ޕެންޝަން އޮފީހުން ބޭއްވި ހާއްސަ ހަރަކާތެއްގެ ތެރެއިން. ޕެންޝަން އޮފީހުގެ ބޯޑަށް އަމިއްލަ މެންބަރަކު ހޯދަނީ--ފޮޓޯ:މިހާރު
04 ފެބުރުއަރީ 2023 - 12:22
ޕެންޝަން އޮފީހުގެ ބޯޑުގައި ޕްރައިވެޓް ސެކްޓަރުން ތަމްސީލުކުރާ ހަތަރު މެންބަރުންގެ ތެރެއިން އެއް މެންބަރެއްގެ ޖާގަ ހުސްވެފައިވާތީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ރާއްޖޭގެ ޕެންޝަނާ ބެހޭ ގާނޫނުގައިވާ ގޮތުން މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް ހިންގަނީ އަށް މެންބަރުން ހިމެނޭ ބޯޑަކުންނެވެ. ޕެންޝަން އޮފީހުގެ ބޯޑުގައި ހިމެނޭ މެންބަރުންނަކީ، ބޯޑުގެ ޗެއާޕާސަނާއި ސެކިއުރިޓީސް މާކެޓް ރެގިއުލޭޓަރުގެ އިސް މުވައްޒަފަކާއި، މިނިސްޓްރީ އޮފް ފިނޭންސްގެ ސިވިލް ސާވިސްގައި ހިމެނޭ އިސް މުވައްޒަފަކާއި، ސޯޝަލް ސެކިއުރިޓީއާ ބެހޭ ކަންތައްތައް ބަލަހައްޓާ މިނިސްޓްރީގެ ސިވިލް ސާވިސްގައި ހިމެނޭ އިސް މުވައްޒަފަކާއި ދައުލަތުގެ ނުވަތަ ސަރުކާރުގެ ވަޒީފާއެއް އަދާނުކުރާ ޕްރައިވެޓް ސެކްޓާ ތަމްސީލުކުރާ ހަތަރު މެންބަރުންނެވެ.
ޕްރައިވެޓް ސެކްޓަރު ތަމްސީލުކުރާ މެންބަރުން ޕެންޝަން އޮފީހުގެ ބޯޑަށް އައްޔަން ކުރައްވަނީ ރައީސެވެ. ޕްރައިވެޓް ސެކްޓަރު ތަމްސީލުކުރާ ބޯޑު މެންބަރުން ހޮވުމުގެ ކަންކަން ކުރިއަށް ގެންދަން އެކުލަވާލެވޭ ސެލެކްޝަން ކޮމިޓީން އެ މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ތިން ނަން ޝޯޓްލިސްޓް ކުރުމަށްފަހު އެވެ.
ޕެންޝަން ޝާއުގުވެރިވާ ފަރާތްތަކުން މިމަހުގެ 16 ކުރިން އެފްލިކޭޝަން ހުށަހެޅުމަށް ވަނީ އެދިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހިދާޔާ.
04 February 2023
ތިތާހުރި މަގޭ ލާރިކޮޅު އަނެއްކާ އެބަހުރިތަ މިހާރު.. ނަމަނަމަ ކެންޕޭނައް ނުދޭތި
ބިދާޔާ
04 February 2023
ލާރިކޮޅު ހުރިތޯ ބަލާލެވޭނެ އެތަނުގެ ވެބްސައިޓުން، ނުވަތަ މޯބައިލް އެޕުން.
ށަމްސު
04 February 2023
ކިހާ ވަރެއް ލިބޭނެ ތޯ؟
ކްލޯލް
04 February 2023
އިއުލާނުގަ ޖަހާފަ އެބައިން. ގެޒެޓް ބަލާލާ