ޓޫރިޒަމްގެ ރަން އަހަރު ފާހަގަކުރުމަށް ބޭއްވި ގާލާ އިވެންޓްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ވިޔަފާރިވެރިޔާ އަދި މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް މުހައްމަދަށް ހަނދާނީ ފިލާ އަރުއްވަނީ -- ފޮޓޯ: ރައީސް އޮފީސް
31 ޖެނުއަރީ 2023 - 19:14
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ)ގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު (ސަން ސިޔާމް) އާ މިއަދު ބައްދަލުކުރައްވައިފި އެވެ.
އެ ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރު ރައީސް އޮފީހުގަ އެވެ. އެ އޮފީހުން އެކަން "މިހާރު" އަށް ކަށަވަރުކޮށްދިން ނަމަވެސް އިތުރު ތަފުސީލެއް ނުދެ އެވެ.
އަންނަ ސެޕްޓެމްބަރު 9 ގައި އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ސިޔާމް ވަނީ ކުރިން ވިދާޅުވެފަ އެވެ. އަދި އެމްޑީޕީގެ ޕްރައިމަރީ އިންތިހާބު ކާމިޔާބުކުރެއްވުމާ އެކު ރައީސް ވެސް އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ އެވެ. އެހެންވެ، ބެލެވެނީ މިއީ ދެ ބޭފުޅުން ގުޅިގެން މަސައްކަތްކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމެއް ކަމަށެވެ.
މީގެ ކުރިން އެމްޑީޕީން އެމްޑީއޭއާއެކު ސިޔާސީ އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެ އެވެ. އެ ޕާޓީން ކުރިން ސިޔާސީ ހަރަކާތްތައް ހިންގީ އެމްޑީޕީއާ ވާދަވެރި ޕީޕީއެމްއާ އެކުގަ އެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޕީޕީއެމްއާއެކު އެ ޕާޓީން ކޯލިޝަން ވެސް ހެދި އެވެ.
މި ސަރުކާރާ އެކު ތިބި އެއްވެސް ޕާޓީއަކުން އަންނަ ރިޔާސީ އިންތިހާބުގައި ރައީސްއާއެކު ކޯލިޝަން ހަދާނެ ކަމަކަށް އަދި ނުބުނެ އެވެ. އެކަމަކު ރައީސްގެ ވިސްނުންފުޅު ހުންނެވީ ކޯލިޝަނަކާއެކު ކުރިއަށް ވަޑައިގަތުމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ލުތުފީ
02 February 2023
ބައިއޅާނެ އިތުރު ބައެއް އަންނަނީ
އާދަނު33
01 February 2023
ސަންސިޔާމަށް ކިތަށްރަށް ދޭނެބާ؟ ނުދައްކާ ހުރި ޓެކްސްފައިސާވެސް މައާފުވާނެކަންނޭގެ؟!
އެބަލާލީ
01 February 2023
ސަލާންކޮށްލާފަ އަތުގަ ހުރި ހަރު/މަޑު މިނެއް އެ ބަލައިލީ. ބޭނުންވާ ކަންތަކުގައި ކާކުތޯ ގަދަވާނީ ވިސްނާލީ. ކިހިނެތްތޯ އެއްކޮޅަށް އަރުވާނީ ރާވާލީ. ކީކޭތޯ އެހެން މީހުން ބުނަނީވެސް ބަލައިލީ.
މަ ބުނީ
01 February 2023
ކުރިމިނަލް ކޯޓުގައި ޝިޔާމްގެ މަސްލަހަތު އޮންނަ ކުއްފުންޏެ އްގެ މައް ޗަށް ދައުލަތުން އޮޅުވާލުމާއި ރިސްވަތާއި މަކަރާއި މަނީ ލޯންޑް ކުރުމުގެ ދަޢުވާ ހިންގަމުން ދަނިކޮށް ކޯލިޝަން ރަނިއްމޭޓު ހޯދުމަށް އެއު ޅޭ ގޮތް ކަމަކު ނުދޭ ! ޖަގަހައެއްވެސްނުން އަދި ރައީސް އިފީހުގައި ވަރަށް ދެރަވެއްޖެއިން !!!.
98543ދވސ
01 February 2023
އިބޫދުވާނެ އެންމެންގެ ފަހަތުންވެސް. އިބޫ ބޭނުމެއްނުވޭ މިޤައުމުގައި އެމް.ޑީ.ޕީގެ ވެރިކަމެއް އޮންނާކަށް. އިބޫ ވެރިކަމަށް ހޮވި މަޖްލީހުން 10 ގޮނޑިވެސް ނުލިބިއްޖިއްޔާ ހުންނާނެ ސަޅިވެފައި
ޓިނު
01 February 2023
މިއިންތިޚާބު ނިމޭއިރު މިހާރު ނުދެވިހުރި ގިރި ފަޅުތަށްވެސް ތިމީހުންނަށްދީ ނިންމާނެ؟
އުމަރުބެ ބނޑދ
01 February 2023
ސުޔާމަކީ ސިޔާސީގޮތުން އެއްވެސް ބުރަދަނެއްހުރި މީހެއްނޫން މިހާތަނައްވެސް ދ އަތޮޅު ގޮޑި ކާމިޔާބު ކުރެވުނީ ޕޕމ އެދާއިރާސިޔާމަށް ދޫކޮއްލާތީ ދ އަތޮޅު ހުރިހާރަށަކީވެސް ޕޕމގެ މެޖޯރިޓީ އޮންނަ ރައްތައް ސިޔާމުގެ ސައިޒު ފެންނާނީ ޕޕމ ސިޔާމުވާ ވާދަކޮއްލީމަ މަމެން މިތިބީ އެދުވަހުގެ އިންތިޒާރުގާ
އުދުހޭ
01 February 2023
ސިޔާމް އެންމެ ބޮޑަށް ބޭނުންނީ ނ އަތޮޅު އެއަރޕޯޓްކަމަށް ވިސްނޭ.
ދޮންކަލޯ01
01 February 2023
ތިގޮތަށް ވިޔަފާރި ވެރިން މުށުތެރެއަށް ލައިގެން ދައުލަތުގެ މުދާ ނުހަމަ ގޮތުގައި ތިމީހުން ދީގެން ވެރިަކްނ ކުރުމަކީ އަހަރެން ޤަބޫލުކުރަން ބޭނުންވާ ކަމެއް ނޫން. ތިގޮތަށް ކޯލިސަން ހިފެހުއްޓުމަކީ ވަރަށް ކޮތަނބިރި ކަމެއް! ޕާތް އޮފް ލީސްޓް ރެސިސްޓަންސް އެއީ ޤައުމަށާއި ދައުލަތަށް އަދި އާއްމު ފަރުދުންގެ ހާލަތު ރަނގަޅުވާނެ ގޮތެއް ނޫން
އެމްސް
01 February 2023
ރައީސް އަަށް ޔާމީން ގޯސް، އެކަމަކު ޝިޔާމް ރަގަނޅު؟