މާލޭގެ މަގުމަތި ވެހިކަލްތަކުން ފުރިބާރުވެފައި: ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ސިމްސް ޕޯޓަލް މެދުވެރިކޮށް ލައިސަންސަށް އެދެވޭނެ ކަމަށް.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
15 ފެބުރުއަރީ 2023 - 23:01
ޓްރާންސްޕޯޓް މިނިސްޓްރީގެ އޮފީސް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން ޕޯޓަލްގެ ހިދުމަތް މެދުކަނޑާލި ނަމަވެސް ސިމްސް ޕޯޓަލް މެދުވެރިކޮށް ޑްރައިވިން ލައިސަންސަށް އެދެވޭނެ ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.
ހުޅުމާލޭގައި މިއަދު ހުޅުވި އުމަރު ޒާހިރު އޮފީސް އިމާރާތަށް ސަރުކާރުގެ ގިނަ އޮފީސްތައް ބަދަލު ކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.
އެހެންވެ ޓްރާންސްޕޯޓް މިނިސްޓްރީން ދެމުން އަންނަ އީ-ޕޯޓަލްގެ ހިދުމަތް، މާދަމާ މެންދުރުން ފެށިގެން އަންނަ އާދިއްތަ ދުވަހުގެ ހެނދުނު އަށެއް ޖެހުމާ ހަމައަށް މެދުކަނޑާލަން ވަނީ ނިންމައިފަ އެވެ.
މިނިސްޓްރީން ބުނީ ސިމްސް ޕޯޓަލް މެދުވެރިކޮށް ލައިސަންސަށް އެދެވޭނެ ކަމަށެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު، އަލީ ސޯލިހް ވިދާޅުވީ އަލަށް ލައިސަންސް ނެގުމުގެ ކަންކަން ކުރަން ބޭނުން ނަމަވެސް އެކަން ޑްރައިވިން ސްކޫލުތަކުން ކުރެވޭނެ ކަމަށެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ދޭ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން އަލަށް ބޭނުންކުރަން ފެށި ސޮފްޓްވެއާއަށް ބަދަލުވުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޮންލައިންކޮށް ލައިސަންސަށް އެދުނު ފުރަތަމަ ބެޗު އަލަށް ތިއަރީ ޓެސްޓު މިއަދު ވަނީ ހަދައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބާސީ
16 February 2023
ކޮން ސިމެއް ކިޔާކަށް. ތީ ގެން އެއްތަނަކުންވެސް ތިބުނާ ކަމެއް ނުކުރެވޭ. ފެއިލްވެފަ ތިތިބީ ތި ކަމުގަ.
ޓެކްމޭން
16 February 2023
އަހަރެން ހީކުރީ ދަޢުލަތުގެ އިދާރާތަކުގެ ސާރވާރ ތައް ހުންނަނީ އެން.ސީ.އައި.ޓީ ގަ ކަމަށް.
ނާޒިމްމް
16 February 2023
ސިމްސް ޕޯޓަލްއަކުން ލައިސަންސްއަކަށް ނޭދެވޭ.
މުހައްމަދު...
16 February 2023
އޮންލައިންކޮށް ޚިދުމަތް ދިނުމުގެ ނިޒާމު ރަގަޅުނަމަ މިނިސްޓްރީ އެހެން އިމާރާތަކަށް ބަދަލުކުރިޔަސް ޚިދުމަތް މެދުކަޑާލާކަށް ނުޖެހޭނެ. ދައުލަތުގެ ޓެކްނޮލޮޖީ އެސެޓްތައް ބަލަހައްޓާ މައުލޫމާތު ރައްކާކުރުމުގެ ނިޒާމް ގާއިމުކޮށް ބަލަހައްޓަންވާނީ ޗީފް އިންފޮމޭޝަން އޮފިސަރުގެ ބެލުމުގެ ދަށުން ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ (އެން. ސީ. އައި. ޓީ) އިން.
ކަދުރު
16 February 2023
ޑްރައިވިންގ ސްކޫޅުން ލައިސަންސް ލިބޭނެ އޭ. ސަހަރޯ