ޚަބަރު / ޓްރާންސްޕޯޓް މިނިސްޓްރީ

ރަށު ޕިކަޕާއި ސައިކަލް ދުއްވަން 60 އަހަރުން މަތީގެ މީހުންނަށް ހާއްސަ ލައިސަންސެއް ލިބޭ ގޮތް ހަދައިފި

ބަޔަކު ސައިކަލު ދުއްވަނީ. ޓްރާންސްޕޯޓު މިނިސްޓްރީން ވަނީ އުމުރުން ދުވަސްވީ މީހުން ވެހިކަލް ދުއްވަން ވަކި ހާއްސަ ލައިސަންސެއް ނަގަން ލާޒިމްކޮށް، ގަވާއިދަށް އިސްލާހު ގެނެސްފައި --- ފޮޓޯ/މިހާރު

ރަށު ޕިކަޕާއި ސައިކަލް ދުއްވުމަށް، އުމުރުން 60 އަހަރުން މަތީގެ މީހުންނަށް ހާއްސަ ލައިސެންސެއް ނެގޭ ގޮތަށް މިއަދު ހަދައިފި އެވެ.

މީގެ ކުރިން، 2021 ވަނަ އަހަރު ހަދާފައިވާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ ގަވާއިދުގައި އުމުރުން ދުވަސްވީ މީހުން ވަކި ލައިސެންސެއް ނަގަންޖެހޭ ގޮތަކަށް ނޯވެ އެވެ. އެ ގަވާއިދުގައި އޮތީ ހަމައެކަނި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ލައިސެންސް ދޫކުރުމުގެ އުސޫލެކެވެ.

އެ ގަވާއިދަށް މިއަދު ގެނައި އިސްލާހުގައިވާ ގޮތުން 60 އަހަރުން މަތީގެ މީހުން ވަކި ހާއްސަ ލައިސަންސެއް ނެގިދާނެ އެވެ. އަދި އެ ލައިސެންސް ދޭނީ ހަތަރު ގަޑިއިރުގެ ޕްރޮގްރާމެއް ފުރިހަމަ ކުރުމުން ކަމަށާއި އެ ޕްރޮގްރާމްގައި ޓްރެފިކްގެ ގަވާއިދުތައް ކިޔައިދޭނެ ކަމަށް އެ އިސްލާހުގައިވެ އެވެ.

މިގޮތަށް ހެދުމުން، އާންމު އުސޫލުން ލައިސަންސް ނެގުމުގެ ބަދަލުގައި، އުމުރުން 60 އަހަރުން މަތީގެ މީހުންނަށް ލުއި ގޮތަކަށް ލައިސަންސް ނެގޭނެ އެވެ. އެކަމަކު އެ ލައިސަންސްގައި ދުއްވޭނީ ވަކި އުޅަނދުތަކެއް އަދި ވަކި ތަންތަނެއްގަ އެވެ.

އެ އިސްލާހުގައިވާ ގޮތުން އުމުރުން ދުވަސްވީ މީހުންގެ ލައިސެންސްގައި ދުއްވޭނީ 60 ސީސީ އިން ދަށުގެ މޮޓޯ ސައިކަލާއި އޮޓޯ ސައިކަލާއި ރަށު ޕިކަޕް އަދި އުޅަނދުތައް އެކަންޏެވެ. އަދި އެފަދަ ލައިސަންސްގެ ދަށުން 60 އަހަރުން މަތީގެ މީހުންނަށް ދުއްވޭނީ ހަމައެކަނި އެ ލައިސެންސެއް ދޫކުރާ ރަށެއްގައި ކަމަށާއި އަދި ވެހިކަލް ދުއްވޭނީ ވެސް ހަމައެކަނި 30 ކިލޯމީޓަރަށް ވުރެ މަޑުން ދުއްވަންޖެހޭ މަގުތަކުގައި ކަމަށް އެ އިސްލާހުގައިވެ އެވެ.

އެ އިސްލާހުގައި ބުނީ އެ ލައިސެންސް ދޫކުރާނީ 10 އަހަރަށް ކަމަށެވެ. އަލުން ލައިސެންސް ދޫކުރާނީ ތަމްރީނު ފުރިހަމަކުރުމުންނެވެ. އަދި އެއް ފަހަރަށް ވުރެ ގިނައިން ގަވައިފާ ހިލާފުވެއްޖެނަމަ އެ ލައިސެންސް ބާތިލްކުރުމުގެ އިހުތިޔާރު އޮންނާނެ ކަމަށް ވެސް އިސްލާހުގައިވެ އެވެ.

އެ އިސްލާހުގެ ދަށުން އެގޮތަށް ހަމަޖެއްސި ނަމަވެސް، މިހާރު ލައިސަންސް ދޫކޮށްފައި ތިބި މީހުންގެ ތެރެއިން 60 އަހަރު ވެފައިވާ މީހުންގެ ލައިސަންސްތަކާ މެދު އަމަލު ކުރާނެ ގޮތެއް އެ އިސްލާހުގައި ބުނެފައެއް ނުވެ އެވެ.

ޚަބަރު އިސްލާހުކޮށްފައި:

މި ޚަބަރު ފުރަތަމަ ޝާއިއުކުރި އިރު، 60 އަހަރުން މަތީގެ މީހުންނަށް ކާރު ނުދުއްވޭނެ ކަމަށް ލިޔެވިފައިވަނީ ގަވައިދުގައި އޮތް އިބާރާތް މާނަކުރުމުގައި އެރި އޮޅުމަކުންނެވެ. މިހާރު ޚަބަރު ވާނީ އިސްލާހުކޮށްފަ އެވެ.

49 ކޮމެންޓް, 80 ރިއެކްޝަންސް

icon happy icon happy 11%
icon sad icon sad 4%
icon angry icon angry 74%
icon wow icon wow 1%
icon inlove icon inlove 10%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކަތްދައްތަ

14 April 2025

ކޔެކޯ ދެން ބުނާނީ. ވަކިކަމެއް ކުރަން ވަކި ޚާއްޞަ ހުނަރެއް ހުންނާންޖެހޭ ކަންކަމުގައި ޢުމުރަށް ބަލައި ލުއި ދިނުމަކީ ނަތީޖާ އިންތިހާއަށް ހިތިވާނެ ކަމެއް. ޚާއްޞަ އުޞޫލަކުން ލައިސަންދޭއިރު ހަމަ ހަގީގަތުގައިވެސް އެފަދަ އުޅަދެއް ދުއްވުމުގެ ޤާބިލުކަމާއި ހުނަރު އެކަމާގުޅޭ ގަވާއިދުތަކަށް ހޭލުންތެރިވެފައިވާ މިންވަރު އެގުންފަދަ ކަންކަމަން އިސްތިނާ ކުރުމަކީ ނިޒާމުގެ ހަރުދަނާކަން ގެއްލިފައިވާ ކަމުގެ ދަލީލެއް.

The name is already taken The name is available. Register?

އަލީ މހމދ

14 April 2025

މަގްސަދަކީ ކޮބާ؟ ސަރުކާރަކުން ޕޮލިސީއެއް ހަދާނީ މުޖުތަމައުގެ ކޮންމެވެސް މައްސަލައަކަށް ހައްލެއް ގެންނަން. މިކަމުން ލިބޭ ފައިދާއެއް ނޭގޭ. ހީވާ ގޮތުން އިތުރު އުނދަގުލެއް. މީ އަނެއްކާ ސަރުކާރު ޓެކްސީ ލައިނަށް ފަސޭހަ ކުރަން ކުރި ކަމެއް ނޫންބާ؟

The name is already taken The name is available. Register?

ހުސައިން

14 April 2025

30 ކިލޯމީޓަރަށް ވުރެ މަޑުން ދުއްވަންޖެޙޭ ނަމަ، ބްރިޖްގައި ނުދުއްވޭނެތތޯ

The name is already taken The name is available. Register?

ދޫލަ

14 April 2025

ޚަބަރުގެ ސުރުޚީ ޖަހާގޮތުން ހީވަނީ މާމޮޅު ކަމެއް، ލުއިފަސޭހަކަމެއް ކޮށްދީފައިވާހެން.

The name is already taken The name is available. Register?

ކަލޯ މެންނޭ

14 April 2025

ކަލޯގަޔާ! މަ މިއުޅެނީ، ހުޅުމާލޭގައި، އެތަނުގައި ދުއްވަން ބެޓެރި ކުޑަސައިކަލެއް، ހޯދަން ޖެހެނެ. މާލޭގައި ވަޒީފާގައި އުޅޭތީ މާލޭގައި ދުއްވަން ކުޑަސައިކަލެއް ހޯދަން ޖެހޭނެ. މި ސައިކަލުގައި 30 ކމ ވުރެ ބާރަށް ނުދުއްވޭތީ ބުރިޖަށް އެރުން މަނާވާނެތާ؟ އަދި ކޮބާ ބަހުން ބުރިޖުން ދެކޮޅަށް ދާންޖެހޭނެ.

The name is already taken The name is available. Register?

ސިޓިޒަން އޮފް މާލެ

14 April 2025

ލަފާ ކުރެވެނީ ބައެއް ކަންކަމަށް މަގުފަހި ކުރަނީކަމަށް! 1- ސަރުކާރުން ޓެކްސީގެ ހިދުމަތް ތައާރފް ކުރުމުގެ ކުރިން ވިޔަފާރީގައި ވާދަކުރަން ތިބި ޓެކްސީ ސެންޓަރު ތަކުގެ ކާރު ދުއްވަން 60 އަހަރު ވެފައިތިބި ޑްރަވަރުން ތިބޭ. 2. ސްޓެްކޯ އިން ބެޓެރި ސައިކަލް ވިއްކަން އެބަ ފަށާ، ޗާޖު ކުރި ބެޓެރި ލިބޭ ގޮތަށް!

The name is already taken The name is available. Register?

ދދދދދދ

14 April 2025

70 އަހަރުވިޔަސް އާއްމު އުސޫލުގެ ދަށުން ލައިސަންސް ނަގައިގެން ހުންނަ މީހާ ދުއްވަންވީ ކޮންމެ އެއްޗެއްވެސް. ހާއްސަ ލައިސަންސް ނަގާމީހާއަށް އެ އެޕްލައިވަނީ ، ރަނގަޅަށް ކިޔާލަބަލަ

The name is already taken The name is available. Register?

ދޯދި

14 April 2025

މަ މިއުޅެނީ ހުޅުމާލޭގައި، ދުއްވަނީ ސައިކަލް، ﷲގެ އިރާދަފުޅުން ދުވަހަކު ވެސް އެކްސިޑެއް ފަދަ ކަމެއް ނުވޭ. ވަޒީފާ އަދާކުރަނީ މާލޭގައި، ބުރިޖުން ތިގަވައިދުގެ ދަށުން ސައިކަލުގައި މާލެއަށް ނާދެވޭނެ. ބުއްދި ފިލައި ދިޔަޔަސް، ރައީސް ވިދާޅުވެގެން ހެދިޔަސް މީ ތަންކޮޅެއް ބޮޑުވަރު.

The name is already taken The name is available. Register?

ކޮތަރޭ

14 April 2025

ޚާއްސަ ލައިސަންސެއް ދީގެން މަގުމަތީގައި އުޅެނިކޮށް އެކްސިޑެންޓެއް ވެއްޖެއްޔާ ކުށަވެރިވާނީ ކާކުތޯ؟ ޚާއްސަ ލައިސަންސް އޮތް މީހާ އަށް ޚާއްސަ ގޮތެއް އޮންނާނެތޯ؟

The name is already taken The name is available. Register?

ގޮށްމުށް

14 April 2025

މަޑުމައިތިރި ހަރު މީހުނަށް އަދަބުދިނީމާ މިއުޅޭ ޒުވާން ކުދިންތައް ހޭއަރާނީ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454