ކޮވިޑް ވެކްސިން ދިނުމަށްޓަކައި ނަރުހަކު ތައްޔާރުވަނީ: މީގެ ކުރިން ކޮވިޑް ވެކްސިން ދެމުން އައީ 12 އަހަރުން މަތީގެ މީހުންނަށް ނަމަވެސް މިއަދު ވަނީ ފަސް އަހަރުން މަތީގެ ކުދިންނަށް ވެސް ވެކްސިން ދޭން ފަށާފައި. .---ފައިލް ފޮޓޯ: މިހާރު
14 ފެބުރުއަރީ 2023 - 15:01
ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި ދެމުންދާ ފައިޒާ ވެކްސިން، އުމުރުން 5-11 އަހަރާ ދެމެދުގެ ކުދިންނަށް މިއަަދު ދޭން ފަށައިފި އެވެ.
މީގެ ކުރިން ވެކްސިން ދެމުން އައީ އުމުރުން 12 އަހަރުން މައްޗަށެވެ.
އެޗްޕީއޭ އިން ކުރި އިއުލާނެއްގައި ބުނީ، ކުޑަކުދިންނަށް ދޭ ފައިޒާ ވެކްސިން މިހާރު ލިބިފައިވާތީ މިއަދުން ފެށިގެން ވެކްސިން ދިނުމަށް ހުޅުވާލާފައިވާ ކަމަށެވެ.
އުމުރުން 12 އަހަރުން މަތީގެ ކުދިންނަށް މިހާރު ތިންވަނަ ޑޯޒް ދެމުން އަންނައިރު، އެ ކުދިންނަށް މިހާރު ވެސް ފައިޒާ ވެކްސިން ޖެހޭނެ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
- އައިޖީއެމްއެޗް: ކޮންމެ އާދިއްތަ ދުވަހެއްގެ ހެނދުނު 9 އިން މެންދުރު 12 އަށް.
- ހުޅުމާލެ ހޮސްޕިޓަލް: އާދިއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހުގެ މެންދުރު 1 އިން 2 އަށް.
- ދަމަނަވެށި: ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ މެންދުރު 1 އިން 3 އަށް.
ކޮވިޑް ވެކްސިންގެ ޑޯޒްތައް ފުރިހަމަ ކޮށްފައި ނުވާ މީހުން ވެކްސިން ފުރިހަމަ ކުރުމަށް ވސް އެޗްޕީއޭ އިން އިލްތިމާސް ކުރެ އެވެ.
ރާއްޖޭގައި މިހާރު ކޮވިޑް ޖެހޭ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް މަދުވެފަ އެވެ. މި މަހުގެ މިހާތަނަށް ކޮވިޑް ޖެހިފައި ވަނީ 8 މީހުންނަަށެވެ. ވެކްސިން ޖެހި މީހުންގެ ތެރެއިން 399،178 މީހުން ފުރަތަމަ ޑޯޒް ވަނީ ޖަހައިފަ އެވެ. ދެވަނަ ޑޯޒް 385،099 މީހުން ޖަހާފައި ވާއިރު، ފުރަތަމަ ބޫސްޓާ ޑޯޒް ޖަހާފައި ވަނީ 167،635 މީހުންނެވެ. ދެވަނަ ބޫސްޓާ ޑޯޒް ޖަހާފައި ވަނީ 1،523 މީހުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަތްދައްތަ
15 February 2023
އެކުދިން ބޮޑުވެ ތަޞައްރަފު ފުދިއްޖެނަމަ ޖަހާން ދޫއްކޮށްލާ. މިހާރު މިއޮތް ގޮތުން ބަފާ ގޮވައިގެން ވެކްސިން ދިނިއްޔޭ ކިޔައިގެން ދައުވާ ވެސް ކޮށްފާނެ ބޮޑުވާ ތަނުން.
އަކްމެޑް
15 February 2023
ފައިޒާގެ ކަންތައް އެމެރިކާގަ އެއޮތީ ކޯޓުގަ. ހުސް ދޮގުހެދީ ވެކްސިނޭކިޔައިގެން.
މަނާމް123
15 February 2023
މި ކޮޅަށްގެނައި އެއްޗިހި ހުސްކުރާނެގޮތެއް އެ ބަލަނީ.
އައްބެ
14 February 2023
މަގޭ ދަރިއަކަށް ދެނެއް އިތުރު ކޮވިޑް ވެކްސިނެއް ދޭނެގޮތެއްނެތް. އެކަންކުރަން ޖެހޭނީ މަ ޖަލައްލާފައި. ތިޔަ ވެކްސިން ޖެހި މީހުނަށާއި ނުޖަހާ މީހުންނަށް ތިޔަ ބަލިޖެހި ރަނގަޅުވެއްޖެ. މަށަކީ މަތިމައްޗަށް 4 ބުރަށް ތިޔަ ވެކްސިންޖެހި މީހެއް. މަށަށް 2 ފަހަރަށް ކޮވިޑް ޖެހިއްޖެ މިހާރު.
ރޯނު އެދުރުބެ
15 February 2023
ބަލަ ކަލޭ ވެކްސިން ޖަހާފަ ހުރީމައޭ ކަލޭ 2 ފަހަރަށް ކޮވިޑް ޖެހިފަވެސް ބޮޑުވަރު ނުވެ ބަލިން ރަންގަޅު ވެގެން ހަމަނުޖެހޭ ވާހަކަ މިތާ ދައްކަން ފުރުސަތު ލިބިފަ ތިއޮތީ. ވެކްސިން ޖެހީމަ ކޮވިޑް ނުޖެހޭނެއޭ ހީކުރުމަކީ ކަލޭގެ ހުރި ގަމާރުކަން.
މެޑިކަލްމާފިޔާ
14 February 2023
. ކޮވިޑްތޭރޭ ބޭރުގައުމުތަކުން ރާއްޖެއަށް ހަދިޔާކުރި ޕީސީއާރު ޓެސްޓު ކިޓުތަކުން މަހުޖަނުންނަށްވެ ރިސޯޓުތައް ގަނެލި ކުލިނިކު ހިންގާ މެޑިކަލް މާފިޔާއަށް ލާރިގަނޑެއްދެނީ ވޯޓު ކޮޅު ހޯދުން
ބޮޑުމީހާ
14 February 2023
ކޮވިޑެއް މިހާރު އޮތީކީ ނޫން. ކޮވިޑް އެންމެ ގިނައިރުވެސް ކުޑަކުއްޖަކަށް އެކަމުގެ މާބޮޑު އަސަރެއް ނުކުރޭ. ދެން ތެޅިފޮޅެގެން އެކުދިންނަށް ތިވެކްސިން ޖަހަންޖެހޭތަ. މަގޭ ދަރިންގެ ގަޔަށް ތިވެކްސިނެއް ނުޖަހާނަން
ބޮސްގެ ބޮސް
14 February 2023
ހިލޭ ދީފަ ހުރި އެއްޗެހި ތަކެއް ޖަހައިގެން ނުުވަތަ ތަޅާ ބުރުއްސައިގެން ނަމަވެސް ހުސްކުރަންވާނެ!
ގެދާނޯމޮސް
14 February 2023
ސްކޫލުތަކުން ޕޭރަންޓްސް އަށް ނައަންގާ ޖަހައިފާނެ ކަމުގެ ބިރުވެސް ބޮޑުދައުރެކެވެ.
ގެދާނޯމޮސް
14 February 2023
މީ މަޖުބޫރު ކަމެއްގެ ގޮތުގަ ކަނޑައަޅާނީ އިންޑިޔާއިންނެވެ. މީގެ ނުރައްކާތެރި ކަންބޮޑީ އަންހެން ދަރިންނަށެވެ. ސްކޫލަށް ވަނުން މަނާކޮށްގެންވެސް ވެކްސިން ޖެހުމަކީ މިސަރުކާރުގެ ސިޔާސަތެކެވެ. އެވެދާނެ ޓެސްޓްތަކުން ޕޮސިޓިވް ވެފަކަމުގަ ހަދައިގެންވެސް ޖެހުމަށް ބާރުއެޅުވުން މީ ވަރަށް ހިތާމަހުރި ދަޢުރެކެވެ.
ހަސަން2023
14 February 2023
ޖަހަން ބޭނުން ބަޔަކު އެބަޔެއްގެ ދަރިންގެ ގަޔަށް މި ވިހަ ޖަހަން ވީ. އެހެން މީހުންނަށް މަޖުބޫރު ކޮށްގެން ނުވާނެ.
ަސޭޑް
14 February 2023
މިވަރަށް މީގެނުރައްކާ ވާހަކަ ދަެްކާއިރު، ގައުމުތަކުން އެޖެހުން ހުއްޓާއިރު، އެމެރިކާފަދަ ގައުމުތަކުން ކޯޓުގަ މައްސަލައޮށްވާ، މިމީހުން ކޯޗެކޭ ހިތައްއަރައިގެންތަ ކުދިންގަޔަށް މިޖަހަނީ. ބަލާބަލަ އީޔޫގަ ފައިޒާ ހާޒިރުކޮށް އެމީހުނާދެކޮޅަށް ފިޔަވަޅުއަޅަންވެސް ގޮވައިފި. ޙެޔޮނުވާނެ. ޖަހާދީބަލަ ކޮމެންޓް
ބޮޑެތިވަގުން
14 February 2023
ކުދިންނަށް ގައުމުގަ ހުރި ހަރުމުދަލާ ބިންތައް ވަކިބަޔަކަށް މިލްކުކޮށް ނިންމާފަ އެކުދިން އެކަމާ އުޅެފާނެކަމަށް އެކުދިން ނުކުޅެދޭބަޔަކަށް ހަދަނީ. ހަމަ ގައިމުވެސް އެއްވެސް ބޮޑެއް އެމީހުންގެ ދަރިންގަޔަށް މި ނުޖަހާނެކަން މުޖައްރިބު. ގައުމުތަކުގެ ވެރިން ކެމެރާ ކުރިމައްޗަށް އަރާ ވެކްސިންޖަހަނީ ކަމަށްދެއްކީވެސް ހުސް ޑްރާމާކަން މިހާރު އެނގި ސާބިތުވެފަ އެވަނީ.