ހޯޕް ކޮންފަރެންސްގައި ބައިވެރިވާ ބައެއް މެމްބަރުން ޕީއެންސީގެ ރަައީސް އަބްދުއްރަހީމް އަބްދުﷲއާއެކު ފޮޓޯއަކަށް ހުއްޓިލައިގެން --
02 ފެބުރުއަރީ 2023 - 13:08
ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ތައްޔާރުވުމަށް ޕީޕީއެމުން ބާއްވާ ހޯޕް ކޮންފަރެންސްގައި ބައިވެރިވާން 1،000 އަށް ވުރެ ގިނަ މަންދޫބުން ރަޖިސްޓްރީކޮށްފައިވާ ކަމަށް އެ ޕާޓީން ބުނެފި އެވެ.
މިއަދު މެންދުރު ދަރުބާރުގޭގައި ފަށާ ހޯޕް ކޮންފަރެންސްގައި، ރިޔާސީ އިންތިހާބަށް ތައްޔާރުވުމާއި، ކެމްޕޭންގެ ދަތުރުތައް އަލުން ފެށުމާއި ޕާޓީ އަލުން ތަރުތީބުކޮށް އެއްބައިވަންތަކަމާ އެކު އިންތިހާބަށް ނުކުތުމަށް މެމްބަރުންގެ ބައްދަލުވުންތައް ބާއްވަން ވަނީ ހަމަޖެހިފަ އެވެ. އެ ކޮންފަރެންސް ބާއްވަން ހަމަޖެހިފައި ވަނީ ހޮނިހިރު ދުވަހާ ހަމައަށެވެ.
ޕީޕީއެމުން ބުނި ގޮތުގައި، އެ ޕާޓީގެ ލީޑަޝިޕު ވެސް ބައިވެރިވާ އެ ކޮންފަރެންސްގައި ރަޖިސްޓްރީކޮށްފައިވާ މީހުންގެ ތެރޭގައި ހިމެނެނީ؛
- ދާއިރާ ރައީސުން
- ދާއިރާ ނައިބު ރައީސުން
- ޒުވާނުންގެ ރައީސުން
- އަންހެނުންގެ ރައީސުން
- ސެނެޓަރުން
- ކައުންސިލަރުން
- އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މެމްބަރުން
ހޯޕް ކޮންފަރެންސްގައި ބައިވެރިވާވާން ރަޖިސްޓްރީވުމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ މެމްބަރުން ދަރުބާރުގޭގައި
ހުކުރު ދުވަހުގެ ރޭ އަދި ހޮނިހިރު ދުވަހު ކޮންފަރެންސްގެ ސެޝަންތައް ދަރުބާރުގޭގައި ކުރިއަށްދާނެ އެވެ. ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތު އޮންނާނީ ހޮނިހިރު ދުވަހު ރޭގަނޑު 8:30 ގައި އާޓިފިޝަލް ބީޗުގަ އެވެ.
ޕީޕީއެމުން ބުނި ގޮތުގައި، ހުކުރު ދުވަހު ހަވީރު 3:45 ގައި ކޮންފަރެންސްގެ ތެރެއިން ކުރިއަށްދާ "ބުންވަރު ހިނގާލުން" ޕީޕީއެމް އޮފީސް ދޮރުމަތިން ފެށިގެން ކުރިއަށްދާނެ އެވެ. އަދި "ދުއްޕާން" ނަމުގައި ބޮޑު ޖަލްސާއެއް ވެސް ހޮނިހިރުދުވަހުގެ ރޭ އޮންނާނެ ކަމަށް ޕީޕީއެމުން ބުންޏެވެ.
ހޯޕް ކޮންފަރެންސްގައި ބައިވެރިވާވާން ރަޖިސްޓްރީވުމުގެ މަސައްކަތް ކުރިއަށްގެންދަނީ --
މަނީ ލޯންޑްރިން އާއި ރިޝްވަތުގެ ކުށުގައި 11 އަހަރުގެ ޖަލު ހުކުމެއް އިއްވުމާ އެކު ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ގާނޫނީ ދޮރު ވަނީ ބަންދުވެފަ އެވެ. އެކަމަކު ޕީޕީއެމުން ބުނެފައި ވަނީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ އެ މަނިކުފާނު ކަމަށެވެ. އަދި ހުކުމް އިސްތިއުނާފްކޮށް، ހައި ކޯޓުން ކާމިޔާބު ހޯދޭނެ ކަމަށް ލީޑަޝިޕުން ބުނެ އެވެ.
ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވޭނީ، އެންމެ ލަސްވެގެން އޯގަސްޓް 3 ގެ ކުރިން ހައި ކޯޓުން ހުކުމް ބާތިލްކޮށް، މިނިވަން ވެގެންނެވެ. އިލެކްޝަންސް ކޮމިޝަނުން ނިންމާފައިިވަނީ އިންތިހާބަށް ކުރިމަތިލާން ޖުލައި 23 އިން އޯގަސްޓު 3 އަށް ހުޅުވާލާށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބޮޑުމީހާ
02 February 2023
މިވަގުތު މިރާއްޖެ ހިންގާލެވޭނެ އެންމެ ގާބިލު ބޭފުޅަކީ މުއިއްޒު. ބަހާއި އަމަލުން ދައްކަދީފައިވާ ހިންގުންތެރިއެއް. އިބޫސޯލިހު ކިހިލިފަތީ ޖަހައިލައިގެން މިގައުމު މުއިއްޒު ހިންގާލާނެ. އިބޫ މިއުޅެނީ ދައުރެއް ނިމިގެންދާއިރު ހިއްކާފަ އޮތް ބިމަކުން ގޯއްޗެއް ނުދެވިގެން
ވދަހި
02 February 2023
މަތިފަރާޅުގަނޑު ހުރީ ވިކިގެން އެހިލާފަ މަތި ފަޑީގެ މީހުން ތިބީ މަށަށް މަށަށް ކިޔަކިޔަ ވަކީލުން ތިބީ ވިކިފަ! ދެން މިކުރާ ވެސް ކަމަކީ ވަގުތު ނަގާލުން ނޫން ކޮންކަމެއް؟
ހޯހޯ
02 February 2023
ބޭކާރު މަސައްކަތެއް! ! ވެރިކަމަކަށް ދެނެއް ނާދެވޭނެ!
އިންތިހާބު
02 February 2023
އެބަ ރަގަޅުވޭ…… ޕާޓީ ހިނގަންޖެހޭނެ…… ރައީސް ޔާމީން ޖަލުގަ އޮތަސް ޕީޕީއެމް އިންތިހާބަށް ނިކުންނަންވާނެ…… އިންތިހަބުން މޮޅުވެ ރައިސް މިނިވަން ކުރެވޭނެ ހަމައެކަނި ލީޑަރަކީ ސިޓީ ކައުންސިލް މޭޔަރ މުއިއްޒު…… އަދުރޭމެންގެ ނެތް ވެރިކަން ކުރުމުގެ ގާބިލުކަމެއް…… ރައީސް ޔާމީން ފަދަ ވެރިޔެއް މުއިއްޒު އަކީ…… ހޯޕް ފޯރ މުއިއްޒު. ހޯޕް ފޯރ މުއިއްޒު. ހޯޕް ފޯރ މުއިއްޒު. ހޯޕް ފޯރ މުއިއްޒު. ހޯޕް ފޯރ މުއިއްޒު. ހޯޕް ފޯރ މުއިއްޒު. ހޯޕް ފޯރ މުއިއްޒު.
އަހުމަދުބޭ
02 February 2023
މިއަންނަނީ އަހަރެން މީގެ ކުރިން ފާހަގަ ކުރިކަންތަށް، ރޔ އާނުލައި ޕޕއ ރިޔަސީ އިންތިހާބަށް ނުކުންނަ ހިސާބުން ޕޕއ ތެރޭގައިވެސް ފެކްސަންތަށް އުފެދޭނެ ތަޅައިފޮޅުން އުފެދޭނެ، އަދުރޭވެސް ހުރީ ހަމަ ވެރިކަމަށް ފައިނަގައިގެން ގައްސާނުވެސް އެހުރީ ހަމަ ވެއިޓު ލިސްޓުގައި
އަސްލު ޕީޕީއެމް
02 February 2023
މި ޕާޓީގެ މި ވަގުތުގެ ހޯޕަކީ މޭޔަރ މުއިއްޒު. މޭޔަރަށް ޓިކެޓް ނުދޭން ވެގެން އަދުރޭ ޖަހާ ސަކަރާތް ހުއްޓުވަން ޖެހޭ. މޭޔަރު ނިކުމެ އިބުރާހިމު އެއްފަހަރުން ބަލި ކުރެވޭނެ. ޕީޕީއެމްއާއި ދޭތެރޭގަ ހެޔޮކޮށް ވިސްނާ މީހުން މިކަމަށް ތާއީދު ކުރާނެ ކަން ޔަގީން. ހޯޕަކީ އަބަދު އެކަކު ފަހަތުން ދުވާ ދުވުމަކަށް ވެގެން ނުވާނެ. އެމްޑީޕީން ނަޝީދު ފަހަތުން ދުވާހެން މި ޕާޓީން އެންމެ މީހެއް ކެނޑިޑޭޓަށް ދެކިގެން ނުވާނެ. މިކަން ނިމުމަކަށް ގެންނަން ޖެހޭ
އަންޑޭ
02 February 2023
105 ހާސް މީހުންގެ ވޯޓުން ހޮވުނު މީހަކަށް ލިބެނީ 1000 މީހުންތޯ؟ އެމްޑީޕީ ޕްރައިމަރީގަ 48000 މީހުން ވޯޓް ލީމަ ފާޑުކީ!
ސައުތު
02 February 2023
ކިހިނެއް މިޔަށް ހޯޕް ކިޔޭނީ! ޔާމީން ޖަލުގަ އޮވެ ޕީޕީއެމް ޓިކެޓް އޭނައަށް ދީފަ އޮތުމަކީ ޕީޕީއެމްގެ ހޯޕް ގެއްލުން. ނިކަން މުއިއްޒަށް ޓިކެޓް ދީފަ ހޯޕްއޭ ކިޔާ ބަލަ. މިހާރު ކަން ކުރާ ގޮތުން ޕީޕީއެމް މި ދަނީ އޮޔާ. ކެމްޕެއިން ކުރާނެ ވަގުތު މި ގެއްލެނީ.. މުއިއްޒު ނެރެ އަވަހަށް ކެމްޕެއިން ފަށާ ޔާމީން އަކީ މާޒީ ކަމަށް ބަލާ
ސަސި.
02 February 2023
ތީގެން އެއްވެސް ކަމަކުން ޔާމީނު މިނިވަނެއްނުވޭ، ތިޔަ ބުނާ 1000 މީހުންގެ ތެރޭގަ ރައީސް ކަމަށް ނެރޭނެ މީހަކު ނެތިއްޔާ ބޮޑު ތަނުން ފެއިލްވީ.
ފިސާރިހޯޕްފުލް
02 February 2023
މަށަށް ޔާމީނު ދައުރުގަ ވައްކަމުގެ އިތުރުން އެންމެ ބޮޑު މައްސަލައަކީ ގޭންގުތަކާ އޮތް ގުޅުމާ ހައްދުފަހަނާ އެޅި ޖަމާއަތްތަކާ އޮތް ގުޅުން މާ ބޮޑުހެން ހީވުން. ގޭންގްސްޓާރުންނާ އެކު ބޮޑެތި ކޮންފަރަންސް ބާއްވަނީ މިނިސްޓަރުންވެސް. އައިސިސް ތިބޭ ގޮތަށް ކޮސްޓިއުމް އަޅައިގެން ބޮޑެތި ހިނގާލުންތައްވެސް ބާއްވަނީ. ވައްކަންވެސް ކުރާއިރު ވަރަށް ފާޅުގަ ހަޑިކޮށް އެކަމަކު ދެން އެންމެންވެސް ކުރޭ ތާ. ގޭންގު ތަކާ އެކްސްޓްރީމިސްޓުންނާ އެކީ މުސްތަގުބަލެއް ނެތް.
ބާއްޖަވަރީ
02 February 2023
އަދުރޭ ކުރިމަތިލާގޮތަށް ނިންމަންވީ.