ޚަބަރު / އިންޑިއާ

ޖައިޝަންކަރު އަނެއްކާވެސް ރާއްޖެ ވަޑައިގަންނަވަނީ

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމަނިއަން ޖައިޝަންކަރު 2021 ވަނަ އަހަރު ރަސްމީ ދަތުރެއްގައި ރާއްޖެ ވަޑައިގެން، ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަނީ -- ފައިލް ފޮޓޯ: ނިޝާން އަލީ | މިހާރު

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރު މި މަހު ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖައްސަވައިފި އެވެ.

އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ނޫސްބަޔާނެއްގައި ބުނީ މާދަމާއިން ފެށިގެން އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ޖައިޝަންކަރު ރާއްޖެ އާއި ސްރީ ލަންކާއަށް ތިން ދުވަހުގެ ދަތުރެއްގައި ފުރާވަޑައިގަންނަވާނެ ކަމަށެވެ.

ޖައިޝަންކަރު ރާއްޖެއަށް ކުރައްވާ ދަތުރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާ ބައްދަލުކުރައްވާ މަޝްވަރާތައް ކުރައްވާނެ އެވެ.

އެ ދަތުރުގައި އިންޑިއާ އާއި ރާއްޖެއާ ދެމެދު ބައެއް އެއްބަސްވުންތަކުގައި ސޮއިކުރުމާއި އެ ގައުމުން ރާއްޖޭގައި ހިންގާ ބައެއް މަޝްރޫއުތައް އިފުތިތާހުކުރުމާއި މަޝްރޫއުތައް ނިންމައި ތަންތަން ހަވާލުކުރުން ވެސް އޮންނާނެ ކަމަށް އެ ބަޔާނުގައި ބުންޏެވެ.

މިއީ ޖައިޝަންކަރު ރާއްޖެ ވަޑައިގަންނަވާ ތިން ވަނަ ފަހަރެވެ. މިދިޔަ އަހަރު އޭނާ ރާއްޖެ ކުރެއްވި ދަތުރުގައި ވަނީ އިންޑިއާ ސަރުކާރުން 30 މިލިއަން ޑޮލަރު ހޭދަކޮށްގެން އައްޑޫގައި ހެދި ޕޮލިސް އެކަޑަމީ ހުޅުވައިދެއްވައިފަ އެވެ.

13 ކޮމެންޓް, 20 ރިއެކްޝަންސް

icon happy icon happy 20%
icon sad icon sad 0%
icon angry icon angry 70%
icon wow icon wow 0%
icon inlove icon inlove 10%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

1206

19 January 2023

ކޮމެންޓު ހަމަ ޖަހައި ނުދިނޭ. ގައިޑުލައިނުގެ ކޮން މާއްދާޔަކާ ތަ ޚިލާފުވީ. އުތުރުކަރައި ޚާރިޖީ ފުރަދާނައިން ހިތްޕުޅާ ނުވެދާނެތީ ތޯ؟ އެ ވެރިންނަށް ދިވެއްސެއް ނުއުނގޭނެއެއް ނުން. އެހެންނުނަށް ބަޔަކު އަދި ހަނޑަސްތުން ވާންޖެހޭ ވަރު އެއްޗެއް އެޔަކު ނެތެނުން. ހާދަ ފިނޑި އޭ.

The name is already taken The name is available. Register?

1206

18 January 2023

ގެރިލޯބީގެ ވާހަކަ ބުނީމާ ބަޔަކު މޭ ކަރައިފައި. ދެން ފަހެ ދިވެހި ރަދީފު ގައި 'ގެރިލޯބި' މައުނަ ކޮށްފައި އޮތް ގޮތީ؛ "ކަމެއްގެ އެދުމުގައި މީހަކަށް ހެޔޮކޮށް ހިތަހިތައި ހުރެފައި އެކަމެއް ފުދުމުން އެމީހަކަށް އިހާނެތިކޮށް ހިތާ ހިތުން". މިޔަކު ނުބައެއް އެބަ އޮތްތަ ދެން ބަޔަކު މޭކަރާ ދޫކަރާ ބޯކަރާ ވަރުގެ. ފުކެއް ބޮޑު ވަރު ޝަހާދަތް.

The name is already taken The name is available. Register?

ބޮޑުމީހާ

18 January 2023

ޕްރައިމަރީ ވަކި ގޮތަކަށް ގެންދަން އަންނަ މީހެއް ތީ. އިބޫ ހޮވުނަސް ރިޔާސީ އިންތިހާބުން ބަލިކޮށް އިންޑިއާ އައުޓްކުރާނެ

The name is already taken The name is available. Register?

1206

18 January 2023

ޖިޒީ ނަގަން އަންނާނެ ދޯ.

The name is already taken The name is available. Register?

ޅިންޑ

18 January 2023

ތީ ހާމަ ރާއްޖޭގެވެސް މިނިސްޓަރު. މީކީ މިހާރު ހަބަރެއްނޫންނެއްނު. ވަޑައިގަންނަވާ.

The name is already taken The name is available. Register?

ކޮތަރޭ

18 January 2023

ރިޔާސީ އިންތިހާބު ކާމިޔާބު ކޮށްދޭން އިންޑިއާއިން ކޮށްދޭނެ ކަންތައްތަކުގެ ވާހަކަ ދައްކަން ކަމަށް ވެދާނެ. މިހާރުވެސް އިންޑިއާގައި ހުރި އެތައް ޒަމާންވީ މިސްކިތެއް ތަޅާލާފައި ތިއަންނަނީ

The name is already taken The name is available. Register?

އަފުން

18 January 2023

ސޯލިހާއި ނަޝީދުގެ ކޯޅުން ބޮޑުވީމަ މައި ސަރުކާރުން މި އަންނަނީ މައްސަލަ ހައްލުކުރަން.

The name is already taken The name is available. Register?

ސަސ

18 January 2023

ދެން މިހުންނަނީ ހަބަރެއްނޫންދޯ. މިއީ ދާއިރާގެ މަޖިލިސް މެމްބަރަކު އެ ދާއިރާއަށް ޒިޔާރަށް ކުރުން ކަހަލަ ކުދިކުދި ކަންކަންދޯ.

The name is already taken The name is available. Register?

ތުނޑުހަސަނު

18 January 2023

ދެ ވެރިން ސުލްޙަ ކުރުވަން!

The name is already taken The name is available. Register?

ވިލާނީ

18 January 2023

އަނެއްކާ ރަސްމީގަޑީގައި މާލޭގެ ބޮޑުސަރަހައްދެއް ބަންދުކުރާނެ..މިނޫން ގޮތެއް ނެތީތަ؟؟މުޅިމާލެ ޓްރެފިކް ތޮއްޖެހިފަ..އޮފީސްތައް ހުޅުވާފަ ސަރަހައްދު ބަންދު؟؟މިފަދަ ދުވަސްތައް ސަރުކާރު ބަންދުކޮށްބަލަ..

The name is already taken The name is available. Register?

ސަންކަރު ބާބޫ

18 January 2023

މާލެ ނުދާގޮތައް އުތުރުން ނިންމާފަ ދާގޮތައް މިފަހަރު މިއައީ ތިބޭފުޅުންނަން މާލޭ މީހުންނަން ޓްރެފިކުގޮއްޖެހޭތީވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454