ރެޑިސަން ބްލޫ ރިސޯޓް މޯލްޑިވްސްގެ މަތިން ނަގާފައިވާ ފޮޓޯއެއް. -- ފޮޓޯ: ރެޑިސަން ބްލޫ މޯލްޑިވްސް
22 ޖެނުއަރީ 2023 - 18:35
އދ. ހުރުއެޅިގައި ތަރައްގީކޮށްފައިވާ ރެޑިސަން ބްލޫ މޯލްޑިވްސް ރިސޯޓުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ބައެއް މަސައްކަތްތައް އީއައިއޭ ނުހަދާ ކޮށްފައިވާތީ، އެ މަސައްކަތްކުރި ހުރުއެޅި އިންވެސްޓްމަންޓް 28 މިލިއަން ރުފިޔާ އިން ޖޫރިމަނާކޮށްފި އެވެ.
އީޕީއޭ އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ އީއައިއޭ ފުރިހަމަނުކޮށް މަސައްކަތްކުރި މައްސަލަ އެ އެޖެންސީން ބަލައި ކަން ހިނގާފައިވާ ގޮތުގެ ރިޕޯޓަކަށް އެދުމުން މިދިޔަ އަހަރުގެ ނޮވެމްބަރު 28 ގައި އެ ކުންފުނިން އިންސިޑެންޓް ރިޕޯޓެއް ފޮނުވި ކަމަށެވެ.
އެ ރިޕޯޓާ ހަވާލާދީ އީޕީއޭ އިން ބުނި ގޮތުގައި ހުރުއެޅި ބަނދަރު ތަރައްގީކުރުމުގެ ތެރޭގައި 1،055 އަަކަމީޓަރުގެ ސަރަހައްދެއް ކޮނެ، 1583 ކޮޑިމީޓަރުގެ ވެލި ނަގައި، 60 މީޓަރުގެ ބަނދަރެއް ހަދާފައިވެ އެވެ. އެ މަސައްކަތަށް ނެގި ވެލިތައް އަލަށް ހެދި ބަނދަރާ އިންވެގެން ބަނދަރުގެ "ކީ ވޯލް" ގެ ފަހަތަށް އަޅާފައިވާ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެ އެވެ.
އެ އެޖެންސީން ބުނި ގޮތުގައި ހުރުއެޅި ބަނދަރުގެ މަސައްކަތްތައް މިދިޔަ އަހަރުގެ ޖުލައި 15 ގައި ފަށައި ސެޕްޓެމްބަރު 30 ގައި ނިންމި ކަމަށް އެެ ކުންފުނިން އިއުތިރާފުވެ އެެވެ.
އެހެންވެ، އީއައިއޭ ފުރިހަމަނުކޮށް ބަނދަރުގެ މަސައްކަތް ކޮށްފައިވާތީ އެ މަސައްކަތްކުރި ކުންފުނި ޖޫރިމަނާކޮށްފައި ވަނީ ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓް ހެދުމާ ބެހޭ ގަވައިދުގެ ދަށުން 20،000ރ. އިންނާއި ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދުގެ ދަށުން 28.5 މިލިއަން ރުފިޔާ އިންނެވެ.
އީޕީއޭ އިން މިދިޔަ ބުރާސްފަތި ދުވަހު ހުރުއެޅި ކުންފުންޏަށް އަންގާފައި ވަނީ ޖޫރިމަނާ ފައިސާ ސަރުކާރުގެ ބަންދު ދުވަސްތައް ހިމަނައިގެން 30 ދުވަހުގެ ތެރޭގައި އެ އެޖެންސީއަށް ދެއްކުމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަހީމާ
25 January 2023
ކޮބާ ރީކޯ ރިސޯޓު ރެހާ މިއަތޮޅުގެ.، އެއ ހުއްދަ އެއްވެސް ނުނަގާ
ހުސްނުހީނާ
23 January 2023
ތިނިމުނީ. ބަޔަކަށް ދައްކަން ކުރިކަމެއް. ތި ޖުރިމާނާ ނުވެސް ދައްކާނެ، އަދި، އަތުލަންވެސް ނުއުޅޭނެ. މިގައުމު ހިނގަމުން ދާގޮތް!
ބެރީ
23 January 2023
ހުއްދަ ނުނަގާ ފަޅު ހަލާކުކުރުން ހޯހޯ.. ހުއްދަ ނަގައިގެން މައްސަލައެއް ނެތް ކިތަންމެ ބޮޑުތަނެއް ސުންނާފަތި ކުރިއަސް..
އަކަ
22 January 2023
ތީ އަނެއްކާ އަންނި ފެކްޝަނާ ގުޅުންހުރި ރަށެއްތަ؟
1828
22 January 2023
ކޮބާހޭ އެފްކޮންގެ ޖޫރިމަނާ؟
ޢަރުތަ
22 January 2023
އަންނަނީ އަންނަނީ، އިންތިޒާރު ކޮށްލައްވާ.
ކަތްދައްތަ
22 January 2023
ބަހުންމެޓާ ކަމުންރެކޭ.