ޗައިނާގެ ފޮރިން މިނިސްޓަރާއި ރާއްޖޭގެ ފޮރިން މިނިސްޓަރު ޝާހިދު: ދެ ގައުމުގެ ދެމެދުގައި ސޮއިކުރި ވިސާ ފްރީ އެއްބަސްވުމަށް މިހާރު ވަނީ އަމަލުކުރަން ފަށާފައި --- ފޮޓޯ/ފޮރިން މިނިސްޓަރީ
17 ފެބުރުއަރީ 2023 - 18:58
ރާއްޖެ އާއި ޗައިނާ ދެމެދު މިދިޔަ އަހަރު ސޮއިކުރި ވިސާ ފްރީ އެއްބަސްވުމުގެ ދަށުން ދެ ގައުމުގެ ރައްޔިތުންނަށް ރާއްޖޭން އޮން އެރައިވަލް ވިސާ ދޭން ފަށައިފި އެވެ.
ކުރިން ވިސާ ނެގުމަކާ ނުލައި ދަތުރުކުރެވޭ ގޮތަށް ވިސާއަށް ލުއި ދިނުމުގެ އެއްބަސްވުމެއްގައި ރާއްޖެ އާއި ޗައިނާއާ ދެމެދު މިދިޔަ އަހަރު ސޮއި ކުރިޔަސް، ކޮވިޑް-19 އާ ގުޅިގެން ޗައިނާގައި އެޅި ފިޔަވަޅުތައް އޭރު އޮތުމުން އެ އެއްބަސްވުމަށް އަމަލުކުރަން އޭރު ނުފަށަ އެވެ.
ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީން މިއަދު ކުރި ޓްވީޓެއްގައި ބުނީ އޮން އެރައިވަލް ވިސާ ދިނުމުގެ އެއްބަސްވުމަށް މިހާރު ރަސްމީކޮށް އަމަލުކުރަން ފަށާފައިވާތީ 30 ދުވަހަށް ވުރެ ދިގު ނޫން މުއްދަތަށް ރާއްޖެ އަންނަ ޗައިނާ މީހުންނަށް އޮން އެރައިވަލް ވިސާ ލިބޭނެ ކަމަށެވެ.
އެ އެއްބަސްވުމުގެ ދަށުން ދިވެހިންނަށް ވެސް ޗައިނާއިން ލިބޭނީ 30 ދުވަހުގެ އޮން އެރައިވަލް ވިސާއެކެވެ.
ނަމަވެސް އެއްވެސް ބާވަތެއްގެ މަސައްކަތެއް ނުވަތަ ވިޔަފާރިއެއް ނުވަތަ ނޫސްވެރިކަމުގެ ދާއިރާގެ މަސައްކަތެއް ކުރަން އަންނަ ނަމަ އެކަމަށް ދުރާލައި ވިސާ ހޯދަން ޖެހޭނެ އެވެ.
ޗައިނާ އާއި ރާއްޖެއާ ދެމެދު އިތުރު ދާއިރާތަކަކުން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުންތަކެއްގައި ވެސް މިދިޔަ އަހަރު ދެ ގައުމުން ސޮއިކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފޮނިޓއައްޕު ހަސަނު
18 February 2023
ޗަނިނާ ވަރެއްް ނެތް♥️
ބަރުތ
18 February 2023
މިގައުމަށް އޮން އެރައިވަލް ވިސާ ނޫންގޮތަކަށް ބޭރުގައުމަކުން އެތެރެވޭތަ؟ ދުނިޔޭގެ ގިނަގައުމުތަކުގައި ވިސާ ނަގައިގެން ނޫނިއްޔާ އެތެރެވުން މަނާކޮށްފައި އޮންނަ ބަންގާޅީންވެސް މިގައުމަށް ބައިބަޔަށް އެތެރެވަނީ އޮންއެރައިވަލްގައި..
ބޮޑުބޭބެގެ
18 February 2023
ޢިންޑިއާ އަށް ދާން ވިސާ ނަގަން ޖެހޭތަ
ސޯބިރި
18 February 2023
ނިމި ދިޔަ ސަރުކާރުތަކަށް ނުކުރެވުނު ކަމެއް. ވަރަށް ރަގަޅު ކަމެއް ސޯލިހު ސަރުކާރުން މިކުރީ.
ޙައްބޭ
18 February 2023
އާނ. ވަރަށް ބޮޑު މަޝްރޫޢެއް ތި ނިންމާލީ.
އަހުމަދުބޭ
18 February 2023
ހައްބޭ މިއީ ވަރަށް ބޮޑު މަސްރޫއެއް މިކަމުން އެންމެ ބޮޑޫފައިދާއެއްކުރާނީ ރާއްޖޭގެ ވިޔަފާރިވެރިންނަށް އަބަދު ޗައިނާއަށް ދާން ޖެހޭ މީހުންނަށް، މިއީ ލިބުނު ވަރަށް ބޮޑުލުޔެއް ނިސްބަތުން ވަރަށް ބޮޑުމަސްރޫއެއް މިހާތަނަށް ނުވެފައޮތް ކަމެއް، ދެންނެވޭނީ މިސަރުކާރުން ވިސާހޯދުމުގެ މަސްރޫއު ވަރަށް ކާމިޔާބޭދެންނެވޭނީ މިކަން ބަޔަކަށް ގަބޫލް ކުރެވުނަސް ނުކުރެވުނަސް މިއީ ހަގީގަތް
އަސްލު...
17 February 2023
ޝުކުރިޔާ ޝުކުރިއްޔާ ރައީސް ސޯލިހު
ހަސަންދީ
17 February 2023
މިސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ ދަށުން ދިވެހި ވިޔަފާރިވެރިންނަށް ކުރިން އުފުލި އެތައް ބުރައެއް ލުއިވާނެ ޔޫއޭއީ، ތައިލޭންޑު،ޗައިނާ، އިންޑޮނޭޝިޔާ، ރަޝިޔާ ފަދަ އެތައް ގައުމަކަށް ކުރިން ވިސާ ނެގުމެއްނެތި އޮންއެރައިވަލް ވިސާލިބުމުން، ޝުކުރު ޙައްޤު މަސައްކަތްތަކެއް...
ޒޫ ޒޫ
17 February 2023
ޗައިނާ މީހުން އަދި ދުނިޔޭގެ އެހެން އެއްވެސް ބައެއް އުޅޭތަ ރާއްޖެއިން އޮންއެރައިވަލް ވިސާ ނުލިބޭ؟ މީ ކޮން ޒާތެއްގެ ޚަބަރެއް؟
ނުލިބޭނެ
18 February 2023
އެއްވެސް ގައުމެއްގަ ހުރިހާ އެހެން ގައުމެއްގެ މީހުންނައް އޮން އަރައިވަލް ވިސާއެއްނުލިބޭނެ. ރާއްޖޭގަވެސް އޮތީ އެހެން. އެކިގައުމުތަކުގެ ޕާސްޕޯޓު ވަޒަންކުރަނީ އޮންއަރައިވަލްވިސާ އެޕާސްޕޯޓެއްގަ ދަތުރުކުރާއިރު އެންމެ ގިނަގުމުތަކުން ދޭޕާސްޕޯޓަކީ އެންމެ ވަރުގަދަ ޕާސްޕޯޓުގެ ގޮތުގަ ބަލައިގެން.
ޙައްބޭ
18 February 2023
ނުލިބޭނެ. ކަލޭ ބުނެބަލަ ކޮންގައުމެއްގެ ކޮންބަޔަކު އައިމަތަ އޮން އެރައިވަލް ނުލިބެނީ
ހޮޓްކިންގ
17 February 2023
ކޮންގައުމެއްގެ ޓޫރިސްޓަކުތޯ ރާއްޖެ އައުމަށް ކުރިން ވިޒާ ނަގަން ޖެހެނީ؟ ވަރަށް ޖޯކު އާއްމުކޮށް ކުރަމުން ގެންދާކަމެއް އަލުން ހަމަޖެހުނު ވާހަކަ ބުނީމާ.
ތައްޓޭ
17 February 2023
އެފަދަ އެއްބަސްވުންތައް ހަދަނީ ދެފަރާތް ހަމަހަމަ ކުރުމަށްޓާކައި ކުރިން ޓޫރިސްޓެއްގެ ގޮތުގައިވެސް ޗައިނާއަށް ދެވެނީ ވިސާ ނަގައިގެން، މިހާރު އެއެއްބަސް ވުމުގެ ދަށުން ދިވެހީންނަށް ޗައިނާއަށް 30 ދުވަހުގެ ޓޫރިސްޓް އޮންއެރައިވަލް ވިސާ 30 ދުވަހައް ލިބޭނެ، ކުރީގައި އޮތް ގޮތުން އޮތީ ޗައިނާގެ ޓޫރިސްޓުންނަށް ދިވެހިރާޖެއަށް އަންނަން އޮންއެރައިވަލް ވިސާ ލިބޭގޮތައް، މިހާރު އެއެއްބަސް ވުމުގެ ދަށުން ދެފަތާތް ހަމަހަމަވީ..
ރަންބީ
17 February 2023
ރާއްޖޭގެ ހާރީޖީ ސިޔާސަތު އެއްމެ މަތީފަޑިޔަށް އަރަނީ މިސަރުކާރުގައި. އިބޫ ސޯލިހުގެ ހިކުމަތުގެ ދަށުގައި.
ހައްޕު
17 February 2023
ޔާމީނަށް މިވަރުގެ ކަމެއް ކޮށްނުލެވުނުދޯ?
ހޫޑެޓް
18 February 2023
ޔާމީނު ޗައިނާއާއި ކިތަންމެ ގާތް ގުޅުމެއް ބޭއްވިއަސް އޭނާގެ ފޯކަސް އަބަދުވެސް ހުންނަނީ މުޅިން އެހެން އެއްޗަކަށް ހުއްޓިފައި. އެބައި ވަރަށް ކުރިއަށް ގެންދިޔަ ނޫންތޯ.