ޔާމީން ޖަލަށް ވަޑައިގަތުމަށް ލޯންޗްގައި މަޑުކުރައްވައިގެން.- --- ފޮޓޯ: ނިޝާން އަލީ/ މިހާރު
17 ޖެނުއަރީ 2023 - 16:22
އިދިކޮޅު ކޯލިޝަންގެ ލީޑަރު އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަބްދުﷲ ޔާމީނަށް ވާދަނުކުރެވޭ ރިޔާސީ އިންތިހާބެއްގެ ސައްހަކަން ގަބޫލެއް ނުކުރާނެ ކަމަށް އެ ކޯލިޝަނުން މިއަދު ބުނެފި އެވެ.
އެމްއެމްޕީއާރްސީ މެދުވެރިކޮށް ވ. އާރަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން ރިޝްވަތުގެ ގޮތުގައި ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ އަތުން އެއް މިލިއަން ޑޮލަރު ނަންގަވައި އެ ފައިސާ ލޯންޑަ ކުރި މައްސަލަ ސާބިތުވެ، ޔާމީންގެ މައްޗަށް މިދިޔަ ޑިސެމްބަރު މަހު ވަނީ 11 އަހަރުގެ ހުކުމެއް އިއްވައިފަ އެވެ.
އެހެންވެ، އަންނަ ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް ޔާމީނަށް ވާދަކުރެވޭނެ މަގު މިހާރު ވަނީ ބަންދުވެފަ އެވެ. ނަމަވެސް، ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ތިބީ ދޫދޭ ގޮތަކަށް ނޫނެވެ. އެ ކޯލިޝަނުން ގަބޫލުކުރާ ގޮތުގައި ވޯޓު ކަރުދާހުގައި ޔާމީންގެ ނަން އޮންނާނެ އެވެ.
ޕީޕީއެމުން ބޭއްވި ނިއުސް ކޮންފަރެންސެއްގައި އެ ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، މާލޭގައި އަންނަ މަހުގެ 2-4 އަށް ބާއްވާ "ރައީސް ޔާމީން 2023" ކޮންފަރެންސަކީ ރަސްމީ ކެމްޕެއިން ފެށުމަށް ވަރަށް މުހިއްމު ބައެއް ކަމަށެވެ.
އިރާދަކުރެއްވިއްޔާ ވޯޓުު ކަރުދާހުގައި ރައީސް ޔާމީންގެ ނަން އޮންނާނެ. ރައީސް ޔާމީނަށް ކުރިމަތިނުލެއްވޭ ގޮތަށް މި ސަރުކާރުން ބާއްވަން އުޅޭ އިންތިހާބަކީ އެއްވެސް އިންސާފުވެރި، މިނިވަން އިންތިހާބެއް ކަމަކަށް ގަބޫލެއް ވެސް ނުކުރާނަން.-- ހީނާ ވިދާޅުވި.
އެ ކޮންފަރެންސްގައި ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މެމްބަރުންނާއި ޕާޓީގެ ލީޑަޝިޕާއި ސެނެޓުގެ މެމްބަރުންނާއި ދާއިރާގެ ރައީސުންނާއި ނައިބު ރައީސުންނާއި އަންހެނުންގެ ކޮމިޓީ ރައީސުން އަދި ސްޓީރިއަން ކޮމިޓީގެ ރައީސާއި އިތުރު ދެ މެމްބަރުންނާއެކު، ޖުމްލަ 1،500 މެމްބަރުން ބައިވެރިވާނެ އެވެ. މިހާތަނަށް 500 މެމްބަރުން ރަޖިސްޓަރީވެފައިވެ އެވެ.
މިއީ، ހީނާ ވިދާޅުވި ގޮތުގައި، ރާއްޖޭގައި ބާއްވާނެ އެންމެ ބޮޑު ސިޔާސީ ހަރަކާތެވެ.
އޭނާ ވިދާޅުވީ ކޮންފަރެންސްގެ އެންމެ ބޮޑު އެއް ބޭނުމަކީ ވެސް ޔާމީނަށް ރިޔާސީ އިންތިހާބު ކާމިޔާބުކުރެވޭނެ ހުރިހާ މަސައްކަތެއް ކޮށްދިނުން ކަމަށެވެ. އެ މަނިކުފާނު ރާވާފައިވާ ގޮތަށް ހަރަކާތްތައް ހިންގަމުން އަންނަ ކަމަށް ވެސް ޕީޕީއެމުން ބުންޏެވެ.
ނޫސްވެރިއެއްގެ ސުވާލަކާ ގުޅިގެން ހީނާ ވިދާޅުވީ އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓާ މެދު ސުވާލު ނުއުފެދޭ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ ވޯޓުު ކަރުދާހުގައި ރައީސް ޔާމީންގެ ނަން އޮންނާނެ. ރައީސް ޔާމީނަށް ކުރިމަތިނުލެއްވޭ ގޮތަށް މި ސަރުކާރުން ބާއްވަން އުޅޭ އިންތިހާބަކީ އެއްވެސް އިންސާފުވެރި، މިނިވަން އިންތިހާބެއް ކަމަކަށް ގަބޫލެއް ވެސް ނުކުރާނަން،" ހީނާ ވިދާޅުވި އެވެ.
އިދިކޮޅު ލީޑަރު ޖަލުގައި ބަންދުކޮށްގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކި ރަށްރަށަށް ކުރައްވާ ދަތުރުފުޅުތައް ކުށްވެރިކޮށް، އިދިކޮޅު ކޯލިޝަނުން ބުނީ ރިޔާސީ އިންތިހާބުގެ ސައްހަކަން ކަށަވަރުވާނީ ޔާމީން ބައިވެރިކޮށްގެން ބާއްވާ އިންތިހާބެއް ކަމަށެވެ.
އެހެންވެ، އެ މަނިކުފާނަށް ކެމްޕެއިން ކުރެވޭނެ މަގު ފަހިކޮށްދިނުމަށް ކޯލިޝަނުން ވަނީ ގޮވާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޓިނު
18 January 2023
ހުރިހާ ބާރެއްއޮވެގެން ބޭއްވި އިންތިޚާބުވެސް ޤަބޫލެއްނުކުރި ؟ދެން ތިމީހުން އެހެން އިންތިޚާބެއް ޤަބޫލުކުރާނެތަ؟
އާވަސް
18 January 2023
މާމޮޅު ގޮތެއް ތީ، ވައްކަން ކުރީމަ ރިޔާސީ ކެޑިޑޭޓްގެ ސަރުތު ހަމަވަނީ ދޯ
ބޮޑުރިޔާ
18 January 2023
އޯކޭ އަހަރެމެންނަށް ހެޔޮ ދުވަހަކު ގަބޫލްނުކުރިޔަސް ކާކަދެރަވާނި ރައްޔިތުންނަށް މިހާރު ހެވާ ނުބައި އެނގޭ ރާއްޖެ ތެރެ ގިނަރަށްތައް ތަރައްގީވެގެން އެދަނީ ހިތަށް ނުވެސް ގެނެވޭހާ ބާރުމިނުގާ މިހާރު ޕީޕީ ގިނަމެމްބަރުންވެސް އެކަން ގަބޫލްކުރޭ
ޓިނު
18 January 2023
ތިއޮތީ ވެރިކަންލިބިފައި ؟
ހަސްނާ ހަސީން
18 January 2023
ރާއްޖޭގެ ގާނޫނުތަށް އޮންނަގޮތުން އިންތިހާބު ނުވަތަ އިންތިހާބުގެ ނަތީޖާ ޕާޓީތަކުން ބަލައިގަނެ އެންޑޯސް ކުރުމެއްނޯވޭ. ވޯޓާރސް ލިސްޓް ވެސް އެންޑޯސް ކުރަނީ ހަމަ އެކަނި ޝަރުތުހަމަވެ ކުރިމަތިލާ ކެންޑިޑޭޓުންގެ ފަރާތުން. އެހެންވީމާ ސިޔާސީ ގޮތުން ޕާޓީ ކުދިން ރުއްސަން ތިކަހަލަ ވާހަކަ ނުދައްކާ ދެވަނަ އޮޕްޝަން ދައްކަން އެބަ ޖެހޭ. ފަހު މިނަޓްގަވެސް ޔާމީން މިނިވަން ވެއްޖެ ނަމަ ކުރިމަތިލުމނުް އާއްމުން ބަލައިގަންނާނެ، އެކަމަކު ދެވަނަ ނަމެއް މިހާރަށް ބޭނުންވޭ.
ތެފައާސާ.
18 January 2023
އަހަރެންގެ ހުންނާނެ 5 އަހަރުގެ ދަރިއެއް. ބައެއް ފަހަރު ބުނާނެ ލޮލީ ޕޮޕެއް ގަނެނުދީފިއްޔާ ފިލާވަޅު ދަސްނުކުރާނަމޭވެސް. އެކަމަކު އަހަރެމެންގެ ގޭގައި އަންހެނުން ފާސްކޮށް އަހަރެން ތަސްދީގުކޮށްފައި އޮންނަ ގަވައިދުގެ ތެރެއިން ލޮލީޕޮޕް ކަހަލަ އަންހެލްތީ ސްނެކްސް ދެވޭނެގޮތެއް ނުއެއް އޮވޭ، ދޭން އަދި ކިތަންމެ ބޭނުންވިޔަސް. ދެން އެހެން ބޮޑާ ހާކާލީމާ ބައެއްފަހަރު ވިސްނައިދެވޭތޯ ބަލަނީ، އަނެއްބައިފަހަރު އަޅާނުލާ ތިބެނީ. އެއްވެސް ފަހަރަކު ލޮލީޕޮޕެއް ނުދެން.
ރަދީފުއޮފިޝަލް
18 January 2023
ސަތޭކައިގެ ވާހަކައެއް
އެހެން
18 January 2023
ޔާމީން ލައިގެން ބޭއްވި އިންތިހާބުވެސް ގަބޫލެއް ނުކުރަމެއްނު! ގައިމު އެންމެ ފަހުން ތިޔަ މީހާ ވެރިކަމުގަ ހުރެގެން ބޭއްވި އިންތިހާބުން ބަލިވީމަ ވެސް ތިކަހަލަ އެތިވަރެއް ގޮވާ ސްޕްރީމް ކޯޓަށްވެސް ދިޔައީ ތިޔަބައިމީހުން ހަމަ!
އައްޔަ
18 January 2023
ފުރަތަމަ ބުމީއިންތިޚާބު ބޭއްވިޔަކަ ނުދޭނަމޭ މިހާރުތިބުނީ އިންތިޚާބު ގަބޫލެއްނުކުރާނަމެ ކިހިނެއްމިވަނީ!ބަލަ ކަލޭމެން އިންތިކާބު ބަލައިގަތިއްޔާ ނުގަތިއްޔާ ވާނީކީއް!
އައްޔަގެ ލޯބި ހައްވަ
18 January 2023
ރަނގަޅު ވާހަކައެއް. ސިޔާސީ ޕާޓީތަކުން އިލެކްޝަން ތަކާއި އޭގެ ނަތީޖާތަށް އެންޑޯސް ކުރިޔަސް ނުކުރިޔަސް އެއަކުން އެއްވެސް ބަދަލެއް ނާންނާނެ.
އަލީރާޖާ
18 January 2023
މީހަކު ހައިރާނެއް ނުވާނެ! ބަލަ އިދިކޮޅު ޕާޓީތަކުގެ ހުރިހާ ލީޑަރުންނާ ނުލާ ކަލޭމެން ބޭއްވި އިންތިޚާބު ކަލޭމެން ގަބޫލުކުރަންތަ؟
ދޮން ރަ ހާ
18 January 2023
ތި މީހުންނަށް ދުވަހަކު ވެސް ވެެރިކަމެއް ނުލިބޭނެ! ލީޑަރ ޝިޕުގައި ތިބީ މުޅިންހެން .. ،، ބޭ ކަލުން!