14 ފެބުރުއަރީ 2023 - 14:03
ނިއު ޒީލޭންޑްގެ އުތުރު ސަރަހައްދަށް މިހާރު އަރާފައިވާ ތޫފާންގެ ސަބަބުން އެ ސަރަހައްދަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާތީ، ގައުމީ ފެންވަރުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފި އެވެ.
ގަބްރިއޭލްގެ ނަން ދީފައިވާ ތޫފާން އެރުމުގެ ސަބަބުން، ބޯކޮށް ވާރޭ ވެހި އަދި ބައެއް ސަރަހައްދުތަކަށް ވަރަށް ބޮޑަށް އުދަ އެރުމާ ގުޅިގެން، ބޮޑު ސަރަހައްދެއްގައި ވަނީ ފެންބޮޑުވެފަ އެވެ. ގަދަ ވަޔާ އެކު ކަރަންޓު ވިއުގަ އަށް ލިބުނު ގެއްލުންތަކުގެ ސަބަބުން، އުތުރުގެ ބޮޑު ސަރަހައްދަކުން ކަރަންޓު ކެނޑި، އެތައް ހާސް ބަޔަކު މިހާރު ތިބީ ކަރަންޓު ނެތި އެވެ.
A state of emergency has been declared in New Zealand as 'unprecedented' storm lashes North Island.
— SBS News (@SBSNews) February 14, 2023
Read more: https://t.co/zt61o4VdId pic.twitter.com/ETJiaE738Z
ބައެއް ސަރަހައްދުތަކުގައި މީހުންގެ އިސްކޮޅަށް ވުރެ މައްޗަށް ފެންގަނޑު ބޮޑުވެ މަގުތައް ފޮރުވިފައިވާ އިރު، ބައެއް އިމާރާތްތަކުގެ ފުރާޅުމައްޗަށް އަރައިގެން މީހުން ފުރާނަ ސަލާމަތްކުރަމުންދާ މަންޒަރުތައް ސޯޝަލް މީޑިއާގައި މިހާރު ދަނީ ދައުރުވަމުންނެވެ. އަދި ބައެއް ސަރަހައްދުތަކުގައި ގެތައް ވެސް އޮޔާ ދާ މަންޒަރު ވެސް ވަނީ އާންމުވެފަ އެވެ.
އެ ގައުމުގެ ނޫސްތަކުން ބުނާ ގޮތުގައި ބައެއް ސަރަހައްދުތަކުން ވަނީ މޯބައިލް ފޯނުގެ ޚިދުމަތް ވެސް ކެނޑިފަ އެވެ. އަދި ބޮޑު ސަރަހައްދެއްގައި ފެން ބޮޑުވެފައިވާތީ، ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުން ވެސް ދަތިވެފައިވާ ކަމަށް ނޫސްތަކުން ބުނެ އެވެ.
New Zealand declared a national state of emergency for only the third time in its history as Cyclone Gabrielle caused widespread flooding, landslides and huge ocean swells, forcing evacuations and stranding people on roof tops https://t.co/Ali5GD51Lk pic.twitter.com/Sq15u55iwB
— Reuters (@Reuters) February 14, 2023
ކުއްލި ނުރައްކަލުގެ ހާލަތު މިއަދު އިއުލާން ކުރެއްވުމަށް ފަހު، ނިއު ޒީލޭންޑްގެ ބޮޑުވަޒީރު ކްރިސް ހިޕްކިންސް ވިދާޅުވި ގޮތުގައި މިހާރު ކުރިމަތިވެފައިވާ ތޫފާންގެ ސަބަބުން މުޅި ގައުމަށް ދަނީ ބޮޑެތި ގެއްލުންތަކެއް ލިބެމުންނެވެ. ވަކިން ޚާއްސަކޮށް އުތުރުގެ ސަރަހައްދުތަކަށް ލިބެމުންދާ ގެއްލުންތައް ބޮޑު ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ގޮތުން އެތައް އާއިލާއެއް ހާލުގައި ޖެހިފައިވާ އިރު، އެތައް ހާސް ގޭބިސީއެއްގައި ކަރަންޓުގެ ޚިދުމަތް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. ގައުމީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުން، ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ދައުލަތުގެ އިތުރު ވަސީލަތްތައް ބޭނުންކުރުމުގެ ފުރުސަތު ތަނަވަސްވާނެ އެވެ.
#NewZealand | Cyclone Gabrielle lashes Auckland, homes evacuated, flights disrupted, power cut.
— Top Disaster (@Top_Disaster) February 13, 2023
VC: Caroline Hobman#Cyclone #Floods #NewZealand #Gabrielle #CycloneGabrielle #Auckland #NorthIsland #Flooding #Storm #FlashFloods #Viral
TELEGRAM JOIN 👉 https://t.co/9cTkji5aZq pic.twitter.com/pLaCAach8P
ތޫފާނުގެ މިސްރާބު މިހާރު ހުރި ގޮތަށް ބަލާއިރު އަދިވެސް އިތުރު ސަރަހައްދުތަކަށް ގަދަ ވަޔާއެކު ބޯކޮށް ވާރޭވެހި ފެންބޮޑުވެ އިތުރު ގެއްލުންތައް ލިބިދާނެ ކަމަށް، މޫސުމާ ބެހޭ އިދާރާއިން ލަފާކުރެ އެވެ. މި ތޫފާނުގައި މިހާތަނަށް މީހަކު މަރުވި ކަމުގެ މައުލޫމާތު ލިބިފައެއް ނެތެވެ. އެހެން ނަމަވެސް ގިނަ ބަޔަކު ހާލުގައި ޖެހިފައިވާ ކަމުގެ މައުލޫމާތު ލިބެމުންދާ ކަމަށް ސަރުކާރުން ބުނެ އެވެ.
މިއީ އެ ގައުމުގެ ތާރީޚުގައި ވެސް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރި ތިން ވަނަ ފަހަރެވެ. މީގެ ކުރިން އެ ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އެންމެ ފުރަތަމަ އިއުލާން ކުރީ 2011 ވަނަ އަހަރު އެ ގައުމުގެ ކްރިސްޗާޗް ސަރަހައްދަށް އައި ބާރު ގަދަ ބިންހެލުމާ ގުޅިގެންނެވެ. ދެ ވަނަ ފަހަރަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރީ ކޮވިޑް-19 ވަބާއާ ގުޅިގެން 2020 ވަނަ އަހަރުގެ ތެރޭގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖުހާ.
14 February 2023
އަވަހަށް ތުރުކީ އެމްބަސީ ނުވަތަ ކޮންމެވެސް އެހެން އިސްލާމީ ގައުމެއްގެ އެމްބަސީ ދޮރުމަތީ ދޭ ގުރުއާން އަންދަން. ދެންބުނޭ ތިމަންނަމެނަކީ ތަހުޒީބު ޑިމޮކްރަސީގެ އަހުލުވެރިންނޭ. އަދިވެސް ހެއްދެވި ފަރާތަށް ބިރުވެތިވާކަށް ނޫޅޭ.