ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ. -- ފޮޓޯ | މިހާރު
15 ފެބުރުއަރީ 2023 - 20:17
ރާއްޖެ އާއި ބޭރު ގައުމުތަކުގައި މަތީ ތައުލީމު ހާސިލްކުރަން ސްޓޫޑެންޓް ލޯނުގެ ގޮތުގައި 720 ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
މި އަހަރުގެ ލޯނު ސްކީމް ހުޅުވާލީ އެހެން އަހަރު ތަކުގައި ދަރިވަރުންގެ ޑިމާންޑް އެންމެ ބޮޑަށް އޮތް ދާއިރާތަކަށް ފުރުސަތު އިތުރުކޮށެވެ.
ހަޔާ އެޑިޔުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ވިދާޅުވީ، މި އަހަރުގެ ލޯނުގައި ޕައިލެޓްކަމާއި ޑޮކްޓަރުކަން ކިޔެވުމަށް ޖާގަ އިތުރުކޮށްފައިވާ ކަމަށެވެ.
މިދިޔަ އަހަރު ޕައިލެޓް ކޯހަށް 10 ފުރުސަތު ހުޅުވާލިއިރު މި އަހަރު ޕައިލެޓް ޓްރެއިނިންއަށް 60 ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. މިދިޔަ އަހަރު އެމްބީބީއެސްއަށް 25 އަދި މެޑިސިންއަށް ހުޅުވާލީ 10 ފުރުސަތެވެ. ނަމަވެސް މި އަހަރު އެމްބީބީއެސްގެ ޑިގްރީ ހެދުމަށް 55 ފުރުސަތު އަދި ޕޯސްޓް ގްރެޖުއޭޓް މެޑިސިންގެ މާސްޓާސް ހެދުމަށް ރާއްޖެއިން ބޭރަށް 20 ފުރުސަތު ހުޅުވާލާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެވެ.
މި ލޯން ސްކީމްގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ރާއްޖެއާއި ރާއްޖެއިން ބޭރުގައި ވެސް ޑިޕްލޮމާ ލެވަލްއަށް ކިޔެވުމަށް ފުރުސަތު ވެސް ވަނީ ހުޅުވާލައިފަ އެވެ.
ދިވެހި ސަރުކާރުގެ ހަރަދުގައި ފުރަތަމަ ޑިގްރީއަށް ކިޔަވާ ހުރިހާ ދަރިވަރުންނަށް އެ ދަރިވަރަކު ކިޔަވުންދާ ދާއިރާއިން އެޕްލިކޭޝަން ހުށަހެޅުމަށް ފުރުސަތު ހުޅުވާލާއި އެ ކުދިންނަށް ޓިއުޝަންފީގެ ތެރެއިން ފުރަތަމަ ޑިގްރީ ސްކީމުގެ ދަށުން ހަމަޖެހިފައިނުވާ އެހެނިހެން ހަރަދުތައް ހޯދުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މީގެ އިތުރުން މަތީ ތައުލީމާއި ތަމްރީނަށް ދޭ ލޯނު އެހީ ގެ ދަށުން ކަނޑައެޅިފައިވާ ޕްރޮގްރާމުގެ މުއްދަތުގައި ދަރިވަރުގެ އިހުތިޔާރުން ބޭރުން ދިމާވާ ސަބަބަކާހުރެ ޕްރޮގްރާމް ފުރިހަމަނުކުރެވިގެންދާ މުއްދަތަށް ޓޮޕްއަޕް ލޯނު ދިނުމަށްވެސް ހުޅުވާލި އެވެ.
މި ލޯނުތަކަށް އެދި ހުށަހެޅޭނީ އަންނަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
8456
16 February 2023
ވެބަސައިޓްވެސް ހިމަނާލިނަމަ އާޓިކަލް ގައި
ކިރު ސައި
16 February 2023
ނުދައްކާ ޅޯން ސްކީމް.
މަޖީދު
16 February 2023
މިިނިސްޓަރ ތިޔަކުރައްވާ މަސައްކަތުގައި މާތްﷲ ބަރަކާތް ލައްވާށި. އާމީން
ދިވެއްސެއް1
15 February 2023
އަދިވެސް ރިބާ ހިމެނޭތޯ؟ (%1 އެޑްމިން ފީ ގެ ވާހަކަ މި ދައްކަނީ).
ކަކުނިބޯ
16 February 2023
1% އެޑްްމިންފީއަކީ ރިބާއެއްނޫން ސަބަބަކީ އެއީ ފައިސާހޯދުމާ ހިސާބުތަށް ބެލެހެއްޓުމާ ރިޕޯޓްތަށް ތައްޔާރުކުރުމުގެ އުޖޫރަ. 1%އަކީ އަދަދު ކަނޑައެޅިފައިވާއެއްޗެއް އެއެއް އުނި އަދި އިތުރެއްވެސްނުވޭ. ލޯނު އަނބުރާދައްކާ މުއްދަތް އިތުރު އަދި މަދުވުމަކުން މިފައިސާއިތުރުވެ ނޫނީ މަދުނުވޭ. މޮޅަށް ދެނެވޮޑިގެންވަނީ ﷲ
އެމްސް
16 February 2023
1% ވެސް ނަގަނީ ޤައުމީ ބޭންކުން! އެކަމަކު އެބޭންކުގަ 300 މިލިޔަންގެ ބިޔަ ސީއެސްއާރު ބަޖެޓެއް އޮވޭ، ކުޅިވަރާއި މުނިފޫހި ފިލުވުމަށް ހުސްކުރަން! އަޅެ އެބިޔަ ބަޖެޓުން މޯގޭޖް ފްރީ/އިންޓަރެސްޓް ކުޑަ ސްޓޫޑެންޓް ލޯނު ދޫކުރާނަމަ ކިހާރަގަނޅު!
ދިވެއްސެއް1
17 February 2023
ޝޭޚެއް ކައިރީ އަހާލަބަލަ އަމިއްލައަށް ގޮތް ނުނިއްމާ! އަހަރެން އަހާފަ ލިޔުނީ. އަދި ފާހަގަ ކޮށްލަބަލަ - %1 ބަދަލުވާނެ ދޯ ލޯނުގެ އަދަދުން - އަދަދު ބޮޑު ވީމަ ކީއްވެ ފީ އަށް ތަފާތު އަންނަނީ؟
ޢަލްނަސްރު
15 February 2023
މީ މިނިސްޓްރީ އަކީ އެންމެ ރަނގަޅަށް ހިނގާ. ބޭންކަކަށްވުރެ ތަނަވަސް މިނިސްޓްރީއެއް. މަތީ ތައުލީމު ކުުރިއެރުވެން އަންނަނީ ވީހާވެސް ގިނަ ސްކޮލަރޝިޕާއި ލޯންދީގެން.
އެންސް
16 February 2023
ކިޔަވާ ނިމިގެން އައިސް ލޯނު ދެއްކޭވަރުގެ ޢުޖޫރައެއް ލިބޭނެ ދިމާލެއް ނެތް!
އެކްސިް
15 February 2023
ގިނަވާނީ ޕައިލެޓުކަން ކިޔަވަން ލާ ކުދިން. އެބަޖެހޭ ރަނގަޅު ކެރިއަރ ގައިޑެންސް ދޭން ސްކޫލުގަ.
މިކްސް.
15 February 2023
ސަރުކާރު ކުންފުންޏަކުން އައްޑޫގައި ފްލައިން ސުކޫލެއް ހިންގާއިރު ކީއްވެގެންތޯ ސަރުކާރުން މިފަދަ ކޯސްހަދަން ބޭރުން ފުރުސަތުދެނީ؟
އެމްސް
16 February 2023
ގިނަވާންވީ ސިއްޙީ ދާއިރާ، އެއީ އެންމެ ލަސް ދުވެލީގަ ކުރިއަރާ ދާއިރާ! ޕައިލެޓްކަން ފަދަ ކަންކަމަށް ދެވޭ 1 ސަބަބަކީ ލިބޭ ޢުޖޫރަ ބޮޑުވާތީ!