ފުލުހުންގެ ނަމޫނާ އެޕާޓްމެންޓެއްގެ ކޮޓަރިއެއް -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
28 ފެބުރުއަރީ 2023 - 12:36
ހުޅުމާލޭގައި މީގެ 10 އަހަރު ކުރިން އިމާރާތްކުރަން ފެށި ފުލުހުންގެ ފްލެޓްތައް އެއްކޮށް ނިންމޭނީ އަންނަ ޖޫން މަހަށް ޕްލޭނިން މިނިސްޓްރީން މިއަދު ބުނެފި އެވެ.
ފުލުހުންގެ ފްލެޓްތައް ހަދަން 2013 ގައި އަދި ސިފައިންގެ ފްލެޓްތައް އޭގެ އަހަރެއްހާ ދުވަސް ފަހުން ހަވާލުކުރީ ރާއްޖޭގައި އަގު ބޮޑު މަޝްރޫއުތަކެއް ހިންގި ނޫމަޑި ކުންފުންޏަށެވެ. އެ ކުންފުންޏަށް އެކަން ނުވުމުން އެއްބަސްވުން ބާތިލްކުރީ އެވެ. ފަހުން އެ މަޝްރޫއު ހިންގީ އައިލެންޑް އެކްސްޕާޓް ނަމަކަށް ކިޔާ ކުންފުންޏަކުންނެވެ. އެކަމަކު ކޮވިޑާ އެކު ކުންފުނި ބަނގުރޫޓުވެ، އެ ކުންފުނި ވެސް 2021 ވަނަ އަހަރު އެ ދެ މަޝްރޫއުން ވަކިވި އެވެ. ސިފައިންގެ ފްލެޓުތައް ނިންމަން ފަހުން ޗައިނާގެ "ދަ ޓްވެންޓީ ތާޑް މެޓަލުޖިކަލް ކޮންސްޓްރަކްޝަން ގްރޫޕް"އާ ހަވާލުކޮށްގެން މަސައްކަތް މިހާރު ކުރިއަށް އެބަގެންދެ އެވެ. ލަފާކޮށްފައި ވަނީ މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ސިފައިންގެ ފްލެޓްތަކުގެ މަސައަކަތް ނިންމާ ގޮތަށެވެ.
ފުލުހުންގެ ފްލެޓުތައް ނިންމަން ސަރުކާރުން 2021 ވަނަ އަހަރު އަމިން ކޮންސްޓްރަކްޝަނަށް ހަވާލުކުރީ 275 މިލިއަން ރުފިޔާ އަށެވެ. އެ އެއްބަސްވުމުގައި ވާ ގޮތުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު 20 ގައި ފްލެޓްތަކުގެ މަސައްކަތް ނިންމަންޖެހެ އެވެ.
އެކަމަކު، އެ މުއްދަތަށް ނުނިންމުމުން ޕްލޭނިން މިނިސްޓްރީން ފަހުން ބުނީ މި އަހަރުގެ ފެބްރުއަރީ-މާޗު މަހުގެ ތެރޭގައި ފްލެޓުތައް ނިމޭނެ ކަމަށެވެ. ނަމަވެސް، ޕްލޭނިންގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން މިއަދު ވިދާޅުވީ މަސައްކަތަށް ބޭނުންވާ އެއްޗެހި ލިބުމުގެ ދަތިކަން ވަރަށް ބޮޑު ކަމަށެވެ.
އެހެންވެ، މުއްދަތަށް ފްލެޓު ނިންމަން ދަތިތައް އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ.
"ފްލެޓުގެ ބޮޑު ބައި މޭ މަހު ނިމޭނެ. އެކަމަކު، އެއްކޮށް ނިމޭނީ ޖޫން މަހު،" އަކްރަމް ވިދާޅުވި އެވެ.
އެ ފްލެޓުތަކާ ގުޅޭ މައުލޫމާތު ދިނުމަށް ޕްލޭނިން މިނިސްޓްރީން ވަރަށް އަވަހަށް ޕްރެސް ކޮންފަރެންސެއް ބާއްވަން ވަނީ ހަމަޖައްސައިފަ އެވެ.
ފުލުހުންގެ ތިން ޓަވަރުގައި ޖުމްލަ 361 ފްލެޓާއި 20 ޕެންޓް ހައުސް ހުންނާނެ އެވެ. އެ ތަންތަނަށް 500 މިލިއަން ރުފިޔާ އަށް ވުރެ ގިނައިން ވަނީ ހޭދަކޮށްފަ އެވެ. ސިފައިންގެ ތިން ޓަވަރަށް 548 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުރަމް
28 February 2023
ޖޫން މަހަށްވެސް ތިތަނުގެ މަސައްކަތް ނުނިމޭނެ ވަރަށް ޔަގީނާއެކު މިބުނަނީ، އަމީން ކޮންސްޓްރަކްޝަނުގަ ނެތް އެވަރުގެ ގާބިލްކަމެއް މިހާރުވެސް އެތާ މަސައްކަތްކުރަނީ 150 އެއްހާ މީހުން އަކްރަމްބުނިހެން ބައިވަރު މެޓީރިއަލްސް މަދު އެކަމަކު އެއީ އަމީނުން ދުރާލާ އޯޑަރު ނުކުރުމުން ވާގޮތް އަދިވެސް އޯޑަރު ނުދޭ މުހިންމު އެއްޗެހި އެބަހުރި...އަމީނަށް ވަރަށް ސަލާން
ާއުނިމާ
28 February 2023
ތިކަހަލަގެ ކިތައް ކިތައް ތާރީޚްތައް ދީފިތަ؟ އާ މިކަލަގެ ބައެއް އަދި ވެރިކަމަކަށް ނާދޭ!...ލޮލް..އަޅޭ ބުނާ ބަހެއްގެ ކުޑާވަރެއްގެ އިތުބާރެއްވެސް އޮންނަންވާނެ..މިއީ ސަރުކާރެއްވިއްޔާ! މުޅިިންވެސް އަންނަނީ .
އަންނަނީ
28 February 2023
އަންނަނީ އަންނަނީ
އަލިބެއްޔާމީ
28 February 2023
ލާހިކެއްނޫ ޖޫން އަށް ނިންމާކައް
މަހްމޫދުވވވވ
28 February 2023
ނިމޭ ކަމެއް ނެތް ރިހޭ ފައިމައްޗަށް ފޮއެ ވެއްޓޭތީ ފެންނަނީ
އަލީ މަނިކު އަލީ
28 February 2023
ބޮޑެތި މީހުންއަށް ބޮޑެތި ގޮތް ފުލެޓްތައް ދީފަހުރީވެސް ފޯމްލި ކެޓަގަރީ ތަކައި ހިލާފައް. ތީމަގާމުގެ ނުފޫޒް ބޭނުން ކޮއްކެއް އެކިއެކި ޖަރީމާ ހިންގާ މުވައްޒަފުންއަށް އަނިޔާ ދީފަވަނީ. ދުވަހަކުވެސް ހިތްހަލާސް ނުކުރާނަން މިކަމުގަ ސާމިލްވި އެކަކައްވެސް. މީޑިއާ އަށް ދައްކަނީވެސް ބޮޑެތި އެޕާޓްމަންޓްތައް. ތިތަނުގަ ހުނާނެ ވަރައް ކުދި ތަންތަންވެސް. ހުރުހާ ހުރިހާ އެންމެނަށް 3 ރޫމް އެޕާޓް އޭ ކިޔާފަ ސިޓިންރޫމް މެދުން ފާރެއް ރާނައިގެން ކުޑަކުޑަ ގޮޅިއެއް ހަދާފަ
މޯލްޑިވިޔަން ޕެޓްރޮއިޓް
28 February 2023
ބިގަސްޓް ހައުސިން ސްކޭމް އޮފް މޯލްޑިވްސް. އެވެސް އަދި ފުލުހުންނާއި ސިފައިންގެ ފްލެޓްތަށް. ދެން އާމުންނަށް ކިހާހާލު ޖައްސާނެދޯ؟