ގެއްލިގެން ހޯދާ އާސިރު: އޭނާ އެންމެ ފަހުން ފެނުނީ މިދިޔަ ހޮނިހިިރުދުވަހު ކަމަށް އާއިލާ އިން ފުލުހުންނަށް ވަނީ މައުލޫމާތު ދީފައި. -- ފޮޓޯ | ޕޮލިސް
06 ފެބުރުއަރީ 2023 - 23:59
މާލެއިން މީހަކު ގެއްލިގެން ރިޕޯޓްކުރުމުން އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.
ފުލުސް އޮފީހުން މިރޭ ބުނީ މިދިޔަ ހޮނިހިރުދުވަހުން ފެށިގެން ވީނުވީ ތަނެއް ނޭނގިގެން ހޯދަނީ ސ. މަރަދޫފޭދޫ، ގަސްކަރަ، މުހައްމަދު އާސިރު އިސްމާއިލް، 31 ކަމަށެވެ. އޭނާ އެންމެ ފަހުން ފެނުނީ ހޮނިހިރުދުވަހުގެ ރޭ އިރާކޮޅު ކަމަށް ފުލުހުން ބުންޏެވެ.
އޭނާ ގެއްލިއްޖެ ކަމަށް އާއިލާ އިން ފުލުހުންނަށް ރިޕޯޓްކުރީ އިއްޔެ އެވެ. އެންމެ ފަހުން އޭނާ ލައިގެން ހުރީ ނޫކުލައިގެ ޖިންސަކާއި ކަޅު ކުލައިގެ ގަމީހެއް ކަަމަށް އާއިލާ އިން ފުލުހުންނަށް ވަނީ މައުލޫމާތު ދީފަ އެވެ.
ފުލުހުން އެދެނީ އާސިރުއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ފުލުހުންގެ ހޮޓްލައިން 332211 އަށް އަންގައިދިނުމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖުލައި2021
09 February 2023
މިރާއްނެގަ ފުލުހުން މީކީއްކުރަބައެއްތަ. ސީސީޓީވީ ކެމެރާތަކާ އެއްޗެހި ބަލައިގެން ވީގޮތެއް ހޯދެންވަނެ ދޯ. ކައިގެން ނިދަން މުސާރަ ދެބައެއްތަ.
އަހުމަދުބޭ
07 February 2023
މިއީ އަނެއްކާ ކޮންކަމެއްގެ ފެށުމެއްބައި؟ މިއީ ރާއްޖޭގައި މަދުންނަމަވެސް ހިނގަމުން އަންނަކަމެއް އެހެން ނަމަވެސް މިފަހަކުން ގެއްލުނުމީހައިގެ ހިލަމެއް އަދިއެއްނުވޭ އަނެއްކާ މި މީހަކުގެއްލުނީ މިއީ ވަރަށް ދެރަކެމެއް މިކަންކަން އެބަޖެހޭ ރަނގަޅަށް ތަހުގީގު ކުރަން ގޭންގުތަކުގެ ކަންކަން މިއަންނަނީ އަތްނުފޯރާފަށަށް ބާރުގަދަވަމުން ކަންމިހެން އޮތްއިރު ކަމަކާ ހިއްހަމަނެޖުހުނަސް އަދި ވިޔަފަރީގެ މުއާމަލާތެއްގައިވެސް ގޭންގުތަކުގެ އެހީއަންނަނީ ހޯދަމުން މިއީސީރިއަ
އެނީ
07 February 2023
މިވަރުގެ މާ ސިންގާ ފިރިހެނުންނާއި އަންހެނުން ގެއްލިގެން ހޯދަން މިޖަހާއިރު ގިނަ މިހުންނަށް އެގޭ މިއީ ދުވަސްކޮޅަކަށް ރަހުނު ކުރާ ބައެއްކަން. ލޯނު ދެއްކީމަ ރިލީޒްވީ . މި ދޫނި ރާއްޖެއަށް ޖެހިފަ އޮތް ބޮޑު މުސީބާތެއް މިވެސް.
ކަރީޒާ
07 February 2023
މި އަޅެ މޫސުމީ ކަމެއްތަ؟
ށަވިޔަނި
07 February 2023
މިފަހަރު ރަނގަޅަށް މަސައްކަތްކޮށްގެން އެމީހާ ސަލާމަތުން ހުއްޓައި ފެނޭވަރުކުރާތި. ފޮޓޯ ހިފައިގެން ދޮރުންދޮރަށް ހިނގާލުން ރަނގަޅު. ކަނޑުދަތުރުކުރާ ހުރިހާ އުޅަނދުތަކަށްވެސް އަރާ. ދިވެހި ބަހުގައި މި އޮންނަ ހުސްނޫނާ ނުލާ ވާހަކަ ދެއްކޭނެ ގޮތެއް ހޯދަބަލަ.
ކީސްފިލާ
07 February 2023
ހުސްނޫނު ނުލާ ލިޔެވޭނީ، ނޯށަށް އަރުވައިގެން ކިޔަންޖެހޭ ބަސްތައް ރަނގަޅަށް ކިޔަން އެނގޭވަރަށް ދިވެހިބަސް ދަސްވީމައެވެ.