ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި ވާހަކަދައްކަވަނީ.-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
10 ފެބުރުއަރީ 2023 - 18:45
ވައުދުވި ގޮތަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ބަދަލުކުރަން ނުކެރުނު ބަޔަކު ޝަރުއީ ދާއިރާގެ މިނިވަންކަމުގެ ވާހަކަ ދެއްކުން ރަނގަޅު ނޫން ކަމަށް ވިދާޅުވެ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް މިއަދު ރައްދު ދެއްވައިފި އެވެ.
ޖުޑީޝަލް އަހަރު ފެށުމަށް ދަރުބާރުގޭގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ޝަރުއީ ދާއިރާ މިހާރު ހިނގަމުން ދަނީ އެއްވެސް ނުފޫޒެއް ނެތި މިނިވަންކަމާ އެކު ކަމަށާއި އޭގެ ނަތީޖާއެއްގެ ގޮތުން ރައްޔިތުންގެ އިތުބާރު ޝަރުއީ ދާއިރާ އަށް ލިބެމުން އަންނަ ކަމަށެވެ.
"ފަނޑިޔާރު ގެއިން ކަން ކުރަންވީ ގޮތާއި ނުކުރަންވީ ގޮތް ބުނެދޭން ޖެހޭ އެހެން ބަޔަކު ނުތިބޭނެ،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ. އެ މަނިކުފާނު ވިދާޅުވީ އަވަހަށް މައްސަލަތައް ނިންމުމަކީ ވެސް ކުރަންޖެހޭ ކަމެއް ކަމަށާއި އަދި ޝަރުއީ ދާއިރާއާ މެދު ރައްޔިތުންގެ އިތުބާރު އުފެއްދުމަކީ އަމާޒެއް ކަމަށް ވިދާޅުވެ، އެ މަގްސަދު ހާސިލްވަމުންދާ މަންޒަރު މިހާރު ފެންނަ ކަމަށް ވިދާޅުވި އެވެ.
ކުރިން ތިބި ފަނޑިޔާރުން ބޭރުކޮށްފަ، މިސަރުކާރުން ބޭނުން ބަޔަކު ކޯޓުތަކަށް އައްޔަންކުރުމަކީ ޝަރުއީ ދާއިރާ މިނިވަންވުމެއްނޫން. 4 އަހަރުވެގެން ދިޔައިރު ވައުދުވިގޮތަށް JSC އެކުލެވިގެންވާ ގޮތް ބަދަލުކޮށްލަން ނުކެރުނު ބަޔަކު ޝަރުއީ ދާއިރާގެ މިނިވަންކަމުގެ ވާހަކަ ނުދެއްކުން ރަގަޅުވާނީ. https://t.co/LInZFZKwft
— Ahmed Usham (@a_usham) February 10, 2023
އެ ވާހަކަތަކަށް ރައްދު ދެއްވަމުން، އެމްއެންޕީގެ ނައިބު ރައީސް އަދި ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނެރަލްކަން ވެސް ކުރެއްވި އުޝާމް ވިދާޅުވީ، ކުރިން ތިބި ފަނޑިޔާރުން ބޭރުކުރުމަށް ފަހު މި ސަރުކާރުން ބޭނުންވާ ބަޔަކު ކޯޓުތަކަށް އައްޔަންކުރުމަކީ މިނިވަންވުމެއް ނޫން ކަމަށެވެ.
މި ސަރުކާރަށް ހަތަރު އަހަރުވެގެން ދާއިރު ވެސް ވައުދުވި ގޮތަށް ޖޭއެސްސީގެ ފޯމޭޝަން ބަދަލުކުރަން ނުކެރުނު ބަޔަކު ޝަރުއީ ދާއިރާގެ މިނިވަންކަމުގެ ވާހަކަދެއްކުން ރަނގަޅެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
ގާނޫނުއަސާސީގައި މިހާރު ބަޔާންކޮށްފައިވާ ގޮތަށް ޖޭއެސްސީ އެކުލަވާލާފައިވާއިރު، އޭގެ ސަބަބުން އެ ކޮމިޝަނަށް ސިޔާސީ ނުފޫޒު ފޯރުވޭ ކަމަށް ބުނެ ގިނަ ބަޔަކު ޝަކުވާ ކުރެ އެވެ. އެހެންވެ، މި ސަރުކާރު ވެސް ނޮވެމްބަރު 2018 ގައި ވެރިކަމަށް އައީ އެ ފޯމޭޝަން ބަދަލުކުރުމުގެ ވައުދާ އެކު އެވެ.
ޝަރުއީ ދާއިރާ މިހާރު ހިނގަނީ މިނިވަންކޮށް، ރައްޔިތުންގެ އިތުބާރު އެބަ ލިބޭ: ރައީސް https://t.co/fpiiQ5JaP5
— Mihaaru (@Mihaarunews) February 9, 2023
ނަމަވެސް، މި ވެރިކަމުގެ ފުރަތަަމަ ހަތަރު އަހަރުގެ ތެރޭގައި ޖޭއެސްސީ އިސްލާހު ކުރުމުގެ މަސައްކަތް ނުކުރާތީ ސަރުކާރަށް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، އެޓާނީ ޖެނެރަލް ވަނީ އެ ކޮމިޝަން އިސްލާހުކުރަން ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ މަސައްކަތް ފަށައިފަ އެވެ. އެ އިސްލާހު މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރަށް ހުށަހަޅާނެ އެވެ.
ނުވަ މެމްބަރުން ތިއްބަވާ ޖޭއެސްސީ މިހާރު އެކުލެވިގެންވަނީ؛
- އާންމުންގެ ތެރެއިން ކަނޑައަޅާ މެމްބަރެއް
- ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެމްބަރެއް
- ސިވިލް ސާވިސް ކޮމިޝަންގެ ރައީސް
- ބަންޑާރަ ނައިބު
- ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ މެމްބަރެއް - ގާނޫނީ ވަކީލުންގެ ތެރެއިން ވަކީލެއް
- ދަށު ކޯޓުތަކުގެ ފަނޑިޔާރެއް
- ހައި ކޯޓު ފަނޑިޔާރެއް
- ސުޕްރީމް ކޯޓުގެ ފަނޑިޔާރެއް
ޖޭއެސްސީގެ ފޯމޭޝަން އިސްލާހުކުރުމަށް ޝަރުއީ ދާއިރާ އަދި އާއްމުންގެ ހިޔާލު ހޯދަން ވެސް ހުޅުވާލި އެވެ. އެ ފުރުސަތުގައި ގިނަ މީހުން ހުށަހެޅީ ސިޔާސީ މީހުން ނުހިމެނޭ ގޮތަށް އެ ކޮމިޝަން އަލުން އެކުލަވާލާށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޔެސްސޯ
11 February 2023
ނާޒިމް ސޯ ގެ ވެރިކަމުގައި އަލުން ފުލުސް ކޯޓު އުފައްދަން ވާނެ!
ބޮޑުމީހާ
11 February 2023
ގައުމު އިސްލާހުކުރަން އެމްޑީޕީއަށް ރަނުގެ ފުރުސަތު ލިބިއްޖެ! 66 މެމްބަރުން، ސަރުކާރު، ޝަރުއީ ދާއިރާ. އިސްލާހު ކުރުމުގެ ބަދަލުގައި މިސަރުކާރުން ޚިޔާރުކުރީ ކޮރަޕްޝަން މެކުހަށް ޖެހުމާއި، ގާތް ރައްޓެހިންނަށް ސިޔާސީ މަގާމުތައް ބެހުމާއި، ނުހައްގު ބަދަލުދިނުން. ކައިރި މުސްތަގުބަލެއްގަ ޝަރުއީ ދާއިރާ މިނިވަންކުރަން ، ފްލެޓް އަޅަން، އިންސާފު ގާއިމުކުރަން މި ރީދޫ ޕާޓީ މީހުން މަގުތަކަށް ނުކުންނާނެ
ޔާޔާ
11 February 2023
ޖޭއެސްސީ މިނިވަން އަންނަނީ...
ސޮނިކް
10 February 2023
ކާކުތޯ ސިޔާސީނޫންމީހަކީ. ޕާޓީއަކަށް ނުވަނަސް ކޮންމެމީހަކުވެސްހުންނަނީ ކޮޅުނަގައިގެން.، ތިވެސް ސިޔާސީމީހަކު ނޮހޮވަން ވެގެން ހޮވި މިނިވަން ކަމަށް ބުނި މީހެއް. މެންބަރުކަންލިބުނީމާ ހިތުގައިވާ އެދުން ފުއްދާލީ. މިހާރު ޕާޓީއެއްގެ ނައިބެއް.. އިހުލާސްތެރިއަކު ހުރިތޯބަލާފަ ހަވާލުކުރޭ
ދޫކޮށްލާ
10 February 2023
ރައީސް ޔާމީނަށް ކުރެވުނު ހުކުމަކީ އެއީ ޝައްކާއި ވަހުމާއި ސަރުކާރުގެ އަމިއްލަ އެދުން އެއަށް ވަދެފައިވާ ހުކުމެކޭ ރައީސް ޔާމީން ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ ދޫކޮށްލާ
ނުވިސްނާ
10 February 2023
ޔާނީން ދޫކޮއްލާފަ އޭނަ އެކައުންޓު ގަ މިލިޔަން މިލިޔަނުން ހުރި ޑޮލަރައް ދެން ހަދާން ވީ ކިހިނެއްތޯ. އެއީ އޭނާގެމުސާރަ އިން އެއްކުރެވޭ ވަރައްވުރެ މާދޮޑުތަނުން ގިނަ ފައިސާގެ އަދަދުތައް؟؟؟؟ ހޭހުސް ވަންދެން ދޫކުރަން ތި ގޮވަނީ. ނަހަމަ ގޮތުގަ ރައްޔިތުންގެ ފައިސާ ނަގާ އެންމެން ހިފާ ހައްޔަރު ކުރޭ.
ޖުހާނާ
11 February 2023
"ނުވިސްނާ" އަށް ނުވިސްނުނަސް ޔާމީނަށް އާމްދަނީ ލިބެނީ ހަމައެކަނި އޭނާ އަދާކުރާ ވަޒީފާއަކުން ނޫން. އޭނާގެ މައިންބަފައިންގެ ގެއިން އޭނާއަށް ލިބުނު ބަޔާއި އޭނާގެ ގެއިންނާއި އޭނާގެ އަނބިމީހާގެ ގެއިންނާއި އަނބިމީހާގެ މައިންބަފައިންގެ ފަރާތުން އެ އަނބީހާއަށް ލިބިފައިވާ ތަންތަނުން ވެސް ކުލި ލިބޭ. ެެ