އެމްއެފްޑީއޭ ލެބްގައި ޖީން ސީކުއެންސިން ޓެސްޓު ހަދަނީ.-- ފޮޓޯ: ޑަބްލިއުއެޗްއޯ
18 ޖެނުއަރީ 2023 - 12:54
ކޮވިޑްގެ ވޭރިއެންޓް ދެނެގަތުމަށް އެމްއެފްޑީއޭ އިން ޖީން ސީކުއެންސިން ޓެސްޓު ހަދަން ފަށައިފި އެވެ.
ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހު މާހިރު "މިހާރު" އަށް މިއަދު ވިދާޅުވީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އެހީގައި ޖީން ސީކުއެންސިން މެޝިން ގެނެސް، ލެބް ގާއިމްކުރިތާ ދުވަސްތަކެއް ވެއްޖެ ކަމަށެވެ. ނަމަވެސް، އެކަމަށް އެމްއެފްޑީއޭގެ މުވައްޒަފުން އިންޑިއާގައި ތަމްރީނުކޮށް، އެ ލެބްގައި ޓެސްޓް ހަދަން ފެށީ އިއްޔެ އެވެ.
އެމްއެފްޑީއޭ އިން ޖީން ސީކުއެންސިން ހަދަން ފެށި އިރު، ރާއްޖޭގައި ސިއްހީ ހިދުމަތަށް ބޭނުންވާ ސާމާނާއި ލެބޯޓަރީގެ ހިދުމަތް ދޭ މެޑް ޓެކުން ވަނީ މީގެ ދޮޅު އަހަރެއްހާ ދުވަސްކުރިން، އޭގެ މެޝިނެއް ގެނެސް އެ ހިދުމަތް ދޭން ފަށައިފަ އެވެ.
Next generation genomic analysis work has begun at MFDA genetic sequencing Laboratory. @WHOMaldives pic.twitter.com/OC3Czhkf85
— Ministry of Health (@MoHmv) January 17, 2023
ޝާހު ވިދާޅުވިގޮތުގައި، ސަވައިލަންސް ޓެސްޓު ހެދުމަށް މިހާރު ވެސް އިންޑިއާ އަށް ކޮވިޑުގެ ސާމްޕަލް ފޮނުވަ އެވެ. އެކަމަކު، ދެން ޓެސްޓުތައް ހަދާނީ ރާއްޖޭގައި ކަމަށް އޭނަ ވިދާޅުވި އެވެ.
ކޮވިޑް ވޭރިއެންޓު ހޯދުމުގެ އިތުރުން، އެކި ބަލިތައް ދެނެގަންނަ ހިއުމަން ޖީން ވެސް އެ މެޝިނުން ހެދޭ އެވެ. މިއީ، ޝާހު ވިދާޅުވި ގޮތުގައި ސިއްހީ ދާއިރާއަށް އައި ވަރަށް ބޮޑު ކުރިއެރުމެކެވެ.
"ކެންސަރު ކަހަލަ ބަލިތަކުގެ ސީކުއެންސިން ހެދޭނެ. ކުރިއަށް އޮތް ތަނުގައި ރިސާޗުތަކާއި އެކި ކަހަލަ ބަލތައް ދެނެގަތުމަށް ފަސޭހަވާނެ. އިންފްލުއެންޒާ ކަހަލަ ބަލިތަކަށް ވެސް ސީކުއެންސިން ހެދޭނެ. މި ކަންތައްތަކާ އެކު ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ،" އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޮން ހަސަނު
18 January 2023
އެހެންވީމާ ފުޑް އެންޑް ޑްރަގް ގެ ނަން ބަދަލުކުރަންވީނުން ބަލިތައް ތަހްލީލް ކުރާ އޮތޯރިޓީއަށް. މިހާރުވެސް ފުޑާބެހޭ މާ ބޮޑުކަމެއް ނުކުރެ. ކުރާ ކަމަކީ ބޯޑަރުން އެތެރެކުރާ އެއްޗެހީގެ އެކްސަޕަޔަރީ އާއި އިންގްރެޑިޔަންޓް ބަލާލަލީ. ދެން ނެތިއްޔާ ހިފަހައްޓަނީ. އަޅުގަނޑު ހިތައް އަރާ ކީންކުރާ ބައެއްބާއޭ އެއީ. އަޅުގަނޑަށް ހީވާގޮތުގައި އެކްސްޕަޔަރީ އާއި އިންގްރެޑިޔަންޓް އިންތޯ ނެއްތޯ ބަލަން އިގޭނެ ގްރޭޑް 1 ގަ އުޅޭ ކުދިންނަށްވެސް.
އަހުމަދުއަލޯ
18 January 2023
ހެހެ ބޭކާރު ކަމެއް. ކޮވިޑު ނިމިއްޖެ. މެޝިނު ވިއްކާ މީހުން އުޅޭނެ ގިޔާމަތާ ޖެހެން ދެން ތިޔަ މެޝިނު މީހުންގެ ބޮލުގަ އެޅުވޭތޯ.
ހަސަނު
18 January 2023
ކޮންތާކު.. ކުޑަ ދުވަސްކޮލެއްވާނީ ތިޔަ އެތި ދަބަރު ޖަހައިގެން ހަލާކުވާނީ.. ރޯގާ ޖެހިގެން އަންނަ ކޮންމެ މީހަކަށް ޕެނެދޯލާ ކެއްސާތީބޯ ބޭސްފުޅިއަކާ އަނގަ ދޮންނަ ފުޅިއެއްދީފާ ފޮނވާލާނީ...
ޖިމް
18 January 2023
""ރާއްޖޭގައި ސިއްހީ ހިދުމަތަށް ބޭނުންވާ ސާމާނާއި ލެބޯޓަރީގެ ހިދުމަތް ދޭ މެޑް ޓެކުން ވަނީ މީގެ ދޮޅު އަހަރެއްހާ ދުވަސްކުރިން، އޭގެ މެޝިނެއް ގެނެސް އެ ހިދުމަތް ދޭން ފަށައިފަ."" ދައުލަތުގެ ސިއްހީ ބަޖެޓުގެ ބޮޑުބައެއް މި މީހުންނަށް ލިބިފަ ވޭ
ށަވިޔަނި
18 January 2023
މަސައްކަތްކުރީމަ އެހެން މީހުނެކޭ އެއްގޮތަށް ދިވެހިންނަށްވެސް ކުރެވޭނެ. ދިވެހިންނަކީވެސް އިންސާނުން.