ޚަބަރު / ބޯހިޔާވަހިކަން

ދިގު އިންތިޒާރެއްގެ ނިމުން: ސިފައިންނާއި ފުލުހުންގެ ފްލެޓްތައް 8 މަހުން ނިންމަން ހަވާލުކޮށްފި

ފުލުހުންގެ ފްލެޓްތައް ނިންމުމަށް އަމީން ކޮންސްޓްރަކްޝަނާ އެކު މިއަދު ސޮއިކޮށް އެއްބަސްވުން ބަދަލުކުރަނީ -- ފޮޓޯ: ޕްލޭނިން މިނިސްޓްރީ

މަސައްކަތް ފެށިތާ އެތައް އަހަރެއް ހޭދަވެ، ބޮޑެތި މައްސަލަތަކެއްގެ ތެރޭގައި އޮތް ފުލުހުންނާއި ސިފައިންގެ ފްލެޓްތައް އަށް މަސްތެރޭގައި ނިންމަން ހަވާލުކޮށްފި އެވެ.

ހުޅުމާލޭގައި ސިފައިންގެ ފްލެޓްތައް ނިންމަން ޗައިނާގެ "ދަ ޓްވެންޓީ ތާޑް މެޓަލުޖިކަލް ކޮންސްޓްރަކްޝަން ގްރޫޕް" އާ ހަވާލުކޮށްފައި ވަނީ މީގެ ދެ ހަފުތާ ވަރު ކުރިންނެވެ. ފުލުހުންގެ ފްލެޓްތައް އަމީން ކޮންސްޓްރަކްޝަން ކުންފުންޏާ ހަވާލުކުރީ މިއަދު ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

ސިފައިންގެ 330 ފްލެޓް ނިންމަން ހަވާލުކުރީ ކިހާ ވަރެއްކަމެއް ނޭނގެ އެވެ. އެކަމަކު އެކަން ކުރާ ގޮތަށް ސަރުކާރުން ނިންމާފައި ވަނީ، މި މަޝްރޫއު ހިންގާ ސިފައިންގެ ސިފްކޯ އަށް ދޭ ލޯނެއްގެ ގޮތުގައި ކަމަށް އެ ކުންފުނިން ބުނެ އެވެ. ފުލުހުންގެ ފްލެޓްތައް ބަލަހައްޓާ ޕޮލްކޯ އަށް ވެސް ސަރުކާރުން ދެނީ ލޯނެކެވެ.

ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، ފުލުހުންގެ 361 ޔުނިޓުގެ ބާކީ މަސައްކަތްތައް ނިންމަން ހަވާލުކޮށްފައި ވަނީ 275 މިލިއަން ރުފިޔާ އަށެވެ.

ސިފައިންނާއި ފުލުހުންގެ ފްލެޓް އިމާރާތް

ކިހިނެއް ވެފައި އޮތް މަޝްރޫއުތަކެއް؟

ފުލުހުންނަށް އަޅާ ފްލެޓްތަކުގެ މަސައްކަތް ފަށައިފައި ވަނީ 2013 ގަ އެވެ. ސިފައިންގެ ފްލެޓް މަޝްރޫއު ފަށާފައި ވަނީ ޖެހިގެން އައި އަހަރު، 2014 ގަ އެވެ.

އޭރު ރާއްޖޭގައި ހަރަކާތްތެރިވަމުން އައި ނޫމަޑި ނަމަކަށް ކިޔާ ކުންފުންޏަކާ ހަވާލުކޮށްގެން ދެ މަޝްރޫއު ކުރިއަށް ގެންދިޔައީ ނޫމަޑިން ކޮންޓްރެކްޓަ ފައިނޭންސް ކުރާ އުސޫލުންނެވެ. އެކަމަކު ސިޔާސީ ގޮތުން ކުރިމަތިވި ގޮންޖެހުންތަކާއި ފައިސާގެ ދަތިކަމާ ހެދި ނޫމަޑީގެ އެގްރިމެންޓް ޖެނުއަރީ 27، 2016 ގައި ބާތިލް ކުރި އެވެ. ދެން އެ މަޝްރޫއު ހިންގާފައި ވަނީ އައިލެންޑް އެކްސްޕާޓް ނަމަކަށް ކިޔާ ކުންފުންޏަކާ އެވެ. އެކަމަކު ކޮވިޑާ އެކު ކުންފުނި ބަނގުރޫޓުވެ، އެ ކުންފުނި ވެސް މިދިޔަ އަހަރު އެ ދެ މަޝްރޫއުން ވަކިވި އެވެ.

Medhu Safuhaa

Medhu Safuhaa

The most trusted news source in the Maldives

Mihaaru

ސިފައިންނާއި ފުލުހުންގެ ފްލެޓްތަކާ ބެހޭ ގޮތުން، "މިހާރު"ގެ މެދުސަފުހާގެ ހާއްސަ ކަވަރޭޖް

މުޅިން ވެސް ތިން ކޮޓަރީގެ އެޕާޓްމެންޓް ހިމެނޭ ދެ މަޝްރޫއު މިދިޔަ އަހަރު ހުއްޓުނު އިރު، ސިފައިންގެ ތިން ޓަވަރުގެ ތެރެއިން އެއް ޓަވަރުގެ 80 ޕަސެންޓް، އަދި އަނެއް ދެ ޓަވަރުގެ 50 ޕަސެންޓް މަސައްކަތް ވަނީ ނިންމައިފަ އެވެ. އަދި ފުލުހުންގެ ތިން ޓަވަރުގެ 85 ޕަސެންޓް މަސައްކަތް ވަނީ ނިންމައިފަ އެވެ.

ފުލުހުންގެ ތިން ޓަވަރަށް މިހާތަނަށް 500 މިލިއަން ރުފިޔާ އަށް ވުރެ މަތީ އަދަދެއް ވަނީ ހޭދަކޮށްފަ އެވެ. ސިފައިންގެ ތިން ޓަވަރަށް 548 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ.

ސިފައިންނާއި ފުލުހުންގެ ފްލެޓްތައް ދިގުލައިގެން ދާތީ، އެ ފްލެޓްތައް ލިބިފައިވާ ފުލުހުންނާއި ސިފައިން ތިބީ ވަރަށް ބޮޑު ކަންބޮޑުވުމެއްގަ އެވެ. އަދި މީގެ ކަންބޮޑުވުން ސިފްކޯ އާއި ޕޮލްކޯގެ ވެސް އެބައޮތެވެ.

32 ކޮމެންޓް, 25 ރިއެކްޝަންސް

icon happy icon happy 68%
icon sad icon sad 0%
icon angry icon angry 28%
icon wow icon wow 0%
icon inlove icon inlove 4%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އިންސާފު ކޮބާ

31 December 2021

ތިތަނުން ޕެންޓް ހައުސްއާއި ފްލެޓް ލިބުނު މީހުންގެ އަންހެނުނަށް އެތައް ބަޔަކަށް ހިޔާ ފްލެޓް އިން ވެސް ފްލެޓް ލިބިފައި، ބަލާނެ ބައެއްނެތް! އެއީ އެއްވެސް ހާލެއްގައި އިންސާފެއް ނޫން! ކޮބާ ސާވޭ ކުރި މީހުން؟ ކީއްވެ އެކަން ކަން ނޭނގެންވީ؟ ކީއްވެ އެމީހުނަށް ކޮންމެ އެއްތަނެއް ދޫކޮށްލަން ނޭނގެނީ؟

The name is already taken The name is available. Register?

އެނދިމަރިޔަނބު

31 December 2021

މިހާރު ނޫހުން ބަލާލީމަ އިނގޭނެ މި ވެސް ދެމަފިރިންނަށް ވެސް ފްލެޓް ދީފަ ހުރޮ

The name is already taken The name is available. Register?

ސުން

31 December 2021

ބަލަ ނޫމަޑި އާއި އައިލަންޑް އެކްސްޕާރޓް އަކީ އެއްބައެއް.

The name is already taken The name is available. Register?

ށަވިޔަނި

31 December 2021

ސިފައިންނާ ފުލުހުންގެ ދިގު އިންތިޒާރު ނިމުނީކަމަށް ހީކުރަން. މަ މިހާރު މިމީހުން މިކިޔާ ކަރަޕްޝަން ބުނުން ދޫކޮށްފިން. އެހާ ބޮޑަށް އާންމުކަމެއް. ފަލަސްތީނު އިޒްރޭލު ގެ ކޯޅުމުގެ ޚަބަރަކީވެސް މިހާރު ޚަބަރެއްނޫ.

The name is already taken The name is available. Register?

ވޯތްޕލީސް

31 December 2021

2023 އަށް ކްރެޑިޓެއް ނަގަން އުޅޭކަން އެނގޭ. 7000 ފްލެޓާ ޖެހުނީމާ 45 މިލިޔަން ޑޮލަރު ބޮޑުވެގެން، ހަރުކޮށްލަން ނުކެރި ރައްޔިތުންގެ ބޮލަށް

The name is already taken The name is available. Register?

އަސުލު

30 December 2021

ތިމަސައްކަތުން ބަޔަކަށް ވަރަށް ބޮޑެތި ނާޖައިޒު މަންފާ ލިބުނޭކިޔާ

The name is already taken The name is available. Register?

އަންނި

30 December 2021

ތިތަންވެސް ދީފަހުރީ ދެމަފިރިންނައްވެސް ފުލެޓް. އިންސާފުންތޯ އަސްލަމް ބަލަންވީނުން. މާލޭގަ ގެހުރި ބޮޑެތި އޮފިސަރުންނައް ފުލެޓް. އަނބިންނައް ފުލެޓް. އިބޫ އެކަން އިސްލާހު ކޮއްބަލަ. ކޮބާ އެބުނާ އިމްރާނު . މިކަން ބަލާ ތިތާއުޅޭ ކުއްޔައްއުޅޭކުދިންނައް ތިތަން ދިނުން ރަގަޅު.

The name is already taken The name is available. Register?

އަންނަ

31 December 2021

މި ތަންތަނަކީ ލައްކަ އަކާ ގާތް ކުރާ ޢަދަދެއްގެ ޑައުންޕޭމެންޓެއް ތިޔަ ވިދާޅުވާ “ބޮޑެތި” އޮފިސަރުން ދަރަނިވެރި ވެގެން ވެސް 2013/2014 ގައި ދައްކާފައިވާ ތަނެއް. ތިޔަ ވިދާޅުވާ ކުއްޔަށް އުޅޭ ކުދިންނަށް އާ ފްލެޓްތަކެއް ހެދުމަށް ގޮވާލުން މާ އިންސާފުވެރި ވާނެ ކަމަށް ޤަބޫލްކުރަން.

The name is already taken The name is available. Register?

މަޒް

31 December 2021

ކަލޭގެ ތި އުޅެނީ އިންސާފުން ކަންކަން ނުގޮސްގެން އުޅޭ މައްސަލައެއް ނޫން.. ތި އުޅެނީ އިބޫ އާއި އޮތް މައްސަލަ

The name is already taken The name is available. Register?

ޖ‫ުންދުﷲ

30 December 2021

ޝ‫ިޔާމް އާއި ޒުހެއިރު ކޯޓައް ހާޟިރުކޮށް ކަންހިގި ގޮތް ބަލައި ދިނުމަށް ސަރުކާރުގައި އެދެން

The name is already taken The name is available. Register?

2022

30 December 2021

ބަޑޭރިކޮށި އުވާލާފައެތާވެސް ފްލެޓް އަޅަންވީ

The name is already taken The name is available. Register?

ޓިނުބެ

30 December 2021

ރައީސް ސޯލިހަށް އައްސަރިބަހާއި ސާބަސް. ބަގާވާތުގެ ހަދިޔާއެއްގެ ގޮތުން އަޅަންފެށި ފުލެޓްތައްވެސް ނިންމަން މިޖެހުނީ މިސަރުކާރަށެވެ. މިވަރުން ސިފައިންނާ ފުލުހުންނަށްވެސް އެއްޗެއް ވިސްނޭނެ ކަމަށް ހީކުރަމެވެ. ޢެމްޑީޕީއާއި އެމްޑީޕީ ހިމެނޭ ސަރުކާރެއްގައި ބަދަލު ހިފުމެއް ނޯންނާނެއެވެ.

The name is already taken The name is available. Register?

މަންނު

30 December 2021

ހޮޅިވާހަކަ ނުދައްކާ މިސަރުކާރަކީ އަނގަބަހުން ކަންކަން ކުރާ ސަރުކަރެއް. ތިކަންވެސް ވާނި ރައިސް ޔާމިންއަށް

The name is already taken The name is available. Register?

1828

30 December 2021

ބަދަލު ހީފޭނީ ދެން މިހާކަންހާވަރަށް. ބަދަލު ދެވޭނީވެސް މިހާކަންހާވަރަށް. އެމްސީ ހަމީދު އެހެރީ އަނބުރާ ވަޒީފާދީ، ކަމިޝަނަރކަމަށް ހަދާފައި. ރިޔާޟްއަށް އަނބުރާ ވަޒީފާދީފި. އަދުދާނަށް އަނބުރާ ވަޒީފާ ދީފި އަދި ޖިނާއަށް އަނބުރާ ވަޒީފާދިން. ބަދަލު ހިފުމުގެ ގޮތުން ފުލުހުންގެ ޤާނޫނު ބަދުކޮށްފި. އެބަދަލާއެކު އޮފިސަރުން ތަކެއް ކަނޑާލަން ނޯޓިސް ދިން. އެމްޑީޕީގެ ވެރިކަމުގައި ފުރަތަމަ ބަދަލުވީ ރޭންކްގެ ކުރިއަށް 'ޕޮލިސް'. މިފަހަރު ބަދަލުކުރީ ރޭންކް ސްޓްރަކްޗަރ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454