ރައީސާއި ޖައިޝަންކަރު މިރޭގެ ރަސްމިއްޔާތުގައި ސަލާމް ކުރައްވަނީ: އިންޑިއާއިން އެންމެ އިސްކަން ދޭ ގައުމަކީ ރާއްޖެ ކަމަށް އޭނާ ވިދާޅުވި --- ފޮޓޯ/ރައީސް އޮފީސް
19 ޖެނުއަރީ 2023 - 08:24
އިންޑިއާގެ އަވަށްޓެރި ގައުމުތަކަށް އިސްކަން ދޭ ސިޔާސަތުގެ ތެރެއިން ވެސް ރާއްޖެއަކީ އެންމެ އިސްކަމެއް ދޭނެ ގައުމު ކަމަށް އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް ޖައިޝަންކަރު ރޭ ވިދާޅުވެއްޖެ އެވެ.
އިންޑިއާގެ އެހީގައި ތަރައްގީ ކުރާ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގެ މަޝްރޫއު އިފްތިތާހު ކުރަން ހަނިމާދޫގައި ބޭއްވި ޖަލްސާގައި ޖައިޝަންކަރު ވިދާޅުވީ، "ނެއިބަހުޑް ފަސްޓް ޕޮލިސީ" އަކީ އިންޑިއާގެ ސިޔާސަތެއް ކަމަށާއި އޭގެ ތެރެއިން ވެސް ރާއްޖެއަކީ އެންމެ ހާއްސަ ގައުމު ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުމަކީ ގުޅިގެން މަސައްކަތްކޮށް، އެހީތެރިވުމުގެ މައްޗަށް ބިނާވެފައި އޮތް ގުޅުމެކެވެ. އިގްތިސާދީ ގޮތުންނާއި އެހެން ގޮތްގޮތުން ކުރިމަތިވާ ކަންކަމުގައި ރާއްޖެއަށް އެހީވުމަށް ތައްޔާރަށް އޮތް ކަމަށް ވެސް ވިދާޅުވި އެވެ.
"އިންޑިއާގެ އެހީތެރިކަން ކުރިއަށް އޮތް ތަނުގައި ވެސް ލިބޭނެ،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ބައިވެރިވެވަޑައިގެންނެވި ޖަލްސާގައި ޖައިޝަންކަރު ވިދާޅުވި އެވެ.
ގައުމުތަކުގެ ގުޅުވާލުމަކީ އިންޑިއާއިން އެހީވުމުގައި އެންމެ ބޮޑަށް އިސްކަން ދޭ އެއް ކަންތައް ކަމަށާއި ހަނިމާދޫ އެއާޕޯޓްގެ މަޝްރޫއަކީ ވެސް ދުނިޔެ އާއި އުތުރުގެ ރަށްތައް ގުޅުވާލާނެ މަޝްރޫއެއް ކަމަށް ވިދާޅުވި އެވެ. އަދި އިގްތިސާދީ އެތައް ފައިދާއެއް ވެސް މި ސަރަހައްދަށް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މި މަޝްރޫއުއަކީ އަޅުގަނޑުމެންގެ ރައްޔިތުންގެ ގުޅުން އިތުރަށް ބަދަހިވާނެ ކަމެއް. އެ ސަބަބަށްޓަކައި މިއީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އިސްކަމެއް ދޭ އަދި ވަރަށް ބޮޑަށް ޝުކުރުވެރިވާ ކަމެއް،" ޖައިޝަންކަރު ވިދާޅުވި އެވެ.
މީގެ އިތުރުން އިތުރު ގިނަ މަޝްރޫއުތަކެއް ވެސް އިންޑިއާގެ އެހީގައި ކުރިއަށް ގެންދާކަން ފާހަގަ ކުރައްވައި، އެ ގައުމުގެ އެހީގައި ތިލަފުށްޓާއި މާލެއާ ދެމެދު އަޅާ ބްރިޖްގެ މަސައްކަތް އަވަހަށް ނިންމަން ކުރެވެން ހުރި ހުރިހާ ކަމެއް އިންޑިއާ އިން ކުރާނެ ކަމަށް ޖައިޝަންކަރު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަހީދުބޭބެ
20 January 2023
ރާއްޖޭގެ މަގެއްގައި ބައްތިއެއް ހަރުކުރިއަސް މިހާރު އިންޑިއާ ކުންފުންޏަކަށް. ބަގީޗާއެއް ހެދިޔަސް. ގާއެތުރިއަސް. އޭޓީއެމެއް ބޫތެއް ހެދިޔަސް ހަމަ އެފަދަ. ނަތީޖާއަކީ ބޭރުފައިސާ ހޯސްލާފައި ބޭރަށް ދިއުން. މިހާރު ޑޮލަރެއް 17 ރ އަށް ވެސް ލިބުން ދަތި.
ހާސީނުސަލީމް
19 January 2023
އިސްކަން ދިން ދިނީނުންގޮސް، ބިލިއަންޑޮލަރުން ދަރުވާލާފަ، ސްކޫލެއްގެ ކުދިން ދުނިޔެ އާއި ގުޅުވަން އޭބީސީ ފޮތްތަކެއް ހަދިޔާ ކޮއްފި. އަދިވެސް އަތްޖަހާ!
މޮހިތު
19 January 2023
ހަނިމާދޫ އިންޓަނޭޝަނަލް ކުރަނީ އިންޑިޔާގެ އަޝްކަރީ ބޭނުމަށް! ދިވެހިންނަށް ކޮންކަމެއް؟ އައްޑޫ އިންޓަނޭޝަލް ކުރުން ބާއްވާފަ މިކަންމިކުރަނީ އިންޑިޔާގެ އިންޓްރެސްޓް އަކަށް!
ޖަމީލުބޭ
19 January 2023
ބީޖޭޕީއަކީ ދިވެހިންނަށް ދުވަހަކުވެސް ހެޔޮ އެދޭނެ ބައެއްނޫން. އިރާދުކުރެއްވިއްޔާ އިންޑިއާގެ ނުފޫޒުން ދިވެހިން މިންޖުވާނެ
މަމީރު
19 January 2023
އެހެން ނުވާންވީ ސަބަބެއް ނެތް ޅޮހެއް ހުރި ގައުމެއް މިނޫނީ ނެތް
ގިނި
19 January 2023
ނަމުގަ ތަރައްޤީ ކުރަން އެހީވެދިނުން ނަމުގައި ލޯނުތައް ދީ އޭގެ ދަންތުރައިގައި ޖައްސާ ގައުމު އެމީހުންގެ ދަށަށް ގެނދިއުމަށް ކުރާ ކަމެއް. ބޮޑަށް ތިބި މީހުން ދުނިޔޭގެ ކުޑަ ފައިދާއަކަށް ގައުމާ ދީން މިއޮއް އޮޔާ ލަނީ
ޟިމާޒާ
19 January 2023
ތިކަން އެނގޭ ނުބުންޔަސް.
48343
19 January 2023
ދެން ފެންނާނީ ދެގައުމު ގުޅާލާ މޮދީގެ ގަވަރުނަރެއް މިތަނަަށް އައްޔަންކުރާތަނެއްނޫންބާ؟
ދިއްދޫމީހާ
19 January 2023
ތިޔައީ ހިލޭ އެހީގަށް ހިންގާ ކަމެއްތޯ؟ ތިޔަ ކަމަށް ދިން ލޯނުގެ އިންޓްރެސްޓް އަކީ ކިހާވަރެއްބާ؟ މީގެ ކުރިން ޗައިނާ އިން ލޯނު ނެގީމާ ދަރަނީގެ ދަންތުރު މިހާރު ހަނިމާދޫގައި ހުރި އެއްމެ ތުއްތު ކުއްޖާގެ އުމުރަކީ އެއް ހަފްތާ ތިޔަ އިންޑިޔާ މީހުންނަ ތިޔަ އެއާޕޯޓް ނިންމާ ނުލެވޭނެ އެކުއްޖާ އުމުރުން 65އަހަރު ވިޔަސް ތިޔަތާ އިންޑިޔާ ސިފައިން ބައިތިއްބަން ކުރާކަމެއް ތީ އިބްރާހިމާ މިފަހަރު ރިޔާސީ އިންތިހާބްގައި ބޮޑުތިލަދުން މަތިން ރީތި މަންޒަރެއް ފެންނާނެ އިންގޭ.
ކުނިމަސް
19 January 2023
އެންމެ އިސްކަން ދޭ ޤައުމެއްކަން އެގނޭ - އިންޑިޔާއިން މިއުޅެނީ މަސްވެރިކަމުގެ ތެެރައަށް ވަދެ، ދިވެހިންގެ ޝަޤާފީ ތަރިކަ، ދޮށީގެ މަސްވެރިކަން ހަލާކުކޮށްލާ މަސްވެރިކަމުގެ ސިނާއަތުގެ ފޭރާން ފިނދާލަން. އިންޑިޔާގެ ސައިންޓިސްޓުންނަށް ހަނދަން ރޮކެޓް ފޮނުުވަން އެގުނަސް ކަނޑުމަހުގެ މަސްވެރިކަން މެނޭޖްކުރުމުގެ އެއްވެސް ވައްޓަަފާޅިއެއް އެނގޭކަމަކަަށް ނުބެލެވޭ - މުޅިން އުޅެނި 'ގެރި' ހަން ފަތުރަށް - ބަލަން މިތިބީ ކިހާވަރެއްގެ އިސްކަމެއްތޯ ދެވެނީ!