ވިލިމާލޭގައި ބަހެއް ދުއްވާފައި ދަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
02 ފެބުރުއަރީ 2023 - 10:54
އާރްޓީއެލްގެ ދަށުން ވިލިމާލޭގައި ފެށި ބަހުގެ ހިދުމަތަށް މާދަމާ އިން ފެށިގެން 5ރ. ނަގާ ގޮތަށް އެމްޓީސީސީން ހަމަޖައްސައިފި އެވެ.
އެ ކުންފުނިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެ ހިދުމަތް ހޯދުމަށް އާރްޓީއެލް މޮބައިލް އެޕާއި ވެބްސައިޓް މެދުވެރިކޮށް އަދި ކިއުއާރު ޓިކެޓް ނަގައިގެންނާއި ކާޑު މެދުވެރިކޮށް ފައިސާ ދެއްކޭނެ ކަމަށެވެ. ފައިސާ ދީގެން ކަރުދާސް ޓިކެޓު ހޯދަން ބޭނުންވާ ކަސްޓަމަރުންނަށް އެ ޓިކެޓް ބަހުން ލިބޭނެ ކަމަށް އެމްޓީސީސީން ބުންޏެވެ. އެކަމަކު، ބަހުގެ ހިދުމަތަށް ބޭނުންވާ ޓިކެޓް ޓާމިނަލްތަކުން ނުލިބޭނެ ކަމަށް ވެސް ބަޔާނުގައި ބުންޏެވެ.
ވިލިމާލެ ބަހުން ހިދުމަތް ހޯދަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ކަރުދާސް ޓިކެޓު ގަންނަން ބޭނުންވާ ނަމަ ދޭން ޖެހޭނީ ސީދާ ޓިކެޓުގެ އަގެވެ. ބަހުން ފައިސާ މާރެއް ނުކޮށްދޭނެ އެވެ.
އެމްޓީސީސީން ބުނިގޮތުގައި، ފައިސާ ދައްކައިގެން ޓިކެޓް ލިބޭނެ ގޮތް ހަމަޖެއްސީ ކަސްޓަމަރުންނަށް ފަސޭހަ ކޮށްދިނުމަށެވެ. ފައިސާ މާރުނުކުރާ ގޮތަށް ހަމަޖައްސާފައި ވަނީ ވަގުތު ސަލާމަތް ކުރުމަށާއި ތާވަލަށް ބުރޫއެރިޔަ ނުދިނުމަށް ކަމަށް އެ ކުންފުނިން ބުންޏެވެ.
ވިލިމާލެ އިން ބަހުގެ ހިދުމަތް 65 އަހަރުން މަތީގެ މީހުންނާއި އުމުރުން ތިން އަހަރުން ދަށުގެ ކުޑަކުދިންނަށް އައިޑީކާޑު ދެއްކުމުން ހިލޭ ލިބޭނެ އެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވެސް އެ ހިދުމަތް އެންސްޕާއިން ދީފައިވާ ކާޑު ދެއްކުމުން ހިލޭ ލިބޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
1206
02 February 2023
އަމިއްލަ ވެހިކަލް ގިނަވެ، ޓްރެފިކް ތޮށްޖެހުނަ ނުދޭން އޮތް ހައްލަކީ އިތުބާރު ހިފޭ އަތުފަތުކާ އަގެއްގައި އާންމު ދަތުރުފަތުރުގެ ޚިދުމަތް ލިބުން. ގިނަ މީހުން އެދޫމިދޫވެ އުޅޭ އަވަށެއް. ހޮސްޕިޓަލަށް ދާން، ބާޒާރު ކުރަން، އޮފީހަށް ދާން، ދަރިން ސުކޫލަށް/ލުން ގެންގޮސް، ގެނެސް ހަދަން. އެހެންވިމީ އަގު ހެޔޮ ކުރި ވަރަކަށް އާންމުން ކުރާ ދަތުރު ގިނަ ވާނެ. ކުރު މުއްދަތެއްގައި ބޮޑު ނަފާ ހޯދަން ނުއުޅޭ.
1206
02 February 2023
މާލޭގައި ބަހުގެ ޚިދުމަތަށް 7 ރުފިޔާ ނަގާފައި، ވިލިމާލޭގައި 5 ރުފިޔާ ނަގަން އަގު ބޮޑު. އޭރު ބަގީއަށް 5 ރުފިޔާ ނެގި އިރު އެވަރުވެސް އަގު ބޮޑު ކަމުގައި އަހަރުމެން ބުނީމު، ދުށީމު. ގިނަ ވެގެން ވެސް ބޮޑު ވެގެން ވެސް 3 ރުފިޔާ ނަގާ. އަސްލު 2 ރުފިޔާއިން ވެސް ބަހުގެ ޚިދުމަތް ވާނެ މެނޭޖްކުރެވެން. މާލެ އާއި ވިލިމާލެ ދެމެދު ދަތުރު ކުރާ އިރު ތިޔަ ބަސްތަކެއް ބޭނުމެއް ނުކުރެވޭނެ. ބޮޑެތި ބަސްތައް ބޭނުން ކުރާނީ. އަގު ކަނޑައެޅުމުގެ ކުރިން އާންމުންގެ ޚިޔާލު ހޯދާ.