އެމްޑީއޭ އިން އިއްޔެ ބޭއްވި ގައުމީ މަޖިލިހުގެ ޖަލްސާގެ ރިޔާސަތު އެ ޕާޓީގެ ރައީސް ސިޔާމް ބަލަހައްޓަވަނީ.---ފޮޓޯ: އެމްޑީއޭ
25 ފެބުރުއަރީ 2023 - 19:04
ކުރީގެ ރައީސް އަބްދުﷲ ޔާމީނާއެކު 2013-2018 އާ ހަމައަށް ކޯލިޝަން ހަދައިގެން ތަޖުރިބާ ކުރަން ޖެހުނީ ވަރަށް ހިތްދަތި ކަންތައްތަކެއް ކަމަށާއި އެ ފަސް އަހަރު އެ ގޮތަށް އެމްޑީއޭ އޮތީ ގައުމީ މަސްލަހަތަށްޓަކައި ކަމަށް އެ ޕާޓީން ބުނެފި އެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބަށް އެމްޑީޕީ އަދި އެ ޕާޓީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ކުރިއަށް ދާން ނިންމިކަން އިއުލާން ކުރަން އިއްޔެ ބޭއްވި މީޑިއާ ބްރީފިންގައި އެމްޑީއޭގެ ޑެޕިއުޓީ ލީޑަރު އަލީ މައުރޫފު ވިދާޅުވީ، ރާއްޖޭގެ ބައިތުލްމާލުން ފައިސާ ގެއްލެން ޖެހޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
"ބިލިއަން ޑޮލަރު ގެއްލިގެން ދާންޖެހޭނެ ކަމަކަށް އަޅުގަނޑުމެން ގަބޫލެއް ނުކުރަން،" ޔާމީންގެ ވެރިކަމުގައި ހިންގި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތަށް އިޝާރާތް ކުރައްވަމުން އަލީ މައުރޫފު ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި، މި އަހަރުގެ ރިޔާސީ އިންތިހާބަށް ޕީޕީއެމާއެކު ކުރިއަށް ނުދާން އެމްޑީއޭ ނިންމަން ޖެހުނު އެންމެ ބޮޑު ސަބަބަކީ ވެސް އެ ހިޔާނާތެވެ.
"އަނެއް ސަބަބަކީ އަޅުގަނޑުމެންނާއެކު [ޕީޕީއެމުން] ހެދި ކޯލިޝަން އެގްރީމަންޓް. އެ އެގްރީމަންޓްގައި އޮތް 20 ޕަސެންޓްގެ ތެރެއިން އަޅުގަނޑުމެންނަށް 10 ޕަސެންޓް ވެސް ނުލިބޭ. އެހެން ނަމަވެސް އަޅުގަނޑުމެންގެ ރައީސަކީ ވަރަށް ކެތްތެރި ބޭފުޅެއް. އަޅުގަނޑުމެންގެ ޕާޓީގެ ރައީސަކީ ސަރުކާރުން ލިބިދާނެ މަންފާތަކަކަށް ނޫން، ފައިދާތަކަކަށް ނޫން. ލިބިދާނެ ޕޯސްޓްތަކަކަށް [ބައްލަވާ ބޭފުޅެއް] ނޫން. ގައުމާއި ރައްޔިތުންނަށްޓަކައި ހެދޭ ކޯލިޝަނެއް މިއީ،" ޕީޕީއެމްގެ ސަރުކާރުގެ ބޭފުޅުންނާ ވަރަށް އަރިސްކޮށް އުޅުއްވި އަލީ މައުރޫފު ވިދާޅުވި އެވެ.
އިއްޔެ ބޭއްވި އެމްޑީއޭގެ ގައުމީ މަޖިލިހުގެ ޖަލްސާގައި ބައެއް މެމްބަރުން.---ފޮޓޯ: އެމްޑީއޭ
އޭނާ ވިދާޅުވީ، ހާރިޖީ ގުޅުމަށް އަސަރު ކުރާނެ އެތައް ކަމެއް ވެސް ޕީޕީއެމްގެ ސަރުކާރުގައި ހިންގާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ކޮމަންވެލްތުން ވަކިވުމާއި ގަތަރާ ގުޅުން ކަނޑާލުން އަލީ މައުރޫފު ފާހަގަކުރެއްވި އެވެ.
"އެއީ އަޅުގަނޑުމެން ގަބޫލުކުރާ، އަޅުގަނޑުމެންގެ ޕާޓީ ވެސް ގަބޫލުކުރާ އުސޫލުތަކެއް ނޫން. އެހެން ނަމަވެސް މި ހުރިހާ ކަންތައްތަކެއް ބަރުދާސްތު ކުރަމުން ދިޔައީ އަޅުގަނޑުމެން [ޕީޕީއެމް ކޯލިޝަނުން] ވަކިވެއްޖިއްޔާމު ވަރަށް ނާޒުކް ހާލަތެއްގައި އޮތީމާ. އޭރު ޖޭޕީ އޮތީ ވަކިވެގެން ގޮސްފައި. އަދާލަތު އޮތީ ވަކިވެގެން ގޮސްފައި. ރައީސް މައުމޫން ހުރީ ވަކިވެގެން ގޮސްފައި. އަޅުގަނޑުމެން އެކަނި [ޔާމީނާއެކު] ތިބީ،" އަލީ މައުރޫފު ވިދާޅުވި އެވެ.
އެހެންވެ، އެ ހާލަތުގައި ވެރިކަން ވެއްޓިގެން ދިޔަ ނުދިނުމަށްޓަކައި ޔާމީންގެ ވެރިކަން ނިމެންދެން އެ ކޯލިޝަނުގައި އެމްޑީއޭ އޮތީ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ އެގްރީމަންޓްގައި އޮތް 20 ޕަސެންޓްގެ ތެރެއިން އަޅުގަނޑުމެންނަށް 10 ޕަސެންޓް ވެސް ނުލިބޭ،"--- އަލީ މައުރޫފް
އަލީ މައުރޫފު ވިދާޅުވިގޮތުގައި އެމްޑީއޭ އިން ގަބޫލުކުރާ ފަލްސަފާއަކީ ރަނގަޅަށް ވެރިކަން ކޮށްފި ނަމަ އެ ރައީސަކަށް ދެވަނަ ދައުރެއް ދިނުމެވެ.
އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމް މުހައްމަދު ވެސް ގަބޫލު ކުރައްވަނީ ދެވަނަ ދައުރެއް ރައީސަކަށް ދިނުމަކީ ވަރަށް މުހިންމު ކަމެއްގެ ގޮތުގައި ކަމަށް އަލީ މައުރޫފު ވިދާޅުވި އެވެ. އެހެންވެ، ރިޔާސީ ދެވަނަ ދައުރެއް ދިނުމުން ފަށާފައިވާ މަޝްރޫއުތައް ނިންމައި، ގައުމު ހަމަމަގަށް އަޅުވައި އަދި އިގްތިސޯދަށް ވެސް ރަނގަޅުވާނެ ކަމަށް ސިޔާމް ގަބޫލު ކުރައްވާ ކަމަށް އަލީ މައުރޫފު ވިދާޅުވި އެވެ.
އިއްޔެ ބޭއްވި އެމްޑީއޭގެ ގައުމީ މަޖިލިހުގެ ޖަލްސާގައި އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަލީ މައުރޫފު ވާހަކަ ދައްކަވަނީ.---ފޮޓޯ: އެމްޑީއޭ
"އަނެއް ނުކުތާއަކަށް އަޅުގަނޑުމެންގެ ރައީސް ފާހަގަކުރީ އަޅުގަނޑުމެން ޕާޓީން ވެސް ގަބޫލުކުރާ ގޮތުގައި އެ މަނިކުފާނުގެ [ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ] ފަސް އަހަރަކީ ވަރަށް ހަމަހިމޭން ފަސް އަހަރު. އެ މަނިކުފާނަކީ ވަރަށް ކެތްތެރި، މަޑުމައިތިރި، ވިސްނުންތެރި ބޭފުޅެއް،" އޭނާ ވިދާޅުވި އެވެ.
މި އަހަރުގެ ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބަށް އެމްޑީއޭއާއެކު ކޯލިޝަން ހަދަން ބޭނުންވާތީ ޔާމީންގެ ޕީޕީއެމުން ވެސް މަޝްވަރާ ކުރި އެވެ. އެކަމަކު، އެމްޑީއޭ އިން އެ ހުށަހެޅުން ދޫކޮށްލައި ނިންމީ އެމްޑީޕީއާއެކު މި ފަހަރު ކުރިއަށް ދާށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރިފާނާ
28 February 2023
ބައްލަވާ ހިލްޓަން ވެސް ކިހާ ކެތްތެރި، ކިހާ ހިތްދަތި ދުވަސް ތަކެއް އެވޭތުކުރަނީ.. ރަށުން ބޭރުކޮށް ނުވިތާކަށް ހުކުމާ އެއްގޮތަށް ލާރިކޮޅުވެސް ނުލިބި އަދިވެސް ހަމަ ލާރިކޮޅަށް އިންތިޒާރުކޮށްގެން އެތިބެނީ .. ތިމާމެން ހިތްދަތި ވާއިރު އެހެން މީހުން ވެސް ހިތްދަތި ވާނެކަން މިސިޔާމު މެންނަށް ވިސްނޭނަމަ..
ގޮވަ
26 February 2023
ކޯޓުންއިއްވި ހުކުމް ފެނަށްވެގެން ދިޔައީމަ ދެން ކިހާ އުފާވެރި
ފަސީހު
26 February 2023
ބަލަ މެޑަމްއަކީ ސުވަރުގެއިން ގަޑޫވަރެއް އެކަމަނާއަށް މިހާރުވެސް ބިނާވެފައިވާ ކަނަބލެއްކަމަށް ބުނުންފަދަ ދެބަންދިހާރުވެސް ދެއްކީ ތިމާމީހާ. ތި ދެންކާކު އެއްވެސް ޕާތީއަކާ ކޯލިޗަން ހަދަން. ރައިސް އިބު އަށްވެސް މިކމަުން ގެއްލުންތަކެއް ނޫނިއްޔާ ނުވާނެހެން ހިވަނީ.
ސަނީ ލިއޯން
26 February 2023
ބޮޑުތަކުރުފާނު މަގުގަ ހުރި އިމާރާތުގެ ވާހަކަ ސާފުކޮށްލަދިނުން ކިހިނެއްވާނެ؟ އެއީ ޕަސެންޓޭޖުގެ ބައެއްތަ؟
ސިނަލޯއާ ކާޓެލް ބޮސް
26 February 2023
ބަލަ ގުޒްމަން އާ އެކީ ކޯލިޝަން ހެދިޔަސް ކުޅިކުޅިވަރެއް ނުކުރެވޭނެކަން އެނގެންވާނެދޯ
އިސްމާލި
26 February 2023
"އަޅުގަނޑުމެންގެ ޕާޓީގެ ރައީސަކީ ސަރުކާރުން ލިބިދާނެ މަންފާތަކަކަށް ނޫން، ފައިދާތަކަކަށް ނޫން. ލިބިދާނެ ޕޯސްޓްތަކަކަށް [ބައްލަވާ ބޭފުޅެއް] ނޫން. ގައުމާއި ރައްޔިތުންނަށްޓަކައި ހެދޭ ކޯލިޝަނެއް މިއީ،" މަ ހުވާ ކޮއްފަ ބުނެފާނަން އިހަށްދުވަހު ދޭން ކޯޓުން އަމުރުކުރި އެތައް މިލިއަން ޑޮލަރާއި މި ނިންމުމަކާއި އެއްވެސް ގުޅުމެއް ނެތް. މި ނިންމުން ނިންމީ ޕާޓީގެ ރައީސްއާއި ކައުންސިލް މެންބަރުން، ޔާމީން ކަންކުރި ގޮތުން ކަރުނައިން ތެމި ފޯވެ ތިބެގެން. ):
ވާހަކަ
26 February 2023
ދެން މާގިނަ ވާހަކަތައް ކިޔައިދީ ނިންމިނިންމުން ދިފާއުކުރަން އުޅޭނެކަމެއް ނެތް. އެންމެންނަށްވެސް އެނގޭ އަސްލު ވީ ގޮތް. ތިޕާޓީ އޮތް ކޮޅަކަށް ވޯޓްދިނުމަކީ ޕާޓީގެ ލީޑަރުގެ ވިޔަފާރިއަށް ބޮޑު ލާރިގަނޑެއް ދައުލަތުން ލިބުން. އެހެންވީމަ ތި ޕާޓީއާވެސް އަދި އެހެން ވިޔަފާރި ލީޑަރުން ތިބޭ ޕާޓީތަކާވެސް ކައިރި ނުވާންވީ. އެމީހުންގެ ވިޔަފާރިއަށް ނަފާކޮށްދީފަ ގައުމު ދަރައި ހުލިވިއަސް އެކަން މައްސަލައަކަށް ވާތަނެއް ތިޔަ ވިޔަފާރިވެރިންނަކަށް ނުފެނޭ.
ކޫމަން
26 February 2023
ހައްހައް،،، ތިހާވަރަށް ހިތްދަތިވާނީ،، ނ.އަތޮޅުގެ ހުރިހާ ފަޅުރަށެއް ދަމައިގެންފި،، ސޮވެރިން ގެރެންޓީގެ ދަށުން އެތަށް ލޫނެއް ފަކަޅާ ކޮށްފި،، ސާބަސް، ހިތްދަތިވުން ހަމަ އައުލާކަން ބޮޑީ،،،
ސަހަރޯއޭ
26 February 2023
ޔާމީނާއެކު ހިތްދަތިކޮށް ތިބިކަން މިއެނގުނީ އޭގެ 10 އަހަރުފަހުން. އޭގެކުރިން ސަނާކިޔަމުން ގޮސް ކުޅެދޭމީހުން ނުކުޅެދޭ މީހުންނަށް ހެދުމުގެ ކުޅަދާނަކަން މެޑަމްގެ ކިބައިގައި ހުރިވާހަކައާއި ސުވަރުގެއިން ބޮޑު ގަނޑުވަރެއް އެކަމަނާއަށް ހުރިވާހަކަ އިޢުލާންކުރިއިރު ނޭނގެ ތިމާއަށް މިކިޔެނީ ކީކޭކަމެއްވެސް. މީ ދުނިޔޭގެ އާދަ. އިންސާނާދެކެ އިންސާނާ ލޯތްބެއްނުވޭ. އޭނާގެ މަޤާމާއި އާރާއި ބާރާއި ފައިސާ ދެކެ އިންސާނާ ލޯބިވަނީ. މީ އޭގެ ވަރަށް ސަޅި މިސާލެއް.
ދަންނަ މީހާ
26 February 2023
ތީގެއިން ކޮންމެ ވިޔަފާރި ވެރިޔަކު ސަރުކާރަށް ޓެކްސް ނުދައްކަން ވެގެން އެން ޖީ އޯ އެއް ހަދާފަ ހުރޭ ނިކަމެތިންނަށް އެހީ އެއް ނުވޭ އެވެސް ދެނީ އާއިލާ މީހުންނަށާއި ދާއިރާ ރައްޔިތުންނަށް، ޕާޓީ ކުދިންނަށް. ސަރުކާރަށްވެސް ވަރިހަމަ. ހުރިހާ ދެރައެއް ރައްޔިތު ނިކަމެތި މީހާއަށް.