މާލޭގެ ބަނދަރުގައި އަޅާފައި ހުރި ދޯނިފަހަރުތައް: ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ދުއްވާ ލޯކަލް އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސާބެހޭ ގަވާއިދުގެ ދަށުން ސައްހަ ނޫން ލައިސަންސް ބޭނުންކޮށްގެން ކަނޑު އުޅަނދެއް ދުއްވައިފިނަމަ އެފަރާތެއް ދިހަހާސް ރުފިޔާއިން ޖޫރިމަނާކުރެވޭނެ
22 ޖެނުއަރީ 2023 - 12:21
ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދުއްވާ އުޅަނދުފަހަރު ދުއްވުމުގެ ގަވާއިދާ ހިލާފުވާނަމަ ބޮޑު އަދަދަކުން ޖޫރިމަނާ ކުރަން ނިންމައި، ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސާ ބެހޭ އާ ގަވާއިދެއް ޓްރާންސްޕޯޓް މިނިސްޓްރީން ނެރެފި އެވެ.
މިނިސްޓްރީން ނެރުނު ގަވައިދުގައި ބުނީ ކަނޑު އުޅަނދު ދުއްވުމުގެ ގަވައިދާ ހިލާފުވެއްޖެ ނަމަ އެ މީހެއްގެ ލައިސަންސް 48 ގަޑިއިރާއި އެއް މަސްދުވަހުގެ މުއްދަތަށް ހިފަހައްޓާނެ ކަމަށެވެ.
ލައިސަންސް ހިފަހައްޓާފައި ވަނިކޮށް، އުޅަނދެއް ދުއްވައިފި ނަމަ ފުރަތަމަ ފަހަރަށް 1،500ރ. އިން ޖޫރިމަނާކޮށް، ލައިސަންސްގައި އެކަން އެންޑޯޒްކުރާނެ އެވެ. ދެވަނަ ފަހަރު 3000 ރުފިޔާ އިން ޖޫރިމަނާކޮށް، ކުށް ތަކުރާރުވާނަމަ ކޮންމެ ފަހަރަކު 5000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށް ވެސް އޭގައިވެ އެވެ.
އަދި އެ މީހެއްގެ މައްޗަށް ދައުވާކުރަން ފުލުހަށް މައްސަލަ ހުށަހެޅޭނެކަމަށް ވެސް އެ ގަވާއިދުގައި ވެ އެވެ.
ލައިސަންސް ބާތިލުކޮށްފައިވަނިކޮށް ކަނޑުގައި ދުއްވާ އުޅަނދެއް ދުއްވައިފިކަން ސާބިތުވެއްޖެ ނަމަ، 10،000ރ. އިން ޖޫރިމަނާ ކުރާނެ އެވެ.
މީގެ އިތުރުން އެ ގަވައިދުގައި ބުނީ ބިދޭސީންނަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދުއްވާ އުނޅަދުފަހަރު ދުއްވުމުގެ ލައިސަންސަށް ހުށަހެޅޭނީ ރާއްޖޭގައި ވޯޓާ ސްޕޯޓްސް މަސައްކަތް ކުރުމަށް ދޫކޮށްފައިވާ ވޯކަ ޕާމިޓް ނުވަތަ ވޯކް ވިސާ ނުވަތަ ރެސިޑެންސް ކޮޕީ ހުށަހެޅުމުން ކަމަށެވެ.
އާ ގަވައިދުގެ ދަށުން ކަނޑު އުޅަނދު ދުއްވާ ފަރާތްތަކުގެ ދަފުތަރެއް ވެސް މިނިސްޓްރީން އެކުލަވާލަން ޖެހެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސިމްޕަލް
22 January 2023
ފުރަތަމަ އެއްގަމު އުޅަނދު ދުއްވުމުގައި ގަވައިދާ ޚިލާފުވާ މީހުންނަށް ފިޔަވަޅު އަޅަމާ. ކުރާހާވެސް ކަމަކީ ސްޓިކަރ ޖެހުން.
ކޮރަލް
22 January 2023
ފުރަތަމަ އުޅަނދު ފަހަރަށް އަރާ ނަސޭހަތް ދީ ބަލާށެވެ. ގާނޫނުގަ އޮތް އެއްޗެއް އެނގެނީ ގާނޫނު ހަދާ ބަޔަކަށެވެ. އެހެން ބަޔަކަށް ނޭނގެ އެވެ. ނޫނީ ނާނގަ އެވެ.
ނަލަނަލަ ރާއްޖެ
22 January 2023
ވަކި މީހަކަށް ތައީދު ކުރާތީ ފިޔަކޮށާލުމަކީ ގާނޫނައި ގަވައިދު ތަންދޭ ކަމެއް ނޫން އެފަދައިން އަމަލްކުރާ މީހަކު ޖޫރިމާނާ ކުރުން އޮތީ ކޮންއިރަކުންބާ؟