މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން އުމުރަށް ޖަލަށްލާ އެއްވެސް މީހަކަށް އެއްވެސް ކަހަލަ ލުޔެއް އަދި މާފެއް ވެސް އެ އިސްލާހު ތަސްދީގު ކުރުމާ އެކު ދެން ނުދެވޭނެ. އުމުރު ދުވަހުގެ ޖަލު ހުކުމަކީ މަރުވަންދެން ޖަލުގައި ހުރުން ކަމަށް ކަނޑައެޅި.
މަސްތުވާތަކެތީގެ އައްޑާއެއް: ޑްރަގު އެތެރެކުރާ މީހުންނަށް ދޭ އުމުރު ދުވަހުގެ އަދަބަކީ 25 އަހަރުގެ ބަދަލުގައި މަރުވަންދެން ކަމަށް ބަދަލުކޮށްފައި
03 ޑިސެމްބަރ 2025 - 12:10
މަސްތުވާތަކެތީގެ ގާނޫނުގެ ދަށުން ކަނޑައަޅާ އުމުރު ދުވަހުގެ ޖަލު ހުކުމުގެ ގޮތުގައި އޮންނަ 25 އަހަރުގެ އަދަބު އުވާލައި، އެ މީހަކު މަރުވަންދެން ޖަލުގައި ހުންނަން ޖެހޭ ގޮތަށް ބަދަލުކުރުމަށް ރައްޔިތުންގެ މަޖިލިހުން މިއަދު ފާސްކޮށްފި އެވެ.
މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހަށް ކޮމިޓީން ގެނައި ބަދަލުތަކާ އެކު، މިއަދު މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދެވޭ ގޮތަށް އެ ބިލްގައި ކަނޑައެޅި އެވެ.
ނަމަވެސް، އެ އަދަބު ދެވެނީ ވަކި ޝަރުތުތަކެއް ފުރިހަމަވެ، މަރުގެ އަދަބު ދިނުމަށް ސުޕްރީމް ކޯޓުން މައްސަލަ ބައްލަވާ ފަނޑިޔާރުން އިއްތިފާގުވާ ނަމަ އެވެ. ފަނޑިޔާރުން އިއްތިފާގު ނުވާ ހާލަތުގައި އިއްވަން ޖެހެނީ މިހާރު ވެސް އޮންނަ ގޮތަށް އުމުރަށް ޖަލަށް ލުމުގެ އަދަބެވެ.
މީގެއިތުރުން މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށަށް ވެސް އުމުރު ދުވަހުގެ ޖަލު ހުކުމް ގާނޫނުގައި ކަނޑައަޅާފައި އޮވެ އެވެ.
މިހާރު ގާނޫނު އޮންނަ ގޮތުން އުމުރަށް ޖަލަށްލުމަކީ 25 އަހަރަށް ޖަލަށްލުމެވެ. ނަމަވެސް، ބިލަށް ކޮމިޓީން އިސްލާހު ގެނެސްފައިވާ ގޮތުން، މި ގާނޫނުގެ ދަށުން ކަނޑައަޅާ އުމުރަށް ޖަލަށްލުން ކަމަށް ބުނެފައި ވަނ،ީ ޕެރޯލްގެ ދަށުން ދޫނުކުރެވޭ ގޮތަށް އަދި މާފު ނުދެވޭ ގޮތަށް އެ މީހަކު އުމުރު ދުވަހަށް ޖަލަށްލުމަށެވެ.
މި ގާނޫނުގައި އުމުރަށް ޖަލަށް ލުމުގެ އަދަބު ނުވަތަ މަރުގެ އަދަބު ކަނޑައަޅާފައިވާ ކުށްތަކަކ،ީ އެއްވެސް ގޮތަކަށް އަދަބު މާފު ކޮށްދެވިގެން ނުވަތަ ލުއި ކޮށްދެވިގެން ނުވާނެ ކުށްތަކެއް ކަމަށް ވެސް ބިލުގައި ކަނޑައަޅާފައިވެ އެވެ. އެހެންވެ، މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން އުމުރަށް ޖަލަށްލާ އެއްވެސް މީހަކަށް އެއްވެސް ކަހަލަ ލުޔެއް އަދި މާފެއް ވެސް އެ އިސްލާހު ތަސްދީގު ކުރުމާ އެކު ދެން ނުދެވޭނެ އެވެ.
މަރުގެ އަދަބު ކަނޑައެޅޭ މަސްތުވާތަކެއްޗާއި ބަރުދަން:
އެއީ:
- އެ މީހަކު ރާއްޖެ އެތެރެކުރި މަސްތުވާތަކެއްޗަކީ 350 ގްރާމަށް ވުރެ އިތުރު އަދަދެއްގެ ކެނެބިސް ކަމުގައިވުން،
- އެ މީހަކު ރާއްޖެ އެތެރެކުރި މަސްތުވާތަކެއްޗަކީ 250 ގްރާމަށް ވުރެ އިތުރު އަދަދެއްގެ ޑައިމޯފިން ކަމުގައިވުން.
- އެ މީހަކު ރާއްޖެ އެތެރެކުރި މަސްތުވާތަކެއްޗަކީ ކެނެބިސް އަދި ޑައިމޯފިން ފިޔަވައި ޖަދުވަލު1ގައި ހިމެނޭ މަސްތުވާކެއްޗެއް ނަމަ، 100 ގްރާމަށްވުރެ އިތުރު އަދަދެއްގެ ކަމުގައިވުން،
މަރުގެ އަދަބު ކަނޑައެޅޭނީ އެ މީހަކު ދިވެހިރާއްޖެ އަށް އެތެރެކުރި މަސްތުވާއެއްޗަކ،ީ އެ މީހަކު އެތެރެވިއިރު އެތެރެކުރި އެއްޗަކަށް ވާނަމަ ކަމަށް ވެސް ބިލުގައި ބަޔާންކުރެ އެވެ.
ބިލުގައިވާ ގޮތުން މިފަދަ މައްސަލައެއްގައި އަދަބު މީހެއްގެ މައްޗަށް ކަނޑައެޅިއްޖެ ނަމަ އެ ހުކުމްގެ ހުރިހާ ގާނޫނީ ނުކުތާތަކާއި މައްސަލާގައި ކަން ހިނގާފައިވާ ގޮތް މަތީ މަރުހަލާގެ ކޯޓުތަކުން އަލުން ބަލަންވާނެ އެވެ.
މަރުގެ ތަންފީޒު ކުރެވޭނީ ބިލުގައިވާ ގޮތުން ސުޕްރީމް ކޯޓުގެ މައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާގުން އެގޮތުގެމަތިން ހުކުމް ކުރުމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މެޑަމޯޒިލް
04 December 2025
ނު ހައްގުން މީހުން ނަށް ބޮޑި ދިނުން ދެން ގިނަވާނެ! ވައްސަލާމް
ރިޔާޒްް
04 December 2025
ރާއްޖޭގެ ޑްރަގުގެ ވިޔަފާރި މިހާރުއޮތީ ވަރަށް ބޮޑަށް ދަށަށްގޮއްސަ. އަދި ގޭންގް ވައިލަންސް އެހާމެ މަދު. ރައީސް މުއިއްޒުގެ ސަރުކާރުގައި ގޭންގް ކުށްތަށް އިންތިހާއަށް ދަށް. ވަޅިވެސް ނުޖަހާ. ނުވެސް ތަޅާ.
ޝައްމޫންް
04 December 2025
ވަރަށް އުފާވެރި ހަބަރެއް. މިފަދަ މީހުންނަށް ދެން އިތުރަށް މުޖްތަމައު ހަލާކުކޮށްލާނެ ފުރުސަތު ދީގެން ނުވާނެ.
މިންހާޖްް
04 December 2025
ރައްޔިތުންނަށް އެނގި ހާމަވެގެންދަނީ ރައީސް މުއިއްޒު ވައުދުވިހެން ޑްރަގާއި ގޭންގްތަކާއި ދެކޮޅަށް ކުރައްވާ މަސައްކަތް ކާމިޔާބުވެގެންދާކަން.
ޖީހާންް
04 December 2025
މި ސަރުކާރަށް ނޫނިއްޔާމުން މިފަދަ ކަމެއް ކުރާކަށްވެސް ނުކެރޭނެ.
އައްލާ ބެއްޔާ
04 December 2025
މަ ހީކުރީ އިސްލާމް ދީނުގައި އޮންނަ ގޮތަށް މަރުގެ ހުކުމް ތަންފީޒް ކުރަނީ ކަމަށް. ތީ ހަމަ ކުޅޭ ޑްރާމާ އެއް. ތި ގާނޫން މާދަމާ ވެސް ބަދަލު ކޮށްލެވިދާނެ. ކުރަން ވީ ކަމަކީ މަސްތުވާތަކެތި ވިއްކާ މީހުން މަރަން ހުކުމްކޮށް އެ ހުކުމް ތަންފީޒް ކޮށް މަރަންވީ. އޭރުން މި ދައުރު ނިމޭ އިރު މަސްތުވާތަކެތި ވިއްކާ މީހުން މަރާ ހުސްކޮށްލެވިދާނެ. ދެންއަންނަ ބަޔަކު ގާނޫނު ބަަދަލު ކުރިއަސް ގައުމު އޮންނާނީ މަސްތުވާތަކެތިން ބޮޑުތަނުން ސަލާމަތް ވެފަ.
އެބަަ
03 December 2025
ނުހައްގުން މުއްސަނދި ވާ މީހުނާއި ކޮރަޕްޝަން ހިންގާ މީހުންވެސް ޢުމުރަށް ޖަލަށް ލާންވީ.
ގުދުގުދާބެއްޔާ
03 December 2025
މީގެން ހަސަދަ ވެރިން މީހަކަށް ކިންމެ ބޮޑު ލަޑެއްވެސް ދެވިދާނެ! މިސާލަކަށް ސައިކަލް ގެ މަޑި ފޭކޮށް އެއަށް 450ގ ޑުރަގް ލާފައި ޕޮލިހުންނަށް ގުޅަންވީ! އޭރުން އޭނާ އުމުރު ދުވަހު ޖަލަށް ލެވުނީ!
އަފްރާސިޔާބު
03 December 2025
މަރުވާންދެން ގޭގައި އޮންނާނީ. ތަމެންނަށް ވާވަރުގެ ކަންތަކާއުޅެބަލަ.
ރިމާހް މުހައްމަދު
03 December 2025
މިސަރުކާރު ނޫނީ ޑްރަޑަށް މިހާ ދެކޮޅު އެކަން ހުއްޓުވަން މިހާ މަސައްކަތް ކުރާ ވެރިކަމެއް ނުދެކެން.
ގުދުގުދާބެއްޔާ
03 December 2025
އެހެންތާދޯ! އުމަރު ނަސީރު އެބުނީ ޑުރަގްގެ ބޮޑެތިމީހުން ތިބީ ޕާލިމެންޓް ތެރޭގައޭ!
ޝަނީޒްް
04 December 2025
އުމަރު ނަސީރަށް ކަންކަން އެނގޭވަރު ބޮޑުކަމުން އަހަރުން މިއުޅެނީ. އޭނަ ވަރަށް ފުއްޕާލާފަ އިސްލާހޭ ކިޔައިގެންވީ ކޮންކަމެއް.