18 ޖެނުއަރީ 2023 - 13:07
އެމެރިކާގެ ކެލިފޯނިއާގެ ގެއެއްގައި ބަޔަކު ނިދާފައި ތިއްބާ ދިން ބަޑީގެ ހަމަލާއެއްގައި އެއް އާއިލާއެއްގެ ހަ މީހުން މަރާލައިފި އެވެ.
ކެލިފޯނިއާގެ ގޯޝެން ކިޔާ ސަރަހައްދުގައި ހުރި އިމާރާތެއްގެ ތެރެއިން ބަޑި ޖަހާ އަޑު އިވޭކަމަށް ލިބުނު ރިޕޯޓަކާ ގުޅިގެން، ފުލުހުން އެރޭ އެ ސަރަހައްދަށް ގޮސް، ޝައްކު ކުރެވޭ ގެ ހިމެނޭ ހިސާބު ބެލިއިރު ފެނުނީ، މަރާލާފައި ތިބި ހަ މީހުންގެ ހަށިގަނޑުތަކެވެ. އޭގެ ތެރޭގައި ހަ މަހުގެ ތުއްތު ކުއްޖަކު ވެސް ހިމެނެ އެވެ.
އެރޭ ދަންވަރު 3:30 ހާއިރު ހިނގި މި ހާދިސާއާ ބެހޭ ގޮތުން އެ ސަރަހައްދުގެ ފުލުހުން ބުނި ގޮތުގައި މަރާލާފައި ތިބި މީހުންގެ ތެރެއިން ދެ މީހެއްގެ ހަށިގަނޑު ފެނުނީ އެ ގެއާ ކައިރިން މަގުމަތިންނެވެ. އަދި އިތުރު ދެ ހަށިގަނޑު ފެނުނީ ގޭގެ ދޮރު ކައިރިން ކޮރިޑޯ ތެރެއިން ކަމަށާއި ތުއްތު ކުއްޖައާއި އޭނާގެ މަންމަގެ ހަށިގަނޑު އޮތީ ކޮޓަރި ތެރޭގައި ކަމަށް ވެސް ފުލުހުން ބުންޏެވެ. ތުއްތު ކުއްޖާ އާއި އޭނާގެ 17 އަހަރުގެ ޒުވާން މަންމަ މަރާލާފައި އޮތީ ބޮލަށް ބަޑި ޖަހައިގެންނެވެ.
ބަޑި ޖެހުމުގެ މި ހާދިސާގައި މަރުވި އެއް އާއިލާގެ ހަ މީހުންގެ ތެރެއިން ހަތަރު މީހުންނަކީ، ހަ މަހުގެ ތުއްތު ކުއްޖަކާއި އޭނާގެ މަންމަ އާއި ތުއްތު ކުއްޖާގެ މާމަ އާއި މުނިމާމަ އެވެ. މި ހާދިސާގައި ޒަޚަމްތަކަކާ އެކު، އެ އާއިލާގެ ތިން މީހަކު ސަލާމަތްވި އެވެ.
މި ހާދިސާގެ އެއް ހަފުތާ ކުރިން ފުލުހުންނަށް ލިބުނު ރިޕޯޓަކާ ގުޅިގެން، ފުލުހުން ވަނީ އެ ގެއަށް ގޮސް ބަލައި ފާސްކުރުމަށް ފަހު، މެރިޖުއާނާ އާއި މެތައެމްފިޓަމީންސްގެ ގުޅަތަކެއް އަތުލައިގެންފަ އެވެ.
ލިބުނު މައުލޫމާތަށް ބަލައި، ފުލުހުން ބުނީ މި ހާދިސާއާ ގުޅިގެން ތުހުމަތު ކުރެވޭ ދެ މީހަކު ހޯދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ. އެމީހުން އަތުލައިގަތުމަށް އެމެރިކާ ފުލުހުން މިހާރު ގެންދަނީ، އެމެރިކާ އާއި މެކްސިކޯ އާއި ކެނެޑާ ގުޅޭ ސަރަހައްދީ ރޮނގު ކައިރީގައި ޚާއްސަ އޮޕަރޭޝަނެއް ހިންގަމުންނެވެ.
ފުލުހުން ބުނި ގޮތުގައި މިއީ، ހަމައެކަނި ބަޔަކު މަރާލުމުގެ ގަސްދުގައި ބައެއް ގަޔަށް ބަޑިޖެހުމުގެ ހާދިސާއެއް ކަމަކަށް ނުބެލެވެ އެވެ. ނަމަވެސް މިއީ މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ދެ ގޭންގެއްގެ ދެމެދުގައި ހިނގި ކުރިމަތިލުމެއްގައި ހިނގި ހާދިސާއެއް ކަމަށް ބެލެވޭ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ހަ މީހުން މަރުވުމުގެ މި ހާދިސާގެ ކުރިން ވެސް އެ ސަރަހައްދުގައި، އެފަދަ ދެ ގްރޫޕެއްގެ ދެމެދުގައި ކުރިމަތިލުންތަކެއް ހިނގާފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓް ލިބިފައިވެ އެވެ. މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ގޭންގުތަކުން މިފަދަ ޖިނާއީ ޖަރީމާތައް ހިންގުމަކީ އެމެރިކާގެ ބައެއް ސަރަހައްދުތަކުގައި ވަރަށް އާންމު ކަމެކެވެ.
މަސްތުވާތަކެތީގެ ވަގު ވިޔަފާރި ހިންގުމުގެ ދޭދޭ ގޭންގުތަކުގެ މެދުގައި ހިނގާ އޮޅުވާލުމުގެ ކަންތައްތަކާ ގުޅިގެން، އެއް ގޭންގެއްގެ ބަޔަކު ހަތިޔާރާއެކު ގޮސް، އަނެއް ގޭންގެއްގެ މެމްބަރުންނަށް ހަމަލާ ދިނުމަކީ ވެސް ވަރަށް އާންމު ކަމެކެވެ. އަދި އެފަދަ ޖަރީމާތައް ހުއްޓުވުމަށް މަސައްކަތް ކުރާ ފުލުހުންނަށް ވެސް، އެފަދަ ގޭންގުތަކުން ހަމަލާ ދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ށަވިޔަނި
18 January 2023
ބަޔަކަށް ގަބޫލުކުރެވުނަސް ނުކުރެވުނަސް އެމެރިކާ އަކީ މީހުން އެންމެ ގިނައިން މަރާއެއްގައުމު. ކުރިން އެކަންތައް މަތިޖަހާ ފޮރުވާހެން މިހާރު ނުވާނެ.
ސައީދު.
18 January 2023
ބަލަ ޑިމޮކްރަސީގެ އައްޕައޭ.މިކަހަލަ ޑިމޮކްރަސީއެއް ޔޫކުރޭނަށްވެސް ގެނެސްދެން އެއުޅެނީ. މުޅިދުނިޔެއަށް ނަމޫނާ އެމެރިކާ.
އަހުމަދުވަގާރު
18 January 2023
ޑިމެކޮރަސީ ނެތް އަފްގާނިސްތާނުގަ މިސްކިތަުގަ މީހުން ނަމާދައް ތިއްބާ ގޮއްވާލަނީ
ވާން
19 January 2023
ކުޑަކުދިން ސްކޫލުގަ ނޫނީ ބަހުގަ ތިއްބާ ގޮއްވާލަނީ. އަންހެނުން މޫނަށް އެސިޑް ޖަހާ ވިރުވާލަނީ.
ޖުހާ.
18 January 2023
މިތާގައުޅޭ ސަލީމު އިދުރީސް މާމޮޅުކޮށްގެންއުޅޭ ގައުމެއް އެމެރިކާއަކީ ފެނޭތަ ނާތަހުޒީބު ބަޑިތައް އުޅޭގޮތް،
ކޮއްކޮބެ
18 January 2023
ސާބަހޭ އެމެރިކާ. ކަލޭމެނައް ކަލޭމެންގެ ގާނޫނޫނު އަސާސީއަކުން ކަލޭމެނައް ތިހިރަ ލިބިދީފަހުރި ބާރުތަކެއްގެ ސަބަބުން، ކަލޭމެން ތިހިރަ ނެތިދަނީ..
ސާޒު
18 January 2023
އެމެރިކާއަކީ އުވާލާވެފާއޮތް ގައުމެއް. މާ ބޮޑަށް ބަޑިޖަހަނީ.