ކުޅިވަރު / އިންގްލިޝް ޕްރިމިއާ ލީގް

ހިތްދަތި ހާދިސާ އަށް ކުރި މަލާމާތާ ހެދި ޔުނައިޓެޑަށް މޮޅުވުމުގެ އުފަލެއް ނެތް

ލޑްސް ޔުނައިޓެޑާ ދެކޮލަށް ތުނައިޓެޑްގެ ކުޅުންތެރިން ރޭ ކުޅުނު މެޗުގައި: މޮޅުވިޔަސް ޔުނައިޓެޑަށް ޖެހުނީ ސަޕޯޓަރުންގެ އަމަލުތައް ކުށްވެރި ކުރަން --- ފޮޓޯ: އޭއެފްޕީ

13 ފެބުރުއަރީ 2023 - 08:53

ލީޑްސް (ފެބްރުއަރީ 13) - ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-0 ގެ ނަތީޖާ އަކުން މޮޅުވި ނަމަވެސް ދެ ޓީމަށް ކުރިމަތިވި ހިތާމަވެރި ހާދިސާ އަށް ދެ ޓީމުގެ ސަޕޯޓަރުން ކުރި މަލާމާތާ ހެދި މޮޅުވުމުގެ ހިތްހަމަޖެހުން ފަނޑުގޮތަކަށް މެންޗެސްޓާ ޔުނައިޓެޑުން ފާހާގަކޮށްފި އެވެ.

މާކާސް ރަޝްފޯޑް އާއި އަލެހެންޑްރޯ ގާނާޗޯ ޖެހި ލަނޑުތަކުން ޔުނައިޓެޑް މޮޅުވީ ފަހު 10 މިނެޓް ތެރޭގައި ޖެހި ދެ ލަނޑުންނެވެ. އުނދަގޫ މޮޅަކަށް ފަހު އެ ހިތްހަމަޖެހުން ފާހަގަ ކުރާކަށް ކްލަބެއްގެ ހައިސިއްޔަތުން ފުރުސަތެއް ނުލިބުނެވެ. އޭގެ ބަދަލުގައި ޖެހުނީ އަމިއްލަ ސަޕޯޓަރުންގެ އަމަލުތައް ވެސް ކުށްވެރި ކުރާށެވެ.

ލީޑްސްގެ އެލަންޑް ރޯޑް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި، ޔުނައިޓެޑާ ލީޑްސްގެ ސަޕޯޓަރުން ދިމާކޮށްލީ 1985 ގައި ޔުނައިޓެޑްގެ ޓީމުގެ ކުޅުންތެރިން ދަތުރު ކުރި މަތިންދާ ބޯޓް ވެއްޓުނު ހާދިސާ އަށެވެ. އެ ބޯޓުން ދަތުރު ކުރި މީހުންގެ ތެރެއިން 23 މީހުން މަރުވި އެވެ. އޭގެ ތެރޭގައި ޔުނައިޓެޑްގެ އަށް ކުޅުންތެރިން ވެސް ހިމެނެ އެވެ. އެ ހާދިސާ އަށް ލީޑްސްގެ ސަޕޯޓަރުން މަލާމާތް ކުރުމުން ޔުނައިޓެޑްގެ ސަޕޯޓަރުން އެ އަށް ރައްދު ދިނީ ލީޑްސް އަށް ކުރިމަތިވި ހިތާމަވެރި ހާދިސާ އަކަށް ނިސްބަތްކޮށެވެ.

ޔޫއެފާ ކަޕްގައި 2000 ވަނަ އަހަރު ލީޑްސްގެ ޓީމުން ގަލަތަސަރާއީ އާ ދެކޮޅަށް ކުޅެން އިސްތަންބޫލަށް ކުރި ދަތުރުގައި އެ ޓީމާ އެކު ދިޔަ ސަޕޯޓަރުންގެ ތެރެއިން ދެ ސަޕޯޓަރަކަށް ހަމާލާދީ މަރާލި އެވެ. އެ ހާދިސާ އަށް މަލާމާތް ކުރުމުގެ ގޮތުން ޔުނައިޓެޑްގެ ސަޕޯޓަރުން ވަނީ ދަނޑުގައި ތިބެގެން "އިސްތަންބޫލް" އޭ ގޮވާފަ އެވެ.

ލީޑްސްގެ ސަޕޮތަރު ދަނޑުގައި ޝުއޫރުފާޅު ކުރަނީ

ހިތާމަވެރި އެ ދެ ހާދިސާ އަށް މަލާމާތް ކުރުމުން ދެ ކްލަބުން ވަނީ ބަޔާން ނެރެ ސަޕޯޓަރުންގެ އެ އަމަލުތައް ކުށްވެރި ކޮށްފަ އެވެ.

"މިފަދަ އަމަލުތަކަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން. އަހަރެމެންގެ މި ދެ ކްލްބްގެ އެކި ސަޕޯޓަރުންގެ ގްރޫޕްތައް ޕްރިމިއާ ލީގާއި ކަމާބެހޭ ފަރާތްތަކާ ގުޅިގެން ފުޓްބޯޅައިން އެކަން ނައްތާލުމަށް މަސައްކަތް ކުރަމުން ގެންދާނަން،" ދެ ކްލަބް ގުޅިގެން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

ޕްރިމިއާ ލީގުން ވެސް ވަނީ ދެ ކްލަބްގެ ސަޕޯޓަރުންގެ އަމަލުތައް ކުށްވެރިކޮށްފަ އެވެ. އެގޮތުން ނެރުނު ބަޔާނުގައި ބުނީ ހިތާމަވެރި ހާދިސާތަކަށް މަލާމާތް ރައްދު ކުރުމަކީ ހަސްސާސް މައްސައެއްގެ ގޮތުގައި އެ ލީގުން ބަލާ ކަމަށެވެ.

ލީޑްސް އާއި ޔުނައިޓެޑްގެ ސަޕޯޓަރުންގެ އަރާރުން ތަކަކީ މާ ކުރިން ވެސް އިނގިރޭސި ފުޓްބޯލައިގައި އޮތް ވާދަވެރި ކަމެކެވެ. އެގޮތުން 1960 ގެ އަހަރުތަކުގައި ދެ ޓީމުގެ ސަޕޯޓަރުންގެ މެދުގައި ހަމަނުޖެހުމަށް މަގުފަހިވާ ގޮތަށް ވެސް ކަންކަން ހިންގާފައި ވެއެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454