ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއްގައި ގާސިމް ވާހަކަ ދައްކަވަނީ.
13 ފެބުރުއަރީ 2023 - 13:13
ރާއްޖެ އަށް މަސްތުވާތަކެތި އެތެރެ ކުރާ ބިދޭސީން އަނބުރާ އެ ގައުމަކަށް ފޮނުވައިލެވޭ ގޮތަށް ގަވައިދު ހެދީ ގާނޫނުއަސާސީގެ ބާރު ކަނޑުވާލަން ކަމަށް މި ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
އޭނާ އެހެން ވިދާޅުވީ، ވައިގެ މަގުން ރާއްޖެ އަންނަ ބިދޭސީއަކު މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ޝައްކު ކުރެވޭ ހާލަތުތަކުގައި އެ މީހަކާ މެދު އަމަލު ކުރާނެ ގޮތުގެ ގަވައިދު އިސްލާހު ކުރުމަށް ސަރުކާރަށް ގޮވާލާ ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން ލަތީފް ހުށަހެޅުއްވި ކުއްލި މައްސަލަ އަށް ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި ބަހުސް ކުރައްވަމުންނެވެ.
އެކަމާ ގުޅޭ ގޮތުން ގާސިމް ވިދާޅުވީ ގާނޫނުއަސާސީ އާއި ގާނޫނާ ހިލާފަށް ގަވައިދެއް ނުހެދޭނެ ކަމަށާއި އެފަދަ އަމުރަކަށް ތަބާވާކަށް ވެސް ނުޖެހޭ ކަމަށެވެ.
"މި މައްސަލައިގެ ބޮޑު ކަން އެބަ އެނގޭ ސާފުކޮށް. ކޮންމެވެސް ހިސާބަކުން ކޮންމެވެސް ބަޔަކު މި އުޅެނީ ގާނޫނުއަސާސީ އާއި ގާނޫނުތަކުގެ ބާރު ކަނޑުވާލައިގެން،" ގާސިމް ވިދާޅުވި އެވެ.
އެއީ ވަރަށް ސީރިއަސްކޮށް ބަލަން ޖެހޭ މައްސަލައެއް ކަމަށާއި ކޮންމެ ބަޔަކު ކުރި ކަމަކަށް ވިޔަސް ވެރިކަމުގެ ބާރު ލިބިގެން ވަނީ ގާނޫނާއި ގާނޫނުއަސާސީ ތެރެއިން ކަމަށް އޭނާ ވިދާޅުވި އެވެ.
"އެއާ ހިލާފު އެއްވެސް ގަވައިދެއް ނެހެދޭނެ،" ގާސިމް ތަކުރާރު ކުރެއްވި އެވެ.
މަސްތުވާތަކެތި އެތެރެ ކުރާ ބިދޭސީ ޑީޕޯޓު ކޮށްލެވޭ ގަވައިދު ޝާއިއު ކޮށްފައި ވަނީ މިދިޔަ މަހުގެ 26 ގަ އެވެ. އެ މައްސަލަ ހޫނުވީ މި މަހު ރާއްޖެ އަށް ޑްރަގް ގެނައި މީހަކު ފުރުވާލި މައްސަލަ ފެންމަތިވެ، ފާޑު ކިޔުން އަމާޒުވެފައި ވަނިކޮށެވެ.
ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރުން ވަނީ އެކަން ދިފާއު ކުރައްވައިފަ އެވެ. އަދި ހަސަންގެ ކުއްލި މައްސަލަ ބޭރު ކޮށްލުމަށް ވެސް އޮތީ ވިޕެއް ނެރެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑުރިޔާ
14 February 2023
ތަކެތި އަތުލާފަ މިހާ ފޮނުވާލީމާ ނިމުނީނުން ދެންއަނެއްކާ ހިފައިގެން އަންނާނީ އޭރުން މިގައުމަކުން މަސްތުވާތަކެތި އެތެރެކުރާމިހަކަށް އަދަބެއްނުދެވޭނެ ދެންގެނައެތިކޮޅު ގެއްލުވާލިމާ ނިމުނީ ގާނޫނު ހަދަންވެސް މިވެރިން ދަނެއޭދޯ ޑިމޮކްރަސީގެ އައްޕަ އެމެރިކާއަށް އެތެރެކުރިޔަށް ހަރުކަށި އަދަބުލިބޭނެ އެކަމަކު ރާއްޖެ މިއޮތީ ވެލްކަމް ގައި
ޙާޒިރީ
13 February 2023
އަނހާ ! ވެރިޔާ އަށް ރިޔާސީ އިންތިހާބު އަންނަކަން އިނގިއްޖެ. މި އޮތް ވީ ހާ ދުވަހަކުވެސް، ރައްޔިތުން ހޮވާފައިވާ " ރައްޔިތުންގެ މަޖިލީހުގެ" މެމްބަރ މަޖިލީހަށް ވަޑައިގެން ބަހުސްގައި ބައިވެރިވީމަ ޙައިރާންވެ އަންތަރީސް ވެއްޖެއެވެ. އާދޭހެވެ. މިޔަ ފެނިގެން ދަނީ ހަމަ ރިޔާސީ އިންތިޙާބު ކައިރިވާ ކަމުގެ އަލާމާތްތަކެވެ.
ތަކުރުބެއްުޔާ
13 February 2023
ރާއްޖޭގައި މަރުގެ އަދަބު ދެވެނީކީ ނޫން. ދެން އެ މީހާ ޖަލުހައި ބަހައްޓައިގެން ރައްޔިތުންގެ ޓެކްސް ފައިސާއިން ކާން ދީ ބެލެހެއްޓުމުގެ ބޭނުމަކީ ކޮބާ... ކުރިން ދުވަހު ނޫހަކުންބފެނުނު ކޮންމެ ކުއްވެރިއަކަށް މަހަކު ދައުލަތުން 15000 ރުފިޔާ ހަރަދު ކުރާ ވާހަކަ.. ބޭބެގެ ހިޔާލަކީ ހަމަ ޑީޕޯޓް ކޮއްލުން. އަހަރުމެންގެ ޓެކްސް ފައިސާއިން އެ މީހުންްނަށް ހަރަދު ކުރާނެކަމެއް ނެތް..
ތަކުރާބޭ
13 February 2023
ތިޔަ ގޮތަށް ކީއްކުރަން އެއްވެސް ޖަލުމީހަކަށް ރައްޔިތުންގެ ޓެކްސް ފައިސާއިން ހަރަދުކުރަނީ؟ އެމީހުން ލައްވާ މަސައްކަތްކުރުވައިގެން އެމީހުންނަށް އަމިއްލައަށް ކާއެތިކޮޅު ގަނެ ހެދޭނެ އިންތިޒާމު ހަމަޖައްސަންވީނު.
ބްރޯސް
13 February 2023
ޑްރަގް އެތެރެކުރާ މީހުން އަނބުރާ ގައުމަށް ފޮނުވާލުމުގެ ގަވާއިދު ހަދާފައިވަނީ ޑްރަގް އެތެރެކުރުމުގެ ރިސްކް ކުޑަކޮށް ވިޔަފާރި ފުޅާކުރަން. ގިރިތަކުގައި ސްޕޮޓްތަށް ހަދަނީ އެ ބޭނުންކުރުން ޢާއްމުކުރަން . މައްސަލައަކީ ހަސަން މެން ގާސިމް މެންނަށް މިކަން ސާފުނުވުން.
ސޭމް ސްޓޯރީ
13 February 2023
އިންތިހާބު ކައިރިވާ ވަރަކަށް ރައްޔިތުން ނިކަމެތި ވެދާނެތީ އޮނަރަބަލް ގާސިމް އިބްރާހިމް ވަރަށް ކަންތައްބޮޑުވާނެ...އަހަރު ނިމޭ ނަމްބަރަކީ 3 ނުވަތަ 8 ނަމަ އެމަނިކުފާނު ވަރަށް ދިވެހި ރައްޔިތުންދެކެ ވަރަށް ލޯބިވާނެ.
ނަންފުޅު
13 February 2023
ގާސިމް ރިސޯޓުގަ ރާ ވިއްކަނީ އެއި މަސްތުވާ އެއްޗަކަށް ނުވާތީތޯ
އިސްމާލި
13 February 2023
ތިޔަހާ ހައްސާސް މައްސަލައަކަށް ކުރި ބަހުސުގައި ތިޔަ އިއްޒަތްތެރި މަޖިލީހުގެ ކަމުއޮށިގެންވާ އިއްޒަތްތެރި މެންބަރުންނަށް ބުނެވުނު އެންމެ މުހިއްމު ބަސްކޮޅަކީ މިއީބާ؟ މިއީ ދަށުންދަމާ ކުޅޭން އުޅޭ ކުޑަކުދީންނަށްވެސް އެނގޭނޭ ކަމެއް. އެހެން ނޫނަސް މި ސޭޓު ނިދިން މި ހޭލަނީ އިލެކްޝަން ކައިރިވާތީ. ކުރިއަށް އޮތް ދުވަސްތަކުގައި ދާނީ އަޑު ގަދަވަމުން. އަދި ރައްޔިތުން ނިކަމެތިވާ ވަރުން އުޅޭނީ ވެސް ނުނިދައި.
އ އަހްމަދު
13 February 2023
ސޭޓު އެބުނަނީ ޑުރަގާއެކު މީހާޑީޕޯޓުކޮށްނުލާށޭ ޑްރަގުކޮޅުއަތުލާފަ މީހާއެކަނި ބޭރުކޮށްލާށޭ އޭރުންތާ އެއެތިކޮޅުން ބަޔަކަށްފައިދާކުރާނީ
އޮނަރަބްލް އަފީފު ދީދީ
13 February 2023
ޑްރަޤާއި އެކު މީހާ ފޮނުވާލީ ކަމެއް ނުވަތަ ޑްރަޤް ކޮޅު ނަގާފައި އޭނާގެ ފޫކޮޅުގައި ސައްޕެއްޖަހާ ބޭރު ކޮށްލީކަމެއް ނުވަތަ އޭނާ އަކީ ޓްރާންސިޓްވި ޕެސެންޖަރެއްކަމެއް އިގޭގޮތެއްނުވި. # މިކަމާއި ބެހޭގޮތުން ފުލުހުންނާއި، ކުނިޝަނަރ އޮފް ކަސްޓަމްސް އާއި އިމިޤްރޭޝަން ކޮންޓްރޯލަރ ދައްކަވާ ވާހަކައިގަ އުޑާއި ބިމާއި ދެމެދު ހުރި ތަފާތު އެބަހުރި. # އެހެން ކަމުން މިތަނުން ދޮގުހަދަނީ ކާކުކަން ބެލުމަކީ ރައްޔިތުންގެ މަޖިލީހުން ކުރާންޖެހޭނެ ކަމެއްކަމަށް ޤަބޫލު ކުރެވޭ.
ްޢޮނަރަބަލް
13 February 2023
އޮނަރަބްލް އަފީފު ދީދީ އަށް ސަލާމް އެއަރލައިނުގެ ފަރާތުން ޑުރަގްޓުރެފިކް ކުރިމީހާގެ ލަގެޖް ރާއްޖެއަށް ބޭލީ ލަގެޖް ބާލާން ލަގެޖް ޓެގްބުރީގައި ކަނޑައަޅާފައި އޮތީމައި . މަސްތވާތަކެތި ޓުރފިކްކުރާ މީހުނާ މެދު އަޅަންޖެހޭ ގާނޫނޫނީ ފިޔަވަޅު ނަފީކުރާ ގަވާއިދު ގެޒެޓުކޮަށްފައިވަނީ މީގެ 15 ދުވަސްކުރީން 26 ޖެނުއަރީގެ ދަންވަރު ...އޭގެ 5 ދުވަސްކުރީން 46 ކިލޯގެ ކޮކައިން ލަގެޖެއް ވެސް އެއަޕޯޓުން ވަނީ ގެއްލިފައި
އޮނަރަބްލް އަފީފު ދީދީ
13 February 2023
ދަތުރު ވެރިޔާގެ މަންޒިލް ފިޔަވާ ޓްރާންސިޓް ފަސެންޖަރު ބޭނުންވާ ތަނަކަށް އޭނާގެ ލަގޭޖް ޗެކިންގ ކޮށްދޭ އެއަރލައިންތައް ވެސް ހުރޭތޯ؟ އަނެއްކާ ތިޔަބުނާ މީހަކު މާލޭ އެއަރޕޯޓަށް އައީ ކުޅުދުއްފުށި ބަހާދަރު ބޯޓުންތޯ.؟ ތިޔަ ޕެސެންޖަރު ދަތުރު ކުރީ އެތައް މިތަނަށް ލަގޭޖް އުކަމުންދާ މަތިންދާބޯޓެއްގައި ނަމަ ތިޔަބުނާ ގޮތަށް ތިކަން ވެދާނެ. # އަނެއްކަމަކީ ޤާނޫނަކުން ނަމާކުރާކަމެއް ޤަވާއިދެއް ހަދައިގެން ހުއްދަކުރީމަ ކަސްޓަމްސް އާއި އިމިޤްރޭޝަނުން އަޅާނުލީ ކީއްވެ.
އައްބެ
13 February 2023
މަސްތުވާ އެއްވެސް އެއްޗެއް އަދި އިސްލާމްދީނުގައި ހަރާމް ކުރައްވާފައިވާ އެއްވެސް ކާބޯއެއްޗެއް އެއްވެސް ޤާނޫނަކުން އަދި ޤަވާއިދަކުންވެސް ހުއްދަކޮށް އެތެރެކުރެވިގެންނުވާނެ. އެހެޔޮ ރިސޯޓަކަށްވިޔަސް. މިޤައުމަށް ބޭނުންވަނީ އިސްލާމީ ޝަރީޢަތް ފުރިހަމަ ގޮތުގައި ތަންފީޒުކުރަންކެރޭނެ ވެރިޔެއް. އަދި ފެންނަން ހުރީ އެފަދަ މީހަކަށް ޢުމަރު ނަސީރު. އެކަމަކު މިޤައުމުގައިތިބި ޖާހިލު ރައްޔިތުން އެފަދަ މީހަކަށް ވޯޓުދޭނެކަމަކަށް ނުބެލެވޭ.