20 ފެބުރުއަރީ 2023 - 23:48
ހަޓައި (ފެބްރުއައީ 20) - ދެ ހަފުތާ ކުރިން ކުރިމަތިވި ބާރުގަދަ ބިންހެލުމުގައި ފުނޑުފުނޑުވެފައިވާ ތުރުކީގެ ހަޓައި ޕްރޮވިންސަށް މިރޭ އަނެއްކާ ވެސް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ އެވެ.
ކުރިން އައި ބިންހެލުމަށް ވުރެ މިރޭގެ ހެލުމުގެ ބާރުމިން ދަށެވެ. މިރޭ އައީ 6.8 މެގްނެޓިއުޑްގެ ބިންހެލުމެކެވެ. އަދި އޭގެ ގަޑިއެއްހާއިރު ފަހު 5.8 ގެ ބާރުމިނުގެ ހެލުމެއް ވެސް އައެވެ. މީހަކު މަރުވެފައިވާކަން އަދި މިހާތަނަށް ކަށަވަރު ވެފައެއް ނުވެ އެވެ. މި މަހުގެ ހަވަނަ ދުވަހު ތުރުކީ އާއި ސީރިއާގެ ބޯޑަރު ސަރަހައްދަށް ފުލުފުލުގައި އައި ބިންހެލުން ރެކޯޑް ކުރެވިފައި ވަނީ 7.8 އަދި 7.5 ބާރުމިނުގަ އެވެ.
މި ބިންހެލުން އައީ ބިމުގެ އަޑިން ދެ ކިލޯ މީޓަރުގެ ފުންމިނުގަ އެވެ. ޔޫރަޕްގެ ބިންހެލުންތައް ދިރާސާ ކުރާ އިދާރާއިން ބުނީ ބިމުގެ މަތީ ފަށަލަ އަށް ވެސް އެ ބިންހެލުމުގެ އަސަރު ކޮށްފައިވާ ކަމަށެވެ.
މި ބިންހެލުމުގެ އަސަރު ތުރުކީ އާއި ސީރިއާގެ އިތުރުން ލުބުނާން އާއި މިސްރަށް ވެސް ކުރި އެވެ. އެކަމަކު އެ ގައުމުތަކަށް ލޮޅުން އައި މިންވަރު ކުޑަ އެވެ. ތުރުކީގެ އިމާރާތްތަކުގައި ދިރިއުޅޭ މީހުންނަށް މި ބިންހެލުމުގެ އަސަރު ކުރި އެވެ.
ތުރުކީގެ ޑިޒާސްޓާ ޔުނިޓުން މިހާރު ދަނީ މިރޭގެ ބިންހެލުމުގައި އެއް ވެސް މީހަކަށް ގެއްލުން ވެފައިވޭތޯ ބަލުންނެވެ.
ތުރުކީ އަށް މި މަހު 6 ގައި އައި ބިންހެލުމުގައި 46،000 އަށް ވުރެ ގިނަ މީހުރު މަރުވެ އެތައް ހާސް އިމާރާތެއް ބިމާ ހަމަވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަލްސަލީ
21 February 2023
އެބަޖެހޭ ތިޔަ ބިންހެލުމުގެ އަސްލު ދިރާސާކުރަން. އެކިޔާ މޫސުމީ ހަތިޔާރެއް ބޭނުންކުރަނީތޯ ބަލަން ބަޔަކު، އަޑުގެ ހަކަތަ ބޭނުންކޮށްގެން
އަޑު
21 February 2023
އިންސާނުންނަށް އަޑު އިވޭ އަދި ނީވޭ އަޑުގެ ހަކަތައަކީ ހުރިހާ ގޮތަކުންވެސް ވަރަށް ގެއްލުންހުރި އެއްޗެއް، ގިނަބަޔަކު ގަބޫލު ނުކުރަނީ އެބައިމީހުންނަށް އެކަން ރަގަޅަށް ސާފުނުވާތީއެވެ.
ހާސްކޮބާ
22 February 2023
ކޮންމެ ހަތިޔާރެއް ބޭނުންކުރިއަސް ދުނިޔެ ނިމެން ދާން ކަނޑައަޅުއްވާފަ އޮންނަ ގޮތެއް ބަދަލެއްނުވާނެ. ދުނިޔެ ނިމެންދާއިރު ބިންހެލުންތައް ގިނަވާނެ ކަމަށް އޮންނަ އެންގެވުމުގައި ސާފެއް ނުވޭ އެއީ މީހުން ކުރާ ކަމަކުން ނުވަތަ ގުދުރަތީ ކަމަކުން ވާ ކަމެއްކަމަކަށް. ދުނިޔޭގެ އެންމެ ފަހުކޮޅުގައި ދުނިޔޭގެ 3 ބައިކޮށްފަ 2 ބައިމީހުން އެކި ކަންކަމުގަ މަރުވާނެ ކަމަށް އެއްބަޔަކު ބުނާއިރު އެކަން ދިމާވާނެ އެތައް ބައިވަރު ގޮތްތަކެއްވެސް މެދުވެރިވާނެތާ.
އިސްތަމްބޫލް ގެ ހަލާކުއައީ
21 February 2023
އަދިވެސް ބޮޑުކަމަކައް ހަދާފަ ވާހަކަ ދައްކާނީ މިސްރުގެ ފިރުއައުނުގެ ވާހަކަ!!!
ދާސްމިން
21 February 2023
ބިންހެލުން ފަދަ ކާރިސާ އަކީ ﷲ ފުނުއްވާ އިންޒާރެއް ކަމަށް ޚުތުބާގައި ބުނި.
އަހުރެން
21 February 2023
އެއަށް ކިޔާ އަސްލު ނަމަކީ އާފްޓަރޝޮކް. ބާރުގަދަ ބިންހެލުމެއްގެ ފަހުން އެތައް ދުވަހެއް ވަންދެން އާފްޓަރޝޮކް އަންނާނެ.
ބަތޭލި
21 February 2023
6.8 ރިކްޓަރ މިންގަނޑުން މިއަންނަނީ އާފްޓަރޝޮކް ދޯ؟
ސްރޯ
21 February 2023
ތުރުކީ ސަރުކާރުން ބުނަނީ ބިން ހެލުމެކޯ. އެމީހުނަށް އާފްޓަށޮކު ކިޔަން ނޭގެނީ ކަމަށް ވާނީ.
ރަނގަޅު
21 February 2023
ސީއެންއެންގަ ވެސް އޮތީ އާފްޓަރ ޝޮކް
ބޮއްތަލޭ
21 February 2023
ވަކި މިނަކަށް ނޫން އާފްޓަރޝޮކް އަންނާނީ. މާބޮޑަށް ތިހިރީ އިނގިފަ.