ކ. ތިލަފުށި: ތިލަފުށީގައި ހުންނަ އެމްޑަބްލިއުއެސްސީގެ ފެން ޓޭންކެއް ވަނީ ފަޅައިގެން ގޮސްފައި.-- ފައިލް ފޮޓޯ: މިހާރު
19 ފެބުރުއަރީ 2023 - 10:33
ކ. ތިލަފުށީގައި ހުންނަ އެމްޑަބްލިއުއެސްސީގެ ފެން ޓޭންކެއް މިއަދު ފަޅައިގެން ގޮސް އެ ރަށުން ފެން ކެނޑިއްޖެ އެވެ.
ތިލަފުށީގެ ފެނުގެ ޑިސްޓްރިބިއުޝަން ސިސްޓަމަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން އެ ރަށުގައި ފެނުގެ ހިދުމަތް މެދުކެނޑިފައިވާ ކަމަށް ބުނުން ފިޔަވައި އިތުރު ތަފުސީލެއް އަދި ނުދެ އެވެ.
އެތަނުން ބުނީ މައްސަލަ ވީހާ ވެސް އަވަހަކަށް ހައްލުކުރުމަށް ޓެކްނިކަލް ޓީމުން މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
ސިނާއީ މަސައްކަތްކުރާ ތިލަފުށީގެ އިތުރުން، މާލެ ސަރަހައްދުގެ ހުރިހާ ރަށެއްގައި ސަޕްލައި ފެނުގެ ހިދުމަތް ދެނީ އެމްޑަބްލިއުއެސްސީންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢިރުވައި
19 February 2023
ފެން ޓޭންކު ފަޅައިގެންގޮސް ފެން ނުލިބުމަށްވުރެ ބިރުގަންނަނީ ކަލާފާނު ސްކޫލު އަމީރު އަހްމަދު ސްކޫލު އަދި ބިލަބޮންގް ސްކޫލް ކައިރީގައި ހުރި ޓޭންކް ފަޅައިގެން ގޮސް ހިތާމަވެރި ހާދިސާއެއް ކުރިމަތިވެދާނެތީ... މިކަމާ ވަރަށް ވިސްނޭ ސުކޫލު ދޮށަށް ދާއިރު!