އީޕީއޭގެ ނަން އެންވަޔަރަމެންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ އަށް. ހިންގާނީ މިނިސްޓްރީގެ ދަށުން.
އީޕީއޭ އާއި ސަރުކާރުގެ އެހެން ބައެއް މިނިސްޓްރީތައް ދަރުބާރުގޭގައި ވަގުތީ ގޮތުން ހިންގުމަށް ޖަހާފައިވާ ނަން ބޯޑު: އީޕީއޭ އުވާނުލަން ނޫޅޭ ކަމަށް މިނިސްޓްރީން ބުނި.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
12 އޯގަސްޓް 2025 - 14:37
ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމުގެ ޒިންމާތައް ހަވާލު ކޮށްފައިވާ އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އުވާލަން އުޅޭ ކަމަށް ބުނެ ދެކެވޭ ވާހަކަތައް ތިމާވެއްޓާ ބެހޭ މިނިސްޓްރީން މިއަދު ދޮގުކޮށްފި އެވެ.
ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ ޕާމަނަންޓު ސެކްރެޓަރީ އަޖުވަދު މުސްތަފާ "މިހާރު"އަށް ވިދާޅުވީ، އީޕީއޭ އުވާލަން ރައީސް އޮފީހުން އަންގާފައި ނުވާ ކަމަށެވެ. އެ އޮފީހުން މިއަދު މިނިސްޓްރީއަށް ފޮނުވި ސިޓީއެއްގައި އަންގާފައި ވަނީ އީޕީއޭގެ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން އެ ތަނުގެ ނަން "އެންވަޔަރަމެންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ" އަށް ބަދަލުކުރުމަށް ނިންމާފައިވާ ކަން ކަމަށް އޭނާ ވިދާޅުވި އެވެ.
އަޖްވަދު ވިދާޅުވީ އެހެން ގައުމުތަކުގައި ވެސް ތިމާވެށި ހިމާޔަތްކުރުމަށް އެޖެންސީއެއް ހުންނަނީ އެ ގައުމުތަކުގައި ތިމާވެއްޓަށް ހާއްސަ މިނިސްޓްރީއެއް ނުހުންނަ ކަމުގައިވާ ނަމަ ކަމަށެވެ. ތިމާވެއްޓަށް ހާއްސަ މިނިސްޓްރީއެއް ހުންނަ ނަމަ ހިންގަނީ ރެގިއުލޭޓަރީ އޮތޯރިޓީއެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"އީޕީއޭ އުފައްދާފައި ވެސް އޮތީ ތިމާވެށި ރެގިއުލޭޓް ކުރާ މުއައްސަސާއެއްގެ ގޮތުގައި. އެކަން ރިފްލެކްޓުވާ ގޮތަށް އެ ތަނުގެ ނަމަށް ބަދަލު ގެންނަނީ. އެކަމަކު ހަމަ ކުރީގެ އީޕީއޭ، އީޕީއޭ އުވާލީކީ ނޫން،" އޭނާ ވިދާޅުވި އެވެ.
އީޕީއޭއާ މިހާރު ހަވާލުކޮށްފައިވާ އެއްވެސް ޒިންމާއެއް އަދި ދީފައިވާ އެއްވެސް ބާރެއް ވެސް ނުހިފަހައްޓާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް، އަޖްވަދު ވިދާޅުވި ގޮތުގައި، އީޕީއޭ ހިންގުމުގެ އެންމެ އިސްވެރިޔަކަށް ޗީފް އެޑްމިނިސްޓްރޭޓާ ކިޔާ މަގާމެއް އުފައްދާނެ އެވެ. އެއީ ސިވިލް ސާވިސްގެ އޮނިގަނޑުގެ ތެރެއިން އުފައްދާ މަގާމެކެވެ. އެހެންވެ، އެ އިދާރާގެ މަގާމުތަކުގެ އޮނިގަނޑަށް ގެންނަން ޖެހޭ ބަދަލުތައް ގެންނަން ސިވިލް ސާވިސް ކޮމިޝަނަށް އަންގާނެ އެވެ.
އީޕީއޭ އުފައްދާފައި ވެސް އޮތީ ތިމާވެށި ރެގިއުލޭޓް ކުރާ މުއައްސަސާއެއްގެ ގޮތުގައި. އެކަން ރިފްލެކްޓުވާ ގޮތަށް އެ ތަނުގެ ނަމަށް ބަދަލު ގެންނަނީ. އެކަމަކު ހަމަ ކުރީގެ އީޕީއޭ، އީޕީއޭ އުވާލީކީ ނޫން،"--- އަޖުވަދު
މިހާރު އީޕީއޭގެ އެންމެ އިސްމަގާމަކީ ޑިރެކްޓަރު ޖެނެރަލެވެ. އެ މަގާމުގައި މިހާރު ހުންނެވީ އިބްރާހިމް ނައީމެވެ.
އަޖްވަދު ވިދާޅުވީ، ތަރައްގީގެ މަޝްރޫއުތައް ހިންގުމުގެ ކުރިން އީޕީއޭ މެދުވެރިކޮށް ހަދަން ޖެހޭ ތިމާވެއްޓަށް އަސަރު ފޯރާ މިންވަރު ބަޔާންކުރާ ރިޕޯޓް ނުވަތަ އީއައިއޭގެ ހެދުމުގެ ގަވާއިދަށް އިސްލާހެއް ގެނެސް މިއަދު ގެޒެޓް ކޮށްފައިވާ ކަމަށެވެ.
"އެ ގަވާއިދަށް މި ގެނައި އިސްލާހަކީ، އީއައިއޭ ޕްރޮސެސް ހަމަ މިހާރު އޮތް ގޮތަށް ބާއްވައިފައި، އެކަމަކު ކެބިނެޓުން ނުވަތަ ކެބިނެޓުގެ ކޮމިޓީއަކުން ނިންމާ ތަރައްގީގެ މަޝްރޫއުތައް، ސަރުކާރުން އަވަހަށް ކުރިއަށް ގެންދަން ޖެހޭ މަޝްރޫއުތަކުގެ އީއައިއޭ މަރުހަލާތައް އަވަސް ކުރެވޭނެ ގޮތް ހެދުން،" އޭނާ ވިދާޅުވި އެވެ.
"[އަވަސް ކުރަން އެންގިޔަސް] އީއައިއޭގެ ހުރިހާ މަރުހަލާތަކެއް ކުރިއަށް ގެންދާނެ. އެއްވެސް މަރުހަލާއެއް ސްކިޕްކޮށް ނުވަތަ އުވާލާފައި ކުރިއަށް ނުގެންދާނެ."
އީއައިއޭގެ ގަވާއިދަށް ގެނައި އިސްލާހުގައި ބުނެފައި ވަނީ ސަރުކާރުން ހާއްސަ އިސްކަމެއް ދޭ މަޝްރޫއުއެއްގެ ގޮތުގައި މިނިސްޓްރީން ކަނޑައަޅާ މަޝްރޫއުތަކުގެ އީއައިއޭގެ ރިޕޯޓް އަވަސް މުއްދަތެއްގެ ތެރޭގައި، އެއްވެސް ލަސްކަމެއް ނެތި ނިންމަން ޖެހޭނެ ކަމަށެވެ. ހާއްސަ އިސްކަމެއް ދޭ މަޝްރޫއުއެއްގެ ގޮތުގައި ބަލާނީ ކެބިނެޓުން ނުވަތަ ކެބިނެޓުގެ ކޮމިޓީއަކުން ކަނޑައަޅާ ގައުމީ ތަރައްގީގެ މަޝްރޫއުތައް ކަމަށް އެ އިސްލާހުގައި ބުންޏެވެ.
އެ އިސްލާހުގައި ބުނެފައިވާ ގޮތުން އެ ބަދަލަށް އަމަލުކުރާނީ މި އިސްލާހު ގެޒެޓްކުރާ ދުވަހުން ފެށިގެން ތިން އަހަރާއި ހަ މަސްދުވަހުގެ މުއްދަތަށް ނުވަތަ މި ސަރުކާރުގެ ބާކީ އޮތް މުއްދަތުގައި އެކަންޏެވެ.
ޑިސެމްބަރު 18، 2008 ގައި އުފެއްދި އީޕީއޭ މިހާތަނަށް ހިންގަމުން އައީ ރައީސް އައްޔަން ކުރައްވާފައިވާ ހާއްސަ ގަވަނިން ބޯޑެއްގެ ލަފާގެ ދަށުންނެވެ. އެ ބޯޑުގައި މިހާރު ހަތް މެމްބަރަކު ތިއްބަވަ އެވެ.
ނަމަވެސް، އީޕީއޭ އަށް މި ގެންނަން ބަދަލާ އެކު، އެ އިދާރާ ދެން ހިންގާނީ ސީދާ މިނިސްޓްރީގެ ދަށުން ކަމަށް ކަން ވަނީ އެނގިފަ އެވެ.
ރައީސް އޮފީހުގެ ވެބްސައިޓުގައި މިއަދު ބުނީ އީޕީއޭގެ ނަން "އެންވަޔަރަމެންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ"އަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ބަދަލުކުރައްވާފައިވާ ކަމަށެވެ.
"މި ބަދަލު ގެންނަވާފައި ވަނީ، އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީން މިހާތަނަށް ކުރަމުން ގެންދާ މައިގަނޑު މަސައްކަތްތަކަކީ ރާއްޖޭގެ ތިމާވެއްޓާ ބެހޭ ކަންކަން ރެގިއުލޭޓްކުރުމާ ގުޅުންހުރި މަސައްކަތްތަކެއް ކަމަށް ވާތީ، އެ އިދާރާއިން ކުރަމުން ގެންދާ މައިގަނޑު މަސައްކަތްތަކާ ވީހާ ވެސް ގުޅުންހުރި ނަމެއް ހަމަޖެއްސެވުމުގެ އިތުރުން، އެ އިދާރާގެ މަސައްކަތްތައް މިހާރަށް ވުރެ ހަރުދަނާކޮށް، ހަލުވިކުރުމުގެ ބޭނުމުގަ އެވެ،" ރައީސް އޮފީހުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސިޓިޒަން އޮފް މާލެ
15 August 2025
އޮތޯރިޓީ ހިންގާނީ މިނިސްޓްރީ ގެ ޑިޕާޓްމަންޓެއްހެން! ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ ގެ ބޯޑުގައި ތިބެނީ މިނިސްޓްރީ ގެ ޑިޕާޓްމަންޓް ގެ ހެޑުން އަދި ޗެއާމަން އަކީ ޕާމަނަންޓް ސެކެޓަރީ!
އިނގުރައިދޫ މައިކު
12 August 2025
އުވާލަންވީ. ކުރާހާވެސް ކަމަކީ އަދި ކުރަން އެނގޭވެސް ކަމަކީ ފަރަކަށް ބޯޓެއް އެރީމަ، އޭ ކަލޭމެން މިލިއަނުން ޖޫރިމަނާއޭ ބުނުން. އިތުރު ކޮންކަމެއް ކުރާ ބައެއްބާ އެއީ؟
ސިޓިޒަނެއް
12 August 2025
އަސްލު ހަމަ އުވާލަންވީ. ގައިމު އިޚްލާސްތެރި ނަމައީ ތިއޮތް ހުރިހާ ފަޅެއް ފަރެއް ހަލާކު ކުރާއިރު ހިމޭނަކުން ނުއޮތީސް. ހަމައެކަނި ބައެއްގެ އީއައޭ ވިޔަފާރިގަނޑު ދަމަހައްޓަން އޮންނަތަނެއް ތިޔައީ. ކުރިން ވަރަށް ރެސްޕެކްޓުކުރީމު. އެކަމަކު ފެނިއްޖެ، ފުދިއްޖެ. ދެރައީ ތިތަން އުވާނުލާތީ.
އޮނަރަބްލް އަފީފު ދީދީ
12 August 2025
ސަރުކާރު ވަޒީރަކަށް އެތަނުގެމައްޗަށް އަމުރު ނުހިންގޭ ގޮތަށް ތަނުގެ އެންމެ އިސްވެރިއަކަށް Director General އަކު ހުންނަވައިގެން މިހާތަނަށް ހިންގަމުން އައި Environmental Protection Agency އުވާލާފައި އީޕީއޭގެ ފަރާތުން ކުރަމުންއައި މަސައްކަތް މީގެފަހުން ކުރަމުންދާނީ އެންވަޔަރަމެންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ އިން ކަމަށް ބުނެ މިދެންނެވި އޮތޯރިޓީ ހިންގާނީ ތިމާވެއްޓާއި ބެހޭ މިނިސްޓްރީގެދަށުން އެތަނުގެ ވަޒީރުގެ އަމުރަށްކަމަށް ކަޑައެޅުން ދެން ވާނީ ކިހިނެއް؟
ފީއިލޮށި
12 August 2025
އީޕީއޭ އަކީ ވަރަށް ކޮރަޕްޓުތަނެއް.. އަހަރެން މާލޭގައި ހިންގި 4 ޕްރޮޖެކްޓަކުން، ޑީވޯޓަރިން ހަދަން ފައިސާއަށް އެދުނު.. އެ މީހުންނަށް ކަޓެއް ދެންޏާ ޖޫރިމަނާއެއް ނުކުރާނެ.. މިއީ ތޯތޯ ވާހަކައެއް ނޫން.. އަމިއްލަ ތަޖުރިބާ
ސައިބޯނި
12 August 2025
ތި ބޭކާރު ތަނެއް ހަމަ އުވާލަންވީ އެންވާރަމަންޓް ހުރިހާ ކަމެއް ނުކުރެވެންވީ ސަބަބެއްނެތް, ނަމެއްގަ އޮތް ތަނެއް ނައީމްބެ ކުރާ ކަމެއް ނޯވޭ މުސާރަ ނަގައިގެން ނިދުން ފިޔަވާ, ބާރެއް އޮތް ބަޔެއް ނޫން, ބޭކާރު އިތުރު ޚަރަދު
ށަފިދު
12 August 2025
ޑިރެކްޓަރ ޖެނެރަލްގެ ދުވަސް ދުއްވާލީ ތާ ނައިމްބެ ބުނާ ހުރިހާގޮތެއް ނަހަދަތީ ވީގޮއް ކަމަށް ލަފާކުރެވޭ
އަބްޑޫޅް +
12 August 2025
ކަލޭމެންގެ ރާއްޖެ ހިންގަނީ އެހެން ގައުމުތައް ކޮޕީ ކޮށްގެންތަ؟ ކަލޭމެންނަކީ މިނިވަން ދައުލަތެކޭ ތިޔަ ބުނަނީ ދޮގު ހަދައިގެންތަ؟
ދޮހޮއްކޮބެ
12 August 2025
އުވާލަންޖެހޭ ތަނެއް.ތިމާވެށީގެ ގާނޫނުތަކުން އަތް ބަދެވި އެއްވެސް ކަމެއް ނުކުރެވޭ އަދި ކުރެވޭ ޖޫރިމައިނާ ގެ އެއްވެސް މިންވަރެއް ނުނެގެވޭ. ކުރަނީ އިންތިހާއަށް ބޮޑު ޖޫރިމައިނާ.
ޢަލީ ކުރުސީ
12 August 2025
އެހެން ގޮތަކަށް ދަންނަވާނަމަ ވަރުގަދަ މެގަ ޕްރޮޖެކްޓެއް ނުވަތަ ވަޢުދުފުޅެއް ފުއްދަވާދެއްވަން އެއުޅުންވަނީ އަނެއްކާވެސް! ރަގަޅު ޑްރޯން ޝޯއެއް ބާއްވައި ހަވާ ނާރުވައިފިނަމަ!