ސިޔާސީ / ނައިބު ރައީސް ފައިސަލް ނަސީމް

ޖޭޕީގެ އެންމެ މުހިންމު ހަރަކާތްތަކުގައި ފައިސަލެއް ނެތް! ކީއްވެ؟

މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިންމޭޓަކަށް ޖޭޕީން ފައިސަލް ނަސީމް ޖުލައި 13، 2018 ގައި އިންތިހާބު ކުރުމުން އެ ޕާޓީން އެ ކަން ފާހަގަކުރަނީ.---ފައިލް ފޮޓޯ: މިހާރު

28 ފެބުރުއަރީ 2023 - 08:45

21 comments

ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ހަތަރުވަނަ ކޮންގްރެސް މިދިޔަ ހަފުތާ ބަންދުގައި ނިންމާލިއިރު، މީޑިއާގެ ސަމާލުކަމަށް އައި އެއް ކަމަކީ އެ ކޮންފަރެންސްގެ އެއްވެސް ހިސާބަކުން އެ ޕާޓީގެ ކައުންސިލް މެމްބަރު އަދި ނައިބު ރައީސް ފައިސަލް ނަސީމް ފެންނަ ނެތުމެވެ. ޖޭޕީގެ ސްލޮޓެއްގައި ހުންނެވި ދައުލަތުގެ އެހާ އިސް ބޭފުޅަކު އެފަދަ މުހިންމު ބައްދަލުވުމަކުން ފެންނަން ނެތުމުން އެ ވާހަކަ ދައްކާނެ އެވެ. އެކަމަކު، ފައިސަލް ކޮންގްރެސް އަށް ވަޑައިނުގަތުމާއި ވަޑައިގަތުން ގުޅިފައި އޮތީ އެނގިފައިވާ ގޮތުގައި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމާ ދެ ބޭފުޅުންގެ ދެމެދުގައި އޮތް ގުޅުމަށް މައްޗަށެވެ. އެ ގުޅުން ހީނަރުވެފައިވާތާ ކިތަންމެ ދުވަހެކެވެ.

މި ސަރުކާރު ވެރިކަމަށް އައުމަށްޓަކައި 2018 ގައި ހެދި ކޯލިޝަންގައި ޖޭޕީގެ ސްލޮޓްގައި ރަނިންމޭޓަކު ކަނޑައެޅުމުގެ މަރުހަލާ ހިސާބުން އެ ގުޅުން ހީނަރުވާން ފަށަައިފި އެވެ. ރަނިންމޭޓް ކަނޑައެޅުމުގެ ވޯޓުގެ ކުރިން ކުއްލި ގޮތަކަށް ގާސިމް ވަނީ ފައިސަލަށް ކުރެއްވި ތާއީދު އަނބުރާ ގެންދަވައިފަ އެވެ. އެ ވާހަކަ މީޑިއާގެ ސުރުހީތަކުގައި އޭރު ވެސް އޮތެވެ. ގާސިމްގެ އެ ނިންމުން ހާމަކުރެއްވީ ސޯޝަލް މީޑިއާގައި އެތައް ބަޔަކަށް ފެންނަ ގޮތަށް ކުރެއްވި ޓުވީޓަކުންނެވެ.

އެކަމަކު، ރަނިންމޭޓް ކަނޑައަޅަން ޖޭޕީގެ ކައުންސިލްގައި ޖުލައި 13، 2018 ގައި ނެގި ވޯޓުގައި އެއް ވޯޓުގެ ތަފާތުން ފައިސަލް ދެމިގަތީ އެވެ. އޭގެ ފަހުން ފެންނަ ފެނުމާއި އިވޭ ވާހަކަތަކަށް ބަލާއިރު ގާސިމާއި ފައިސަލާ ދެމެދު މާ ބޮޑު ގުޅުމެއް ނެތެވެ. ފައިސަލަކީ ގާސިމްގެ މުވައްޒަފެއްގެ ގޮތުގައި އެތައް ދުވަހެއް ވަންދެން މަސައްކަތް ކުރެއްވި ބޭފުޅަކަސް އެންމެ ދުވަހަކުން އެ ގުޅުން ހީނަރުވެއްޖެ އެވެ.

އޭގެ ފަހުން ޖޭޕީގެ ހަރަކާތްތަކުން ފައިސަލް ފެނުން މަދުވެ، އެންމެ ފަހުން އެކަން އެއްކޮށް ހުއްޓުނީ އެވެ. މި ފަހަރުގެ ކޮންގްރެސް އެކަންޏެއް ނޫނެވެ. މިދިޔަ ހަތަރު އަހަރުގެ ތެރޭގައި ކައުންސިލްގެ އެއްވެސް ބައްދަލުވުމަކަށް ވަޑައެއް ނުގަންނަވަ އެވެ.

ނައިބު ރައީސް ފައިސަލް ނަސީމާއި ގާސިމް: ގުޅުން ރަނގަޅެއް ނޫން.

"ގާސިމްގެ ފަރާތުން މާ ބޮޑު އެއްބާރުލުމެއް ލިބިވަޑައިނުގަންނަވާތީ ފައިސަލް މި ހުރިހާ ދުވަހު ހުންނެވީ ދުރުގައި. ދެ ބޭފުޅުން އާންމުކޮށް ގުޅުއްވައެއް ނުހައްދަވާ. ޖޭޕީގެ ބޭފުޅެއްގެ ގޮތުގައި ނައިބު ރައީސް ހުންނެވިޔަސް ޕާޓީއަކާ ގުޅުމެއް ނެތް. ގާސިމާ އެހާ ބޮޑަށް ދުރުވީމާ ފައިސަލް ވެސް މިހާތަނަށް ދުރުގައި ހުންނެވީ ކަމަށް ބޮޑަށް ބެލެވެނީ،" ފައިސަލްގެ އަރިސް ބޭފުޅަކު ވިދާޅުވި އެވެ.

"އެހެންވެ ކޮންގްރެސް އަށް އަދި ފައިސަލް ވަޑައިނުގަތުމަކީ މައްސަލައެއް ނޫން ކަން ނޭނގޭ. ޕާޓީގެ އެތެރެއިން އެހާ ބޮޑު އެއްބާރުލުމެއް ލިބޭނީކީ ނޫން."

ކޮންގްރެސްގެ ދައުވަތު ޖޭޕީން ފައިސަލަށް ފޮނުވި ކަމަށް ވެ އެވެ. އެކަމަކު، ފައިސަލްގެ އަރިސް ބޭފުޅާ ވިދާޅުވިގޮތުގައި ދައުވަތު ފޮނުއްވާފައި އޮތް ކަން އެނގިވަޑައިގަތީ ހުކުރު ދުވަހުގެ ރޭ [ކޮންގްރެސް ފެށުމުގެ ރަސްމިއްޔާތު ނިމުނު ފަހުން] ވަރަށް ލަސްވި ފަހުންނެވެ. އެހެންވެ، ގާސިމަށް މެސެޖު ކުރައްވައި އެ ވާހަކަ ފައިސަލް ދެންނެވި ކަމަށް ވެ އެވެ. ގާސިމް އެ މެސެޖަށް ޖަވާބެއް ނުދެއްވަ އެވެ.

"އެއްގޮތަކަށް ވެސް ބަލިވެ އުޅުއްވާތީ ވަޑައިނުގެންނެވުނީއޭ ވިދާޅެއް ނުވޭ. މެސެޖަކު އެ ގޮތަށް ނޯންނާނެ،" ކޮންގްރެސް އަށް ވަޑައިނުގަތީ އާލާސްކަންފުޅާ އުޅުއްވާތީ ކަމަށް ވިދާޅުވި ކަމަށް ބުނެ ފެތުރޭ ވާހަކަތަކާ ގުޅިގެން ފައިސަލްގެ ފަރާތުން ވާހަކަ ދެއްކެވި ބޭފުޅާ ވިދާޅުވި އެވެ.

ކޮންގްރެސް ހިނގަމުން ދިޔަ މުއްދަތުގައި ވެސް ސަރުކާރުގެ ބައެއް ހަފުލާތަކުން ފައިސަލް ފެނުނެވެ.

މައުލޫމާތު އެނގިވަޑައިގަންނަވާ ބޭފުޅަކު "މިހާރު" އަށް ވިދާޅުވި ގޮތުގައި މިއީ ޖޭޕީގެ ހަރަކާތްތަކާ ފައިސަލް ދުރުގައި ހުންނެވި ފުރަތަމަ ފަހަރެއް ނޫނެވެ.

އެންމެ ފަހުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ހަރަކާތެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނައިބު ރައީސް ފައިސަލް އަދި ގާސިމް.

"ދެ ބޭފުޅުން ބައްދަލުވެ ކަންކަމުގައި މަޝްވަރާއެއް ނުކުރައްވައި، ޖޭޕީގެ ހަރަކާތްތަކުން ފައިސަލް ވަނީ މުޅިން ދުރަށް ޖެހިފަވަޑައިގެންފައި،" އޭނާ ވިދާޅުވި އެވެ.

އެހެން އޮއްވައި މި ފަހުން ވަނީ ފައިސަލާއި ޖޭޕީއާ ދެމެދު އޮތް ގުޅުން އިތުރަށް ހީނަރުވެފަ އެވެ. އެއީ ޖޭޕީން ވަކި ގޮތެއް ނުނިންމަނީސް، މި އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓް ރައިސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވަން ފައިސަލް ނިންމެވި ހިސާބުންނެވެ.

އެކަން އިއުލާން ކުރައްވައި ބައެއް މީޑިއާތަކަށް ޚަބަރު އެރުމާއެކު ޖޭޕީގެ ލީޑަޝިޕްގައި ތިއްބެވި ބޭފުޅުން ފާޅުގައި ނިކުމެ ފައިސަލަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވި އެވެ. ޕާޓީގެ ތެރެއިން ބައެއް ބޭފުޅުން ފައިސަލަށް ފިޔަވަޅު އެޅުމަށް ވެސް މަސައްކަތް ކުރެއްވި އެވެ. ކައުންސިލްގެ ނިންމުމެއް ނެތި އެފަދަ އިއުލާނެއް ޖޭޕީގެ އިސް ބޭފުޅަކަށް ކުރެއްވުމުން ގިނަ މެންބަރުންތަކެއް ފައިސަލް ކުށްވެރި ކުރެއްވި އެވެ. އެ ބޭފުޅުންގެ ވިސްނުމުގައި ފައިސަލް އެފަދަ ނިންމުމެއް ނިންމަވަން ޖެހޭނީ ޖޭޕީން އިސްތިއުފާ ދެއްވައިފަ އެވެ.

ޖޭޕީގެ ހަތަރުވަނަ ކޮންގްރެސްގައި ގާސިމް ބައިވެރިވެވަޑައިގަންނަވަނީ: އެ ކޮންގްރެސް އަށް ނައިބު ރައީސް ވަޑައިނުގަތްކަން އެތައް ބަޔަކު ފާހަގަކުރި.

ޖޭޕީގެ ގައުމީ ކޮންފަރަންސް ބޭއްވީ އެ މައްސަލަގަނޑު. މުޅިން ނުހިނދެނީސް އެވެ.

"އެއްގޮތަކުން ބަލައިފިއްޔާ ރަނގަޅު ކަން ނޭނގޭ ޖޭޕީގެ ކޮންގްރެސް އަށް ފައިސަލް ވަޑައިނުގަތުން ވެސް. ފައިސަލް ހުންނެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެންޑޯޒް ކުރައްވައިގެން. އަނެއްކޮޅުން ޖޭޕީގެ އިސް ބައެއް ބޭފުޅުން ކޮންގްރެސްގައި މަސައްކަތް ކުރެއްވީ އެ ޕާޓީން ވަކިން އިންތިހާބެއް ނުކުންނަން ނޫނީ ޕާޓީ އިސްވެ ކޯލިޝަނެއް ހަދަން،" ފައިސަލާއެކު ވަރަށް ދުވަސް ވަންދެން މަސައްކަތް ކުރެއްވި ބޭފުޅަކު ވިދާޅުވި އެވެ.

"އެ ރޫހު އޮތް ތަނަކަށް ފައިސަލް ވަޑައިގެންފިއްޔާ ވެސް ގޯސްވެދާނެ. އެ ފުރުސަތު އޮންނާނެ."

ފައިސަލާއި ގާސިމާ ދެމެދު ގުޅުން ހީނަރުވެފައި އޮތަސް އެ ކަން ފާޅުގައި އެއްވެސް ބޭފުޅަކު ނުދައްކަވަ އެވެ. ފައިސަލް މީޑިއާ އާއި ދައްކަވާ އެހެން ވާހަކަފުޅުތަކުގައި ވެސް ގާސިމަށް ތައުރީފު ކުރައްވާފައި ވެ އެވެ. ޖޭޕީގައި "ނަމެއްގަައި" ހުންނެވި ނަމަވެސް އަދި ހިތްޕުޅުހަމަޖެހިވަޑައިނުގަތުން އޮތަސް އެކަން ފާޅެއް ނުކުރައްވަ އެވެ. ގާސިމް ވެސް ހިތުގައި އޮތް ވާހަކަތަކެއް ފައިސަލާ ގުޅޭ ގޮތުން ވިދާޅެއް ނުވެ އެވެ.

ފައިސަލް ވަރަށް ފަހުން "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ވެސް ގާސިމާ ދެމެދު އޮތް ގުޅުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ވިދާޅުވީ، ގާސިމާ އެއްވެސް މައްސަލައެއް ނެތް ކަމަށެވެ.

"ނޫން އަޅުގަނޑާ ޖުމްހޫރީ ޕާޓީގެ ލީޑަރާ ހަމަ އެއްވެސް މައްސަލައެއް ނެތް. ފެށުނީއްސުރެ މިއަދާ ހަމައަށް ވެސް ގުޅުން ވަރަށް ރަނގަޅު. އެނގިވަޑައިގަންނަވާނެ އުމުރުގެ ބޮޑު ބައި އަޅުގަނޑު ހޭދަކުރީ ލީޑަރު ގާސިމް އިބްރާހިމް އަރިހުގައި. ވަރަށް ގިނަ ތަޖުރިބާތަކެއް ކުރެއްވުނީ އެކިއެކި ސްޓޭޖްތަކުގައި. ދުވަހަކު ވެސް ގުޅުން ގޯހެއް ވެސް ނުވާނެ. އެއީ ގޯސްނުވާހާ ގާތުން އެއްކޮށް އުޅެވިފައި ހުރީ،" ފައިސަލް ވިދާޅުވި އެވެ.

އެކަމަކު، ފައިސަލް ދަންނަ އަދި އެންމެ އަރިސް ބޭފުޅުން ވިދާޅުވާ ގޮތުގައި އެއީ މީޑިއާގައި ވިދާޅުވާ ވާހަކައެއް ކަމަށެވެ. ގާސިމަށް ކުރައްވާ އިހުތިރާމަށްޓަކައި ގާސިމާ "ޖެހިވަޑައިގަތުމަށް" ފައިސަލް ބޭނުންފުޅު ނުވާތީ މީޑިއާގައި ވިދާޅުވާ ވާހަކަތަކެވެ.

މުޅި ކޮންގްރެސްގެ ރޫހު ހުރި ގޮތަށް ބަލާއިރު އޮތީ ސަރުކާރާ ދެކޮޅު ފިކުރެވެ. ރިޔާސީ އިންތިހާބާ މެދު ގޮތް ނިންމުމުގެ ގަރާރުގެ ބަހުސް މަރުހަލާގައި 400 އެއްހާ މެމްބަރުން އެކަން ދަރުބާރުގޭގައި ދައްކައިލި އެވެ. އަދި ކޮންގްރެސް ނިންމުމުގެ ޖަލްސާގައި ވެސް އޮތީ އެ ރޫހެވެ. ސަރުކާރަށް ފާޑުކިޔުމެވެ.

"އެ މާހައުލުގައި ދައުލަތުގައި ދެވަނަ އަށް އެންމެ އިސްވެރިޔާ އިންނެވި ނަމަ އެހާ ފަސޭހަ ނުވީސް،" ފައިސަލްގެ އަރިސް ބޭފުޅާ ވިދާޅުވި އެވެ.

ޖޭޕީގެ ގައުމީ ކޮންފަރްންސް މުޅި ރޫހު އޮތީ ސަރުކާރާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެހާ ތާއީދު ކުރާ ގޮތަކަށް ނޫނެވެ. ބައެއް މިނިސްޓަރުން ސަރުކާރުގެ ދިފާއުގައި ވާހަކަ ދެއްކެވި ނަަމަވެސް ގާސިމް ވާހަކައިގެ އެއްވެސް ހިސާބެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނުވަތަ ނައިބު ރައީސް ފައިސަލަށް ޝުކުރެއް ތައުރީފެއް ނެތެވެ. އެހެންވެ، އެފަދަ ރޫހެއް އަދި މިދިޔަ ހަތަރު އަހަރު ދުވަހު ވަޑައިނުގަންނަވާ ތަނަކަށް ވަޑައިގަތުން އެންމެ ރަނގަޅުތޯ އެއީ ވެސް ސުވާލެކެވެ.

21 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 100%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މުބާ

12 March 2023

އޭނަޔަކަށްނު އިނގޭނީ! އަޖައިބު!!!!

The name is already taken The name is available. Register?

ކެނޑޭ

01 March 2023

ވެރިކަމަކީ ގުޅުންތައް ކެނޑޭކަމެއްވީމަ އިބޫއާ އަންނި ރުޅިވެ އެންމެފަހުން ފައިސަލްއާ ގާސިމާވެސް ރުޅިވީ.

The name is already taken The name is available. Register?

ބޭނުންނަމަ

01 March 2023

މުޅި ގައުމަށް އެނގުނު ކޮންގްރެސް އޮންނަ އިރެއް. ފައިސަލް ކޮންމެހެން ދާން ބޭނުންވިނަމަ ދައުވަތު ލިބުންތޯ ކުރީބައިގަ ބަލައިލެވުނީސް. ދައުވަތު ފެންނަން ނެތްނަމަ ނުލިބުނީ ކީއްވެތޯވެސް ބަލައިލީސް.

The name is already taken The name is available. Register?

މޮޑަފްް

28 February 2023

ގާސިމަކީ ވެރިކަމަށް ކުފޫ ހަމަވާ މީހެއްނޫން ކަން އެ ނިންމި ޖަލްސާގަ އުޅުނު ގޮތުންވެސް އެނގިއްޖެ. ލިޔެގެންވެސް ސްޕީޗެއް ދޭން އެނގެނީކީއެއް ނޫން. ނުލިޔެ ބަދަލުވަނީ ބާޒާރުމަތީ ބަހުރުވަޔަށް. ދެން މުޅިން އަމިއްލަ ކަންތަށްތައް ނުފުދިގެން އުޅޭ ވާހަކަ. މީނަޔާ ނަޝީދު ގުޅުނަސް ލިބޭނެ ވޯޓެއް ނޯންނާނެ.

The name is already taken The name is available. Register?

މޮހިތު

28 February 2023

ފައިސަލް ނައިބަކަށް އައީ ފައިސަލްގެ މޮޅުކަމުން! ގާސިމް ޖެލަސްވަނީ!!

The name is already taken The name is available. Register?

ގޯރުނުދޯރު

28 February 2023

ދެން މަބުނަންވީ ކީކޭ؟ 7 ފެބްރުވަރީ 2012 ގަ ނަޝީދު އިސްތިއުފާ ދިނީމަ އޭނަގެ ފަހަތުން ޑރ ވަހީދު އިސްތިއުފާ ނުދިިނީމަ އެމްޑީޕީއަށް ވީ ބާޣީއަކަށް. ޖޭޕީން އެންޑޯޒްކުރި ނައިބް ރައީސް ފައިސަލް ނަސީމް ވަކި ސަބަބެއްނެތި ޖޭޕީއަށް ބޭވަފާތެރި ވީމަ އެމްޑީޕީއަށް ވީ ބަތަލަކަށް .

The name is already taken The name is available. Register?

ޓީޖެޓީ

28 February 2023

ފައިސަލަށް ފިޔަވަޅު އަޅަން ޖޭޕީ މީހުން ކިޔާއިރު އަމިއްލަ ޕާޓީގެ ޕްރައިމަރީއިން ހޮވުނު މީހާ ދޫކޮށްލާފަ ގާސިމް ހޮވަން ގޮސް އިން މީހެއް އެބައިނެއްނު ކަލޭމެންގާތު. ކަލޭމެނަށް އެކަން އޯކޭ ވީމަ ދެން ހަމަހަމަ ވީނު

The name is already taken The name is available. Register?

ޙިމްނާ

28 February 2023

ޢަސްލު ޖޭޕީ އަކީ ވަކި މީހަކު ކޮންޓްރޯލް ކުރާ ތަނެއް.ފައިސަލް އަކީ ރަގަޅު ބޭފުޅެއް. ޢެމްޑީޕީ އާ ގުޅިވަޑައިގަންނަވާ

The name is already taken The name is available. Register?

ފޫހި

28 February 2023

ފައިސަލަކީ ވަރަށް ލައްޒަތުގައި އުޅޭ މީހެއް. ރައީސެއް ފަދައިން ސެކިއުރިޓީ ނަގާ ފޮނިމީހެއް. ތަނަކަށް ދިއުމުގެ މާކުރިން އެޑްވާންސް ޓީމު އާދޭ

The name is already taken The name is available. Register?

ނޫން.

28 February 2023

އެއީ ޒިންމާއަދާކުރުމުގެ ގޮތުން ބަޔަކު ކުރަންޖެހޭކަމެެއް!

The name is already taken The name is available. Register?

ޑިސްއޮނަރަބަލް ޑީޑީ

28 February 2023

ފައިސަލު ދެން ޖޭޕީއަށް ނައިއްޔާ ގާސިމަށްވެސް ރަނގަޅުވާނީ. އޭރުން ގާސިމްވެރިކަމެއްގާ ބޮޑުވަޒީރަކަށް ހުންނަނީ ނަހޫ. އޭރުން ގޭތެރެއިން ގައުމު ހިންގުމުގެ ހުރިހާކަމެއް ނިމޭނެ. މާދުރަށް ދާކަށްނުޖެހޭނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454