އުނގޫފާރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު ވަހީދު (ވައްޑޭ) މަޖިލީހުގައި ވާހަކަ ދައްކަވަނީ-- ފޮޓޯ: މަޖިލިސް
20 ފެބުރުއަރީ 2023 - 12:19
އެމްޑީޕީގެ މެނިފެސްޓޯ އާ އެއްގޮތަށް ސަރުކާރުގެ ސިޔާސަތުތައް ބައްޓަން ކުރަން ގޮވާލާ ގަރާރެއް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.
އެ ގަރާރު ހުށަހެޅުއްވީ އުނގޫފާރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު ވަހީދު (ވައްޑޭ) އެވެ. އޭނާއަކީ އެމްޑީޕީގައި މިހާރު އުފެދިފައިވާ ފެކްޝަންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފެކްޝަންގައި އިސްކޮށް ހަރަކާތްތެރިވާ މެންބަރެކެވެ.
ވައްޑޭ ހުށަހެޅި ގަރާރުގައި ބުނެފައި ވަނީ ރައްޔިތުންގެ ކަންކަން ނިންމުމާއި ހިންގުމުގެ ބާރު ރައްޔިތުންނަށް އޮންނަން ޖެހޭނެ ކަމަށް އެމްޑީޕީގެ އަސާސީ ގަވައިދުގައި ބަޔާން ކޮށްފައިވާ ކަމަށާއި އެގޮތުގެ މަތިން ރައްޔިތުންގެ ހިޔާލާއި މަޝްވަރާ އިން ވައުދުތަކެއްގެ ގޮތުގައި މެނިފެސްޓޯއެއް އެކުލަވާލާފައިވާ ކަމަށެވެ.
އެމްޑީޕީން 2008، 2013 އަދި 2018 ވަނަ ރިޔާސީ އިންތިހާބުގައި ވެސް އެކުލަވައިލި އެ މެނިފެސްޓޯ އާންމު ކޮށްފައިވާ ކަމަށާއި އެއަށް ރައީސުލްޖުމްހޫރިއްޔާ އާއި އެހެނިހެން ސިޔާސީ ބޭފުޅުން ވެސް އަމަލު ކުރުމަކީ ވަރަށް އަސާސީ ކަމެއް ކަމަށް އެ ގަރާރުގައި ބުނެފައިވެ އެވެ.
އެހެން ނަމަވެސް މި ސަރުކާރުގެ ސިޔާސާތުތައް ގެންގުޅެނީ އެ މެނިފެސްޓޯގައިވާ މައިގަނޑު ގިނަ އަސާސްތަކާ ދިމާ އިދިކޮޅަށް ކަމަށާއި އެހެންކަމުން ރައްޔިތުން ނުހަނު ކަންބޮޑުވެ ނުރުހުންވާ ކަމަށް އެ ގަރާރުގައި ބުނެފައިވެ އެވެ.
އާންމު ދިރިއުޅުމުގެ ހާލަތު ރަނގަޅު ކުރުމާއި ބޯހިޔާވެހިކަމުގެ ވައުދާއި ފުދުންތެރިކަމާއި އާމްދަނީ މަތި ކުރުމަށް އެމްޑީޕީން ވެފައިވާ ވައުދުތަކުގެ ތެރޭގައި ހިމެނޭ މަސްވެރިކަމާއި ފަތުރުވެރިކަމާއި ގެސްޓްހައުސް ވިޔަފާރިތައް ފުޅާކުރުމަށް އެމްޑީޕީގެ މެނިފެސްޓޯގައިވާ ސިޔާސަތުތަކާ އެއްގޮތަށް ސަރުކާރުގެ ސިޔާސަތުތައް އަނބުރާލަން އެ ގަރާރުގައި ވަނީ ގޮވާލައިފަ އެވެ.
ސަރުކާރުން އަމަލު ކުރަމުން އަންނަނީ އެމްޑީޕީގެ "ޖަޒީރާ މެނިފެސްޓޯ" އަކަށް ނޫނެވެ. އެ މައްސަލާގައި ރައީސް އޮފީހުން ކުރިން ބުނެފައި ވަނީ ސަރުކާރުން އަމަލު ކުރަމުން އަންނަނީ މިވެރިކަން އުފެއްދުމުގެ ކޯލިޝަން ޕާޓީތަކަށް އެއްބަސްވެވުނު ގޮތަށް ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯ އަށް ކަމަށާއި އޭގެ ތެރެއިން އެމްޑީޕީގެ މުހިންމު އަސާސްތަކަށް އަމަލު ކުރަމުން އަންނަ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙަސަން އަޙްމަދު
20 February 2023
ބަލަ އެންމެން ކުރިމަތީގަދޯ ހަތަރު ޒައީމުންގެ ފޮޓޯ ޖަހައިގެން ކޮންމެ ރެއަކު ޖަލްސާ ބާއްވައިގެން ކޯލިޝަން ކެންޕޭނުކުރީ. ދެން ކޮން އެމްޑީޕީއެކޭ ކިޔާކަށް؟ ތިހާވަރުން އަމިއްލަ ލީޑަރުގެ ޑިކްޓޭޓާޝިޕެއް ބޭނުން ވަންޏާ ކީއްކުރަން އެހެން މީހުން ފަހަތުން ތިޔަ ދުވަނީ؟ މިހާރު ވެސް ކަލޭމެން ގާސިމް ގާތަށް ދިޔަ ވާހަކަ އެހެރީ ފްރޮންޓު ޕޭޖުގަ. ވެރިކަން ލިބުނީމާ ގާސިމާ ހެދި ޑީލް ވަށިގަނޑަށް. ތިޔަށް ވުރެ ލަދުކުޑަ ޣަދަރުވެރި ބަޔަކު ދުނިޔޭގަ އުޅޭނެތަ؟
ބޮޑުމީހާ
20 February 2023
މެނިފެސްޓޯ ތަންފީޒުކުރޭތޯ، އިންސާފާއި އޮންނަ އުސޫލުން ކަންކަންކުރޭތޯ ބަލާނެ ރައްޔިތެއް ނެތް. ކޮންމެ މީހަކުވެސް އުޅެނީ އަމިއްލަ އެދުމަށް. މިސާލަކަށް މިވެރިކަން ގެނައީ ކޮރަޕްޝަން ބަލައި ފިޔަވަޅު އަޅަން. އެކަމު ކޮރަޕްޝަން ދިޔައީ މައްޗަށް އެޅުނު ފިޔަވަޅެއް ނެތް. ބޯހިޔާވެހިކަން ހައްލެއް ނުވި، ބިދޭސީން، މަސްތުވާތަކެތި ކިޔާނެ ކަމެއް ނެތް. މިވަރުންވެސް އެތައް ބަޔަކު ވޯޓް ދީ ރިޔާސީ ޓިކެޓް އެއޮތީ ހަވާލުކޮށްފަ.
ކުރުކުރު
20 February 2023
ޖަޒީރާ ަވންތަ ރާއްޖެއޭ ކިޔާފަ ރަށްތަކުގެ އެންމެން މާލޭ ސަރަހައްދަށް ޖަމާކޮށް ޖަޒީރާ ވަންތަކަށް ދުއްވާލަނީ ވައުދާ ދިމާއިދިކޮޅަށް
ޖަޒީރާ ސިކުނޑި
20 February 2023
2008 ގައި ކަލޭމެންގެ ލީޑަރު އައިސް ވެރިކަމަށް އަރަން ބޭނުންކުރި ކޯލިޝަން ކިޔާ ހަރުގަނޑުގާ ކޮޅުފައިންޖަހާ އެއްލާލީ. އެއަށްފަހު އެންމެ 3 އަހަރުތެރޭގައި ތިބުނާ މެނިފެސްޓޯގައި ހުރި ހުރިހާއެއްޗެހި ރައްޔިތުންގެ ކާކޫވެސް ފޯރާ ހިސާބަށް ގެނެސްދީ ފުރިހަމަކޮށްލާފައި ހުރިހާ ވަޒީރުން ފަހަތުގައި ސަފަކަށް އަތުރާފައި އިސްތިއުފާ ދެއްވީ! ވެރިކަމުގެ އިތުރު އެދުންފުޅެއް ނެތި ރީތި މިސާލު ދައްކަވާދެމުން. ދެރަކަމެއްނު؟ އިސްތިއުފާދީފައި ދޭބަލަ ގޭދޮށު މަސްފެކްޓަރީއަށް.
ބަލްގިޝް
20 February 2023
ސިޔާސީ މީހުން ދައްކާވާހަކަ އަޑުއަހަން ހެޔޮނުވާނެ، އެއީ ހަޔާތް ކުޑަބައެއް، ބަލަންވާނީ ކަންހިގަމުންދާ ގޮތާއި ފެންނަން ހުންނަ ކަންކަމަށް ދެންބޭނުން ކުރަންވާނީ އެމީހެއްގެ ސިކުނޑި ކޮންމެވެސް މީހަކަށް ތާއީދު ކުރުން މުހިންމި އެއްވެސް މީހަކަށް ތާއީދު ނުކުރުމަށްވުރެ. ޥައްޑެ އަކީ “ގުރައެއް” އޭނައެޖައްސަނީ މީހަކު ދަސްކޮށްދިންވައްތަރެއް،
މާހިރު
20 February 2023
ތިބޭފުޅުންގެ ފެކްޝަނުން އެކަނި ނުކުމެ ވެރިކަން ލިބެންދެން ތިވާހަކަތައް ދެއްކުން ހުއްޓަވާލެއްވުން ބުއްދިވެރިއެވެ. ކޯލިޝަނެއްގެ ތެރެއިން އުފެދޭ ސަރުކާރަކުން ވަކި ޕާޓީއެއްގެ މެނިފެސްޓޯއާ އެއްގޮތަށް ސަރުކާރެއް ނުހިއްގޭނެކަން އިންސާފަށް ލޯބިކުރާ ކޮންމެ ބޭފުޅަކަށްވެސް ޤަބޫލުކުރެވޭނެއެވެ. ވައްޑޭމެން ކިތައްމެ ބޭނުންވިޔަސް އަންނިގެ ހުޅަނގުގެ ޑިމޮކްރަސީގެ ފިކުރަކީ ދިވެހިން ބަލައިގަންނަން ބޭނުންވާ ފިކުރެއްނޫނެވެ.
އަލީ ސ
20 February 2023
ބޭ ޤަރާރު
ގުދުގުދުލީބެއްޔާގެ ތެދުބަސް
20 February 2023
އެމްޑީޕީގެ ސިޔާސަތުތައް ތަންފީޒުނުވާތީ، ކަލެއަކީ ކިރިޔާވެސް ގޮތެއްހުންނަމީހެއްނަމަ އޮންނަނީ މިހާރު އިސްތިއުފާދީފާ.
ތަކުރުބެއްޔާ
20 February 2023
ބަރުލަމާނީ އޭ ކިޔަން ނުކެރިގެން ދޯ އެމްޑީޕީ މެނިފެސްޓޯ އޭ ތި ކިޔަނީ.. ބަލަ މިހާރު ވެސް ކުރިއަށް ދަނީ އެ މެނިފެސްޓޯ މަގު ހެދުން ،ބަދަރު ހެދުން ،ސާފު ބޯފެން ނަރުދަމާ....... ދެން ކަލޯ މެން ވެއްޖެ އެއްނު ތި ބަރުލަމާނީއެއްގެ ވާހަކަ ހުއްޓާލަން.. ތީކީ ރައްޔިތުން ބޭނުންވާ އެއްޗެއް ނޫން
މަޖުލިސް މީހާ
20 February 2023
މީ އަޅެފަހެ ސިކުނޑީން ވިސްނާ ބޭފުޅެއްބާ ؟ އެމްޑީޕީ އެތެރޭގެ ކޯޅުމުގެ ކަންތައް ރައްޔިތުމްގެ މަޖުލިހަށް ހުށައަޅަން ޖެހެނީ ؟؟