މެޕްސް ކޮލެޖުން އޮންލައިން ކޮށް ބައިވެރިވެވޭ ތިން ޕްރޮގުރާމަކަށް ވަނީ ފުރުސަތު ހުޅުވާލާފަ. -- ފޮޓޯ: މެޕްސް ކޮލެޖު
22 ފެބުރުއަރީ 2023 - 13:20
މެޕްސް ކޮލެޖުން އޮންލައިންކޮށް ކިޔަވަން ބޭނުންވާ ދަރިވަރުންނަށް "އޮންލައިން އިންޓޭކް" އަށް ފުރުސަތު ހުޅުވާލައިފި އެވެ.
އޮންލައިންކޮށް ކިޔެވުމުގެ ފުރުސަތު ހުޅުވާލާފައިވާ ޑިޕްލޮމާ، އެސޯސިއެޓް ޑިގްރީ އަދި ކޯސްތަކަކީ ބެޗެލާސް ޑިގްރީ އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން ކޯހަށެވެ. އެ ކޯސްތަކަށް އޭ ލެވެލްގެ ދެ ފާހާ އެކު ބައިވެރިވެވޭނެ އެވެ.
ތިން އަހަރު ދުވަހުގެ އެ ކޯހަކީ ހަމައެކަނި އޮންލައިންކޮށް ކުރިއަށް ގެންދާނެ ކޯހެކެވެ. އަދި އެ ކޯހަކީ އެމްކިއުއޭއިން ގަބޫލުކުރާ އެމްއެންކިއުއެފް ލެވެލް 7ގެ ކޯހެކެވެ.
ކޯހަށް އެޕްލައި ކުރުމުގެ ފުރުސަތު ވަނީ އޭޕްރިލް 16ގެ ނިޔަލަށް ހުޅުވާލައިފަ އެވެ. ކޯހުގެ ކިޔެވުން ފެށޭނީ އޭޕްރިލް 30ގަ އެވެ.
މެޕްސް ކޮލެޖުން ބުނި ގޮތުގައި އެ ކޯސް އޮންލައިން އިންޓޭކަކަށް ތައާރަފް ކުރީ ޖެނުއަރީ މަހުގެ އިންޓޭކްގައި ބައިވެރިވުމުގެ ފުރުސަތު ނުލިބުނު ފަރާތްތަކަށް އެ ފުރުސަތު ދޭން ކަމަށެވެ.
އެ ކޯހަށް ސަރުކާރުގެ ހިލޭ ޑިގްރީއަށް ހުޅުވާލާފައިވާ "ބެޗްލާސް ޑިގްރީ ސްކީމް"ގެ ދަށުން ބައިވެވޭނެ އެވެ. އަދި ފައިސާ ދައްކާ ފަރާތްތަކަށް ކޯހުގެ ފީ މަހުން މަހަށް ބަހާލައިގެން ދެއްކޭނެ އެވެ.
މެޕްސް ކޮލެޖުން އަންނަނީ 2019 ވަނަ އަހަރުން ފެށިގެން އޮންލައިން ކޯސްތައް ހިންގަމުންނެވެ. އެ ކޮލަޖަކީ 1999 ވަނަ އަހަރުން ފެށިގެން މަތީ ތައުލީމު ދެމުންދާ ކޮލެޖެކެވެ.
MAPS College
Mapping Your Path to Success
MAPS College
މެޕްސް ކޮލެޖުގެ ވެބްސައިޓު.
ކޮލެޖުގެ އެކި ޕްރޮގުރާމުތަކާއި ގުޅޭ މައުލޫމާތާއި ކިޔަވަން ބޭނުންވާ ދާއިރާއެއް ހިޔާރުކުރުމަށް ބޭނުންވާ ފަރާތްތަކަށް ބޭނުންވާ މައުލޫމާތުތައް އެ ކޮލެޖުގެ ވެބްސައިޓާއި ސޯޝަލް މީޑިއާ އެކައުންޓުތަކުން ލިބޭނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy