16 ފެބުރުއަރީ 2023 - 10:00
ލަންޑަން (ފެބްރުއަރީ) 16 - ކުރިން އެއް ވަނައިގައި އޮތް އާސެނަލްގެ މައްޗަށް 2-1 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، ޗެމްޕިއަން މެންޗެސްޓާ ސިޓީ ޕްރިމިއާ ލީގުގެ އެއް ވަނަ މަގާމު އަލުން ހޯދައިފި އެވެ.
މިދިޔަ ހަތަރު މަހާއި 26 ދުވަސް ވަންދެން އާސެނަލްއިން ދިޔައީ ލީގުގެ އެއް ވަނަ މަގާމު ދަމަހައްޓަމުންނެވެ. އެއީ ޖުމްލަ 148 ދުވަހެވެ. އެއީ 15 އަހަރަށްފަހު ސީޒަނުގެ މިހާ ދިގު މުއްދަތަކަށް އެ ކްލަބުން ލީގުގެ އެއް ވަނައިގައި ހިފެއްޓި ފުރަތަމަ ފަހަރެވެ.
އާސެނަލްގެ ދަނޑުގައި ރޭ އެ ޓީމާ ބަލި ކުރުމަށް ފަހު ޕޮއިންޓްގެ ގޮތުން ހަމަހަމަކޮށް ސިޓީން ވަނީ އެއް ވަނަ ހޯދައިފަ އެވެ. ދެ ޓީމަށް ވެސް 51 ޕޮއިންޓެވެ. ސިޓީ އަށް އެއް ވަނަ ލިބެނީ ފައިދާ ގޯލުން ކުރި ލިބޭތީ އެވެ.
ގްރިލީޝް ލަނޑު ޖެހުމަށް ފަހު ޢުފާފާޅު ކުރަނީ
ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ރަނގަޅަށް ކުޅުނީ އާސެނަލް އެވެ. ސިޓީގެ ކެވިން ޑި ބްރޭނާ އެ ޓީމަށް ލީޑް ނަގައިދިން ނަމަވެސް ހާފު ނިމުމުގެ ކުރިން ބުކަޔޯ ސަކާ އާސެނަލަށް ނަތީޖާ ހަމަހަމަ ކޮށްދިނެވެ. އޭނާ ލަނޑު ޖެހީ ޕެނަލްޓީ އަކުންނެވެ.
ޑި ބްރޭނާ ޖެހި ލަނޑަކީ 13 މެޗަށް ފަހު އޭނާ ސިޓީ އަށް ޖަހައި ދިން ފުރަތަމަ ލަނޑެވެ. ސިޓީން ދެ ވަނަ ހާފުގައި މޮޅު ކުޅުމެއް ދެއްކި އެވެ. އެ ޓީމުން ތަފާތު ގެނައީ އެ ހާފުގަ އެވެ.
ޖެކް ގްރިލީޝް އާއި އާލިން ހާލަންޑް ޖެހި ލަނޑުތަކާ އެކު ސީޓީން ވަނީ މިވަނީ ވިދިވިދިގެން 15 މެޗުގައި އާސެނަލް ބަލިކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލިވާބުރޯ
16 February 2023
ކަމަކުވާ ދެރަކަމެއްނު
ރަދީފްއޮފިޝަލް
16 February 2023
ސިޓީގެ ހުރިހާ ފޭނުންނަށް މަރުހަބާ.މަރުހަބާ @ލެއްގިކޮމިޝަނަރ.ހަމަ ޔަގީނުން ވެސް މިއަދަކީ ހިތާމަވެރި ދުވަހެއް.ނަމަވެސް އުއްމީދަކީ ކުރިއަށް ހުރި މެޗްތަކުން ރަނގަޅު ނަތީޖާތަކެއް ނެރެ އާސެނަލް ރަނގަޅު ޓްރެކްގަ އޮތުން.ވ.ވެދުން
ލެއްގިކޮމިޝަނަރ
16 February 2023
އަބަދުވެސް ރަދީފުކައިރީ މިބުނަނީ ފަޅޯގަހުކުރީގަ އެތަކަށް ނީންދެވޭނޭ. އެހެންބުނީމަވެސް ގަސްވަށައިގެން އެކަތައިންނާ ދަނގަޑުން ކައްތިރި ވިއްދާފަ ގަދަވެގަނެގެން އިނީ. ރޭގަ މަމެންގެ ސިޓީއިން އެހުރިހާ ކައްތިރިތަކެއް އެޔޮތީ ބިންދާލާފަ. އިރާދަ ކުރެއްވީޔާ މިމަސް ނިމުމުގެ ކުރިން ފަޅޯގަހުކުރިން އެލެފެންޓް ވައްޓާލާނެ. ލީގުނަގާނީ ހަމަ މަމެންގެ ސިޓީހެން ހާދަހީވެޔޭ. އާސެނަލްވެސް ކުރިހިތްވަރަށް ސާބަސްދެން. އަދި ރަދީފުގެ ހިތާމައަށް މިރޭ ފަރުވާެއް ލިބުންއެދެން.