ފަނޑިޔާރުކަމަށް އައްޔަން ކުރިކަމުގެ ލިޔުމުގައި މީހަކު ހިފަހައްޓައިގެން: ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ކަމަށް 10 ބޭފުޅަކު ވަނީ ކުރިމަތިލާފައި --- ފޮޓޯ/މިހާރު
24 ޖެނުއަރީ 2023 - 17:05
ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ކަމަށް 10 ބޭފުޅަކު ކުރިމަތިލައްވައިފި އެވެ.
އެ ކޯޓަށް ދެ ފަނޑިޔާރުން ހޯދަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކުރިން އޮތީ އިއުލާންކޮށްފަ އެވެ.
އެ އިއުލާނުގެ މުއްދަތު ހަމަވިއިރު، ކުރިމަތިލެއްވި 10 ބޭފުޅުންގެ ތެރޭގައި ވަކީލުންގެ އިތުރުން މެޖިސްޓްރޭޓުން ވެސް ހިމެނިވަޑައިގަންނަވަ އެވެ.
1- މުހައްމަދު އިހުސާން- ނޫރުވާދީ/ ކ. ތުލުސްދޫ
2- މުހައްމަދު ސަމީރު- ހިތްވަރު/ ރ. އިނގުރައިދޫ
3- އަހުމަދު ރިފްޝާން- ކަޝްމީރުގެ/ ސ. ފޭދޫ
4- އިބްރާހިމް އިހުސާން- އެށެވެލި/ ސ. މަރަދޫ
5- އުއްމުކުލްސޫމް އަބޫބަކުރު- ރަނައުރާގެ/ ބ. އޭދަފުށި
6- ރަފީއުއްދީން އަހުމަދު- ސްނޯޑްރޮޕް/ ސ. ހިތަދޫ
7- އަހުމަދު އާދަމް- އެތުމާ/ ގއ. ގެމަނަފުށި
8- ހުސައިން ސާލިމް- އާރު/ ހއ. މާރަންދޫ
9- ސިޔާމް މުހައްމަދު- މާލެ ދަފްތަރު ރސ 131914
10- އިބްރާހިމް ޒިހުނީ- ބިއްލޫރިޖެހިގެ/ ގއ. ނިލަންދޫ
ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް މުސާރަ އާއި އިނާޔަތްތަކާ އެކު މަހަކު 48،000ރ. ލިބޭނެ އެވެ.
ކްރިމިނަލް ކޯޓުގައި މިހާރު ތިއްބެވީ ނުވަ ފަނޑިޔާރުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްޑޫޅް
25 January 2023
މުޅިން ބީރަށްޓެހިން ދޯ؟
ޖިންސީ މޭން
25 January 2023
ހަމައެކަނި އަންހެނަކަށް ވީތީޔޭ ކިޔާފަ މަގާމެއް ދިނުމަކީ ޖިންސީ ތަފާތުކުރުން
ބަކަރިއެއްފަދަ ގައުމެއް
25 January 2023
ކޫފޫ ހަމަވާ އެކަކުވެސް ނެތް ތިތާކު. އެކަމަކު ލިބޭނީ ތި ސާލިމްއަށާއި ޒިހުނީއަށް. އެއީ ގައުމީ ދިފާއީ ވަކީލުންގެ ރައްޓެހިންވީމަ، އެމީހުންގެ ނުފޫޒު މުޅި ޖުޑިޝަރީގަ އޮންނަނީ.
ޖުއްބާ
25 January 2023
މީނަދެން ކުފޫ ހަމަވާ މީހާ ނުލީ ކީއްވެ. ކައޭ ވ ގަދައެއްނު
އެލްޖީ
25 January 2023
ކިތައް މީހުންބާ ގޭންގުތަކުގެ ސްޕޮންސަރގަ ކިޔަވައިގެން އައިސް ތިބީ؟
އެމްސް
24 January 2023
ސަރުކާރުން ކޯޓްތަކަށް ނުފޫޒްފޯރުވާހާ ދުވަހަކު ގާޒީން ކިތަންމެ ވަރަކަށް ބަދަލު ކުރިޔަސް ނިކުންނާނެ ނަތީޖާއެއް/ހޯދޭނެ އިތުބާރެއް ނެތް! އެކިއެކި ވަޒީރުންނާއި މެމްބަރުންގެ އެތަކެއް މައްސަލަ ސަރުކާރުން އެދިގެންވެސް ހުއްޓުވާފަ ހުރިކަމަށް ނޫސްތަކަށްވެސް ވީ އަރާފަ! މިއަދު ރީކޯ މޫސަވެސް އެއުޅެނީ ޓެކްސް ނުދައްކާންވެގެން ޕީޕީއެމް އިން ކެނޑިގެން ރައީސް އާއި ގުޅިފަ! އެމްއެމްޕީއާރުސީ އާއި ގުޅުން ހުރި މަޙްލޫފުގެ މައްސަލައަަކަށްވެސް ވާނުވާއެއް ނޭނގޭ!