ސަލްމާން މިސްކިތް: އެ މިސްކިތް ރަސްމީކޮށް ހުޅުވާނެ ތާރީހެއް އަދިވެސް ނެނގޭ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނި -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
09 ފެބުރުއަރީ 2023 - 06:42
ސަލްމާން މިސްކިތް ރަސްމީކޮށް ހުޅުވާނެ ތާރީހެއް އަދިވެސް ނިންމާފައި ނުވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
އެ މިސްކިތް ރަސްމީކޮށް ހުޅުވާނެ ދުވަހެއް މިހާރު ކަނޑައަޅާފައިވޭތޯ ސުވާލުކުރުމުން އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު ވިދާޅުވީ އެކަމަށް ތާރީހެއް އަދި ނެތް ކަމަށެވެ. އިތުރު ތަފުސީލެއް ނުދެއްވަ އެވެ.
ސައުދީ ސަރުކާރުން ދިން އެހީގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިމާރާތްކުރި އެ މިސްކިތް މި ސަރުކާރުން ހުޅުވީ ވެސް އެތަން ނުހުޅުވައިގެން އާންމުންގެ ޝަކުވާ އިންތިހާ އަށް ބޮޑުވި ފަހުންނެވެ. ކޮންމެ އަހަރެއްގެ ރޯދަމަހަށް ހުޅުވަން ތައްޔާރުވަމުން ގޮސް، އެ މިސްކިތް އެންމެ ފަހުން އާންމުންނަށް ހުޅުވާލީ މިދިޔަ އަހަރު ރޯދަމަހުގެ ފުރަތަމަ ހުކުރުގަ އެވެ.
ސަލްމާން މިސްކިތް: އެ މިސްކިތް ރަސްމީކޮށް ހުޅުވާނެ ތާރީހެއް އަދިވެސް ނެނގޭ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނި -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
އެ މިސްކިތް ރަސްމީކޮށް ނުހުޅުވި އަންނަ މަހު މި އަހަރުގެ ރޯދަމަސް ފެށޭއިރު، މިސްކިތުގެ ނަން ބޯޑު ވެސް އަދިވެސް ހުރީ ސަތަރި އަޅައި ފޮރުވައިފަ އެވެ.
ކަލަންޑަރުގައިވާ ގޮތުން ނަމަ މި އަހަރުގެ ރޯދަމަސް ފެށޭނީ އަންނަ މަހުގެ 23 އިގަ އެވެ.
މި ފަހުން ސަލްމާން މިސްކިތުގެ އޭސީތަކަށް މައްސަލަ ޖެހިގެން ތުރުކީން ބަޔަކު ގެނެސްގެން އެ އެއްޗެހި ވެސް މަރާމާތުކުރި އެވެ. އެކަމަކު، އޭސީތައް އަދިވެސް ރަނގަޅެއް ނުވެ އެވެ.
ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒްގެ ހަރަދުގައި މާލޭގައި އިމާރާތް ކޮށްފައިވާ ސަލްމާން މިސްކިތް ހުޅުވަން ސައުދީގެ ވަފުދެއް ވަޑައިގަންނަވާނެ ކަމަށް ސަރުކާރުން ކުރިން ބުނެފައިވެ އެވެ.
ސަލްމާން މިސްކިތް ފުރަތަމަ ހުކުރު ނަމާދަށް ފުރާލައިފި https://t.co/oNX891jm0z
— Mihaaru (@Mihaarunews) April 1, 2022
ސަލްމާން މިސްކިތުގައި ނަމާދުކުރަން ފެށިޔަސް އަދިވެސް އެ މިސްކިތުގެ އެހެން ބައިތައް ބޭނުމެއް ނުކުރެ އެވެ. މިނިސްޓްރީން ކުރިން ބުނީ މިސްކިތުގެ އެހެން ތަންތަނަށް ބޭނުންވާ ފަރުނީޗަރާއި އޮފީސް ބަޔަށް ބޭނުންވާ އެއްޗެހި ނުލިބޭ ކަމަށެވެ. އެ މިސްކިތް ރަސްމީކޮށް ހުޅުވާނީ އެ ހުރިހާ އެއްޗެއް ހަމަވުމުން ކަމަށް ވެސް ބުނެފައިވެ އެވެ.
ގާތްގަނޑަކަށް 24 މިލިއަން ޑޮލަރު (370 މިލިއަން ރުފިޔާ) ހަރަދުކޮށްގެން އިމާރާތްކުރި މިސްކިތުގެ މަސައްކަތް ފެށީ ޔާމީންގެ ވެރިކަމުގައި 2017 ވަނަ އަހަރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިފުރީތު
10 February 2023
އަޖާއިބު... އަހަރެން ނަމާދަށް މި އަރަނީ އަޅެ ބަންދުކޮށްފާ ހުރި ތަނަކަށްތަ؟ އިމާމަކަށްވެސް ހުރީ ޖިންނިޔެއްތަ؟ އެތަން "ހުޅުވި" ކަމަށްވަނީ ރިބަންގަނޑެއް ކަނޑާލީމާތަ؟
އެހެންޏާ
09 February 2023
އެއީކީ އިބޫ ދުވަހަކުވެސް އަރާނެ މިސްކިތެއް ހެނެއް ހިއެއްނުވޭ. އެހެންވީމަ ރަސްމީކޮށް ހުޅުވުމުގެ ބޭނުން ނުފެނިގެން އެއުޅެނީ.
މަގޫ
09 February 2023
މިއިންވެސް އެނގެނީ އިބުރާހީމް ފުޅު މިފަދަކަންތަކާ ދުރު މިންވަރާ އޭނާގެ ނާޤާބިލްކަން
އަފުން
09 February 2023
އިބްރާހިމްގެ ސްލޯ ސްޕީޑްގައި ތިކަންވެސް ތިދަނީ. ނަންބޯޑުގައި ސަތަރި އަޅާ ފޮރުވުމުގެ ބޭނުމަކީ ކޮބާ؟.
ކަޅުހުއް
09 February 2023
ރަސްމީކޮށް ހުޅުވީމަ ނަމާދު ކުރާގޮތަށް ބަދަލެއް އާދޭތަ؟
ގުދުގުދުލީބެއްޔާގެ ތެދުބަސް
09 February 2023
ކޮންމެ ދުވަހަކު ރިބަން ކަނޑާ ވަރަށް ކަންކަން ކުރެވިއްޖެ ކަމަށް ރައީސް ވިދާޅުވަނީ. ކީއްކުރާނީ؟ އަދި ސަލްމާނު މިސްކިތާ ނުޖެހެނީ.
ބައިގަޑިއިރު
09 February 2023
ރިބަން ކަނޑަން ހުރި ތަންތަނުގެ ވާހަކަ ބައިގަޑިއިރުތެރޭ ނުނިމޭނެ ގޮތަށް އެތަން ނުހުޅުވިގެން އުޅޭ ސަބަބު ކިޔައިދޭން ދޮޅުގަޑިއިރުވެސް މަދުވާނެ.
މިސްކިތުގައި ނަމާދު ކުރެވެއެއްނު
09 February 2023
ސަލްމާން މިސްކިތުގައި ހުކުރުކުރޭ، ނަމާދުކޮށް މިސްކިތުގައި އިނދެ ކުރާ، އެހެނިހެން އަޅުކަން ކުރުމަށް ކޮންމެ މީހަކަށް ވެސް ވަދެނިކުމެ ހެދެއެވެ. އެހެންވީމައި އެއޮތީ ރަސްމީކޮށް ހުޅުވިފައެވެ.
އިބްރާހ
09 February 2023
ﷲ އިރާދަކުރެއްވިއްޔާ ތިޔަމިސްކިތް ދެންއަންނަ ރ ޔާމީންގެ ވެރިކަމެއްގައި ރަސްމީކޮށް ހުޅުވާނެ.
ކައުންސެލަރު
09 February 2023
މިތާ ބައެއް މީހުން ވަކިބަޔަކަށް ސަޕޯރޓް ކުރާ މީހުންނަށް ޚާއްޞަކޮށް "ލާ" ކުރިއަށް އަންނަ ބަސްބަހުގެ އަހުލުވެރިންނަށް މިސްކިތް ނުހުޅުވިޔަސް އޯކޭ. އެހެންވިއްޔާ ތަންތާ ރިބަންފަށް ދަމާފަ ދެއްކެން ވޯޓުހޯދަން ރިބަން ބުރިކިރަނީ ކާކުބުނެގެންބާ؟ އިހަކަށް ދުވަހަކު ހުޅުމާލޭގައި ހުޅުވި ޓިނު ސުކޫލު ރިބަން ނުކަނޑައި ނުހުޅުވުނީ އެތާންގެ ޓިނުތައް މީހަކަށް ފެނިދާނެތީތަ. ހޭބަލިވޭ
ނަހީޒް
09 February 2023
މިސްކިތުގަ ނަމާދު ކުރަންޏާ މިސްކިތް އެހުރީ ހުޅުވިފަ. ރަސްމީކޮށް ހުޅުވުމަކީ ސިޔާސީ ކަމެއް ނަމާދުގެ ދަރުމަ އަކާ ރަސްމީކޮށް މިސްކިތް ހުޅުވުމާ އޮތީ ކޮންގުޅުމެއް؟
ރަންފައުނު
09 February 2023
މިސްކިތުގެ ނަން ފޮރުވަން އަޅާފަހުރި ސަތަރިކޮޅު ނަގަންވީނު އެހެންވީރު. ކީއްވެބާ ނުނަގަނީ!