12 ފެބުރުއަރީ 2023 - 12:37
އައްޑޫ މަގު ހެދުމުގެ މައްސަލަތައް ހައްލުކުރުމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ރޭ ދަންވަރު އައްޑު އަށް ވަޑައިގެން ކަމާ ގުޅޭ ފަރާތްތަކާއެކު މަޝްވަރާތައް ފައްޓަވައިފި އެވެ.
މޭޔަރު އަލީ ނިޒާރު "މިހާރު" އަށް ވިދާޅުވީ، މަގުގެ މަސައްކަތްކުރާ އިންޑިއާގެ ކޮންޓްރެކްޓަރު އެފްކޮންސް އާއި ޕްރޮޖެކްޓް ކޮންސަލްޓަންޓް އަދި އައްޑޫ ސިޓީ ކައުންސިލާއެކު މިއަދު ހެނދުނު 9:00 ގައި މަޝްވަރާތައް ފައްޓަވާފައިވާ ކަމަށެވެ.
"ވަރަށް ރަނގަޅަށް ކުރިއަށް އެބަދޭ. އަސްލަމް ގެންދަވަނީ ކަމާ ގުޅޭ ފަރާތްތަކާއެކު ބައްދަލު ކުރައްވައި މައްސަލަތަކަށް ހައްލު ހޯއްވަދަމުން މިހާރު،" ނިޒާރު ވިދާޅުވި އެވެ.
އެފްކޮންސް ކުންފުންޏާ ހަވާލުކޮށްގެން ހަދާ މަގުތަކާ ގުޅޭގޮތުން އާއްމުންގެ ޝަކުވާ ބޮޑުވުމުން، އެ ކަންބޮޑުވުންތަކަށް ހައްލެއް ގެނެސްދިނުމަށް ކަމާގުޅޭ ފަރާތްތަކުން މަޝްވަރާކުރި އެވެ. ނަމަވެސް އެ ބައްދަލުވުންތަކުން ވެސް އެކަށީގެންވާ ނަތީޖާއެއް ނުނިކުތުމުން އަސްލަމް ނިންމެވީ ދުވަސްކޮޅަކު އައްޑޫގައި މަޑުކުރައްވާށެވެ.
"ފުދޭވަރަކަށް ދުވަސް ވަންދެން އަސްލަމް އައްޑޫގައި ހުންނަވާނެ ކަމަށް ބަލަނީ،" މޭޔަރު ވިދާޅުވި އެވެ.
އަސްލަމް އަދި ފޯނަށް ޖަވާބު ނުދެއްވާތީ އޭނާގެ ދަތުރާ ގުޅޭ އިތުރު މައުލޫމާތެއް ނުލިބެ އެވެ.
އައްޑޫގެ ބައެއް މަގުތަކުގެ ފޭވްމަންޓް މާ ފުޅާކޮށް ހަދާތީ ޝަކުވާ ބޮޑުވެއްޖެ https://t.co/IcnuB5fXW8
— Mihaaru (@Mihaarunews) February 8, 2023
އެ މަގުތަކާ ގުޅޭގޮތުން އެންމެ ފުރަތަމަ ޝަކުވާ ބޮޑުވީ މަގުތައް ކޮނުމަށް ފަހު މަސައްކަތް ނުނިންމާ ގިނަ ދުވަހު ބޭއްވުމުގެ ސަބަބުން ވަޅުގަނޑުތަކަށް މީހުންނާއި ވެހިކަލްތައް ވެއްޓި ހާނިއްކަވުމުގެ ހާދިސާތައް އިތުރުވުމުންނެވެ. އެ މަގުތަކުގެ ކާނުގަނޑު ހަދަން ބޭނުންކޮށްފައި ހުރި ދަގަނޑުތަކުގައި ދަބަރު ޖަހާ މައްސަލައެއް ވެސް ފެންމަތިވި އެވެ.
އެ މައްސަލަ އިތުރަށް ގޯސްވީ، ބައެއް މަގުތަކުގެ ފޭވްމަންޓް މާ ފުޅާކޮށް ހެދުމުން، އެ މަގުތަކުގައި އުޅަނދުތައް ދުއްވަން އޮންނަ ވަރު ހަނިވާނެތީ އެވެ.
ތާރު އަޅައިގެންނާއި ގާ އަތުރައިގެން އައްޑޫގައި 107 ކިލޯ މީޓަރުގެ މަގު ހެދުމުގެ މަސައްކަތް އެފްކޮންސްއާ ފެބްރުއަރީ 2021 ގައި ހަވާލުކުރީ ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ ގޮތަށެވެ.
އިންޑިއާގެ އެގްޒިމް ބޭންކުން ދީފައިވާ 800 މިލިއަން ރުފިޔާގެ ކްރެޑިޓް ލައިންގެ ދަށުން 1.2 މިލިއަން ރުފިޔާ ހަރަދުކޮށްގެން އައްޑޫގެ މަގުތައް ހެދުމުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ފެބްރުއަރީ 18 އިގަ އެވެ. އެ މަޝްރޫއުގެ ދަށުން އައްޑޫގެ ހުރިހާ ރަށެއްގެ މަގުތައް ހަދައި، ފެން ހިންދުމުގެ ނިޒާމެއް ވެސް ގާއިމު ކުރާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަލީބެ
13 February 2023
ޢިބޫ ޢަށްޑުއަށް އަރުވާލި ފުރަތަމަ މިނިސްޓަރަކީ އަސްލަމް.
Mohamed Maldives
13 February 2023
މޭޔަރ ފެއިލްވީ
ފަސްފަހަތް
13 February 2023
އަތޮޅުވެރިޔާ! ހުރިހާ ސައިޓެއްގައި ބަނޑަހަ ޖަހައިން މައިކުރޯ މުނޭޖުކުރޭ ދެން. ނާގާބިލުކަމުގެ އިންތިހާ ކަލޭނޭ މިއޮތްފަދަ ތަރައްގީ ޒަމާނުގައި
ދޯޕައްޓާ
12 February 2023
ސާހިދު ދުނިޔޭގެ އަނެއްބިތުގަ ހުރެގެން ފޮރިން މިނިސްޓަރުކަންކޮށްފި އަހަރެއްވަންދެން.
ބޮޑުމީހާ
12 February 2023
ކޮބާހޭ އެޅި 20000 ފްލެޓް، ކައުންސިލް ހައުސިންގ އެފޯޑަބަލް ހައުސިންގ
ކަނބިލި
12 February 2023
އިންޑިއާއިން މިރާއްޖޭގއި ކުރާކަމަކާ މި ސަރުކާރުން ކުރެވޭނެ ކަމެއް ނެތް. އެއަށްވެރެ ބޮޑަށް ދަށުވެ ފިތިފައި އޮތީ. އަސްލަމު ތިޔަ ދިޔައީ ސިޔާސީ ޑުރާމާގެ އެޕިސޯޑެއް ކުޅެން
ބޯޅަބޭގެދަނބިދަރި
12 February 2023
އަސްލަމް ދިޔައީމަ ވާވަރުވެސް ހަމަފެންނާނެ. ވާނީ ކުރާވަރަކުން. ކުރާންނުއުޅޭކަމެއް ނުވާނެ. އައްޑުމީހުން ތެބޭނެ ވިއަކަސް ނުވިއަކަސް އަންނަނީއޭ ބުނިމަ އަތްޖަހާލަން.
އައްޑޫ123
12 February 2023
މި ސަރުކާރައް ވޯޓް ދޭނީ ގަމާރު ބަޔަކު.
ފަލަސްތީން
12 February 2023
ޙަގީގަތުގަ މިވާ ގޮތަކީ ގައުމީ ލޯބިނެއްބަޔަކު ވެރިކަމައް އަރާފަ އިންޑިޔާއަ ގައުމުވިއްކާލީ. މީ ހަގީގަތަކީ
ޢެމެރިކާ
12 February 2023
ކޮންހައްލެއްތަ ތިލަމާލެ ބްރިޖުގެ ބޯހޯލް ތޮރުފަން ހޮލެންޑުގެ ކުންފުންޏަ ދިނީ 15 މިލިޔަން ޑޮލަރު. ޢަނެއްކާވެސް ބޯހޯލް ތޮރުފަން އިންޑިޔާގެ ބްރިޖު ހަދާ މީހުންނަ ދިނީ 15 މިލިޔަން ޑޮލަރައް. އަދި ފަހުން 12 މިލިޔަން ޑޮލަރުދިން މުޅި ޖުމްލަ 42 މޮލިޔަން ޑޮކަރު ހިގައްޖެ ސަރުކާރުގެ ރައްޔިތުންގެ ތިޖޫރީން.