އަލްހާން: އޭނާގެ މަސްލަހަތު އޮންނަ ކިންގްސް ކުންފުނީގެ އެކައުންޓްތައް ހިފެހެއްޓީ ގޯސްކޮށް ކަމަށް ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފައި --- ފޮޓޯ/މިހާރު
24 ޖެނުއަރީ 2023 - 20:33
ގިނަ ބައެއްގެ އަތުން ފައިސާ ނަގައިގެން އޮންލައިން ޓްރޭޑިން ވިޔަފާރިކުރި ކިންގްސް ކެޕިޓަލްގެ ބޭންކް އެކައުންޓްތައް ބީއެމްއެލުން ހިފެހެއްޓީ ގާނޫނާ ހިލާފަށް ކަމަށާއި މ އޭގެ ބަދަލު ހޯދަން ދައުވާ ކުރުމުގެ ހައްގު އެ ކުންފުންޏަށް އޮންނާނެ ކަމަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލްހާން ފަހުމީގެ މަސްލަހަތު އޮންނަ ކިންގްސް ކެޕިޓަލްސްއިން ފެށި ސްކީމުގައި ބައިވެރިވެ، ގިނަ ބަޔަކު ފައިސާ އިންވެސްޓްކުރި އެވެ. އެ ސްކީމް ހިންގަމުން ދަނިކޮށް ބީއެމްއެލުން މިދިޔަ އަހަރު އެ ކުންފުނީގެ އެކައުންޓްތައް ޑީއެކްޓީވޭޓްކޮށް، ފައިސާ ހިފެހެއްޓި އެވެ.
ކިންގްސް ކެޕިޓަލުން ދައުވާކުރީ އެ އެކައުންޓްތައް ޑީއެކްޓިވޭޓްކުރީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައެޅުމަށާއި އަދި އެކަމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމުގެ ހައްގު އެ ކުންފުންޏަށް އޮންނާނެ ކަމަށް ކަނޑައެޅުމަށެވެ.
ސިވިލް ކޯޓުގެ ހުކުމުގައިވަނީ އެކައުންޓް ޑީއެކްޓްވޭޓްކުރީ އެ ކުންފުނީގެ އެކައުންޓަށް ގިނަ ފައިސާތަކެއް ޖަމާވަމުންދާ ސަބަބު ބުނެދިނުމަށް އެދި ބީއެމްއެލުން އީމެއިލް މެދުވެރިކޮށް އެންގިތާ އެއް ދުވަސް ފަހުން ކަމަށެވެ. އަދި މަނީ ލޯންޑްރިންގެ ގާނޫނުގެ ދަށުން، ޝައްކު ކުރެވޭ ފައިސާއެއް ހިފެހެއްޓޭނީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ވާއިރު، އަމިއްލައަށް އެކައުންޓް ހިފެހެއްޓުމުގެ ކުރުމުގެ ބާރެއް ގާނޫނުގެ ދަށުން ބޭންކަށް ލިބިގެންނުވާ ހުކުމުގައިވެ އެވެ.
ހުކުމުގައިވާ ގޮތުން ބޭންކާއި ކަސްޓަމަރުންނާ ދެމެދު އެއްބަސްވުން އޮންނަ ގޮތުން ވެސް ބޭންކަށް އިހްތިޔާރު އޮންނާނީ ފައިސާ ބަލައިނުގަތުމަށެވެ. އެކަމަކު އެކައުންޓްގައި ހުރި ފައިސާއެއް ހިފެހެއްޓުމުގެ އިހްތިޔާރެއް ބޭންކަށް އެއްބަސްވުމުގެ ދަށުން ނޯންނަ ކަމަށް އެ ހުކުމުގައިވެ އެވެ.
ހުކުމުގައިވަނީ އެއްބަސްވުމަކާ ޚިލާފްވެއްޖެނަމަ އޭގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ދޭންޖެހޭނެ ކަމަށް ކޮންޓްރެކްޓާ ބެހޭ ގާނޫނުގައި ބަޔާން ކޮށްފައިވާތީ، ކިންގްސް ކުންފުނީގެ ފައިސާ ހިފަހައްޓާފައިވާ 14 ދުވަހުގެ މުއްދަތުގައި އެ ކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދަން އެ ކުންފުންޏަށް ދައުވާ ކުރެވޭނެ ކަމަށެވެ.
އެހެންވެ، ކިންގްސްގެ އެކައުންޓް ބޭންކުން ޑީއެކްޓިވޭޓްކޮށް، ފައިސާ ހިފެހެއްޓީ ގާނޫނާ ޚިލާފަށް ކަމަށްވާތީ އޭގެ ބަދަލު ހޯދަން ދައުވާ ކުރުމުގެ ހައްގު އެ ކުންފުންޏަށް އޮންނާނެ ކަމަށް ގާޒީ މަރިޔަމް ވަހީދު ކުރެއްވި އެ ހުކުމުގައިވެ އެވެ.
އެކައުންޓްތައް ހިފެހެއްޓުމާ އެކު، ކުންފުނިން ހިންގި ސްކީމަށް ފައިސާ އިންވެސްޓްކުރި ގިނަ މީހުންނަށް އޭގެ ފަހުން ފައިސާއެއް ނުލިބެ އެވެ.
އެ މައްސަލާގައި ކިންގްސްގެ ހިއްސާދާރުންނާއި އަލްހާންގެ މައްޗަށް މަނީ ލޯންޑްރިންގެ ތުހުމަތުކޮށް، ޖިނާއީ ތަހުގީގެއް ވެސް ދަނީ ހިންގަމުންނެވެ. އެ މައްސަލާގައި ދާދިފަހުން އަލްހާންގެ އޮފީސް ފުލުހުން ފާސްކޮށް، ފޯނު ވެސް ހިފެހެއްޓި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މާލިމީ
26 January 2023
ޙުކުމް ޤާނޫނާއި ޚިލާފް!
ގާނޫނު
25 January 2023
މިހެންމިވަނީ މިތަނުގެ ގާނޫނުތައް ކޮސްވީމަ. “ކުރިމަތިން ގޮސް މީހަކު ޖަހާމަރާލުމުން އެއީ ގަތުލެއް ފަހަތުން ގޮސް ޖަހާމަރާލުމުން އެއީ ގަތުލެއްނޫން” ޒާތުގެ ގާނޫނު ރާއްޖޭގައި ހުންނަނީ
ވަރަށްވާހަކ
25 January 2023
ބީ.އެމް.އެލް އަށއ ރާކަނިމަސް ކެވިއްޖެއެއްނު.. އާލްހާނަށް ބަދަލު ދޭން ރައްޔިތުން ފެލަން ރަހުނާއި ނުލައި 1.2 މިލިޔަން ގެ ލޯނު ދޫކުރަން ނިންމައިފި
ގުރާ
25 January 2023
ކިންގްސް އިން މީހުން އަތުން ފައިސާނަގާފައިވަނީ ގާނޫނާއެއްގޮތައްތަ؟
ހެޔޮނުވާނެ
25 January 2023
ހެޔޮނުވާނެ މީނަ އަށް އެއްވެސް ރައްޔިތަކު އިންވެސްޓް ނުކުރާތި.
ރޯޒަސް
25 January 2023
ސިވިލް ކޯޓް ހުކުމްތައް ދޯ؟ ތީ ދެން ދަންނަ ވައްތަރެއްގެ ހުކުމެއް. ތީގެ ހަގީގަތް އިނގޭނީ ހައި ކޯޓައް ވެއްދީމަ. އެމްއެމްޕީއާރސީ މައްސަލާގައި ބީއެމްއެލް ގޯސްވެ އެތާ ތިބި މީހުންނަށް ދައުވާ ކުރާ ހިސާބައްގޮސް ވަޒީފާއިން ވަކިކުރިީ ޝައްކުކުރެވޭ ކަމެއް ހިނގާއިރު އެކައުންޓް ބްލޮކް ނުކޮށްގެން. މިހާރު ބޮލްކް ކުރީމައި ކުރިމީހާ ދެން ބުރައިގެންދާނީ. ސަޅި ގައުމެއް މީ.
ބޯގަޅިކަމުން ހެދޭ ގޯސް
25 January 2023
ސަޅި. އަލްހާނަށް ލިބުނު ގެއްލުމުގެ ބަދަލު ސަރުކާރުން ދެވިގެންނުވާނެ. އެފައިސާ ދޭންވާނީ ޤާނޫނާ ޚިލާފަށް އެކައުންޓު ހުފެހެއްޓުމުގެ އަމުރު ނެރުނު ވެރިޔަކު. އަލްހާނު ފައިސާ ދެނީ ރުފިޔާކަށް 3 ރުފިޔާ. މިނުސްބަތުން ވިޔަފާރިބހުއްޓިފައި ހުރި މުއްދަތަށް ފައިސާ ލިބުނީތާދޯ. އިއްޔެ ފުލުހުން އެތަނަށްވަނީ ހެދުނުއެތު ތެދުކުރަންވެގެންދޯ.
މާލީ އަޅުވެތިކަން ނިމެނީ
25 January 2023
މަރުހަބާ. ތިކާމިޔާބު ހޯދީ ރާއްޖޭގެ މާލީ ނިޒާމްގަ ވަކިހިއްޕާ ތިބި 2 ދަރިކޮޅެއްގެ މައްޗަށް. ހަގީގަތުގައި އާދައިގެ ރައްޔިތުންނަށް ކާމިޔާބެއް. މާލީ އަޅުވެތިކަމުން ނެއްޓެވޭނީ ފައިސާގެ އިލްމު ރައްޔިތުންނަށް ލިބިގެން. ފަހަރުގައި މިކިޔާ އެއްޗެއް ގިނަ ބަޔަކަށް ވިސްނެން ވަގުތު ނަގާފާނެ. ބީއެމްއެލް- އިންކަމް ޓެކްސް ދައްކަން ނުޖެހޭ ރައްޔިތެއް ނުވަތަ ޓުރިޒަމް ނޫން ވިޔަފާރި އެކައުންޓަކަށް ރާއްޖޭން ބޭރުން ޑޮލަރު އާމްދަނީ ވެއްދުމަކީ މަނާކަމަކަށްވީކީއްވެ؟
ބަނބޫ
25 January 2023
ސީދާ ކިންގު އާއިލާ މީހެއްގެ ކޮމެންޓެއް.
ސީދީބެއްޔާ
25 January 2023
އަލްހާނަށް ޓްރޭޑް ކޮށްގެން ތިހާ ފައިސާ ނަގާނަމަ ކީއްވެބާ ކްރެޑިޓް ކާޑަށް ލާރި ނުދެއްކެންވީ. 50 ހާސްވަރު އިންވެސްޓް ކޮށްލާފަ ދުވަސްކޮޅަކުން ފައިދާ ނަގާ ކްރެޑިޓް ކާޑަށް ދައްކްކާލީމަ ނިމުނީ. ލޯނުގެ ވާހަކަ ދައްކާކަށް ނެތިން.
ފަތިވަރު
25 January 2023
ހަމަ ތި ފަތިވަރު ގޮސް ރީކޯ މޫސަ ބުރުމާ ގާސިމް އާއި ދެންވެސް ތިބި ސްޓާރުން ކައިރީވެސް ކިޔާބަލަ
އަސްލު...
24 January 2023
އެމް އެމް އޭ އަކީ ކޮންސަރުކާރެއް؟