21 ފެބުރުއަރީ 2023 - 12:33
ޓޫރިޒަމަށް ތަރައްގީކުރަން އުޅެ އެކަން ކާމިޔާބު ނުވި ލ. ތުނބުރި، އެންމެ ފަހުން ދަނޑުވެރިކަމުގެ މަސައްކަތަށް ކުއްޔަށް ދޫކޮށްފި އެވެ.
ފިޝަރީޒް މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ނަސްރުﷲ ހަސަން "މިހާރު" އަށް މިއަދު ވިދާޅުވީ ދަނޑުވެރިކަމާ ގުޅޭ މަސައްކަތް ކުރުމަށް ހޯކްސް ކުންފުންޏަށް ނޮވެމްބަރު 21، 2022 ގައި ދިނީ ވާދަވެރި ބިޑިންއަކުން ކަމަށެވެ.
ތުނބުރި ހިމެނޭ ގޮތަށް ފަސް ރަށެއްގައި ދަނޑުވެރިކަން ކުރުމަށް މިނިސްޓްރީން އިއުލާނުކުރީ 2021 ވަނަ އަހަރު އެވެ.
ނަސްރުﷲ ވިދާޅުވީ 18 ހެކްޓަރުގެ އެ ރަށް 21 އަހަރަށް ކުއްޔަށް ދިނީ އަކަފޫޓަކަށް 10 ލާރިއަށް ކަމަށެވެ. މި ރޭޓުން ބަލައިފި ނަމަ ކުއްޔަކީ 12,908.81ރ. އެވެ.
އެ އަތޮޅު ކައުންސިލްގެ ރައީސް އިސްމާއިލް އަލީ ވިދާޅުވި ގޮތުގައި ތުނބުރީގައި ދަނޑުވެރިކަމާ ގުޅޭ މަސައްކަތް ކުރުމަށް އިކޮނޮމިކް ކައުންސިލުން ނިންމުމުން ފިޝަރީޒް މިނިސްޓްރީން އެ ކަމުގައި ކައުންސިލްގެ ލަފައަކަށް އެދުނު ކަމަށެވެ.
އެކަމުގައި އެއްވެސް އިއުތިރާޒެއް ނެތް ކަމަށް އެންގުމުން އެ ރަށް ކުއްޔަށް ދޭން ނިންމީ އެވެ.
ތުނބުރިއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސަރުކާރުގެ ގެސްޓްހައުސް މަޝްރޫއު ނުވަތަ އިންޓަގްރޭޓެޑް ރިސޯޓު މަޝްރޫއު ހިންގަން އެންމެ ފުރަތަމަ ނިންމި ރަށެވެ. އެކަމަކު، އެމްއައިޓީޑީސީން ހިންގަން އުޅުނު މަޝްރޫއު ފަހުން ބަދަލުކުރީ ބަރެސްދޫއަށެވެ. އޭގެ ފަހުން ތުނބުރީގައި ވެސް އެއްވެސް މަސައްކަތެއް ނުކުރެ އެވެ.
އިސްމާއިލް ވިދާޅުވީ އެ ރަށްރަށުގައި ޓޫރިޒަމް ކުރި ނޭރުމަކީ މައްސަލައެއް ކަމަށެވެ. އެކަމަކު، އެ ރަށުގައި މަސައްކަތްކޮށް އާމްދަނީ ގޮތް ހެދުމަކީ ރަނގަޅު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ށެނެޓް
21 February 2023
ތިތާކު ނުކުރަަނެ ދަޑުވެރިކަމެއް. މުޖައްރިބު. ދަނޑުވެރިކަން ކުރަން ބޭނުންނަމަ އެޔޮތިި ގަން ވެސް. ސަރުކާރާ ކައުންސިލްތައް ގުޅިގެން ކުރާ ވައްކަން ހަމަ.
ސްޓިންސަން
21 February 2023
18 ހެކްޓަރަކީ 1937504 އަކަފޫޓް. އެވަރަށް ބަލާއިރު އަކަފޫޓަކަށް 10ލާރިން ޖެހޭނީ 12،900ރުފިޔާ އެއް ނޫން. ބޮޑު އޮޅުވާލުމަކާ ޖަރީމާއެއް.
ލަދުވެތި ކަރާ
21 February 2023
ދަނބިދޫ އިހްތިސާސްތެރެއަށް ވަންނަ ރަށެއް ތުނބުރި އަކީ. ބާރާއި ނޫފުޒުން އިކޮނޮމިކް މިނިސްޓަރ ފައްޔާޒު ވަނީ އެރަށް ދަނބިދޫ އިހްތިސާސްތެރެއިން ނެރެ ފައްޔާޒުގެ އައުވާނަކަށް ދަނޑުވެރިކަމަށް ދީފައި. ދަނބިދޫ ކައުންސިލްގެ ރައީސަކަށް ހުރީ އެމްޑީޕީ ކޮންމެ ގޮތެއް ހެދި ނަމަވެސްޗުއްޕު އޭ ވެސް ބުނަން ނުކެރޭ ޕަޕެޓެއް ދަނިބިދޫ ކައުންސިލުން ތިރަށް ދަނޑުވެރިކަމަށް ދޫކުރިނަމަ އެރަށަށް ލިބޭ ފައިސާއެއް ވަންނާނީ ރަށު ކައުންސިލަށް. މިހާރު ލިބޭނީ ސަރުކާރަށް.
އެމްސް
21 February 2023
މިޤައުމަށް ނުކަތާވަރަށް މިޤައުމުގަ ތިބި ބިދޭސީން، ވަކިން ޚާއްސަކޮށް ބޮންދުން ބޭރުނުކޮށެއް ދިވެއްސަކަށް ނޭވާއެއްވެސް ލެވޭކަށް ނެތް! އާދަޔާއި ޚިލާފު ރޭޓެއްގަ އެމީހުން ދަނީ ދިވެހިންނާއި ކައިވެނިވެސް ކުރަމުން!
އެމްސް
21 February 2023
ކުލީ ވިޔަފާރިއާއި ޖުރިމަނާގެ ކަންކަން ސަރުކާރުން ހުއްޓާލަން ވެއްޖެ! ދަނޑުވެރިކަމަކީ ސަބްސިޑީޒްއެއް ދީގެންވެސް ކުރިއަރުވަން ވެއްޖެ ސިނާޢަތެއް! ވާދަވެރި ބިޑިންއަކަށް ދިޔައިމަ ގިނަފަހަރަށް ރަށް ދާނީ ތޮއްޑޫގަވެސް މިއަދު ދަނޑުވެރިކަމުގަ އުޅޭ ބޮންދުންގެ އަތްމައްޗަށް، ނޫން ނަމަ ކޮންމެވެސް ރިސޯޓްވެރިއެއްގެ އަތްމައްޗަށް! ރިސޯޓްވެެރިޔާ ރަށް ބޭނުން ކުރާނީ ނަމުގަ ދަނޑުވެރިކަމަަށް!
ވަރުވާތަ
21 February 2023
ތިޔަ ބޮޑު ރަށުގެ ކުއްޔަކީ، އަކަފޫޓަކަށް އެންމެ 10 ލާރި، މަހަކު 12900 ރުފިޔާ، ތިޔަ ކަހަލަ ރަށްރަށް މުއްސަދިން ނަގައިގެން ދަޑުވެރިަކން ނުކޮށް އެމީހުންގެ ހޮލިޑޭ ހޯމް ހަދާ ދޯނި ފަހަރު ބަދެ މަރާމާތު ކުރުމުގެ މަސައްކަތް ކުރަނީ، ބައެއް ރަށް ރަށުގަ ޑްރަގު ޕެކިން ކުރާކަމަށްވެސްވޭ، މިކަމަކުން ރއްޔިތަކަށް ލިބޭނެ ވަޒީފާ އެއް ފަސޭހަ އެއް ނޯންނާނެ،