ހެކްކުރުމަކީ ފަނާކުރަނިވި އަމަލަކަށް ވާ ފަދައިން ބިނާކުރަނިވި އަމަލަކަށް ވެސް ވޭ: ހެކްކުރުން ގިނަ ފަހަރު މާނަކުރެވެނީ ގެއްލުން ދިނުމަށް ކުރެވޭ ކަމެއް ގޮތުގައި. ސަލާމަތީ ބޭނުންތަކަށް ހެކްކުރަން ވެސް ޖެހޭ
22 ފެބުރުއަރީ 2023 - 11:04
ހުއްދަ ނެތި ކޮމްޕިއުޓަަރާއި ޑޭޓާއަށް އެކްސެސްވުމާއި ސައިބާ ކްރައިމްގެ ކުށްތައް ގާނޫނުލްއުގޫބާތުގައި ހިމަނަން ރައްޔިތުންގެ މަޖިލީހަށް އިސްލާހެއް ހުށަހަޅައިފި އެވެ.
ސަރުކާރުގެ ފަރާތުން ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުއިއްޒު މި އިސްލާހު ހުށަހެޅި ސަބަބެއް ކަމުގައި ބިލުގައި ބުނެފައި ވަނީ ސައިބާ ކްރައިމްއާ ގުޅުން ހުރި އަމަލުތަކަކީ ކުށެއް ކަމުގައި ކަނޑައެޅުމެވެ.
1. ހުއްދަ ނެތި ކޮމްޕިއުޓަ ސިސްޓަމަކަށް އެކްސެސްވުން
2. ކުށެއް ކުރުމަށް މަގުފަހި ކުރުމުގެ ނިޔަތުގައި ހުއްދަ ނެތި ކޮމްޕިއުޓަ ސިސްޓަމަކަށް އެކްސެސްވުން
3. ހުއްދަ ނެތި ކޮމްޕިއުޓަ ޑޭޓާ އިންޓަސެޕްޓް ކުރުން
4. ހުއްދަ ނެތި ކޮމްޕިއުޓަ ސިސްޓަމަކަށް އިންޓަފިއާ ކުރުން
5. ނަހަމަ ގޮތެއްގައި ޑިވައިސްތައް ބޭނުން ކުރުން
6. ސައިބާ ވަޔަލަންސްގެ އަމަލުތައް
7. ކޮމްޕިއުޓަރާ ގުޅުން ހުރި ފޯޖަރީގެ އަމަލުތައް
8. ކޮމްޕިއުޓަރާ ގުޅުން ހުރި އޮޅުވާލުމުގެ އަމަލުތައް
9. ކޮޕީރައިޓާއި އެއާ ގުޅޭ އެހެނިހެން ހައްގުތަކަށް އަރައިގަތުމުގެ އަމަލުތައް
އެ އަމަލުތަކަކީ ކުށެއް ކަމުގައި ކަނޑައެޅި ނަމަވެސް ކޯޓު އަމުރެއްގެ ދަށުން ނުވަަތަ ގާނޫނަކުން ބާރު ލިބިގެން ދޭ ހުއްދައެއްގެ ދަށުން އެކްސެސް ކުރުމަކީ ކުށެއް ކަމުގައި ނުބެލެވޭނެ ކަމަށް އެ އިސްލާހުގައި ބުނެފައިވެ އެވެ.
އެފަދަ ކުށަކަށް އަރައިގެންފި ނަމަ އަހަރަކަށް ވުރެ ގިނަ ދުވަހަށް ޖަލަށް ލުމުގެ އަދަބު ކަނޑައެޅުމަށް ވެސް އެ އިސްލާހުގައި ވަނީ ހުށަހަޅައިފަ އެވެ.
ސައިބަކްރައިމްގެ ކުށްތަށް ރާއްޖޭގައި ގިނަވަމުން އަންނައިރު އެފަދަ ކުށްތަކުގައި އެކަށީގެންވާ ފިޔަވަޅު ނޭޅި ކުށްތައް ތަކުރާރު ވުމަކީ މިހާރު އުފެދިފައިވާ ކަންބޮޑުވުމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢާދަނުބެ
23 February 2023
މިޒަމާނަށް ނުފެތޭ ނުކުޔަވާތިބި ބަޔަކު ރައީތުން މަޖިލީހައް ހޮވީމަ މި ޒަމަނުގެ ޓެކޮނޮލޮޖީއައް އާވާނެ
ގަނބޭ
22 February 2023
ބަލަ ބޯގަމާރުތަކާ މިހާރު ހަމައެކަނި ތިވަރުން ކުށަކަށް ހަދައިގެން ތިކަމެއް ނުފުދޭނެ! ސްމާޓް ފޯނުތަކަށް ވަދެގެން މީހުންގެ ޕްރައިވެޓް މައުލޫމާތާއި އިޔަފާރިއާއި އެކައުންޓްގަ ހުންނަ ލާރިކޮޅު އެޔޮށް ކައި ހުސްކުރަނީ! ކަމެއް ކުރާއިރު ނިކަން ރަނގަޅަށް ވިސްނައިފަ ދުނިޔޭގަ ކަންކަން ހިނގާ ގޮތަށް ރިއާޔަތްކޮށްފަ ގަވާއިދާ ގާނޫންތަކާ ހަދައިބަލަ. އޭރުންނޭ ރައްޔިތަކަށް ތީގެން ފައިދާކުރާނީ!
ހިތަދޫ
22 February 2023
އެންސީއައިޓީގަ ތިބި މީހުން މުހިރިހާ ދުވަހު ކީއްކުރީ މުސާރަ ނަގައިގެން، އަދިވެސް އަނގަ ފުޅާ ކޮއްފަ ޑިޖިޓަލް އެ ކިޔާ!
ޤާނނނ
22 February 2023
ޤާނޫނު ނެތިގެންހޭ ކުށް މަދުނުވެމިދަނީ؟ ޒިއްމާ ނުނެގުން އެއްމެ ބޮޑުކަމަކީ. ފުލުހުންނަށް އެބައޮތް ހައްލު ހޯދެން ކަންކަމުގަ، އެކަމަކު ސިސްޓަމްގަ ރައްޔިތުމީހާ ހިމާޔަތް ކުރުން ނެތީ. ސިސްޓަމްގަ އޮތީ ސިސްޓަމް ބޭނުންކޮށްގެން ކެއުމާއި އެކަމަށް މަގުފަހިކުރުން. ވީމާ ކުށް ނުހުއްޓުވެނީ. މިހާރު ހަދާފަ ހުރި ޤާނޫނުތަކުންވެސް ކުށްވެރިން ކަނޑައެޅޭނެ. ސައިބަރ ކްރައިމް އަށް އެކަށީގެންވާ އަދަބެއް ދޭންޖެހޭ. އަދި ހަމަ އެހެންމެ، ޒިންމާދާރުވާންވެސް ޖެހޭ
ވިކިލީކްސް
22 February 2023
5. ނަހަމަ ގޮތެއްގައި ޑިވައިސްތައް ބޭނުން ކުރުން. ޔޫޓިއުބް ނުވަތަ ޓިކްޓޮކް ފަދަ އެޕްތަކުން ބަދު އަޚުލާގީ މަންޒަރު (މިސާލަކަށް ކިސްކުރުމާއި އައުރަ ނިވަނުކޮށް ހުންނަ މަންޒަރު) ބެލުމާއި ޕޯން ސައިޓުތަކަށް ވަނުމަކީ ނަހަމަ ގޮތެއްގައި ޑިވައިސްތައް ބޭނުން ކުރުންތޯ؟ އެހެން ކަމުގާ ވާނަމަ ދިރާގުން ކަންބޮޑުވާނެ! އެހެންވެއްޖެނަމަ ތިޔަ އިސްލާހު ފާސްކުރަން
އައް
22 February 2023
ހުރިހާ މޮޅެތި ގާނޫނާއި ގަވައިދު އެބަ އޮތް.. އަމަލު ކޮބާ؟
ހަސަންފުޅު
22 February 2023
ކޮބައިތޯ ހުއްދަ ނެތި، މީހުންގެ ފޯނު ނަންބަރު ވިއްކުން ބޮޑެތި ކުންފުނިތަކުން ފޯނުނަންބަރު ގަނެގެން އިރު އިރުކޮޅާ އެމީހުންގެ އެޑްވަޓައިޒުމެންޓް ފޮނުވުން މީއީ ބޮޑު އުދަގުލެއް.. ކޭ.އެފްސީ،، މޭރީ ބްރައުން، ސިޔާސީ ޕަރޓީ، ނުވިތާކަށް އަލަންހުޅުވާ ވިޔަފާރިއެއް! ހެޔޮ ދުވަހަކު ވަންތަނެއްވެސް ނޫން. މައުލޫމާތެއް ދިންތަނެއް ނޫން އެތަނުގެ މެސެޖް ފުލުފުލުން ގުޅާފަ ނުފޮނުވާށޭ ބުންޏަސް ވާކަމެއް ހަރާމުން ހަރާމް ގާނޫނަކީ ވަކިބަޔަކުގެ ހިމާޔަތް ލިބޭ އެއްޗެއްތޯ؟
1206
22 February 2023
ކަންވެ ދިޔުމުން ހައްލު ހޯދަން ނުއުޅެ، ކަންވެ ދިޔުމުގެ ކުރިއަށް ހައްލުތައް ހޯދަން މަސައްކަތް ކުރީމާ، ދެން އެ ހޯދައިގަނެވޭ ހައްލުގައި އުރައްޕެއް، ޗަސްބެއް ހުންނާނީ. އެހައިރުން ގާއިމުކުރެވިދާ ހައްލަކީ މައްސަލައިގެ މުޅި އުދަރެހަށް ވިސްނައި ހޯދައި ބަލައި ހެދުމުން ވުޖޫދުކުރެވޭ ހައްލަކަށް ވެގެންދާނެ. މިހާރު ކަންވެ މިދާ ގޮތީ، ދެދުވަހުން އެއްދުވަހު، ފައިބެއި ދުވަހު ހެދި ގަނޫނު ގަވާއިދު މިއަދަށް ކަމުފޮޅާ ގޮތް ނުވެ، އަލުންބަލުން ކޮށައިމަށައި ހަދަން މިޖެހެނީ
އައްބެ
22 February 2023
ވައްކަން ކުރުމަކީ ކުށެއް. މީހުންމެރުމަކީ ކުށެއް. ރާބުއިމަކީ ކުށެއް. ކުށަކަށް ވީތީއޭކިޔާފައި މިކަންކަން ހުއްޓޭތޯ ނުވަތަ ހުއްޓުވޭތޯ؟ ރައްޔިތުން އިސްލާހުވެގެން ނޫނީ މުޖުތަމައުން މިކަންކަން ނުހުއްޓުވޭނެ. ރައްޔިތުން އިސްލާހުކުރެވޭނީ ހުޅަނގުގެ ޑިމޮކްރަސީން ގެނައި ބައެއް އުސޫލުތައް ދޫކޮށްލައިގެން. އެމީހުންގެނައި ހުދޫދެއްނެތް މިނިވަންކަމާއި ހައްޤުތައް ދޫކޮށް އިސްލާމީ ޝަރީޢަތް ތަންފީޒުކޮށްގެން.
ކަސީމީހަ
24 February 2023
ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަ 12 ވަނަގަރުނުގެ ގަދީމީ އުސޫލުތަށް ދޫކޮއްލީ ޑިމޮކްރަސީ ހިޔާރުކުރީ، ތިކަންތިގޮތަށް ނުވެގެން. އަހަރުމެންވެސް ސަލާމަތް ނުވެގެން އުޅެނީ ގަދީމީ ޝަރީއަތާހެދި.