11 ފެބުރުއަރީ 2023 - 17:01
ޕީޕީއެމްގެ ހުޅުމާލޭ ގޮފީގެ ރައީސް އިންޑިއާގައި އުޅެނިކޮށް އެ ގައުމުގެ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
ޕީޕީއެމްގެ އޮފިޝަލަކު ވިދާޅުވީ އެ ޕާޓީގެ ހުޅުމާލޭ ގޮފީގެ ރައީސް އަބްދުއްސަމަދު އިންޑިއާގެ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔައީ ބޭސްފަރުވާއަށް ގޮސް މަނިޕާލް ހޮސްޕިޓަލްގައި ހުއްޓާ މިއަދު ކަމަށެވެ. އެކަމަކު އޭނާ ހައްޔަރުކުރިކަމެއް އަދި ނޭނގޭ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އަބްދުއްސަމަދަކީ އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ހިންގާ އިންޑިއާ އައުޓް ކެމްޕޭނުގައި ބައިވެރިވެރި އަދި އިންޑިއާއާ ދެކޮޅަށް އަޑު އުފުލަން ބާއްވާ މުޒާހަރާތަކުގައި ވެސް އިސްކޮށް އުޅޭ މީހެކެވެ. ބައެއް މުޒާހަތާތަކުން އޭނާ ހައްޔަރުކޮށް ކޯޓުން ބަންދުގެ މުއްދަތު ވެސް އިތުރުކޮށްފައިވެ އެވެ.
އެކަމަކު ސަމަދު އިންޑިއާގައި ހިފެހެއްޓީ ކޮން ކަމަކާ ގުޅިގެންނެއް ކަމެއް ނޭނގެ އެވެ.
ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނީ އިންޑިއާގައި ދިވެއްސަކު ހިފަހައްޓައިގެން އުޅޭ ކަމުގެ މައުލޫމާތެއް އަދި ލިބިފައިނުވާ ކަމަށެވެ.
މީގެ ކުރިން ވެސް އިންޑިއާ އިން ވަނީ އެ ގައުމާ ދެކޮޅަށް ވާހަކަ ދައްކާ ސިޔާސީ ބައެއް މީހުން އިންޑިއާ އިން ހިފަހައްޓައި އަނބުރާ ފޮނުވާލައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙަސަނު މ
15 March 2023
ބަރާބަރު. ވަގުތުން އިންޑިއާ އިން އައުޓް ކުރަންޖެހޭ
އިލޮޅި
13 February 2023
ޔާމީނުއާ އަދުރޭ ޝުއާއު ކަހަލަ އަޑިނުބާ މީހުންގެ ބެރަށް ނެށުމުގެ ކުރިން ވިސްނާލުން ރަނގަޅު! ޕީ ޕީ އެމްގެ އިއްސަފްގަ ކަރުފަލަކޮށްފަ ހަޅޭލާ މީހުންގެ އޮންނަނީ ދެބޭނުމެއް އެއީ ހައްގާބާތިލު އޮޅުވާލާ ރައްޔިތުންނަށް މިކަހަލަ ގެއްލުންދިނުން! މިރޭވެސް ޝުއާއު އިންނާނީ މަޑިސީލަ ޕްރޮގްރާމްގަ ފިނިކޮޓަރީގަ މީހުން މަގުފުރައްދަން އަރާމްގަ! ލަނޑެއް އަނިޔާއެއް ވިއްޔާ ލިބޭނީ ތިޔަކަހަލަ އާދައިގެ މީހާއަށް! ޝުއާއު އާ މަދަނީ ދޮންބެއަށް ހޭވެރިވޭ!
ފިނރުޓޭ
13 February 2023
އާނ މި ގައުމަށްވެސް ތަންތާނގަ ބަވަމުންގޮސް ކޮންމެހެނަކުންނެއް މި ގައުމަކަށް ވެސް އަންނާނެ ކަމެއް ނެތެއްނު! ހަމަ އެހެންވާނެނު އެހެން ގައުމުތަކަށްވެސް! މި ކަމަކާ ހައިރާނެއް ނުވޭ އަސްލު!
ޒޮމްބީ ޖީލު
12 February 2023
ގައުމު ވިއްކާގެން ކާން މީހުންވާ އެބަތިބި. އެބަޔަކު ބަދަލުވާ ކޮޅަކަށް ހާލަތުވެސް އެންމެފަހުން ބަދަލުވާނެ. މިހާރު ހެދި ޑީލެއްގެ އަގުދައްކާނީ އަންނަން އޮތް ޖީލުތަކުން. ލެއިން ވިޔަސް ޖެހޭނީ ދައްކަން.
ހުކުމު
12 February 2023
އިންޑިޔާ އައުޓު ގޮވީމަ ޕާސްޕޯޓުގެ މައްސަލަ ދިމާވޭތަ؟
ވަގުތީ
12 February 2023
ޢަފުރާސީބެ އިންޑިއާގެ ދިފާއުގަ ހާދަވަރެއް ތިއަރުވަނީ . ކޮމެންޓަކަށްފަހު ކޮމެންޓެއް ތިކުރަނީ ތިއީ އިންޑިއާ ބޮޓެއްތަ؟’ ނޫނީ އެގައުމުގެ އަޅެއްތަ! ދިވެހިންނެއް ނޫނޭ ގަމާރުވެގެން މިއުޅެނީ . ތިމާ ހަމަ ގަޅީ
ބޯބޯސިންގު
12 February 2023
އިންޑިިއާ އައުޓު ގޮވަން ވާނީ އިިންޑިއާ އަށް ނުގޮސް ފަރުޖެއްސޭ މީހުން. ފެންވަރު ނެތިއްޔާ ބަޔަކު ޖަހާބެރަކަށް ނުނަށައިި ހުރުން ރަގަޅީ.
ސޭޓް
13 February 2023
ތީ ވަރަށް ބޮޑު ތެދެއް.
އަފްރާސިޔާބު
12 February 2023
އަސްލުގައި ދިވެހިންގެ ގަމާރުކަން ބޮޑީ. ސިޔާސީ ވުމަކީ ޗައިނާ އައުޓް، އިންޑިއާ އައުޓް، ލަންކާ އައުޓް، ބަންގާޅު އައުޓް ގޮވައި މުޒާހަރާ ކުރުމެއް ނޫން. ތިމާގެ ގައުމުގައި ހުރެގެންވިޔަސް އެހެން ގައުމުތަކާ ދެކޮޅަށް ހަޅެއްލަވައި އަޅިދިލި ކުރަހައި ހެއްދެވި ނެހެއްދެވިއަށް ގޮވާ މީހުން އެގައުމުތަކަށް ދިޔައީމާ އެމީހުންނަށް ފެންނަ ގޮތެއް ހަދާނީ. ދިވެއްސަކު އެއްވެސް ކަމަކާ ނުލައި ހައްޔަރުކުރިޔަސް އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ބަޔަކު ނުދާނެ އެމީހާ ބަލައެއް.
ބޮޓު
12 February 2023
ދިވެހިން ގަމާރީ އެއްނޫން. ތި ކޮމެންޓް ކުރި މީހަކު ގަޅީ. ނުވަތަ އިންޑިއާ ބޮޓަކީ.
އިމަނާ
12 February 2023
މީނަގެ ތިބޭނެ ރައްޓެހިންނާ ދުސްމަނުން. އެއްބަޔަކު ނުފެންނާނެ ކަމެއްގައި ޖެހުނީމައެއް. ތިކާކު. މަދަންނަ މީހެކޭ އެއީ.
މާރިޔާ ދޯންދީދި
12 February 2023
ސަމަދުބެ ހިފަހައްޓައިގެންއުޅެނީ އިންޑިޔާ އާ ދެކޮޅަށް ބަސް ބުނާތީކަން ހުރިހާ ކޮމެންޓަކުންވެސް އެބައެނގޭ. ސަމަދުބޭ ދެކޮޅުހަދަނީ އިންޑިޔާގެ ބާރުވެރިކަން މިޤައުމުގައި ފަތުރާތީ އެކަމާ ދެކޮޅުހަދަން. އިންޑިޔާވެސް އިނގިރޭސިންނާ ދެކޮޅަށް ކުރީ އެމަސައްކަތް. ސަމަދުބޭއަށް ބިރުދައްކައިގެން އެހެންމީހުންވެސް ބިރުގަންނަވަން ކުރާކަމެއް އެއީ. އިންޑިޔާ މިލިޓަރީއަށް ހިތްވަރުދޭ މީހުންނަކީ އަޅުވެތިވެގެންވެސް އުޅެން ފަސޭހަކުރަން ބާރުވެރި މުއްސަދިން ރުހޭގޮތް.