ޚަބަރު / މެމްބަރު އިބްރާހިމް ރިޒާ (ކ. ގުރައިދޫ)

ގުރައިދޫ ދާއިރާގެ މެމްބަރު ރިޒާ އަވަހާރަވެއްޖެ

ގުރައިދޫ ދާއިރާގެ މެމްބަރު ރިޒާ، މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ. ކެންސަރުގައި މިރޭ ވަނީ އަވަހާރަވެފައި.-- ފޮޓޯ: މަޖިލިސް

ކ. ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ މެލޭޝިއާގައި މިރޭ އަވަހާރަވެއްޖެ އެވެ.

އުމުރުން 55 އަހަރުގައި އޭނާ އަވަހާރަވީ ކެންސަރުގެ އާލާސްކަންފުޅުގައި އުޅުއްވާ ގިނަ ދުވަސްތަކެއް ފަހުންނެވެ. އާލާސްކަންފުޅާ އުޅުއްވާތީ ރާއްޖެ އިން ބޭރުގައި އުޅުއްވާތާ ވެސް ގިނަ ދުވަސްތަކެއް ވެއްޖެ އެވެ.

އިދިކޮޅު ޕީޕީއެމްގެ މެމްބަރު ރިޒާ ވަނީ މެއި 28، 2009 އިން ފެށިގެން އަވަހާރަވުމާ ހަމައަށް ގުރައިދޫ ދާއިރާގެ މެންބަރުކަން ކުރައްވައިފަ އެވެ.

އޭނާއަކީ ރާއްޖޭގެ ދެވަނަ ސިޔާސީ ޕާޓީ ޑީއާރުޕީ އުފެއްދުމުގައި ވެސް އިސްކޮށް ހަރަކާތްތެރިވެވަޑައިގެންފައިވާ ބޭފުޅެކެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ހޮވާ މެންބަރެއްގެ ގޮތުގައި ވެސް އިންނެވި އެވެ. އެ ކޮމިޝަންގެ ނައިބު ރައީސްކަން ވެސް ރިޒާ ކުރެއްވި އެވެ.

ގާނޫނީ ވަކީލެއް ކަމަށްވާ ރިޒާ އަކީ އެ ދާއިރާއިން ވަރަށް ގިނަ މަސައްކަތްތައް ކުރައްވާފައިވާ ބޭފުޅެކެވެ.

ރިޒާ އަވަހާރަވިއިރު، އަނބިކަނބަލުންނާއި ހަތަރު އަންހެން ކުދިން ދުނިޔޭގައި އެބަތިއްބެވި އެވެ.

20 ކޮމެންޓް, 62 ރިއެކްޝަންސް

icon happy icon happy 2%
icon sad icon sad 95%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 3%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރެސްޕޯންސަބިލިޓީ

23 February 2023

ބަލިވެގެން ފަރުވާހޯދަން ރާއްޖޭން ބޭރަށް ދިގުމުއްދަތަކަށް ދިރިއުޅުން ބަދަލު ކުރުމުގެ ސަބަބުން މަޖުލިހަށް ހާޒިރު ނުވެވުނަސް އިސްތިއުފާ ދިނުމެއް ނޯވޭ ރާއްޖޭގަ.

The name is already taken The name is available. Register?

އަޒްލީމް

23 February 2023

انا الله وإنا إليه راجعون .

The name is already taken The name is available. Register?

ހާޖަރާ

23 February 2023

انا الله وإنا إليه راجعون

The name is already taken The name is available. Register?

LaamuonlineDOTcom

23 February 2023

انا لله وانا اليه راجعون މަރު މިއީ އެންމެބޮޑު ހަގީގަތް، ހިތުން ޕޮލިޓިކުސްވެފަ ހޭކުޑަވެފައި ބިތި ރިޒާގެ އެކުވެރިސިޔާސީންނަށް ކޮންމެވެސްވަރެއްގެ ޢިބުރަތެއްލިބި އިސްލާހުވާނެކަމަށް ހީކުރަން، ސިޔާސީ ވުމުގެ މާނައަކީ ދޮގުމަކަރުހީލަތްހަދާ ރިސްވަތު ހިފުން ހުއްދަވާކަމެއްނޫން، މަޖިލިސް މެންބަރުން ފުރިހަމަ މާނައިގާ ޒިންމާ ނަގާ ގައުމާ ރައްޔިތުންނަށް ހިދުމަތްކުރާނަމަ މިގައުމުގެ ހާދަކަންކަމަކަށް ހެޔޮބަދަލު އައީހެވެ، ނަމަވެސް ޢަމަލުތައްހުރީ ދިމާއިދިކޮޅަށް

The name is already taken The name is available. Register?

އަލިފުތާް

23 February 2023

މި ޚަބަރާއި ވިއްދައިގެން ޖަހަން މިއީ ހާދަ ބޭކާރު ކޮމެންޓެކެވެ.

The name is already taken The name is available. Register?

އަލިފާންފޮށި

23 February 2023

انا لله وانا اليه راجعون

The name is already taken The name is available. Register?

އަންދަލޫސިޔާ

23 February 2023

إِنَّا ِلِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ މާތްﷲ ރިޟާގެ ފުރާނައަށް ޖަންނަތުލް ފިރްދައުސް މިންވަރުކުރައްވާށި. ޢާއިލާއަށް ކެތްތެރިކަން ދެއްވާށި.

The name is already taken The name is available. Register?

ސާސްކަފް

23 February 2023

ވަރަށް ހެޔޮ ރަހުމަތްތެރިއެއް ވަރަށް ދެރަވެއްޖެ اللهم اغفرله وارحمه واسكنه في الجنة آمين

The name is already taken The name is available. Register?

އިބޫ2023

23 February 2023

انا لله وانا اليه راجعون اللهم اغفرله وارحمه واسكنه في الجنة آمين

The name is already taken The name is available. Register?

ަހމެދ

23 February 2023

انا لله وانا اليه راجعون

The name is already taken The name is available. Register?

އެކުވެރި

23 February 2023

انا لله وانا اليه راجعون މަރުހޫމުގެ ފާފަތައްފުއްސަވާދެއްވައި ކައްވަޅުގައި ސާބިތުކަންދެއްވައި ޖައްނަތުލްފިރުދައުސުގެ ނިޢުމަތްދެއްވައި ރަހުމަތްލައްވައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށި އާމީން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454