެ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރާނެ ގޮތްތައް ހޯދަމުން ކަމަށެވެ.

ޕޮލިސް ރިސާޗް އެންޑް އިނޮވޭޝަން ކޮންފަރެންސް ކޮންމެ އަހަރަކު ބޭއްވުމަކީ އެކަމުގެ ތެރެއިން ނިންމި ނިންމުމެއް ކަމަށް އިމްރާން ވިދާޅުވި އެވެ.

އިމްރާން ވިދާޅުވި ގޮތުގައި، ޕޮލިސް ރިސާޗް އެންޑް އިނޮވޭޝަން ކޮންފަރެންސްގެ ނަމުގައި ބާއްވާ އެ ކޮންފަރެންސްގެ ބޭނުމަކީ ފުލުހުންގެ މަސައްކަތާ ގުޅޭ މުހިންމު މައުލޫމާތުތައް ހޯދައި، އެ މައުލޫމާތުތަކުގެ އަލީގައި ފުލުހުން ދޭ ހިދުމަތް ހަރުދަނާ ކުރުމެވެ.

އެ ކޮންފަރަންސްގައި ގާނޫނު ތަންފީޒުކުރާ އިދާރާތަކާއި ޔުނިވަސިޓީ/ކޮލެޖްތަކާއި މަދަނީ ޖަމިއްޔާތަކާއި އަދި އަމިއްލަ ފަރުދުންގެ ފަރާތުން ސަލާމަތާއި ރައްކާތެރިކަމުގެ ދާއިރާތަކުން ކުރާ ދިރާސާތަކާއި އުފައްދާ ފަންނީ އުފެއްދުންތަކާއި ޒަމާނީ ވަސީލަތްތައް ހުށަހެޅުމުގެ ފުރުސަތު ލިބޭނެ އެވެ.

"ޕޮލިސް ރިސާޗް އެންޑް އިނޮވޭޝަން ކޮންފަރެންސް"ގެ ނަމުގައި ކޮންމެ އަހަރަކު ބާއްވަން ހަމަޖެހިފައިވާ ކޮންފަރެންސްއާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް މިއަދު އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސީޕީ ހަމީދު، ހޯމް މިނިސްޓަރު އިމްރާން އަދި ޕޮލިސް ބޯޑުގެ ފަރާތުން ފަސީހު -- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ދިރާސާތަކުގެ ހޯދުންތަކާއި ފަންނީ އުފެއްދުންތަކާއި ޒަމާނީ ވަސީލަތްތައް ހުށަހެޅުން ބަހާލެވިފައި ވަނީ ހަތަރު ބަޔަކަށެވެ. އެއީ، މަދަނީ ޖަމިއްޔާތަކާއި ޖަމާއަތްތަކަށާއި، ދިވެހި ފުލުހުންގެ ހިދުމަތުގެ ކޮމާންޑް/ޑައިރެކްޓަރޭޓްތަކަށާއި، ޔުނިވަސިޓީ/ކޮލެޖްތަކަށާއި އަދި އަމިއްލަ ފަރުދުންނަށެވެ.

އޭގެ ތެރެއިން ކޮންމެ ބަޔަކުން އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާ ފަރާތެއް ހޮވަން ވެސް ވަނީ ނިންމައިފަ އެވެ. ހުށަހެޅުންތައް ހުށަހަޅަން މިހާރު ވަނީ ހުޅުވާލައިފަ އެވެ.

ހުށަހެޅުންތައް ހުށަހަޅަން ހުޅުވާލެވިފައިވާ ދާއިރާތަކަކީ:

• ކްރައިމް ޕްރިވެންޝަން

• ސެކިއުރިޓީ އާއި ކައުންޓާ ޓެރަރިޒަމް

• ފައިނޭންޝަލް ކްރައިމް އެންޑް އެންޓި-މަނީލޯންޑަރިން

• ފޮރެންސިކް ސައިންސް

• ލީޑާޝިޕް އޮގަނައިޒޭޝަނަލް ރެޒިލިއަންސް އަދި އޮފިސާ ވެލްބީން

• އިނޮވޭޝަން އެންޑް ޓެކްނޮލޮޖީ

• ސައިބާ ކްރައިމް

• ރޯޑް ސޭފްޓީ

• މެރިޓައިމް ޕޮލީސިން

• އެފިޝަންސީ އެންޑް އިފެކްޓިވްނެސް'

ރިސާޗު ޕޭޕަރުތައް ހުށަހެޅުމުން ބަހުސްކޮށް މަޝްވަރާކޮށް ނުކުންނަ ނަތީޖާ ރިޕޯޓެއްގެ ގޮތުގައި ނެރޭން ވަނީ ހަމަޖެހިފަ އެވެ.

"ޕޮލިސް ރިސާޗް އެންޑް އިނޮވޭޝަން ކޮންފަރެންސް"ގެ ނަމުގައި ކޮންމެ އަހަރަކު ބާއްވަން ހަމަޖެހިފައިވާ ކޮންފަރެންސްއާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް މިއަދު އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ -- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އިމްރާން ވިދާޅުވީ، ކޮންފަރެންސްގެ އެންމެ މުހިންމު އެއް ބޭނުމަކީ ރައްޔިތުންގެ ހިޔާލާއި މަޝްވަރާ އާއި މުޖުތަމަައުގެ ބައިވެެރިވުން ހިމެނޭ މުއައްސަަސާއަކަށް ފުލުހުންގެ ހިދުމަތް ހެދުން ކަމަށެވެ.

"އަޅުގަނޑު ހިތުން މި ކޮންފަރެންސް ވެގެންދާނީ ފުލުހުންގެ ހިދުމަތް ރައްޔިތުން އެދޭ ފަދަ ބޭނުންވާ ފަދަ ހިދުމަތަކަށް ހެދުމަށް ރައްޔިތުންގެ ފަރާތުން ހިޔާލު ހުށަހެޅުމަށް އެންމެ ތަނަވަސްކޮށް ފުރުސަތު ލިބިގެންދާ ފަދަ ފޯރަމަކަށް،" އިމްރާން ވިދާޅުވި އެވެ.

ޕޮލިސް ބޯޑުގެ ފަރާތުން މެމްބަރު އަހުމަދު ފަސީހު ވިދާޅުވި ގޮތުގައި މިއީ ދިވެހި ފުލުހުންގެ ތާރީހުގައި ބާއްވާ މިފަދަ ފުރަތަމަ ކޮންފަރެންސެވެ. އަދި ވިދާޅުވީ ތަހުޒީބު މުޖުތަމައުތަކުގައި ކަންކަން ރަނގަޅު ކުރަނީ އިލްމީ މީހުންނާއި އާންމުން ބައިވެރިކޮށްގެން ދިރާސާތަކަށް ބިނާކޮށް ކަމަށެވެ. އިލްމީ މީހުންނާއި ހުރިހާ ސްޓޭކްހޯލްޑަރުން އެއް މޭޒަކަށް ގެނެސްގެން ނޫނީ ކަންތައްތައް ހައްލު ނުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަދަނީ ޖަމިއްޔާތަކާއި ސަލާމަތާއި ރައްކާތެރިކަމުގެ ހިދުމަތުގައި މަސައްކަތްކޮށްފައިވާ އަދި މަސައްކަތް ކުރަމުންދާ ތަޖުރިބާކާރުންގެ މެދުގައި ގުޅުން ބަދަހި ކުރުމަކީ ވެސް ކޮންފަރެންސްގެ މަގުސަދެއް ކަމަށެވެ.

ފަސީހު ވިދާޅުވީ، އެ ކޮންފަރެންސަކީ ވަރަށް އެކަށީގެންވާ ނަތީޖާއެއް ލިބިގެންދާނެ ކޮންފަރެންސެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

"ޕޮލިސް ރިސާޗް އެންޑް އިނޮވޭޝަން ކޮންފަރެންސް"ގެ ނަމުގައި ކޮންމެ އަހަރަކު ބާއްވަން ހަމަޖެހިފައިވާ ކޮންފަރެންސްއާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް މިއަދު އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕޮލިސް ބޯޑުގެ ފަރާތުން އަހުމަދު ފަސީހު ވާހަކަ ދައްކަވަނީ -- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވީ، ފުލުހުންގެ ހިދުމަތަށް ރައްޔިތުންގެ ޖީބުން ކުރެވޭ ހޭދައާ ބައްދަލު ހިދުމަތެއް ފޯރުކޮށްދެވޭތޯ އާއި ކުށްތައް މަދު ކުރުމަށް ކުރަމުންދާ މަސައްކަތުގެ ނަތީޖާއަކީ ކޮބައިތޯ އާއި ރައްޔިތުންގެ އުންމީދުތަކާ އެއްވަރަށް މަސައްކަތް ކުރެވޭތޯ ބަލަން ޖެހޭ ކަމަށެވެ. އަދި އެ މަގުން އެންމެ ރަނގަޅަށް ބަދަލުތައް ގެނައުމަށް ރިސާޗުގެ ބޭނުން ވަރަށް ބޮޑަށް ޖެހިފައިވާ ކަމަށެވެ.

"... ފުލުހުންގެ މަސައްކަތް އެކި ދުވަސްވަރު އެކި ގޮތްގޮތަށް އެ އިރެއްގެ ހާލަތާއި އެއިރެއްގެ ނިޒާމެއްގެ ތެރެއިން، އާ ގޮތްތަކުގެ ތެރެއިން އާ ޗެޕްޓާއަކަށް ވަދެވިގެންދާނީ ފުލުހުންގެ މަސައްކަތަކީ ވަރަށް ބޮޑަށް ރިސާޗަށް ބޭސްޑްކޮށް ފުލުހުން ހިންގާ ކޮންމެ ހަރަކާތެއް އެންމެ ރަނގަޅަށް އެ ހަރަކާތަކުން ބޭނުންވާ ނަތީޖާ ހާސިލުކުރެވޭނީ ކޮން ގޮތަކަށް އެ ހަރަކާތެއް ހިންގައިގެންތޯ ބެލެވޭނެ ފަދަ އެވިޑެންސް އަޅުގަނޑުމެންގެ އަތުގައި ހުރެގެން އެ އެވިޑެންސްއަށް ބިނާކޮށް ފުލުހުން މަސައްކަތް ކުރުން،" ހަމީދު ވިދާޅުވި އެވެ.

ފުލުހުންގެ މުއައްސަސާގެ ތެރެއިން ޕޮލިސް ކޮލެޖާއި އެހެނިހެން ފަރާތްތަކުން ވެސް މަސައްކަތުގައި ވަރަށް ބޮޑަށް ބައިވެރިވެ ކްރައިމް ޕްރިވެންޝަންގެ ދާއިރާއިން ކަރުދާސްތައް ހުށަހެޅުމަކީ މަގުސަދެއް ކަމަށް އޭނާ ވިދާޅުވި އެވެ.

8 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 25%
icon sad icon sad 0%
icon angry icon angry 50%
icon wow icon wow 0%
icon inlove icon inlove 25%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޑޮކްޓާރ. ބަނާނާ

17 January 2023

ސީޕީ ހަމީދު އަދި ކުރީގެ ކަމިޝަނަރު ފަސީހު ތިޔަ މުއައްސަސާ ރަގަޅު ކުރައްވާނަމަ ކޮންފަރެންސް ބޭއްވުމުގެ ކުރިން ފުރަތަމަ ވެސް ތިޔަ ދެބޭފުޅުން ކުރައްވަން ޖެހޭ ކަމަކީ ފުލުހުންގެ މުއައްޒަފުން ގެޔުނިފޯމްގެ ކެޕް ނުވަތަ ބޮލުގައި އަޅަންޖެހޭ ތޮފި އަޅުވާ ފުލުހުންގެ ޔުނިފޯމްގެ ހައިބަތު ރަގަޅުކުރެއްވުން.

The name is already taken The name is available. Register?

ވަހުތާން

17 January 2023

ޝައިޚުގެ ވަޒީރުކަމުގައި ފުރަމާލޭގައި މުންކަރާތައް އާއްމުވެއްޖޭ! އެކަމަކު ބޮނޑު ގޮނޑީގާ އޭއްޗެކޭ މީއްޗެކޭ ކިޔާލަކިޔާލަ އިންނަވާއި 5 އަހަރުވީ؟/ ދެން އަލުން ކިޔާނޭ ފަރިއްސެއް އަޑުއަހާނެ ބަޔަކު ނެރެވޭނެތަ؟

The name is already taken The name is available. Register?

އެމްސް

17 January 2023

އެވެސް އިންތިޚާބާއި ދިމާކޮށް، އިއްތިފާގެއް ބާ؟ ފުލުހުންގެ އިދާރާއަށް ޢާއްމުންގެ އިތުބާރު ހޯދަން ފުރަތަމަ ކުރަންޖެހޭ 1 ކަމަކީ ޢިމްރާން ހޯމް މިނިސްޓަރުކަމުން ދުރުކުރުން! ޢިމްރާންއަކީ ފެބްރުއަރީ 7 ގެ ތަރިއެއް! މޭޑޭ މުޒާހަރާގަ ބޮޑެތިވެގެންވާ އެތައް ދޮގެއް ލައިވް ޓީވީގަ ހަދާފަ ހުރި މީހެއް! ޖަލަށް ފޯނު ވެއްދުން މަނާއިރުގަ، ޖަލުގައި ގްރޫޕްސެލްފީއަކަށްވެސް އަރާފަހުރި މީހެއް! ދައުލަތުގެ އިސް ސަފަށް އަބުރުވެެރިންލުމީ މުވައްސަސާތައް ހަރުދަނާކުރަން އެޅޭނެ...

The name is already taken The name is available. Register?

ގެދާނޯމޮސް

17 January 2023

ތިތާ ތިއިންނެވި ހަމީދަށް ފޮނުވާފަ ހުރިސިޓީތަކުގެ ޖަވާބުނުލިބޭތާ 3 މަސްދުވަސް ވެއްޖެއެވެ. މަނިކުފާނަށް ސިޓީތަށް ބަލާނެ ވަގުތު ނުލިބެންޏާ ހަމަމިހާރުން މިހާރަށް އިސްތިއުފާދެއްވާފަ އިތުރު ޗޮއިސްއކަށް ބޭނުންފުޅުވާނަމަ ކެމްޕެއިންނަށް ނުކުންނަވާށެވެ.

The name is already taken The name is available. Register?

އެމްސް

17 January 2023

ސިޓީވެސް ސޯޝަލް މީޑިއާއަށް ފޮނުވި ނަމަ ނޫސް ކޮންފަރެންސެއް ނަމަވެސް މިހާރު ބާއްވައިފީސް!

The name is already taken The name is available. Register?

ޑަބަލްސީ

17 January 2023

ޑީޖޭ ލަވައެއް ޖަހާފަ ފުންމަ ބަލަ. މާ ތާހިރުވާނެ. ކޮންފަރެންސް ނުބާއްވާތީތަ ކަންކަން ރަނގަޅު ނުވެގެން މިއުޅެނީ.

The name is already taken The name is available. Register?

ހގތ ހޔތ

17 January 2023

ކިލޯ ކިލޯ އަތުލައިގަންނަ އިރު އިޖުރާއަތުތަކާއި ހިލާފުވާގޮތަށް ކަންތައް ކުރާނެޔޭ އެބުނަނީ//// އެއީ ކުރިއެރުމަކީ

The name is already taken The name is available. Register?

ސަސ

17 January 2023

އަދިވެސް ރަގަޅުކުރަން ޖެހޭ ކަންކަން އެބަހުރިތަަ؟ މަ ހީކުރީ އިމުރާނު ހުރެގެން ހުރިހާކަމެއް ރަގަޅުކޮށް ނިންމައިފި ކަމަށް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454