ނަޝީދު މިރޭގެ ޖަލްސާ ވާހަކަ ދައްކަވަނީ: އެމަނިކުފާނުގެ ވެރިކަމެއްގައި ކުލި ކޮންޓްރޯލް ކުރާނެ ކަމަށް ވިދާޅުވި --- މިހާރު ފޮޓޯ/ފަޔާޒް މޫސާ
26 ޖެނުއަރީ 2023 - 23:41
އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބުވެ، ވެރިކަން ލިބިވަޑައިގެންފިނަމަ ގޭގެ ކުލިތައް ވަކި މިންވަރެއްގައި ހިފަހައްޓާ އަދި ކުލި ދައްކަން ސަރުކާރުން އެހީވެދޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ނަޝީދުގެ ކެމްޕެއިން ނިންމަން މިރޭ މާލޭގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ އެެމަނިކުފާނުގެ ވެރިކަމުގައި ގޭގެ ކުލީގެ އަދަދު، އާމްދަނީގެ 60 ޕަސެންޓަށް ވުރެ ބޮޑު ނުވާނެ ކަމަށެވެ. އަދި ސަރުކާރުން ކުލި ދައްކައިދޭނެ ކަމަށް ވިދާޅުވި އެވެ.
"އާމްދަނީއަށް ވުރެ 60 ޕަސެންޓް ކުލި އިތުރެއް ނުވާނެ. ކުލި ދައްކައި ދޭނެ." ނަޝީދު ވިދާޅުވި އެވެ.
ގޯތި ދޭނީ ދަންވަރު ނޫން ކަމަށް ވިދާޅުވެ، ސަރުކާރަށް ނުސީދާކޮށް ނަޝީދު ފާޑު ވިދާޅުވި އެވެ. އަދި އެމަނިކުފާނުގެ ވެރިކަމުގައި ގޯތި ކަނޑާފައި ރައްޔިތުންނަށް ދޫކުރާނެ ކަމަށް ވިދާޅުވި އެވެ. މީގެ އިތުރުން ސަރުކާރުން ކުރާ ވިޔަފާރިތައް މަދުކޮށް، އަމިއްލަ ވިޔަފާރީގެ ފުރުސަތު ބޮޑުކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
މިރޭގެ ޖަލްސާގައި ނަޝީދު ބައިވެރިވެ ވަޑައިގަންނަވަނީ --- މިހާރު ފޮޓޯ/ފަޔާޒް މޫސާ
ރިޔާސީ ވައުދުތައް ތަކުރާރު ކުރައްވަމުން ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި ޓެކްސް ކުޑަކޮށް އަދި މަސްވެރިންގެ އަތުން މަސް ގަންނަ އަގު ބޮޑުކޮށް އަދި ވަގުތުން ފައިސާ ދޭނެ ކަމަށެވެ. އަދި މަސްކަނޑުތަކުން ގާނޫނާ ޚިލާފަށް ކުރާ މަސްވެރިކަން ހުއްޓުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"ޓެކްސް ކުޑަކުރާނެ. ތަކެތީގެ އަގު ތިރިކުރާނެ. މަހުގެ އަގު އުފުލައިދޭނެ. ދަރިވަރުންގެ ލޯނު އަލުން އެކުލަވާލަދޭނެ." ގިނަ އަދަދެއްގެ ސަޕޯޓަރުން ބައިވެރިވެ އެ ޖަލްސާގައި ނަޝީދު ވިދާޅުވި އެވެ.
ނަޝީދު މިރޭގެ ޖަލްސާއަށް ވަޑައިގަންނަވަނީ --- މިހާރު ފޮޓޯ/ފަޔާޒް މޫސާ
ނަޝީދު ވިދާޅުވީ މުޅި ރާއްޖެ އޮތީ އެމަނިކުފާނާ އެކު ތެދުވެ ކަމަށެވެ. އަދި އެމަނިކުފާނު އެ ފެންނަނީ އަސްލު އެމްޑީޕީ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. އަދި ޕްރައިމަރީ ކާމިޔާބުކޮށް، އަންނަ ރިޔާސީ އިންތިޚާބު ވެސް ކާމިޔާބު ކުރައްވާނީ އެމަނިކުފާނު ކަމަށް ވިދާޅުވި އެވެ.
"ހޮނިހިރު ދުވަހު ވެސް އަޅުގަނޑުމެން މޮޅުވާނެ އިރާދަކުރެއްވިއްޔާ. ސެޕްޓެމްބަރު މަހު ވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މޮޅުވާނެ. ނޮވެމްބަރު މަހު އަޅުގަނޑުމެން ތިބޭނީ އަނެއްކާވެސް އެމްޑީޕީގެ ވެރިކަމެއްގައި." ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ރާއްޖެ ބަދަލު ކުރުމަށް އެމްޑީޕީން ފެށީ އުނދަގޫ ދަތުރެއް ކަމަށެވެ. އަދި މި ސަރުކާރަކީ އެމްޑީޕީ ސިޔާސަތާ ދުރު ސިޔާސަތެއް ކަމަށް ވިދާޅުވެ، އެމަނިކުފާނު ވިދާޅުވީ މިއީ އެމްޑީޕީ އަލުން އަނބުރާ ހޯދާނެ ފަހަރު ކަމަށް ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަންނެތް
28 January 2023
ސަރުކާރުން ނުޖެހޭ ހުރިހާ ކަމެއް ކޮއްދޭކަށް. އަންނިމެން މިކަހަލަ ވާހަކަ ދައްކާތީ މައްސަލައަކީ. ވެލްފެއާ ސްޓޭޓަކަށްވެ ނިމިފަ މިއޮތީ. ވޯޓު ހޯދަން އިތުރަށް ގައުމުގެ އިގްތިސޯދު ހަލާކު ނުކުރޭ. ނުއުފުލޭބުރަ އުފުލަން ނޫޅޭ.
ް1206
31 January 2023
ނަންނުވެ ކަންވާ ކޮމިއުނިޒަމް ނުވަތަ ސޯޝަލިޒަމްގެ ފިކުރުގެ ދުނިޔޭގެ ބޮޑެތި ޑިމޮކްރަސީތަކުން ފެންނަމުންދޭ. އޭގެ ސަބަބުން މުއްސަނދިން ފާގިރުންގެ ފަރަގު ދަނީ ފުޅާވަމުން. ކެޕިޓަލިސްޓް އުސޫލުތައް ދޫކޮށްލެވޭކަށް ނޯވޭ. އެހެނީ ވެރިކަމަށް އާދެވެނީ އެވެރިންގެ ފައިސާ އާއި ނުފޫޒުން. އެހެންވެ ޓެކްސާއި އެހެނިހެން ސިޔާސަތު ބައްޓަންވަނީ އެވެރިންގެ ހިމާޔަތްވާ ގޮތަށް. ދެން އޮތީ އާންމުންގެ ތާއީދާ ނުލައި ހަމަޖެހިގެން ވެރިކަން ނުކުރެވޭތީ އާންމުން ފެލައި، ޓެކްސް ނެގުން
ކުޗީ
28 January 2023
މިއީވެސް ބަޔަކު ބޭނުންވެއްޖެނަމަ ކުރެވޭނެ ކަމެއް. ގާނޫނެއް ހަދާލީމަ ނިމުނީ. ދިރިއުޅެން އަދި ގުދަން ކުރަން އަކަފޫޓެއް ކުއްޔައް ދެވޭނެ އެންމެ ބޮޑު އަގު ކަނޑައަޅީމަ ނިމުނީ. ސިޔާސީ މީޙުން މިކަން ކުރަން ބޭނުން ނުވާނީ މިކަން މިހެން މިއޮތީ ...
ޢަސްލު އަގު
28 January 2023
މިސާލު: 3 މިލިއަން ރުފިޔާ ލޯނު، އިމާރާތް ކުރަނީ ލޯނު ނަގައިގެން. 20-15 އަހަރުވަންދެން މަހަކު 35،000 ބޭންކަށް. ކިހިނެތް މިއަށް ވުރެ ކުލި ކުޑަ ކުރެވޭނީ؟
ލޮނުލުނބޯ
28 January 2023
ރައްޔިތުން މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުންނާ އެމްޑީޕީގެ ރައީސްގެ ހައިސިއްޔަތުން ވެސް ކުއްޔާ ބެހޭ ގޮތުން މީގެކުރިން ޗުއްޕު ވެސް ބުނި މީހެއް ނޫން. ކަމެއް ކުރި މީހެއް ވެސް ނޫން. އާދައިގެ ރައްޔިތުންގެ ދިރިއުޅުމާ ގުޅުންހުރި މިފަދަ މުހިއްމު ވާހަކައެއް ދައްކަން މިއެނގެނީ ވޯޓަށް.
އިސްލާހު
28 January 2023
އަންނި ވިޔަސް އިބުރާހިމް ވިޔަސް ޔާމީނު ވިޔަސް މަގޭ ވާހަކަ އަކީ ތިމާއަށް ނުވާ ވަރުގެ ހޮޅިވަޢުދު ނުވާށޭ..... ވޯޓުލާން ތިބީ ގަމާރުންނަށް ނުހަދާށޭ.... ތިބުނާ ކުލިކޮންޓްރޯލް ވާނަމަ މިހާރު ހުންނާނީ ވެގެން އިތުރުވެސް ވެފައޭ... ވަރަށް ސަލާމް
ޖުލައި2021
28 January 2023
ވޯޓު ހޯދަން ދައްކާ ދަޅަ. މަޖުލިސް މެޖޯރިޓީ ލިބިފަ މިވޭތުވެދުޔަ 3 އަހަރު އޮތްއިރު ތިކަން ކުރަން ބިލެއްހުށައަޅައިގެން ފާސްނުކުރީ އެއްވެސް ވަރަކަށް އެކަން ކުރަންބޭނުންނުވާތީ.
ކިއުންތެރިޔާ
28 January 2023
އިއްޔެ ދެއްކި ވާހަކަޔަކާ މިއަދު ދައްކާ ވާހަކަޔަކާ ދިމާ ނުވޭ. ރައްޔަތުންނަށް ސަބްސިޑީ ދީގެން ފައިސާ ދީގެންނެއް ނޫން ވެރިކަން ހޯދަން އުޅެންވީ ނުވަތަ ސަރުކާރެއް ދަމަހައްޓަންޖެހޭނީ. ރައްޔަތުންނަށް އެމީހުންގެ އަމިއްލަ ފައިމައްޗަށް ތެދުވެ އާމްދަނީ ހޯދައި ދިރިއުޅުން އާރާސްތު ކުރެވޭނެ ގޮތް ހޯދައިދޭންޖެހޭނީ.
މުހައްމަދު..
28 January 2023
ރަށްރަށުގެ މީހުން ވަޒީފާ ހޯދުމަށާއި އެހެނިހެން ބޭނުންތައް ހޯދަން މާލެ އަންނަން ޖެހުން ހުއްޓިގެން ނޫނީ މާލެ ސަރަހައްދުގެ ކުލި ކުޑަނުކުރެވޭނެ. އަންނަން ނުޖެހޭ ގޮތެއް ހެދުމަކީ ވާނެކަމެއްނޫން. މާލޭގައި ހުރި ގިނަ އިމާރާތްތައް ހެދިފައި ހުރީ ރައްރަށުގެ މީހުން ހޯދި ފައިސާއިން. އިގިރޭސިން ފޭބުމާއި ހަމަޔަށް މާލެއަކީ ރާއްޖޭގެ އެހެން ރައްރަށަށްވުރެ ހާލުގައި އޮތްތަނެއް. ވަޒީގައި އުޅުނީ ބާރުވެރިން. ގިނަމީހުން އުޅުނީ ރައްރަށު މީހުން ގެ އެހީގައި.
1206
28 January 2023
ގޭގޭގެ ކުލި ހިފެހެއްޓުން، ނަޝީދުގެ މިނިވަން އަމިއްލަ ވިޔަފާރީގެ ވިސްނުމާ ފުށުއަރާ. ސަރުކާރުން ހިފަންވީ ސިޔާސަތަކީ ސަޕްލައި އިތުރުކޮށް ބާޒާރު ހަމަ އަގު ހިފަހައްޓަން. ދައުލަތުން ބަލައިގަންނަ އެންމެ ދަށް ފަންތީގެ ބޯހިޔާވަހިކަމުގެ މިންގަނޑެއް އެކަށައަޅާ. އެ ފަދަ ބޯހިޔާވަހިކަމެއް ބަޖެޓުން/ދަރަނި ނަގައިގެން ނަމަވެސް ދައުލަތުގެ ޚަރަދުގައި ހިންގާ ނަމަ، ވިޔަފާރިއަކަށް ނުވާ ގޮތުން އަދި ދައުލަތަށް ގެއްލުން ވެސް ނުވާ ފަދަ އަގެއްގައި ވިއްކަންވީ.
1206
28 January 2023
މި ގޮތަށް އެކަށައަޅާ ސިޔާސަތެއްގެ ބޭނުމަކީ ދައުލަތުން އުސޫލީ ގޮތުން ގަބޫލުކުރާ ބޯހިޔާވަހިކަމުގެ އެންމެ ދަށް މިންގަނޑެއް ކަނޑައެޅުން. އަދި މި ގޮތުން ސަޕްލައި އަށް އިތުރުކުރެވޭ ބޯހިޔާވަހިކަމަށް ކުފޫ ހަމަވާނީ، އަމިއްލަ ނަމުގައި ރާއްޖޭގެ އެއްވެސް ހިސާބެއްގައި ބޯހިޔާވަހިކަމެއް ނެތް، ބާޒާރުން ބޯހިޔާވަހިކަމެއް ހޯދުމުގެ މާލީ ތަނަވަސްކަން ލިބިފައި ނެތް ދިވެހިންނަށް. މި ބޯހިޔާވަހިކަން ލިބިފައިމެ، އެއަށް ވުރެ މަތީ މިނެއްގެ ބޯހިޔާވަހިކަމަށް ކުފޫ ހަމަ ނުވާނެ.
1206
29 January 2023
ދައުލަތުގެ ދަށް މިންގަނޑުން ބޯހިޔާވަހިކަން ލިބޭ މީހުން، ބާޒާރު ގަންނަން ލިބޭ މަތީ މިންގަނޑުގެ ބޯހިޔާވަހިކަމެއް ބޭނުންވާ ނަމަ، ދަށް މިންގަނޑުގެ ދަށުން ލިބުނު ބޯހިޔާވަހިކަން އެ ހިނދަކަށް މުހިންމު ވާ މީހަކު ހުރި ނަމަ، އެމީހަކު އެ ބޯހިޔާވަހިކަމަށް ދެއްކި އަގު އަނބުރާ ލިބޭ އުސޫލުން އެ މީހަކު މަތީ މިންގަނޑުގެ ބޯހިޔާވަހިކަމަށް ކުފޫ ހަމަވާ ގޮތަށް ވެސް ކަނޑައެޅިދާނެ. މި ފަދަ ހަރުދަނާ އުސޫލެއް ކަނޑަނުއަޅައި ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ނުލިބޭނެ.
ގުދުގުދާބެއްޔާ
27 January 2023
ބައެއްގެ އަމިއްލަ މުދަލެއް ކޮންޓްރޯލެއް ނުކުރެވޭނެ! ކުލި ދައްކައިގެން ނޫޅެވޭނަމަ އުޅެވޭނެ ރަށުގައި ހުރި އަމިއްލަގޭގައި! އަހަރުމެން ޖަޕާނު ޓޯކިޔޯއަށް ގޮސްފައި ކޮޓަރި ކުލި ދުވާލަކަށް 200 ޑޮަލަރ އެރީމަ ކިތަންމެ ރުޅިއަޔަސް އެކުޑަނުކުރެވޭނެ! އެކަކުންޏެއް ހަރު ކޮންނަންވާނީ އެކަކުންޏެއް ވަދެވޭވަރަށް!
މާހިދު.
27 January 2023
މާރުމޯލަށް ތިއުޅެނީ ދުނިޔެ ހިގާގޮތް ނޭގިގެން. ކުލިވެސް ކޮންޓްރޯލް ކުރެވޭނެ. އަދި ދިރިއުޅެން ދޫކުރާގޯތީގައި އިމާރާތްކޮށް ވިޔަފާރި ނުކުރެވޭގޮތްވެސް ހެދޭނެ. އަނެއްކާ ތިދައްކަނީ ޓޯކިޔޯގެ ވާހަކަ. ޓޯކިޔޯއަށް އުފަންވާ ކޮންމެ މީހަކަށް ޓޯކިޔޯ އިން ގޯއްޗެއް ނުދޭ. އަދި ޓޯކިޔޯ އަށް އުފަންވާ ކޮންމެ މީހަކީ ޓޯކިޔޯގައި ދިރިއުޅެވޭނެ މީހެއްވެސް ނޫން.
ފުލެޓް ކޮތަރުކޮށި ގްރޫޕް
27 January 2023
ކަލޭ ކާރިއާށް ދިޔައީމަ ތަޅުލީ މަޖްލީހުގައި