ވެލާނާގެ ކައިރީގައި ހުރި ސައިކަލުތަކުގައި ފުލުހުން ސްޓިކާ ޖަހައިފައި -- ފޮޓޯ: ރާއިފް ޔޫސުފް | ފޭސްބުކް
12 ފެބުރުއަރީ 2023 - 14:32
މާލޭގައި ޕާކްކުރުން މަނާ ތަންތަނުގައި ހުރި ވަރަށް ގިނަ ސައިކަލުތަކުގައި އިއްޔެ އާއި މިއަދު ފުލުހުން ސްޓިކާ ޖަހައިފި އެވެ. ގިނަ ސައިކަލްތަކެއްގައި އިއްޔެ އާއި މިއަދު ފުލުހުން ސްޓިކާ ޖަހައިގެން އާންމުން ދަނީ ވަރަށް ބޮޑަށް ފާޑު ވެސް ކިޔަމުންނެވެ.
ސަރުކާރުގެ އޮފީސްތައް އެންމެ ގިނައިން ހުންނަ ވެލާނާ ބިލްޑިންގު ކުރިމަތީގައި އޮންނަ ދެ މަގުގައި ޕާކުކޮށްފައި ހުރި ވަރަށް ގިނަ ސައިކަލުތަކުގައި ފުލުހުން މިއަދު ސްޓިކާ ޖެހި އެވެ. އެއީ ޕާކުކުރުން މަނާ ތަންތަނެވެ. ނަމަވެސް، އެތަނުގައި މީހުން ވެހިކަލް ޕާކުކުރަމުން އަންނަތާ މިހާރު ވަރަށް ގިނަ ދުވަސްވެއްޖެ އެވެ. ފުލުހުން ކުރިން އެކަން ނުވެސް ހުއްޓުވަ އެވެ.
ފުލުހުން، އިއްޔެ ވަނީ މަޖީދީމަގާއި ޗާންދަނީމަގުގައި ވެސް ޕާކްކުރުން މަނާ ތަންތަނުގައި ހުރި ވަރަށް ގިނަ ސައިޖކަލުތަކުގައި ސްޓިކާ ޖަހައިފަ އެވެ.
އެއްގަމު އުޅަނދު ޕާކުކުރުމުގެ ގަވާއިދު ބުނާގޮތުގައި، އުޅަނދެއްގައި ސްޓިކާ ޖަހާ ކޮންމެ ފަހަރަކު، އެ އުޅަނދުގެ ވެރިފަރާތް 250ރ. އިން ޖޫރިމަނާކުރެވޭނެ އެވެ.
ވެލާނާގެ ކައިރީގައި ހުރި ސައިކަލުތަކުގައި ފުލުހުން ސްޓިކާ ޖަހައިފައި -- ފޮޓޯ: ރާއިފް ޔޫސުފް | ފޭސްބުކް
ޕާކްކުރުން މަނާ ތަންތަނުގައި ހުންނަ ވެހިކަލްތަކުގައި ފުލުހުން ސްޓިކާ ޖަހަން މި ފެށީ އެކަން ނުކުރާ ގިނަ ދުވަސްތަކެއްވީ ފަހުންނެވެ. އެކަމާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް އަދި ނުލިބެ އެވެ.
އެއްގަމު އުޅަނދުފަހަރު ގިނަވެ، މާލެއިން ޕާކްކުރާނެ ޖާގަ ނުލިބުމަކީ މިހާރު ވަރަށް ބޮޑުވެފައި އޮތް މައްސަލައެކެވެ. ޕާކުކުރާނެ ޖާގަ ނެތްއިރުގައި، ފުލުހުން ވެހިކަލްތަކުގައި ސްޓީކާ ޖަހާތީ އާންމުންގެ ފާޑުކިޔުން ވެސް އެކަމަށް ވަރަށް ބޮޑަށް އަމާޒުވެ އެވެ.
އެކި ޖޫރިމަނާތަކުގެ ގޮތުގައި މިދިޔަ މަހު އެކަނި ވެސް ދައުލަތަށް 10 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޮހޮއްތު
14 February 2023
ތިއަށްވުރެ ތާހިރުވާނެ އަދި ރައްކާތެރިކަން ކަށަވަރުވާނެ ރަތްލައޓް ހުރަސްކުރާފަރާތްތައް ޖުރިމަނާކުރުން
ރޯޒަސް
13 February 2023
މަގޭ ސައިކަލަކު ނުޖަހާ އަދި ނުވެސް ޖަހާނެ. ގާވާއިދުން ޕާކް ކުރީމައި ސްޓިކާއެއް ނުޖަހާނެ. ދޮރުމަތީގައި ނެތިއްޔާ ތަންކޮޅެއް ދުރުގައި ޕާކް ކޮށްފައި އައީމަ ސިއްހަތައްވެސް ރަނގަޅުވާނެ
އެމްސް
14 February 2023
އަކަ ކިލޯމީޓަރެއްވަރު ތަންކޮޅެއްގަ ހުރިހާތަނެއް 14 ބުރިއަށް، 25 ބުރިއަށް ހަދަން ހުއްދަ ދެނީ އެއްވެސް މަގެއް އެނިސްބަތުން ފުޅާނުވާކަން ނޭނގިބާ؟ 10 ބުރިއަށްވެސް ހެދޭނީ ކިތައް ތަންކަން ކަނޑައެޅެން ޖެހޭ، ގްރައުންޑް ފްލޯއިން، 2 ފޫޓްގެ މިންވަރު ނަމަވެސް އިމުން އެތެރެއަށް ޢިމާރާތް ޖައްސަން ޖެހޭ! އަދި ކިތަންމެ މައްޗަށް ހެއްޖަސް އިމުން ބޭރަށް ޢިމާރާތް ނެރޭ ނެރުން ނިމުމަކަަށް ގެންނަން ޖެހޭ، މަގުމައްޗަށް ކުނިއެޅުން ހުއްޓުވޭނެ އެއްގޮތަކީވެސް މިއީ!
ތިމާވެށި
13 February 2023
ސައިކަލެއް ބާރަށް ދުއްވީމަ ހުއްޓުވިއަސް ވެހިކަލް އެއް ނޫނީކާރެއް ނުހުއްޓުވަ އެވެ.. ސައިކަލެއް ގަވާއިދާ ހިލާފައް ޕާކް ކޮށްފިނަމަ ސްޓިކާ ޖަހަ އެވެ. ވެހިކަލެއް ނޫނީ ކާރެއް ގަވާއިދާ ހިލާފް ވިއަސް ސްޓިކާ އެއް ނުޖަހަ އެވެ. ގަރާޖް ތައް ކައިރީ މަގު ކަންމަތީގަ ގަވާއިދާ ހިލާފައް ބޯޑް ނެތް ކާރު ތައް އެތައް މަހެއް ވަންދެއް އެބަ ހުރެ އެވެ. ހުޅުމާލެ ފޭސް އެކަކުން ދޭކަށް ދާން ބްރިޖް އިން ފައިބާ އިރު ކާރުތައް ބަރި ބަރި އަށް ސައިކަލް ދުެއްވާ ލޭން ފުރާލާފަ އެވެ.
ވެށި
13 February 2023
ކާރު ބާރަށް ދުއްވީމައި ޗެކްޕޮއިންޓުން ހުއްޓުވާ. ނުބައިކޯށް ޕާކް ކުރީމައި ސްޓިކާވެސްޖަހާ. އޮޅުވާ ނުލާ
ޙުސްއަނގަ
13 February 2023
ވަރަށް ގިނަ ކޮމެންޓް އެބަހުރި މިކަމަކީ ރަނގަޅުކަމެއްކަމަށް ފެނިގެން އުފާކޮށް ހިތްވަރުދީ ހަދާފަ. މިކަމުން މަށަށް އެނގުނީ ފުލުހުން އެމީހުންގެ ޛިންމާ އަދާ ކުރުމަކީ ކުރަން ޖެހޭ ކަމެއްނޫނޭ ބުނުންކަމަށް. ދުނިޔޭގ ތަހުޒީބު ޤައުމުތަކުގައި މަނާ ކަންކަން ކުރިޔަ ނުދޭން މަގުމަތީގައި ފުލުހުން ބައިތިއްބާފައި ތިބެނީ ޖޫރިމާނާކޮށް ފަރުކާރަށް ފައިސާ ހޯދާދޭ ބައެއްގެ ގޮތުގައި ކަމަށް ޤަބޫލެއް ނުކުރެވޭ.
ހަސަނު
13 February 2023
ނޫން.. ދުނިޔޭގެ ހުރިހާ ގައުމެއްގާވެސް އިސްޓިކާ ޖަހައިގެން ހައްލު ކުރަނީ...
އެހެންތާވާނީ
13 February 2023
ޕާރކްކުރުން މަނާ ތަންތަނުގައި ޕާރކް ކުރީމައި ސްޓިކާވެސް ޖަހާނެ ދޯ.
މާޒީ
13 February 2023
ބިދޭސިންނަށް ގާނޫނާއި ގަވާއިދު ނުހިނގާ ގައުމެއް މިނޫނީ މިދުނިޔެއަކު ނެތް... ދިވެހިން ފެލުން ނޫން ކަމެއް ނުކުރާތީ. ކަލޭމެން ހުރިހާ ސައިކަލެއްގައި ސްޓިކަރ ޖެެހިއިރު އެއް ސައިކަލުގައި ނުޖަހާ ދޫކޮށްލީ ބިދޭސީއެއްގެ ސައިކަލެއް ވީމަ.
ބޮޑުމީހާ
13 February 2023
ބަރާބަރު، އިބޫސޯލިހު އަކީ ފިސާރިވެރިއެެއް. މަގެެއް ނެހެދިޔަސް، ފްލެޓް ނޭޅިޔަސް، ކޮރަޕްޝަން ނުބެލިޔަސް، 1200 ސިޔާސީ މަގާމު އޮތަސް، ދައުލަތް 60 ބިލިއަނުން ދެރުވިޔަސް، ބަދަލު ދިނަސް، ރައްޔިތުން ތިބީ އިބޫއާއިއެކު، 66 އިންސައްތަ ހޯދި. ރިޔާސީގަ ވެސް ލިބޭނެ، އަދިވެސް އިސްޓިކާޖަހަންވީ، ވޯޓްލާ ދުވަހު ޓިޕެއް ވައްޓާލީމަ ދިވެހިން އޯކޭވާނެ
މަހަރޯ
13 February 2023
ސްޓިކާ ހުސްވެފައި ހުއްޓާ އާ ޝިޕްމަންޓެއް އައީ. އެހެންވެ ކެމްޕެއިނަށް ފައިސާ ހޯދަނީ މިހާރު. ފުލުހުންނަށް ވުރެ ގިނައިން ދައުލަތުގެ ބަޖެޓަށް ފައިސާ ވެއްދޭނޭ ބަޔަކު ނެތް. އެމީހުންގެ މުސާރަ އެމީހުން އެބަހޯދާ އަހަރެމެން ދިވެހީން ފެލާލައިގެން. ބަންގާޅީންނަށް މިއީ ހުރިހާކަމެއް ފްރީ ޤައުމެއް
އެމްސް
14 February 2023
ފުލުހުންނާއި ސިފައިންގެ އުޅަނދުތައް ހުންނަނީ އެމީހުންގެ ކޮށިތައް ވަށާވަށާތޯ ނުވަތަ ކޮށިތައް ތެރޭގަތޯ؟ ސަރުކާރުގެ މުވައްސަސާތަކަށް ޚިދުމަތް ހޯދަންދާމީހުނަށް އެތަންތަނުން ޕާކިން ހަމަޖައްސަ ދޭތޯ؟ ދުނިޔޭގަވެސް އެސްޓީއޯ ޓްރޭޑް ސެންޓަރު ނޫން ޝޮޕިން ސެންޓަރެއް، އެއްވެސް ޕާކިން އަކާއި ނުލާ ހެދިފަ ވޭތޯ؟
ޖޭމުގެ އަހައްމައިދީ
13 February 2023
އެހެންވީމަ މާދަން ރައީސް އިބްރާހީމް ޕޯޑިއަމަށް އަރުއްވައި ދައުލަތުގެ އާމްދަނީ ތިންސަތޭކަ ގުނަ އިތުރުވި ވާހަކަ ވިދާޅުވާނެ ދެއްތޯ؟
ގިރިގިރި
13 February 2023
ކަލޯގަޔާ ގަދަ އިނގޭ! ތިވަރު ވަރަށް ސަޅި. ޖީ.އެސް.ޓީ 8 ޕަސެންޓުން ދިވެހިން ފެލަނީ. ސްޓިކާއާއި ޖޫރިމަނާއިން ދިވެހީން އިނދަ ޖައްސަނީ. ބިދޭން ހެޔޮ އެކޮޅުކޮޅުން އުޅުނަސް އެޅޭނެ އެއްވެސް ފިޔަވަޅެއް ނެތް. ޤަވާޢިދާ ޚިލާފަށް އުޅެމެ ބޮޑެތި ޖަރީމާތައް ހިންގާއިރު ކީއްވެތަ ފިޔަވަޅު ނޭޅެނީ. މަސައްކަތެއް ކޮށްލަން މަގުމަތިން ބަންގާޅީއެއް ނެގިއަސް މަސައްކަތުގެ ވަގުތާއި އަގުކިޔާނީ އެމިހުން. އެގޮތަށް ޖެހޭނީ އެއްބަސްވާން. މީ ސަޅި ރާއްޖެއެއް. ހަމަ ހަބޭސް
އެމްސް
14 February 2023
އަމިއްލަ އަމިއްލައަކަށް މަސައްކަތް ނަގައިގެން ބިދޭސީންނަަށް މަސައްކަތް ކުރެވޭ/ހިންގޭ ޤައުމެއް މިނޫނީ ދުނިޔޭގަވެސް އެބައޮތްތޯ؟ އެއްވެސް ވިސާއެއް ނެތި އަމާންކަންމަތީ ބިދޭސީންނަށް އުޅެވޭ އެހެން ޤައުމެއް ދުނިޔޭގެ އެބައޮތްތޯ؟ ދިވެހިމީހާގެ ފަރުދީޒިއްމާއެއްވެސް ނެތީތޯ؟