ފުވައްމުލަކުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިން ޖަގަހަ ރޭ ހުޅުވުމަށް އެ މަނިކުފާނާއި މޭޔަރު އިސްމާއިލް.
22 ޖެނުއަރީ 2023 - 07:18
އަންނަ ހޮނިހިރު ދުވަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިރީގައި ފުވައްމުލަކުގެ 65 ޕަސެންޓް ނަންގަވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަމަށް މޭޔަރު އިސްމާއިލް ރަފީގު ރޭ ވިދާޅުވެއްޖެ އެވެ.
ކެމްޕެއިން ދަތުރުފުޅަށް ރައީސް މި ރަށަށް އިއްޔެ ހަވީރު ވަޑައިގެން ބޭއްވި ޖަލްސާ އަށް ފަހު "މިހާރު" އާ ވާހަަކަ ދައްކަވަމުން މޭޔަރު ވިދާޅުވީ، މިދިޔަ 30 އަހަރު ވެސް ނުވާ ވަރުގެ ތަރައްގީ މި ސަރުކާރުން ގެނެސްދީފައިވާ ކަމަށެވެ.
"ފުވައްމުލަކަށް މި އަންނަ ތަރައްގީ އާއި ކުރިއެރުން އެބަ ފެނޭ. އަޅުގަނޑުމެންނަށް އިތުބާރު ކުރެވޭ ރައީސަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު. އެހެންވީމާ މި ރައީސަށް އެ ފުރުސަތު ދިނުމަކީ ފުވައްމުލަކުގެ ތަރައްގީއަށްޓަކައި ކުރެވޭނެ ވަރަށް މުހިންމު ކަމެއް. މި ޕްރައިމަރީގައި ވޯޓުލެވޭ ހުރިހާ ފަރާތްތަކުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެ ފުރުސަތު ދޭން އަޅުގަނޑު ވަރަށް ބޮޑަށް އެދެން،" އެމްޑީޕީގެ އަޣުލަބިއްޔަތު އޮންނަ ސިޓީ ކައުންސިލްގެ މޭޔަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެވަނަ ދައުރެއް ނުދީފި ނަމަ ފުވައްމުލަކުގެ ތަރައްގީގެ ކަންކަން ކުރިއަށް ނުދިއުމުގެ ބިރު އެބައޮތް ކަމަށެވެ. މި ސަރުކާރުގެ ސިޔާސަތުގެ ތެރެއިން ފުވައްމުލަކަށް ނިންމާފައިވާ ކަންކަން ބަދަލުވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ފެނިގެން ދިޔަ ކުރީގެ އެމްޑީޕީގެ ސަރުކާރުން މި ރަށުގައި ހަދަން ނިންމި ހައުސިން ޔުނިޓްތަކުގެ ތެރެއިން ބައެއް ހައުސިން ޔުނިޓްތައް، ވެރިކަން ބަދަލުވެ، ހުޅުމާލެ އަށް ބަދަލުވެގެން ދިޔަ ތަން ވެސް. އެހެންވީމާ ވެރިކަން ނިމިގެން ދާއިރު ކަންކަން ބަދަލުވުމުގެ ބިރު އެބައޮތް. ވެރިކަމަށް އަންނަ ފަރާތުގެ ވިސްނުން ހުންނަ ގޮތުން ކަންކަން ބަދަލުވުމަކީ ހަމަ އޮތް ބިރެއް، އިސްމާއިލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި ފުވައްމުލަކުގެ މަގުތަކުގައި ތާރު އަޅައިގެން ރަނގަޅު ފެންވަރަކަށް ހެދުމާއި ހައުސިން ޔުނިޓްތަކާއި އަދި އެހެނިހެން އެތައް މަސައްކަތަކުގެ އިތުރުން މި ސިޓީގައި އެކިއެކި ކުންފުނިތަކުގެ ކޯލް ސެންޓަރުތަކާއެކު ފަންސާހަކަށް ވަޒީފާ ވަނީ އިތުރުވެފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ އެޗްޑީސީ އާއި މޯލްޑިވިއަން އެއާލައިނާއި އެންސީއައިޓީ އެވެ. އެ ހުރިހާ ކޯލް ސެންޓަރެއްގައި ވެސް ތިބީ ފުވައްމުލަކުގެ މުވައްޒަފުން ކަމަށް އިސްމާއިލް ވިދާޅުވި އެވެ.
"ކުރިއަށް އޮތް ތަނަކީ ވެސް ވިޔަފާރިތައް ފުޅާވާ ވަރަކަށް ވަޒީފާތަކަށް މީހުން ނަގާނެ ތަންތަން. އެހެންވީމާ އިގްތިސާދީ ގޮތުން ބެލިޔަސް އެއީ ރަށަށް ވަންނަ އާމްދަނީ. މި ރަށުގައި ވަރަށް ގިނަ ކަންތައް ފަށައި، ނިންމާފައި ވަނީ. ކުރިއަށް އެބަދޭ ބައިވަރު މަސައްކަތްތައް،" މޭޔަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި، މިހާރު އެންމެ ބޮޑު ދައްޗަކީ ފުވައްމުލަކުގެ ބަނދަރުގެ ޖާގަ ކުޑަވުމުގެ މައްސަލަ އެވެ. އެހެންވެ، ބަނދަރު ބޮޑުކުރެވޭނެ ގޮތެއް، އެ ތަނުގެ ފަންނީ ސާވޭގެ މަސައްކަތް ކުރިން ކުރި މީހުން މެދުވެރިކޮށް ބަލާނެ ކަމުގެ ޔަގީންކަން ރައީސް ރޭ ދެއްވި ކަމަށް މޭޔަރު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑުމީހާ
22 January 2023
މިވެރިކަން އައިއިރުވެސް ގިނަ ދިވެހިން އުޅުނީ ކުލީ ކޮޓަރީގަ، މިވެރިކަން ނިމިގެން މިދަނީވެސް ގިނަ މީހުން ކުލީ ކޮޓަރީގަ އުޅެމުން. މިވެރިކަން ފެށުނު އިރުވެސް އެމްއެމްޕީއާރުސީގެ މައްސަލައިގައި އިސްމީހުން ތިބީ ޖަލުގަ، މިއަދު އެކަމުގެ އިސްމީހުން ތިބޭ ގޭގަ. މިވެރިކަން ފެށުނުއިރު މިގައުމުގައި އިންތިހާއަށް ކޮރަޕްޝަން އޮތް. ވެރިކަން ނިމިގެން މިދަނީ ކޮރަޕްޝަން އެހެން ހަރުފަތަކަށް ގެންގޮސްފަ. މިވަރުން ރައްޔިތުން ނުކުމެ އަވަހަށް ވޯޓް ދެއްވަވާ!
ފުވައްމުލަކުގެ ދަރި
22 January 2023
ރައިސް ޞާލިޙު ހާ ހިތްހެޔޮ ވެރިޔަކު ނުދެކެން. ކާމިޔާބު ދެއްވާށި! އާމީން.
އޮއިވަރު
22 January 2023
5 ކަނޑާލާފަ އަނެއްކޮޅަށް އަނބުރާލީމަ އެހެރީ ރަނގަޅަށް
މިތުރުމާ
22 January 2023
ރޭގަ ތިޖަލްސާއަށް ދިޔަ މީހުން ވަކިވަކިން ބަލާލިރު ވޯޓުލެވޭ މަދުމީހެއް އުޅެނީ، މޭޔަރ ކީ ރަގަޅަށް ފެއިލްވެފަ ހުރިމީހެއް، ދެން މޮޅުވާހަކައެއް ދައްކާލީ
އުބުފިލި
22 January 2023
ޤައުމުގެ ނާއިބު ރައީސް ސާލިހު ފަހަތުގައި ހުރެ، ސާލިހުގެ ވެރިކަމުގައި މުޅި ފުވައްމުލަކުގެ ހުރިހާމަގެއް ހަދާ ނަރުދަމާ އަޅާ، މައުމޫނު ސަރުކާރުން ހެދިފަހުން އޮތްގޮތަށް އޮތް ބަނދަރާއި ރަށް ގިރުން ހައްލުކޮށް މިހުރިހާ ކަމެއް ކުރީމަ އެމްޑީޕީ ގެ 65 މަދު. އަސްލު 90 މަދުވެގެން ލިބެންވޭ. ޔަގީން އަހަރެމެން ޕީޕީއެމް މީހުން ނަމަ ފޮށި ފުރާލާނަން.
ކުޗީ
22 January 2023
39000 އެތަށް ބަޔެއްގެ ހައްޤު ވަގުވަގަށް ގެއްލުވާލާފަ ، ތިމިންނާ މިހުރީ ފޯމިއުލާ ހޯދައިގެންނޭ ބުން ލަދުގަންނަން ޖެހޭނެ.
ކަސްއަނދުވާނި
22 January 2023
ރައީސް ސޯލިހްއަށް ފޯއްމުލަކުން %65 ދޭން ޖެހޭ ސައްޚަ ސަބަބެއް ނެތެވެ. ތަރައްޤީއަކީ މަގުގައި ހޮޅިވަޅުލުމާއި ފްލެޓް އެޅުމާއި ގުޅިފައިވާ ކަމެއް ނޫނެވެ. ރާއްޖެ ތަރައްޤީ ނުވެގެން އުޅެނީ ރާއްޖޭގެ ޝަރުޢީ ނިޒާމު ބޮއްސުންލާފައި އޮތުމުންނެވެ.
އެމްސް
22 January 2023
ރަޢިއްޔަތުން ފުދުންތެރިބަޔަކަށް ނުވެ، ފަގީރު ކަންމަތީ އަބަދަށް ތިބުމީވެސް ނިކަމެތިކަމެއް!
އެމްސް
22 January 2023
ސާފު އަޣުލަބިއްޔަތަކީ ޚުދުމުޚުތާރުވާން ކޮށޭނެ މަގެއް!
އޮޅުންބޮޅުންކްރޮސީ
22 January 2023
ހިހިހި އެހެންވެދޯ އެހާގިނަބަޔަކު ، 100 މީހުން ހަމަނުވާވަރަށް ޖަލްސާއަށް ޙާޒިރުވީ .
5 ޕަސެންޓް މޭޔަރު
22 January 2023
މޭޔަރުވެސް ދާނީ 5% ދެން އޮންނަ މޭޔަރު އިލެކްޝަނެއްގައި. ހެހެހެ