ރައީސާއި ނަޝީދު: ރިޔާސީ ޕްރައިމަރީ ބާތިލްކުރަން ހުށަހެޅި މައްސަލަ ކޯޓުން މިހާރު ވަނީ ބަލައިގަނެފައި --- ފޮޓޯ/މިހާރު
21 ފެބުރުއަރީ 2023 - 15:02
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާތިލްކުރަން ހުށަހެޅި މައްސަލަ ސިވިލް ކޯޓުން ބަލައިގަނެ، އެ މައްސަލައިގެ އަޑުއެހުންތައް އަންނަ ހަފުތާގައި ފަށަން ނިންމައިފި އެވެ.
މިދިޔަ މަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާތިލްކޮށް، އަލުން ޕްރައިމަރީ ބޭއްވުމުގެ އަމުރަކަށް އެދި ތިން މީހަކު މައްސަލަ ހުށަހެޅިޔަސް، ސިވިލް ކޯޓުން މިހާތަނަށް ބަލައިގަތީ އެއް މައްސަލަ އެވެ.
އެ މައްސަލަ ބަލައިގަތުމަށްފަހު އަންނަ ހަފުތާގެ އަންގާރަ ދުވަހު ޝަރީއަތް ފަށަން މިހާރު ވަނީ ހަމަޖައްސައިފަ އެވެ.
އެ މައްސަލަ ހުށަހަޅާފައިވަނީ އެމްޑީޕީގެ 39،000 މެމްބަރުން ޕާޓީގެ ގަވާއިދާ ޚިލާފަށް ޕާޓީން ވަކިކުރުމަށްފަހު ޕްރައިމަރީ ބާއްވާފައިވާތީ ކަމަށް ބުނެ އެވެ.
މިދިޔަ މަހު ބޭއްވި ޕްރައިމަރީގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ވާދަކުރައްވައި، 62 ޕަސެންޓް ވޯޓުން ޕްރައިމަރީ ކާމިޔާބު ކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އެމަނިކުފާނަށް ރިޔާސީ ޓިކެޓް ރަސްމީކޮށް މިހާރު ވަނީ ހަވާލުކޮށްފަ އެވެ.
ނަޝީދުގެ ފެކްޝަނުން ވަނީ ބަލި ގަބޫލުކުރަން ދެކޮޅު ހަދައި، ޕްރައިމަރީ އޮޅުވާލި ކަމަށް ތުހުމަތުކޮށްފަ އެވެ. އެހެން ނަމަވެސް އެމްޑީޕީގެ އިންތިޚާބާބެހޭ ބެހޭ ކޮމެޓީން ނިންމާފައިވަނީ ނަތީޖާއަށް ބަދަލު އަންނަ ފަދަ މައްސަލަތަކެއް ނެތް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަވި
22 February 2023
ހަގީގަތުގައި ވެސް ތީ ބަލަންޖެހޭ މައްސަލައެއް! ފުރަތަމަ ގައުމީ މަޖިލިހަށް، "ބޮނދު" ގެ ފައިނޭންސަރ، ބްރޯގެ ޕަޕެޓުންލީ! ދެން ޕްރައިމަރީގެ ޝަކުވާބަލާ ކޮމިޓީއަށްވެސް ލީ އޭގެ ޕަޕެޓުން! ޕްރައިމަރީގެ އެތަށް، ކަންބޮޑުވާ ޝަކުވާ ހުށައެޅީމާވެސް ބެލީކީނޫން! އަވަސް އަރުވާލައިގެން ރިޔާސީ ޓިކެޓް ދިން ލިޔުމަކީވެސް ސައްހަ ލިޔުމެއްނޫން! ސަބަބަކީ، ކުޑަމިނުން އެ ލިޔުމުގައި ޕާޓީގެ ލޯގޯވެސް ހުރީކީނޫން! ލިޔުމުގައި އޮތީ، ބްރޯގެ ނަމާއި ސޮއި! ވީމާ އެ އެއްޗަކީ، ބްރޯގެ ގެއިން ތައްޔާރުކޮށް ނެރެފައި އޮތް އެއްޗެކޭ ބުނުމުގެ ފުރުސަތުވެސް އެބައޮތް! މިއަށް އެމްޑީޕީގެ ރިޔާސީ ޓިކެޓް ޙަވާލުކުރި ލިޔުމޭ ކިޔެނީ ކީއްވެބާ؟
ނެކްސްޓް
21 February 2023
ކޯޓުތައްވެސް ހަދަފާސްޓޭދޯ ސިޔާސީކަންކަމާ ޖެހުނީމަ. ޢާންމު ރައްޔިތަކުލާ މައްސަލައެއް އަޑު އެހުމެއް ބާއްވަންވެސް އެބަނަގާ މަދުވެގެން 3 މަސް
ޖުމާ
21 February 2023
ކޮންމެވެސް ކުއްޖަކު ވެއްޖެއެއްނު 2008 ގެ ޕްރައިމަރީގެ މައްސަލަ ވެސް ކޯޓަށް ވައްދަން؟
ޖޭއެސްސީ ވ ޖޭއެސްސީ
21 February 2023
ޖޭއެސްސީ ގެ ރައީސް ހުންނެވީ ރައީސް އިބޫއާ އެކު، ޖޭއެސްސީގައި އިންނަވާ މަޖިލިސް ރައީސްއަކީ ދައުވާކުރާ ފަރާތް. މައްސަލަ ބަލަން ޤާޟީ ނިކުންނަވާއިރު. ޖޭއެސްސީ މިތިބީ ޝަރީޢަތުގަ. ސްލޫކުނުވެ ތިޔަ މައްސަލަ ބަލާނެގޮތެއް މިވިސްނަނީ
އެމްސް
21 February 2023
އެބަޔެއްގެ ޕްރައިމަރީ އެބަޔަކު އަމިއްލަ އަމިއްލައަށް ބޭއްވުން ކޮންކަހަލަ ކަމެއް؟ ވޯޓްލުމުގެ ޙައްޤު ލިބޭ މިންވަރަށްވުރެ ގިނަ ވޯޓް ބައެއް ފޮށިތަކަަށް ލެވުނީ އެންމެ ޢަޖަޢިބުކުރުވަނިވި 1 ކަންތައް! ފައިސާގެ ބާރު އަބަދުވެސް ގަދަވާނެ!
ހަޑިގިއްލާ
21 February 2023
ތީ އަޖައިބެއްނޫން! ވޯޓުލާނެތަނެއް ރަޖިސްޓަރީ ނުކުރާ މި އިންތިޚާބުގަ ކޮންމެ ރަށެއްގެ މީހަކަށްވެސް ވޯޓުލެވޭނެ އެމީހެއްރަށުގަ ނުވަތަ މާލޭގަ! ވޯޓު ކަރުދާސް ޕްރިންޓް ކުރަނީ ވޯޓު ލުމުގެ ހައްގުއޮތް އަދަދަށް! ނަމަވެސް އެދެ ފޮށީގަވެސް ވޯޓުލުމުގެ ހައްގުއޮތް އެންމެންގެ ލިސްޓް އޮންނާނެ! ތިޔަބުނާ ފޯމެއްގަ ޖަހަނީ އެ އަދަދު ދެބައިކޮށްފަ އަންދާޒައެއް! އެއީ ދެފޮށީގެ އަދަދު އެއްކުރީމަ ޖުމްލަ ދިމާވާގޮތައް! ތިބުނާ އަދައްވުރެ ގިނައިން ރނ އަށްވެސް ވޯޓު ލިބިފައެބަހުރި
ބޮޑުމީހާ
21 February 2023
ތި އިބޫއާއި އަންނިއަކީ އެކައްޗެއް. ސަރުކާރު އޮވެ، 65 މެމްބަރުން ތިބެ ރައްޔިތަކަށް ކޮށްދިންކަމެއް ނެތް. ގާތްތިމާގެ މީހުންނަށް ބަދަލު ދެވުނު، ދައުލަތް ދަރުވާލެވުނު 100 ބިލިއަނުން.
ހަޑިގިއްލާ
21 February 2023
ކޮއްދިން ކަމެއް ނެތޭ ތިބުނަނީ، ތިބާ އެދިގެން އެއްކަމެއްވެސް ނުވި ވާހަކަތޯ؟
ހަސޯ
21 February 2023
ކޯޓުން ހުކުމްކުރުމުން ބުނާނެ ނުފޫޒު ފޯރުވީއޭ. މިފަހަރު އިތުރަށް ސޯޓުބޭލި ފަލީހަށްވުން ނޫންކަމެއްނުވާނެ.
ޖެކް
21 February 2023
39 ހާސް މީހުންގެ ހައްގު ކޯޓުން ހޯދައިދުނުމަކީ ވަރަށް މުހިއްމުކަމެއް!
ކެމެރާ
21 February 2023
ތިޔަކިޔާ 39 ހާސް އަކީ އަރުވާލައިގެން އުޅޭ އަޑެއް ކަމަށްވެސް ވެދާނެ. އެނގިދާނެތާ ކޯޓުން މައްސަލަ ބަލަންފެށީމައި އެ 39 ހާސް ކިހާވަރަކަށް ތިރިވޭތޯ؟
މޯހަންކުމާރު
21 February 2023
2013 ގެ ކޯޓު ކުޅި ފެށީތަ ސޭޓާ؟ މިފަހަރު އަންނިވެސް ހުރީ ސޭޓާ އެކު.
ބުރުގާ
21 February 2023
ވޯޓުން ނުވެއްޖެޔާ ކޯޓުން. މީތޯ ކެެނެރީގޭ ނަޝީދު އިނގިރޭސި ވިލާތުން ދިވެހި ބަހައް ތަރުޖަމާކޮއްގެން ގެނައި ޑިމޮކުރަސީގަ އޮންނަގޮތަކީ ......... މޮޅުކަލޯ!!!!!.
އެމްސް
21 February 2023
ޔާމީން ނޫންތޯ ބުނެފަވީ ތިމަންނާމެންގެ ވެރިކަމަކީ ކޯޓުން ހޯދަދިން ވެރިކަމެކޭ!
ވކއހއ
21 February 2023
ބަލަ ޑިމޮކްރަސީގަ ކޯޓަކީވެސް މުހިންމު ތަނެކޭ. ލޮލް
ެއޭނާ2
21 February 2023
67 މީހުންނަށް ދެކޮޅު ޓިކެޓް އަދި ފައިސާ މީގެ އިތުރުން ލޯޗްޚަރަދު ދީގެން ގެނެސް ވޯޓްލީ މިދައްކަނީ ހަމައެކަނި ހއ. ދިއްދޫގެ ވާހަކަ. ރޯޑްކޯޕްރޭޝަނަށް އިތުރު 40 ވަޒީފާ ދީފަ ފެނަކއިން 80 މީހުނަށް ވޒީފާ 2023 ގަ ހަމޖެހުނު ހަމއެކަނި ޕްރައިމަރީ ޗެއަރ ޕާސަންގެ ވޯޓްވެސް ހިގީ ހަމަ އެގޮތަށް